ނޯތު މެސެޑޯނިއާ ތިން މެޗުން ބަލިވާން ބޭނުމެއް ނުވާނެ: ޑި ބޮއާ

Jun 21, 2021, 4:43 AM
ނޯތު މެސެޑޯނިއާ ތިން މެޗުން ބަލިވާން ބޭނުމެއް ނުވާނެ: ޑި ބޮއާ

އަމްސްޓެޑަމް (ޖޫން 21) - ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ނޯތު މެސެޑޯނިއާއާ ދެކޮޅަށް ކުޅޭއިރު, އެ ޓީމު މުބާރާތުން ކަޓާފައި އޮތް ކަމުގައި ވިޔަސް ނެދަލެންޑްސް އިން ވިސްނަން ޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށް އެ ޓިމުގެ ކޯޗު ފްރޭންކް ޑި ބޮއާ ބުނެފި އެވެ.

ގްރޫޕް ސީގެ އެއް ވަނައިގައި ނެދަލެންޑްސް އޮތީ ދެ މެޗުން ހަ ޕޮއިިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ޔޫކްރެއިނާއި އޮސްޓްރިއާ އަށް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ. ނޯތު މެސެޑޯނިއާ އެންމެ ފުލުގައި އޮތީ ދެ މެޗުން ވެސް ބަލިވެ ޕޮއިންޓެއް ނުލިބި އެވެ. ނޯތު މެސެޑޯނިއާ އަކީ މި ފަހަރުގެ ޔޫރޯ އިން ކެޓި ފުރަތަމަ ޓީމެވެ.

ނެދަލެންޑްސްގެ ކޯޗު ޑި ބޮއާ ބުނީ ނޯތު މެސެޑޯނިއާ އަށް ދޭން ޖެހޭ ފުރިހަމަ އިހުތިރާމް ދޭނެ ކަމަށެވެ. އަދި އެ ޓީމުން ތިން މެޗުން ބަލިވެގެން މުބާރާތް ނިންމާލަން ބޭނުން ނުވާނެ ކަމަށް ޑި ބޮއާ ގަބޫލުކުރެ އެވެ.

"އަލަށް މުބާރާތުގައި ވާދަކުރާއިރު ކޮންމެ ވެސް ކަމެއް ހާސިލްކުރުމުގެ އަމާޒެއް އޮންނާނެ. ތިން މެޗުން ބަލިވެގެން ކަޓައިގެން ދާން އެއްވެސް ބައެއް ބޭނުމެއް ނުވާނެ. ހާސިލްކުރެވޭ ކޮންމެސް ކަމެއް ހޯދޭތޯ ބަލާނެ،" މިރޭގެ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޑި ބޮއާ ބުންޏެވެ.

ނެދަލެންޑްސް އިން މިރޭގެ މެޗަށް ނެރޭ ޓީމަށް މާ ބޮޑު ބަދަލުތަކެއް ނުގެންނަން ޑި ބޮއާ ވަނީ ނިންމައިފަ އެވެ. އޭނާ ބުނީ މިހާރު އޮތްގޮތުން އެންމެ ފަހުން އޮސްޓްރިއާ އަތުން މޮޅުވި މެޗަށް ނެރުނު ފުރަތަމަ އެގާރައިން މިރޭގެ މެޗުގައި ދެ ބަދަލެއް ފެނިދާނެ ކަމަށެެވެ.

"ކުޅުންތެރިން އެ ފޯމުގައި ކުރިއަށް ދިއުން ވެސް މުހިއްމު. ނޮކައުޓް ބުރަށް ދިއުމުގެ ކުރިން ކުޅުންތެރިންނަށް އަރާމްކުރަން ފުރުސަތު ދިނުން ވެސް މުހިއްމު. މި ދެކަން އެއްކޮށް ކުރެވޭނެ ހައްލަކަށް މި ބަލަނީ. މާ ބޮޑު ބަދަލުތަކެއް ނުފެނުނަސް ކޮންމެ ވެސް ވަރަކަށް ބަދަލުތަކެއް ފެންނާނެ،" ޑި ބޮޮއާ ބުންޏެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮން ޑި ބޮއާ ވަނީ ފޯވާޑް ވައުޓް ވޭގޯސްޓް އާއި މިޑްފީލްޑަރު މާޓިން ޑެ ރޫންގެ ބަދަލުގައި ޑޮންޔެލް މާލިން އާއި ރިޔާން ގްރަވެންބާޗަށް ފުރަތަމަ އެގާރައިން ފުރުސަތު ދޭން ނިންމައިފަ އެވެ.

ޑި ބޮއާ ވަނީ މި ފަހަރުގެ މުބާރާތުގައި ނެދަލެންޑްސް އަށް މޮޅު ކުޅުމެއް ދައްކަމުން އަންނަ ޑެންޒެލް ޑަމްފްރީސް ދައްކަމުން އަންނަ ކުޅުމަށް ތައުރީފްކޮށްފަ އެވެ. ޑަމްފްރީސް ވަނީ ޔޫކްރެއިން އަތުން 3-2 އިން ނެދަލެންޑްސް މޮޅުކޮށްދިން ގޯލާއި އޮސްޓްރިއާ ކޮޅަށް ނެދަލެންޑްސްގެ ފަހު ގޯލު ޖަހައިފަ އެވެ.

ނޯތު މެސެޑޯނިއާގެ ތަރި ޕަންޑޭވް ރިޓަޔާކުރަނީ

މިރޭގެ މެޗަކީ ނޯތު މެސެޑޯނިއާގެ ކެޕްޓަން ގޯރާން ޕަންޑޭވް ގައުމީ ޓީމަށް ކުޅޭނެ ފަހު މެޗެވެ. އުމުރުން 37 އަހަރުގެ ޕަންޑޭވް އަކީ ނޯތު މެސެޑޯނިއާ ފުޓްބޯޅައިގެ ހާއްސަ ކުޅުންތެރިއެކެވެ. މި ފަހަރުގެ ޔޫރޯ އިން ނޯތު މެސެޑޯނިއާ އަށް ޖާގަ ހޯދައިދިން ގޯލު ޖެހީ ޕަންޑޭވް އެވެ. އަދި ޔޫރޯގައި އެ ޓީމުގެ ފުރަތަމަ ގޯލު ޖެހީ ވެސް ޕަންޑޭވް އެވެ.

ނޯތު މެސެޑޯނިއާ މެޗެއްގެ ތެރެއިން ކެޕްޓަން ޕަންޑޭވް.

ޕަންޑޭވް ވަނީ މީގެ ކުރިން ނޯތު މެސެޑޯނިއާ ފުޓްބޯޅަ ފެޑެރޭޝަނާ އުފެދުނު ހިޔާލު ތަފާތުވުންތަކުގެ ތެރެއިން ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފަ އެވެ. އެކަމަކު 2015 ވަަނަ އަހަރު ނޯތު މެސެޑޯނިއާ ކޯޗުކަމާ މިހާރު ވެސް އެ މަގާމުގައި ހުރި އީގޯ އަންޖެލޮސްކީ ހަވާލުވުމަށް ފަހު ވަނީ އަލުން ޕަންޑޭވް ގައުމީ ޓީމަށް ގެނެސްފަ އެވެ.

ގައުމީ ޖޯޒީގައި ބައިނަލްއަގުވާމީ ބޮޑު މުބާރާތެއްގައި ކުޅުމުގެ ނަސީބު ލިބުމާ އެކު މިހާރު ޕަންޑޭވްގެ ވިސްނުން ހުރީ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދޭން ގައުމީ ޓީމަށް ކުޅުން ހުއްޓާލުމަށެވެ.

"މި ކަހަލަ ބޮޑު މުބާރާތަކުން ގައުމީ ޓީމުން ރިޓަޔާކުރެވުމަކީ އެންމެ ހާއްސަ އުފާ. އަހަރެން ވަރަށް ހިތްހަމަޖެހިގެން މި ހުރީ މި މުބާރާތުގައި ނޯތު މެސެޑޯނިއާ އޮތީމަ. މިއީ ގައުމީ ޓީމަށް ކުޅުން ހުއްޓާލަން އެންމެ ރަނގަޅު ވަގުތު. މިހާރު ތިބި ނޯތު މެސެޑޯނިއާގެ ޒުވާން ކުޅުންތެރިން މި ޓީމު ކުރިއަށް ގެންގޮސް ވޯލްޑް ކަޕަކާ ހަމައަށް ވެސް ދެވިދާނެ،" ޕަންޑޭވް ބުންޏެވެ.

ނޯތު މެސެޑޯނިއާ ޓީމަށް 2001 ވަަނަ އަހަރު ކުޅެން ފެށި ޕަންޑޭވް ވަނީ ގައުމީ ޓީމަށް ކުޅެދިން 121 މެޗުން 38 ގޯލު ޖަހައިފަ އެވެ.

ނޯތު މެސެޑޯނިއާ އާއި ނެދަލެންޑްސް މީގެ ކުރިން ކުޅުނު ހަތަރު މެޗުން ވެސް ބަލިވެފައިނުވެ އެެވެ. ދެ މެޗުން ނެދަލެންޑްސް މޮޅުވިއިރު، އަނެއް ދެ މެޗު ނިމުނީ އެއްވަރުވެގެންނެވެ.

މިރޭގެ މެޗު ފަށާނީ ރާއްޖެ ގަޑިން 21:00 ގަ އެވެ. ހަަމަ އެ ވަގުތު މި ގްރޫޕްގެ އަނެއް މެޗުގައި ޔޫކްރެއިނާއި އޮސްޓްރިއާ ބައްދަލުކުރާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2030 ގެ ފީފާ ވޯލްޑް ކަޕްގެ ރައިޓްސްތަކެއް ނެޓްފްލިކްސް އަށް

2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މެޗުތައް ސްޕެއިން އާއި އެންޑޯރާގައި ދެއްކުމުގެ ރައިޓްސް ނެޓްފްލިކްސް އިން ގަނެފި. މި އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކު އެއް މެޗު ހިލޭ ސްޓްރީމް ކުރާއިރު، އޭގެ ތެރޭގައި ސެމީ ފައިނަލާއި ފައިނަލް މެޗު ވެސް ހިމެނޭ.

ޗައިނާ މުބާރާތުގައި ވެސް ގައުމީ ފުޓްސަލް ޓީމަށް ކޯޗު ޒަކީރޯވް

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވެސް ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދުދޭނީ ކޯޗު ފާރޫކް ޒަކީރޯވް ކަމަށް އެފްއޭއެމް އިން ވަނީ ހާމަކޮށްފައި. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓީމުން މިހާރު ފަރިތަކުރުންތައް ފަށާފައިވާއިރު، ރާއްޖޭގެ އިތުރުން މި މުބާރާތުގައި ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާނެ

ގައްދޫ ބަލިކޮށް ބުރު އަށް ސީޒަންގެ ފުރަތަމަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫ 2-0 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި. މި މެޗުގެ ލަނޑުތައް ބުރު ސްޕޯޓްސްއަށް ކާމިޔާބުކޮށްދިނީ ޖުއާން އެޑުއާޑޯ ލެސްކާނޯ އާއި އިބްރާހިމް އުސާމާ ހަސަން މަޖީދު

ލަމްޕާޑް އެދުނީ ކަވެންޓްރީ އިން ހަމަބިމުގައި ތިބެން

ކޯޗު ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ކަވެންޓްރީ ސިޓީން 25 އަހަރަށް ފަހު ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ފުރަތަމަ މޮޅު ހޯދައިފި. ނިއުކާސަލް އަތުން ލިބުނު މި ކާމިޔާބީއާއެކުވެސް، ލަމްޕާޑް ބާރުއެޅީ ޓީމުގެ ސަމާލުކަން ނުގެއްލުވައި ހަމަބިމުގައި ތިބެގެން ކުރިއަށް ދިއުމަށް

އެމެރިކާ އަކީ ފުޓްބޯޅައިގެ ގައުމެއް ނޫން: ޖިރޫ

އެމެރިކާގެ އެލްއޭ އެފްސީއަށް ކުޅުމަށްފަހު ފްރާންސްގެ ލިލް އަށް ބަދަލުވި އޮލިވިއޭ ޖިރޫ ބުނިގޮތުގައި، އެމެރިކާ އަކީ ޔޫރަޕާ އަޅާބަލާއިރު ފުޓްބޯޅައިގެ ޖޯޝާއި ފޯރި ކުޑަ، ހަމައެކަނި ފުޓްބޯޅައިގައި ހިމެނޭ ފައިސާއަށް އިސްކަންދޭ ގައުމެއް

ރާއްޖެ މެޗުގެ ކަންތަކާ ހެދި ލަންކާ ކޯޗު 5000 ޑޮލަރުން ޖޫރިމަނާ

އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ދިވެހި ޓީމަށް ބޭއަދަބީ ބަހުން މުހާތަބުކުރި ލަންކާގެ އެސިސްޓަންޓް ކޯޗު މުހައްމަދު އިމްރާން 5000 ޑޮލަރުން އޭއެފްސީން ޖޫރިމަނާކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާ ވަގުތުން މަގާމުން ވަކިކޮށްފައިވާއިރު، ދެ އަހަރު ދުވަހުގެ ސަސްޕެންޝަނެއް ދިނުމަށްވެސް އެ ފެޑެރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގައްދޫން މި ބުރުގައި ހަ ޕޮއިންޓް ހޯދަންޖެހޭ: ނަޒީހު

ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ބަލިވެފައިވާ ގައްދޫ ޓީމުން، މި ބުރުގައި ހަ ޕޮއިންޓް ހޯދަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނަޒީހު ބުނެފިއެވެ. ބަޖެޓާއި ތަޖުރިބާކާރު ކުޅުންތެރިންގެ ދަތިކަން ހުރި ނަމަވެސް، މިއަދު ބުރު ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗަކީ ރަނގަޅު ނަތީޖާއެއް ނެރެން އުންމީދުކުރާ މެޗެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

Newsletter

Get the latest news delivered straight to your inbox