ހަމަލާގެ އިންކުޔަރީއަށް ޑިފެންސް މިނިސްޓަރު މާރިޔާ ހާޒިރުކޮށްފި

241 ކޮމިޓީއަށް މައުލޫމާތު ދެއްވަން މިނިސްޓަރު މާރިޔާ މިއަދު މަޖިލީހަށް ވަޑައިގަންނަވަނީ. -ފޮޓޯ: ހުސެއިން ޝަޔާހް/ އަދަދު

241 ކޮމިޓީއަށް މައުލޫމާތު ދެއްވަން މިނިސްޓަރު މާރިޔާ މިއަދު މަޖިލީހަށް ވަޑައިގަންނަވަނީ. -ފޮޓޯ: ހުސެއިން ޝަޔާހް/ އަދަދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން މަޖިލީހުން ހިންގަމުންދާ ޕާލިމަންޓަރީ އިންކުއަރީއަށް ބޭނުންވާ މައުލޫމާތު ސާފުކުރުމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މިއަދު ކޮމިޓީއަށް ހާޒިރުކޮށްފި އެވެ.

ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން މަޖިލީހުން ބަލަމުންދަނީ އެކަން ހިނގައިދިޔަ ގޮތާއި، އެކަމުގައި އިހުމާލުތަކެއްވެފައިވޭތޯ އާއި މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށްޓަކައި އެޅިދާނެ ފިޔަވަޅުތަކާ ގުޅޭ ގޮތުންނެވެ.

އެ އިންކުޔަރީ ހިންގަމުންދާ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ (241) ކޮމިޓީއަށް މާރިޔާ މިއަދު ހެނދުނު ހާޒިރުކޮށްފައިވާއިރު، އޭނާއާ މެދު ބައެއް މެންބަރުންގެ ނުތަނަވަސްކަން ބޮޑެވެ.

Advertisement

އެގޮތުން، ރައީސް ނަޝީދަށް ހަމަލާއެއް އަމާޒުކުރަން އުޅޭ ކަމުގެ މައުލޫމާތު މާރިޔާއަށް ލިބި، އެކަމުގައި އެކަށީގެންވާ ފިޔަވަޅުތައް އަޅާފައިނުވާ ކަމުގެ ތުހުމަތު މިނިސްޓަރަށް ވަނީ އަމާޒުވެފަ އެވެ.

އަދި، ވަކިވަކި ސިފައިން އިންކުއަރީއަށް ހާޒިރުކުރުމާ ދެކޮޅަށް މިނިސްޓަރު މާރިޔާ ވާހަކަ ދެއްކެވުމުން ވެސް މައްސަލަ އިތުރަށް ގޯސްވެގެން ދިޔަ އެވެ.

ރާއްޖޭގެ ތާރީހުގައި މުޅި މަޖިލިސް އިގުރާރުވެގެން ހިންގާ ފުރަތަމަ ޕާލިމަންޓަރީ އިންކުއަރީއަށް ސިފައިންނާއި ފުލުހުންގެ އިތުރުން ކަމާގުޅޭ ގިނަ މުއައްސަސާތަކެއްގެ ބޭފުޅުން ވަނީ ހާޒިރުކޮށް މައުލޫމާތު ހޯދައިފަ އެވެ.

އެގޮތުން، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދުގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލާ ވެސް ކޮމިޓީން ވަނީ ސުވާލުކޮށްފަ އެވެ.

ނަޝީދަށް ދިން ހަމަލާއާ ގުޅިގެން އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވެފައިވަނީ ނަޝީދަށް ސެކިޔުރިޓީ ފޯރުކޮށްދިނުމަށް ފެއިލްވި ކަމަށް ބުނެ އެމްއެންޑީއެފްއަށެވެ.

ކޮމިޓީގެ ތިން މަންބަރަކު ވަނީ ސިފައިންގެ މައި މަރުކަޒަށް ވަޑައިގެން ވެސް މައުލޫމާތުތަކެއް ސާފުކުރައްވާފައިވާއިރު، ޝަމާލް ހިމެނޭ ގޮތަށް ސިފައިންގެ ބައެއް އިސްވެރިން ރޭ ވަނީ ދެވަނަ ފަހަރަށް ކޮމިޓީއަށް ހާޒިރުކޮށްފަ އެވެ.

ވަކިވަކި ސިފައިން ހާޒިރުކުރަން ކޮމިޓީން ބޭނުންވަނީ ދިފާއީ ބާރުގެ ތެރެއިން ކަންކަން ހިނގާފައިވާގޮތް އޮޅުންފިލުވުމަށެވެ. ނަމަވެސް، ކޮމިޓީއަށް ހާޒިރުކުރަން ލިސްޓު އެކުލަވާލަމުން ދިޔަ ދަނޑިވަޅުގައި އެމްއެންޑީއެފުން ވަނީ އެކަން ނުކުރެވޭނެ ކަމަށް ބުނެ ވަރުގަދަ ބަޔާނެއް ނެރެފަ އެވެ.

އެކަމަކު މަޖިލީހުން ހިންގަނީ ތަހުގީގެއް ނޫން ކަމަށް ބުނުމުން ސިފައިން ފަހުން ވަނީ އެކަމުގައި ދޫދީފަ އެވެ. އަދި އޭގެ ފަހުން ވަކިވަކި ސިފައިން ވެސް ކޮމިޓީއަށް ހާޒިރުވެ ކޮމިޓީއާ މައުލޫމާތު ހިއްސާކޮށްފައިވެ އެވެ.

ވަރަށް ފުޅާކޮށް ކުރިއަށް ގެންދާ އިންކުޔަރީގެ ރިޕޯޓު މި މަހުގެ ނިޔަލަށް ނިންމައި، މަޖިލީހުގެ ތަޅުމަށް

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox