ސައުދީން ދިން ކާރު މައްސަލަ: ތަހުގީގަށް ބޭނުންވާ ފޯނު އެންމެފަހުން ހުޅުވޭ ގޮތްވެއްޖެ

ރައީސް ޔާމީން އާއި ޗީފް އޮފް ސްޓާފް މުސްތަފާ ސަލާމް ކުރައްވަނީ: ކާރުގެ މައްސަލާގެ ތަހުގީގަށް ބޭނުންވާ އަމުރު ގޯސްނުވާ ކަމަށް ވަނީ ކަނޑައަޅާފަ

ރައީސް ޔާމީން އާއި ޗީފް އޮފް ސްޓާފް މުސްތަފާ ސަލާމް ކުރައްވަނީ: ކާރުގެ މައްސަލާގެ ތަހުގީގަށް ބޭނުންވާ އަމުރު ގޯސްނުވާ ކަމަށް ވަނީ ކަނޑައަޅާފަ

ކުރީގެ ރައީސް އަބްދުﷲ ޔާމީން ބޭނުން ކުރެއްވުމަށް ސައުދީ ސަރުކާރުން ހަދިޔާ ކުރި މާސެޑީޒް ބެންޒް ކާރަކީ އަމިއްލަ ފަރާތެއްގެ ނަން މަތީ އެތެރެ ކޮށްފައިވާ ކާރެއް ކަމަށް ދެއްކުމަށް ކަސްޓަމްސްގެ ޑިކްލަރޭޝަން ފޯމްތައް ޕްރޮސެސް ކޮށްފައިވާ އެއާޕޯޓް ޑިވިޝަން ހެޑްގެ ފޯނުތައް ހުޅުވުމަށް ކުރިމިނަލް ކޯޓުން ނެރުނު އަމުރު އެންމެ ފަހުން ސުޕްރީމް ކޯޓުން ދަމަހައްޓައިފި އެވެ.

ރިޔާސީ އިންތިހާބު ކައިރިވެފައިވަނިކޮށް ސައުދީ ސަރުކާރުގެ ފަރާތުން ހަދިޔާކުރި "މާސިޑީޒް ބެންޒް، އެސް 600" މޮޑެލްގެ އާމާޑް ކާރު ޓްރާސްޕޯޓް މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްފައިވަނީ ލ. އަތޮޅުގައި ދުއްވާ ގޮތަށް، ރައީސް ޔާމީންގެ ޗީފް އޮފް ސްޓާފްގެ މަގާމުގައި ހުންނެވި އަހުމަދު މުސްތަފާ މުހައްމަދުގެ ނަން މަތީގަ އެވެ.

އެ ކާރު، މުސްތަފާގެ ނަން މަތީގައި ރަޖިސްޓްރީކުރުމަށް ފަހު އެމްއެންޑީއެފްގެ ބެލުމުގެ ދަށުން ރައީސް ޔާމީންގެ އެކި ބޭނުންތަކަށް އެކި ފަހަރުމަތިން ވަނީ ބޭނުންކޮށްފަ އެވެ. އެ ކާރަކީ ގާތްގަނޑަކަށް 4.5 މިލިއަން ރުފިޔާގެ އަގުބޮޑު ކާރެކެވެ. ކަސްޓަމްސްގެ ލިޔުންތަކުން އެނގޭ ގޮތުގައި ކާރު ސައުދީ ސަރުކާރުން ރާއްޖެއަށް ފޮނުވީ ރައީސްގެ ގެކޮޅުގެ ނަމުގަ އެވެ.

އެ މައްސަލާގައި ލިޔުންތައް ބަދަލުކޮށް މަގާމުގެ ނުފޫޒު ނާޖައިޒު ގޮތުގައި ބޭނުންކުރި ކަމުގެ ތުހުމަތު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން އެއާޕޯޓްސް ޑިވިޝަންގެ ހެޑް އަބްދުﷲ އަލީގެ މައްޗަށް އުފުލި އެވެ. އެ މައްސަލާގައި ކޮމިޝަނުން ފެށި ތަހުގީގަށް ހެކި ހޯދުމަށް އަބްދުﷲ އަލީގެ ފޯނު ހިފަހައްޓައި އެޕްލިކޭޝަންތައް ހުޅުވުމަށް ލޮކް ކޯޑާއި ފިންގަޕްރިންޓް ނުވަތަ ފޭސް ރިކޮގްނިޝަން ބޭނުންވާ ނަމަ އެ ހޯދުމަށް އަމުރަކަށް އެދުނެވެ.

އެ އަމުރު 2019 ވަނަ އަހަރު ކުރިމިނަލް ކޯޓުން ނެރެފައިވަނިކޮށް މިދިޔަ އަހަރުގެ ޖެނުއަރީ މަހު ހައިކޯޓުން ވަނީ އަމުރު ބާތިލްކޮށްފަ އެވެ.

ހައިކޯޓުން އަމުރު ބާތިލްކުރި ނިންމުން އައީ ރައުޔު ތަފާތުކޮށެވެ. އެގޮތުން، ފަނޑިޔާރު މުހައްމަދު ފައިސަލާއި ހުސެއިން ޝަހީދުގެ ރައުޔަކީ އަމުރު ބާތިލްކުރުމެވެ. އެއާ ހިލާފަށް އަމުރު ބާތިލް ކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް އަގުލަބިއްޔަތު ނުލިބުނު ރައުޔެއް ފަނޑިޔާރު މުހައްމަދު ނިޔާޒު ނެރުއްވި އެވެ.

އަގުލަބިއްޔަތު ރައުޔުއާއެކު ހައިކޯޓުން އަމުރު ބާތިލްކުރުމުން ޕްރޮސިކިއުޓާ ޖެނަރަލް ވަނީ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. އިއްޔެ ސުޕްރީމް ކޯޓުން މައްސަލަ ނިންމާފައިވާއިރު، ހައިކޯޓުގެ ނިންމުމުގައި އަމުރު ބާތިލްކުރުމަށް ދެއްކި ސަބަބުތަކާ ގުޅޭ ގޮތުން ތަފްސީލްކޮށް ވާހަކަ ދައްކާފައިވެ އެވެ.

ރައީސް ޔާމީންގެ މޮޓޭކޭޑް: ސައުދީން ދިން ކާރާ ގުޅޭ އަމުރު ގޯސްނޫން ކަމަށް ވަނީ ކަނޑައަޅާފައި
ރައީސް ޔާމީންގެ މޮޓޭކޭޑް: ސައުދީން ދިން ކާރާ ގުޅޭ އަމުރު ގޯސްނޫން ކަމަށް ވަނީ ކަނޑައަޅާފައި

ރައީސް ޔާމީންގެ މޮޓޭކޭޑް: ސައުދީން ދިން ކާރާ ގުޅޭ އަމުރު ގޯސްނޫން ކަމަށް ވަނީ ކަނޑައަޅާފައި

ކޯޓު އަމުރުގެ ފޯމެޓާ އެއްގޮތް ނުވުމުގައި މައްސަލައެއް ނެތް

ހައިކޯޓުން، ކުރިމިނަލް ކޯޓުގެ އަމުރު ބާތިލުކުރުމަށް ދެއްކި އެއް ސަބަބަކީ އަމުރުގެ ފޯމެޓް، ގަވައިދުގެ ޖަދުވަލުގައި ހިމަނާފައިވާ ނަމޫނާއާ އެއްގޮތް ނުވުމެވެ. ހައިކޯޓުން ދެކުނު ގޮތުގައި، ނަމޫނާއާ އެއްގޮތަށް ނޫން ގޮތަކަށް ކޯޓު އަމުރު ނެރެފިނަމަ ގާޏޫނީ ނުރަނގަޅު ނަތީޖާ ނުކުމެދާނެ ކަމެވެ.

ނަމަވެސް، މިކަމާ ސުޕްރީމް ކޯޓުގެ ހިޔާލު ތަފާތެވެ.

ފަނޑިޔާރު އައިޝާ ޝުޖޫން ނެރުއްވި ހުކުމްގައި ފާހަގަ ކުރި ގޮތުގައި، ގަވައިދުގައިވާ ނަމޫނާގައި ހިމަނާފައިވާ މައުލޫމާތުގެ ތެރެއިން ކޯތު އަމުރުގައި ހިމަނާފައިނުވަނީ ހަމައެކަނި މައްސަލަ ބަލާ މީހާގެ މައުލޫމާތާއި ހުއްދަދިން ވެރިޔާގެ މައުލޫމާތު އެކަންޏެވެ.

އެ މައުލޫމާތަކީ އާންމު އުސޫލުން ކޯޓު އަމުރުގައި ހިމަނާ މައުލޫމާތެއް ނޫން ކަމާއި ކޯޓު އަމުރަށް އެދި ހުށަހަޅާއިރު ފޯމްގައި އެ މައުލޫމާތު އޮންނާނެ ކަމަށެވެ.

އާންމު އުސޫލުން ކޯޓު އަމުރުގައި ހިމަނަންޖެހޭ ހުރިހާ މައުލޫމާތެއް ކުރިމިނަލް ކޯޓުގެ އަމުރުގައި އެބަހުރި ކަމާއި ނަމޫނާއާ އެއްގޮތަށް އަމުރު ނެރެފައިނުވުމުގެ ސަބަބުން އެ އަމުރުގެ ބާރު ނުހިނގާނެ ކަމުގައި ބެލުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށް ހުކުމްގައިވެ އެވެ.

"އެއީ ނަމޫނާގައިވާ ގޮތަށް އަމުރު ނެރެފި ނަމަ، އަމުރުގައި ހިމަނާން ޖެހޭ މުހިންމު މައުލޫމާތުތަކެއް ނުހުންނާނެ، އެ މައުލޫމާތުތައް ނުލައި އަމުރު ތަންފީޒު ކުރުމަކީ މުސްތަހީލު ކަމަށް ވާނެ،" ހުކުމްގައިވެ އެވެ.

ހުކުމްގައި ބުނި ގޮތުގައި މި ހާލަތުގައި ކޯޓު އަމުރުގެ ބާރު ހިނގުމަށް ބުރުލެއް އަރާނަމަ އެކަމެއް މެދުވެރިވާނީ ގަވައިދުގައިވާ ނަމޫނާގައިވާ ގޮތަށް އަމުރު ނެރެމުން ކަމަށެވެ. އެހެންވެ، ޖަދުވަލުގައިވާ ފޯމް އިސްލާހު ކުރަންޖެހޭކަން ފަނޑިޔާރު ފާހަގަ ކުރައްވާފައިވެ އެވެ.

ކަން އެހެން އޮތް ނަމަވެސް، ނަމޫނާގައި ބަޔާންކުރާ ހުރިހާ މައުލޫމާތެއް ކޯޓު އަމުރުގައި ނެތުމަކީ އިޖުރާއީ އޮޅުމެކެވެ. ނަމަވެސް، ހުކުމްގައި ބުނީ ކޮންމެ އިޖުރާއީ އޮޅުމަކީ އޭގެ ޒާތުގައި އެފަދަ އޮޅުމެއްގެ ސަބަބުން އެ އިޖުރާއަތާއި އެ އިޖުރާއަތާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް ނިއުޅާލަންޖެހޭ ސަބަބެއް ނޫން ކަމަށެވެ.

ހަނުހުރުމުގެ ހައްގު އުނިވެއްޖެ ކަމަށް ބުނުމަކުން ނުފުދޭ

ކްރިމިނަލް ކޯޓުން އަމުރުކޮށްފައި އޮތީ ފޯނާއި ފޯނުގެ ޕިން ނަންބަރު، ލޮކް ކޯޑު، ލޮކް ޕެޓާން، ފިންގަޕްރިންޓް އަދި ފޭޝަލް ރިކޮގްނިޝަން ދިނުމަށެވެ. މިތަކެތި ދިނުމަށް އަންގާފައިވަނީ ޒާތީ ދިރިއުޅުމުގެ ހައްގު އުނިވާ ގޮތަށް ކަމަށް ދިފާއުގައި އަބްދުﷲ އަލީ ވަނީ ބުނެފަ އެވެ.

އޭނާ ބުނެފައިވާ ގޮތުގައި އަމުރަށް އެދިފައިވަނީ އެއް ފޯނު ހޯދުމަށް ކަމަށްވާއިރު، އެއަށްވުރެ ގިނަ ފޯނު ހޯދުމަށް އަމުރު ނެރުމަކީ ޒާތީ މިނިވަންކަމުގެ ހައްގަށާއި ގާނޫނުން ރައްކާތެރިކަން ލިބިގެންވުމުގެ ހައްގަށް ބުރޫއަރާ ގޮތަށް ކުރި ކަމެކެވެ. އަދި، އެކަމުގެ ސަބަބުން ހަނުހުރުމުގެ ހައްގަށް އުނިކަން އައިސްފައިވާ ކަމަށެވެ.

ނަމަވެސް، ފަނޑިޔާރު ޝުޖޫން ވިދާޅުވީ، ޒާތީ ދިރިއުޅުމުގެ ހައްގާ ހިލާފަށް ކަމަށް ހަމައެކަނި ބުނުމަކުން ނުފުދޭ ކަމަށެވެ. އެފަދައިން ބުނާނަމަ، އެ ހައްގުގެ ދާއިރާގެ ތެރޭގައި ހިމެނޭ މަދުވެގެން ކޮންމެ ވެސް އެއް ކަމަކާ ބުނާ ބުނުން ގުޅުވަން ޖެހޭނެ ކަމަށެވެ.

"އަދި ގާނޫނު އަސާސީ އާއި ގާނޫނުތަކުގައި ބަޔާންކޮށްފައިވާ އެހެން ވެސް ކަންކަމަށް ރިއާޔަތްކޮށް އެ ހިލާފުވުން އުފެދެނީ ކިހިނަކުންކަން ހުށަހަޅަން ޖެހޭނެ، އެހެން ނަމަވެސް ޒާތީ ދިރިއުޅުމުގެ ހައްގު ގެއްލިފައިވާ ކަމަށް ބުނުމުގެ އިތުރުން ތަފްސީލެއް އަބްދުﷲ އަލީގެ ފަރާތުން ހުށަހަޅާފައެއް ނުވޭ،" ހުކުމްގައިވެ އެވެ.

ހުކުމް އިއްވުމަށް ބޭއްވި އަޑުއެހުމުގެ ތެރެއިން: އަމުރު ގޯސް ނޫން ކަމަށް ވަނީ ކަނޑައަޅާފައި
ހުކުމް އިއްވުމަށް ބޭއްވި އަޑުއެހުމުގެ ތެރެއިން: އަމުރު ގޯސް ނޫން ކަމަށް ވަނީ ކަނޑައަޅާފައި

ހުކުމް އިއްވުމަށް ބޭއްވި އަޑުއެހުމުގެ ތެރެއިން: އަމުރު ގޯސް ނޫން ކަމަށް ވަނީ ކަނޑައަޅާފައި

ދެން ފަނޑިޔާރު ހުކުމްގައި އަލިއަޅުވާލެއްވީ އަބްދުﷲ އަލީގެ ހަނުހުރުމުގެ ހައްގާއި އަމިއްލަ ނަފުސާ ދެކޮޅަށް ބަޔާން ނުދިނުމުގެ ހައްގަށް އުނިކަން އައިސްފައިވާ ކަމަށް ބުނާ ބުނުމުގެ މައްޗަށެވެ.

ފަނޑިޔާރު ފާހަގަ ކުރެއްވި ގޮތުގައި، އަމިއްލަ ނަފުސާ ދެކޮޅަށް ބަޔާނެއް ނުދިނުމުގެ މާނާގައި ތެރޭގައި ކަމެއް ހިމެނޭނީ ނުވަތަ އެ ހައްގުގެ ދާއިރާއިން ރައްކާތެރިކަން ލިބޭނީ ކުށުގެ ތުހުމަތާއި ގުޅިގެން ޝަރީއަތަށް ހުށަހަޅަންޖެހޭ މާއްދީ ހެއްކެއް ތުހުމަތުގައިވާ މީހާ އާއި ގުޅުވެން އޮތް ހަމައެކަނި ގޮތަކީ އޭނާގެ އަތުލިޔުމުހެ ސާމްޕަލެއް ނުވަތަ އިނގިލީގެ ނިޝާން ނުވަތަ ހަށިގަނޑުގެ ބޭރުން ނެގޭ ސާމްޕަލެއް ހޯދުން ކަމުގައިވާ ނަމަ އެވެ.

މި މައްސަލާގައި ކޯޓުން އަމުރުން ހޯދާފައިވާ ތަކެއްޗަކީ އަބްދުﷲ އަލީގެ މައްޗަށް ތުހުމަތު ކުރެވޭ ކުށާ ގުޅޭ ހަމައެކަނި ހެކި ނޫން ކަމާއި އެހެންކަމުން ހަނުހުރުމުގެ ހައްގާއި އަމިއްލަ ނަފުސާ ދެކޮޅަށް ބަޔާނެއް ނުދިނުމުގެ ހައްގަށް އުނިކަން އަންނަ ފަދައަކުން ކަމުގައި ބެލުމުގެ ޖާގައެއް ނެތް ކަމަށް ހުކުމްގައި ބުންޏެވެ.

އެދުނު މިންވަރަށްވުރެ އިތުރަށް އަމުރުގައި އޮތުން

އަބްދުﷲ އަލީގެ ފަރާތުން ދެން ފާހަގަކޮށްފައިވަނީ އޭސީސީން އެދުނު މިންވަރަށްވުރެ އިތުރަށް ނެރުނު ކޯޓު އަމުރުގައި އޮތުމެވެ. އެގޮތުން ފޯނެއް ހިފެހެއްޓުމަށް އަމުރަކަށް އެދުނު ނަމަވެސް، ނެރުނު އަމުރުގައި ބަޔާންކުރީ ފޯނުތަކެވެ. އަދި، އެ އަމުރުގެ މުއްދަތުގެ ގޮތުގައި 12 ދުވަހަށް އެދުނު ނަމަވެސް، 30 ދުވަހުގެ މުއްދަތެއް ދިނެވެ.

އެކަމާ ގުޅޭ ގޮތުން ފަނޑިޔާރު ޝުޖޫން ވިދާޅުވި ގޮތުގައި، ޖިނާއީ ތަހުގީގެއް ކުރާއިރު ހާއްސަކޮށް ތަހުގީގުގެ ފުރަތަމަ މަރުހަލާގައި އެ ކުށާއި ތުހުމަތު ކުރެވޭ މީހާއާ ގުޅުވޭ ވަކިވަކި ހެކިތަކަކީ ކޮބައިކަން އަދި އެ ހެކިތައް ހުންނާނީ ކޮންތާކުކަން އެނގިފައި އޮތުމަކީ މުސްތަހީލުކަމެކެވެ. އެއީ، ތަހުގީގަށް ލިބޭ މައުލޫމާތުތަކުގެ ތެރެއިން ދެނެގަނެވޭ ކަންކަމެވެ.

އަދި، އާންމު އުސޫލުން ކޮންމެ މީހަކު ވެސް ގެންގުޅޭނީ އެއް ފޯނު ނަމަވެސް، ބައެއް މީހުން އެއް ފޯނަށްވުރެ ގިނަ ފޯނު ގެންގުޅޭ ކަމާއި މީހަކު ގެންގުޅެނީ ކިތައް ފޯނުކަން ނޭނގޭނަމަ، ކުށާ ގުޅޭ ހެކި ހޯދުމަށް އޭނާގެ ފޯނުތައް ހޯދުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

ހުކުމްގައި ބުނީ ކޯޓުގައި ފޯނެއް ލިބުމަށް އެދި ހުށަހަޅާފައިވަނިކޮށް ކޯޓު އަމުރުގައި ފޯނުތައް ބެލުމުގެ ދަށަށް ގެންދިޔުން ހިމަނާފައިވުމަކީ އުސޫލީ ގޮތުން އެއްވެސް ފުށުއެރުމެއް އޮތް ކަމެއް ނޫން ކަމަށެވެ. އެއީ އަމުރުގައި ބަޔާންކޮށްފައިވާ ތަކެއްޗަކީ ގާނޫނު ތަންފީޒުކުރާ އިދާރާއަށް އަމުރުގައި ނެތް ނަމަވެސް، ލިބިގަނެވޭނެ ތަކެތި ކަމުގައިވާތީ ކަމަށެވެ.

އަމުރުގެ މުއްދަތާ ގުޅޭ ގޮތުން ފަނޑިޔާރު ޝުޖޫން ވިދާޅުވީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ފަނޑިޔާރަށް އަމުރު ނެރުމުގައި ލިބިދީފައިވާ ބާރުގެ ތެރެއިން އަމުރު ނެރުމަށް އެދޭ މުއްދަތަށް ވުރެ މަދުން ނުވަތަ އިތުރަށް އަމުރުގެ މުއްދަތު ކަނޑައެޅުމަކީ ފަނޑިޔާރަށް ލިބޭ އިހްތިޔާރީ ބާރެއް ކަމަށެވެ. އަދި، ކޯޓު އަމުރެއްފެ ދަށުން ހިފަހައްޓާ މުދަލެއް ހިފެހެއްޓުމަށް އެކަށީގެންވާ މުއްދަތެއް ކަނޑައެޅުމަކީ ފަނޑިޔާރަށް ލިބިދޭ އިހްތިޔާރީ ބާރެއް ވެސް ކަމަށެވެ.

އެހެންކަމުން، އެގޮތަށް މުއްދަތު އިތުރުކޮށް އަމުރުގައި އޮތުމަކީ ހައިކޯޓުން ނިންމާފައިވާ ގޮތަށް ޟަރޫރަތުގެ ގާއިދާއާ ހިލާފަށް އޮތް ކަމެއް ކަމަށް ނުފެންނަ ކަމަށް ސުޕްރީމް ކޯޓުން ބުންޏެވެ.

ފަނޑިޔާރު ޝުޖޫންގެ ރައުޔުގައި ފާހަގަ ކުރެއްވި ކަންކަމަށް މައްސަލަ ބެއްލެވި ބެންޗުގައި ދެން ތިއްބެވި ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު އަލީ ރަޝީދު ހުސެއިން ތާއިދު ކުރެއްވި އެވެ. އެހެންކަމުން ހައިކޯޓުގެ ނިންމުން ބާތިލްކޮށް ކުރިމިނަލް ކޯޓުގެ އަމުރު ދެމެހެއްޓުމަށް ހުކުމް ކުރެއްވި އެވެ.

ތަހުގީގަށް ބޭނުންވާ އަމުރު ގާތްގަނޑަކަށް ދެ އަހަރު ފަހުން ދަމަހައްޓާފައިވާއިރު، މައްސަލާގެ ތަހުގީގު މިހާރު އޮތް ހިސާބެއް ސާފެއް ނުވެ އެވެ. މި މައްސަލައާ ގުޅިގެން މިހާތަނަށް މީހެއްގެ މައްޗަށް ދައުވާ ކޮށްފައެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox