އަނެއްކާވެސް ލަތީފާގެ ފޮޓޯއެއް، މި ފަހަރު މެޑްރިޑް އެއާޕޯޓުން

އަމީރާ ލަތީފާ އެކުވެރިއަކާއެކު މެޑްރިޑް އެއާޕޯޓުގައި.-- ފޮޓޯ: އާރްޓީއީ

އަމީރާ ލަތީފާ އެކުވެރިއަކާއެކު މެޑްރިޑް އެއާޕޯޓުގައި.-- ފޮޓޯ: އާރްޓީއީ

ދުބާއީ، ޔޫއޭއީ (ޖޫން 21) - ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ އަމީރާ ލަތީފާ އަލް މަހްތޫމް ދިރިހުންނެވިކަން ސާބިތުވާ ހެކި ދައްކަން އދ. އިން ގޮވާލާފައި ވަނިކޮށް އެކަމަނާ ފެންނަ ފޮޓޯއެއް އަނެއްކާވެސް އިންސްޓަގްރާމުގައި ޕޯސްޓުކޮށްފި އެވެ.

މީގެ ކުރިން ވެސް ލަތީފާ އެކުވެރިންނާއެކު އުޅޭ ދެ ފޮޓޯއެއް ޕޯސްޓުކޮށްފައި ވެ އެވެ. އެ ފޮޓޯތަކުން ފެންނަނީ ބުރުޖް ހަލީފާގެ ރެސްޓޯރެންޓަކާއި މޯލެއްގައި އެކަމަނާ އުޅުއްވަނިކޮށެވެ.

މި ފަހަރު ޕޯސްޓު ކުރި ފޮޓޯއިން ފެންނަނީ އެކުވެރިއަކާއެކު ސްޕެއިންގެ މެޑްރިޑް އެއާޕޯޓުގައި ލަތީފާ ހުންނަވަނިކޮށެވެ. އިނގިރޭސި މީޑިއާއިން ބުނީ ފޮޓޯ ޕޯސްޓު ކުރީ ލަތީފާގެ އެކުވެރިޔާ، ސިއޮނެޑް ޓެއިލާގެ އެކައުންޓުން ކަމަށެވެ.

ދުބާއީގެ ވެރިޔާ މުހައްމަދު އަލް މަހްތޫމްގެ ދަރިކަނބަލުން އިންނަވަނީ ބަންދުކޮށްފައި ކަމަށް ވިދާޅުވާ ވީޑިއޯއެއް ފެބްރުއަރީ މަހު ވަނީ ބީބީސީއިން އާއްމުކޮށްފަ އެވެ.

އެ ވީޑިއޯގައި ލަތީފާ ވިދާޅުވީ އޭނާ އިންނަވަނީ ބަންދުކޮށްފައި ކަމަށާއި ސިއްހީ އެހީތެރިކަން ވެސް ނުލިބޭ ކަމަށެވެ. ބީބީސީއިން ދެއްކި އެ ވީޑިއޯއަކީ ސިއްރުން ރިކޯޑްކޮށްފައިވާ ވީޑިއޯ އެކެވެ.

މީގެ ކުރިން ވެސް އދ. އިން ހެކި ދައްކަން ޔޫއޭއީއިން ގޮވާލި އެވެ. އަދި އެ ގައުމުން އިޖާބަ ނުދިނުމުން ކަންބޮޑުވުން ވެސް ފާޅުކުރި އެވެ.

އދ. އިން ދެވަނަ ފަހަރަށް އެގޮތަށް ގޮވަލާ ނެރުނު ބަޔާނެއްގައި ބުނީ "އެކަމަނާ ވަގުތުން މިނިވަން ކުރަން ޖެހޭ" ކަމަށެވެ. އަދި އެކަމަނާ ހައްޔަރުކޮށްފައި ހުންނެވި ތަނާއި ހާލަތާ ބެހޭ މައުލޫމާތު ހިއްސާ ކުރުމަށް ގޮވާލި އެވެ.

މީގެ ކުރިން ޔޫއޭއީއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ލަތީފާ ހުންނެވީ ގޭގައި ކަމަށާއި އެކަމަނާގެ ކަންކަން ރަނގަޅަށް ބަލަހައްޓަމުންދާ ކަމަށެވެ. އދ. އިން ބުނީ އެއަށް ވުރެ އިތުރު މައުލޫމާތު ބޭނުންވާ ކަމަށެވެ.

ލަތީފާ ވަނީ 2018 ވަނަ ގައުމުން ފިއްލަވަން މަސައްކަތް ކުރައްވާފަ އެވެ. އެކަމަނާ އަނބުރާ ޔޫއޭއީއަށް ގެންދިޔެއީ އިންޑިއާ ކަނޑުގައި އޮތް މަނަވަރެއްގެ ތެރެއިން ހައްޔަރު ކުރުމަށް ފަހު އެވެ.

ލަތީފާގެ ބައްޕާފުޅަކީ ޔޫއޭއީގެ ނައިބު ރައީސް އަދި ދުބާއީގެ ވެރިޔާ އެވެ. އެމަނިކުފާނަކީ ދުނިޔޭގެ އެންމެ މުއްސަނދި ވެރިންގެ ތެރޭގައި ހިމެނޭ ވެރިއެކެވެ.

ދުބާއީއަކީ އިގްތިސާދީ ގޮތުން ކާމިޔާބު ސިޓީއެއް ނަމަވެސް އެތަނުގައި އިންސާނީ ހައްގުތައް، ވަކިން ހާއްސަކޮށް އަންހެނުންގެ ހައްގުތައް، ހިފެހެއްޓިފައިވާ ކަމަށް ބައިނަލްއަގްވާމީ ޖަމިއްޔާތަކުން ބުނެ އެވެ.

އެކުވެރިންގެ އެހީތެރިކަމާއެކު ލަތީފާ 2018 ވަނަ އަހަރު ދުބާއީއިން ފިއްލަވަން މަސައްކަތް ކުރެއްވީ ވެސް އެހެންވެ އެވެ. އެކަމަނާ ބޭނުންވެ ވަޑައިގެންނެވީ މިނިވަންކަމާއެކު އުޅެވޭނެ ގޮތެއް ހޯދުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox