މޯދީ ވިދާޅުވީ ޔޯގާއިން ކޮވިޑް ވައިރަހާ ދެކޮޅަށް ރައްކާތެރިކަން ލިބޭނެ ކަމަށް

ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތައް އިންޑިއާގައި ކުރިއަށް ދަނީ.-- ފޮޓޯ: އޭއެފްޕީ/ މޯނީ ޝަރުމާ

ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތައް އިންޑިއާގައި ކުރިއަށް ދަނީ.-- ފޮޓޯ: އޭއެފްޕީ/ މޯނީ ޝަރުމާ

ނިއު ދިއްލީ، އިންޑިއާ (ޖޫން 21) - ކޮވިޑް ފަތުރާ ވައިރަހާ ދެކޮޅަށް ޔޯގާއިން ރައްކާތެރިކަން ލިބޭނެ ކަމަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ވިދާޅުވުމާއެކު، އެ ގައުމުގެ 18 އަހަރުން މަތީގެ އެންމެންނަށް ހިލޭ ވެކްސިން ޖެހުމުގެ މަސައްކަތް ފަށައިފި އެވެ.

މިއަދު ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރާއިރު، 18 އަހަރުން މަތީގެ އެންމެންނަށް ހިލޭ ވެކްސިން ދޭން ފެށިފައިވަނީ ބޭނުންވާ ވަރަށް ޑޯޒް ނުލިބި ކުރިން އިއުލާނު ކުރި ތާރީހަށް ވުރެ އެތައް ދުވަހެއް ފަހުންނެވެ. ކުރިން ނިންމާފައި އޮތީ މޭ އެއް ވަނަ ދުވަހު ވެކްސިން ދޭން ފެށުމަށެވެ.

މީގެ ކުރިން އިންޑިއާގައި ހިލޭ ވެކްސިން ދެމުން އައީ އުމުރުން 45 އަހަރުން މަތީގެ މީހުންނަށް އެކަންޏެވެ.

ކޮވިޑުގެ ދެ ވަނަ ރާޅުގައި އިންޑިއާގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ، ސިއްހީ ނިޒާމު ހުއްޓުމަކަށް އަޔެވެ. އަނެއްކާވެސް ކޭސްތައް މަދުވާން ފެށުމާއެކު ވަނީ ބޮޑެތި ލުއިތައް ދޭން ފަށާފަ އެވެ. އެއާއެކު ގިނަ މީހުން ތޮއްޖެހިގެން އުޅެން ފެށުމުން ޑޮކްޓަރުން އަންނަނީ އިންޒާރުތައް ދެމުންނެވެ.

އިންޑިއާގެ އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން އާބާދީގެ 1.1 ބިލިއަން މީހުންގެ ތެރެއިން ބޮޑު ބަޔަކަށް ވެކްސިން ދީ ނިންމުމެވެ. ނަމަވެސް މިހާތަނަށް ޖެހިފައި ވަނީ އެންމެ 275 މިލިއަން ޑޯޒެވެ. އަދި ވެކްސިން ފުރިހަމަކޮށްފައި ވަނީ އާބާދީގެ އެންމެ ހަތަރި ޕަސެންޓެވެ.

ހިލޭ ވެކްސިން ދޭން ފެށިއިރު، ބައިނަލްއަގްވާމީ ޔޯގާ ދުވަހާ ދިމާކޮށް ގައުމާ މުހާތަބު ކުރައްވަމުން މިއަދު ހެނދުނު މޯދީ ވަނީ ޔޯގާގެ ސަބަބުން ވައިރަހާ ދެކޮޅަށް ރައްކާތެރިކަން ލިބޭ ކަމަށް ވިދާޅުވެފަ އެވެ.

"ފްރަންޓްލައިން މަސައްކަތްތެރިންނާ އަޅުގަނޑު ވާހަކަދައްކާލުމުން، އެ މީހުން ކިޔައިދެނީ ކޮރޯނާވައިރަހާ ދެކޮޅަށް ރައްކާތެރިކަމުގެ އައްޑަނައެއްގެ ގޮތުގައި ޔޯގާ ބޭނުން ކުރާ ކަމުގެ ވާހަކަތައް. ޑޮކްޓަރުން ވަނީ ޔޯގާގެ އެހީގައި އެމީހުންގެ އަމިއްލަ ނަފްސުތަކާއި ބަލި މީހުން ވެސް ވަރުގަދަކޮށްފައި،" މޯދީ ވިދާޅުވި އެވެ.

މި ދުވަހާ ދިމާކޮށް ވެރިރަށް ނިއު ދިއްލީގެ ޕާކުތައް ވެސް މިއަދު ވަނީ ހުޅުވާފަ އެވެ. ނަމަވެސް ބަލިމަޑުކަމުގެ ސަބަބުން މި އަހަރު ކުރިއަށް ގެންދާ އިވެންޓުތަކުގެ އަދަދު މަދެވެ.

މޯދީގެ ހުށަހެޅުއްވުމަކަށް އދ. އިން 2014 ވަނަ އަހަރުން ފެށިގެން ފާހަގަކުރަމުންދާ ޔޯގާ ދުވަހަކީ އިންޑިއާގައި ބޮޑުކޮށް ފާހަގަކުރާ ދުވަހެކެވެ.

ބަލިމަޑުކަމުގެ ތެރޭގައި އިންޑިއާ ސަރުކާރުން ތަކުރާރުކޮށް ވަނީ ޔޯގާ އާއި ފަތްޕިލާވެލީގެ ފަރުވާ އަކީ ވައިރަހާ ދެކޮޅަށް ރައްކާތެރިކަން ލިބޭ އެއްޗެއްގެ ގޮތުގައި ސިފަކޮށްފަ އެވެ. އެހެންވެ، ޔޯގާ އާއި އެފަދަ ބޭހުގެ ޑިމާންޑާއެކު އަގުތައް ވަނީ އުފުލިފަ އެވެ.

ނަމަވެސް އެ ވާހަކަތައް ސާބިތު ކުރެވޭ ސައިންޓިފިކް ހެއްކެއް ނެތެވެ. އެހެންވެ، އިންޑިއާގެ ޑޮކްޓަރުން ވެސް އެކަމަށް ފާޑުކިޔަ އެވެ. މިދިޔަ މަހު އިންދިއާގެ ޑޮކްޓަރުން ވަނީ ކަޅު ކުލައިގެ ބޭންޑެއް އަތުގައި އަޅައިގެން އެކަމާ ދެކޮޅަށް އިހްތިޖާޖުކޮށްފަ އެވެ. ޑޮކްޓަރުން ހިތްހަމަނުޖެހުނީ ކޮވިޑުގެ ފަރުވާއަކީ ޔޯގާ ކަމަށް ބުނާ ބާބާ ރާމްދޭވް ގުރޫއާ މޯދީގެ ސަރުކާރުން ގުޅުން ބާއްވާތީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox