އިޓަލީ އަށް އެއް ވަނަ، ބަލިވިޔަސް ވޭލްސް ވެސް ދެ ވަނަ ބުރަށް

Jun 20, 2021, 5:52 PM
އިޓަލީ އަށް އެއް ވަނަ، ބަލިވިޔަސް ވޭލްސް ވެސް ދެ ވަނަ ބުރަށް

ރޯމް (ޖޫން 20) - ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ އިޓަލީން 1-0 އިން ވޭލްސް ބަލިކޮށް ގްރޫޕްގެ އެއް ވަނަ ހޯދިއިރު، މިރޭގެ މެޗުން ބަލިވި ކަމުގައި ވިޔަސް ގްރޫޕްގެ ދެ ވަނައިގެ ގޮތުގައި ވޭލްސް އިން ދެ ވަނަ ބުރުގެ ޖާގަ ހޯދައިފި އެވެ.

ގްރޫޕް އޭގެ ހުރިހާ މެޗެއް ނިމުނުއިރު އިޓަލީ އެއް ވަނަ ހޯދީ ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ނުވަ ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި ނިންމާލި ވޭލްސް އާއި މިރޭ ތުރުކީ 3-1 އިން ބަލިކުރި ސްވިޒަލެންޑަށް ވަނީ ހަތަރު ޕޮއިންޓް ލިބިފަ އެވެ. ވޭލްސް އަށް ކުރި ލިބުނީ ލަނޑުގެ ތަފާތުންނެވެ. ވޭލްސްގެ ފައިދާ އެއް ގޯލު އޮތްއިރު، ސްވިޒަލެންޑްގެ އޮތީ ގެއްލުން އެއް ގޯލެވެ.

ގްރޫޕްގެ ފުލަށް ދިޔަ ތުރުކީ މުބާރާތް ނިންމާލީ ޕޮއިންޓެއް ނުލިބި އެވެ. ތުރުކީ އަކީ މި ފަހަރުގެ މުބާރާތުން ކެޓި ދެ ވަނަ ޓީމެވެ.

މިރޭގެ މޮޅާ އެކު އިޓަލީން ވަނީ ބަލިނުވެ 30 މެޗު ހަމަކޮށް 82 އަހަރުވީ ރެކޯޑަކާ ހަމަކޮށްފަ އެވެ. އިޓަލީ އެންމެ ފަހުން ބަލިނުވެ އެ އަދަދަށް މެޗު ހަމަކުރީ 1935 އިން 1939 އާ ދެމެދު އެވެ. މިރޭގެ މެޗާ އެކު އިޓަލީން ވަނީ ބައިކޮޅަށް ގޯލެއް ނުވައްދައި ޖެހިޖެހިގެން 11 މެޗު ފުރިހަމަކޮށްފަ އެވެ. އިޓަލީ އަކީ ޔޫރޯ ފުޓްބޯޅަ މުބާރާތެއްގައި ބައިކޮޅަށް ގޯލެއް ނުވަދެ ގްރޫޕް ސްޓޭޖު ތިން މެޗުން މޮޅުވި ފުރަތަމަ ޓީމެވެ.

މިއީ ޔޫރަޕްގެ ޗެމްޕިއަންކަން އެއް ފަހަރު ހޯދާފައިވާ އިޓަލީން މުބާރާތުގެ ގްރޫޕް ސްޓޭޖު ފަހަނަޅައި ދިޔަ އަށް ވަނަ ފަހަރެވެ. އަނެއްކޮޅުން މުޅިން އަލަށް 2016 ވަަނަ އަހަރުގެ ޔޫރޯގައި ވާދަކޮށް ސެމީގައި ކުޅުނު ވޭލްސް އިން މި ވަނީ އަނެއްކާ ދެ ވަނަ ބުރުން ފުރުސަތު ހޯދައިފަ އެވެ.

އިޓަލީން މިރޭ މެޗަށް ނުކުތީ މުބާރާތުގެ ފުރަތަމަ ދެ މެޗުގައި އެ ޓީމުން ބޭނުންކުރި ފުރަތަމަ އެގާރަ އަށް ކުޅުނު ގިނަ ކުޅުންތެރިން ނުލަ އެވެ. އެއީ މި މެޗަށް ނުކުތްއިރު ވެސް އިޓަލީ އަށް ދެ ވަނަ ބުރުގެ ޖާގައެއް ކަށަވަރުވެފައި އޮތުމުންނެވެ. އިޓަލީން ފެނުނު އެންމެ ބޮޑު ޕޮޒިޓިވްކަމަކީ އަނިޔާ އިން ރަނގަޅުވެ، މާކޯ ވެރާޓީ އެނބުރި އައުމެވެ.

ލަނޑު ޖެހުމަށް ފަހު އިޓަލީގެ ޕެސީނާ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ފުރަތަމަ ހާފުގައި އިޓަލީގެ ކުރިއަށް ކުޅުނު ލޫޝިއާނޯ ބެލޮއްޓީ އާއި ފެޑެރީކޯ ބާނަޑެޝްކީ އަދި ފެޑެރީކޯ ޗިއޭސާ އަށް ލިބޭ ބޯޅަތަކުގައި ވޭލްސް ގޯލަށް ނުރައްކާކުރެވޭތޯ މަސައްކަތްކުރި އެވެ. އެ ގޮތުން ޗިއޭސާ ޖެހި ބޯޅައެއް ގޯލު ރޮނގުމަތިން ކަހަލަ ގޮތަަކަށް ވޭލްސްގެ ޑިފެންޑަރު އީތަން އަމްޕަޑޫ ވަނީ ސަލާމަތްކޮށްފަ އެވެ.

ވޭލްސްގެ ކްރިސް ގަންޓާ ބޮލުން ޖެހި ބޯޅައެއް ހުރަސް ދަނޑިމަތިން ދިޔައިރު، އިޓަލީން ވަނީ މިހާފުގައި ގޯލެއް ނުވަދެ ހިފަހައްޓައި، ޖުމްލަ އެއްކޮށް އެންމެ ފަހުން ކުޅުނު މެޗުތަކުގައި އެ ޓީމު ކޮޅަށް ގޯލެއް ނުވަދެ 1000 މިނިޓް ހަމަކޮށްފަ އެވެ.

އިޓަލީން ލީޑުނެގީ މެޗުގެ 39 ވަނަ މިނިޓްގައި މަޓެއޯ ޕެސީނާ ޖެހި ގޯލުންނެެވެ. ހިލޭ ޖެހުމަކު ވެރާޓީ ޖައްސާލި ބޯޅަ އޭރިއާތެރެއިން ޕެސީނާ ވަނީ ގޯލުގެ ދުރު ކަނަށް އަމާޒުކޮށްލައިފަ އެވެ. ޕެސީނާ އަކީ މި ފަހަރުގެ ޔޫރޯ ސްކޮޑުގައި ފަހުން ހިމެނި ކުޅުންތެރިއެކެވެ. އޭނާ ނެގީ ސްޓެފާނޯ ސެންސީ އަށް އަނިޔާވުމުންނެވެ.

ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ހަތް މިނިޓް ތެރޭ ހިލޭ ޖެހުމަކުން އިޓަލީގެ ބާނަޑޭޝްކީ ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. މެޗުގެ 55 ވަަނަ މިނިޓްގައި ވޭލްސްގެ އަމްޕަޑޫ އަށް ވަނި ސީދާ ރަތް ކާޑެއް ދައްކައިފަ އެވެ. އެއީ ބާނަޑޭޝްކީ އަށް ކުރި ނުރައްކާތެރި ފައުލަކަށް ރެފްރީ ދެއްކި ރަތް ކާޑެކެވެ.

ވޭލްސްގެ ކުޅުންތެރިއަކު މަދުވުމުގެ ފައިދާނަގައި މެޗުގެ 65 ވަނަ މިނިޓްގައި އިޓަލީގެ ބެލޮއްޓީ ޖެހި ބޯޅަ ވޭލްސްގެ ކީޕަރު ޑެނީ ވޯޑް ވަނީ މަތަކޮށްފަ އެވެ. ކުޅުންތެރިއަކު މަދުކޮށް ކުޅެ ވެސް ވޭލްސް އިން ވަނީ ލަނޑެއް ޖެހޭތޯ ހިތްވަރުކޮށްފަ އެވެ.

މެޗުގައި ވޭލްސް އަށް ގޯލެއް ޖަހައިދޭން އެންމެ ހުސް ފުރުސަތެއް ލިބުނީ 75 ވަނަ މިނިޓްގައި ގަރެތު ބޭލް އަށެވެ. އޭރިއާތެރެއިން ހުސްކޮށް ހުރެފައި ބޭލް ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެެވެ. ފަހުން އިޓަލީން ދެ ވަނަ ލަނޑެއް ޖަަހަން ފޮނުވާލި ހަމަލާތައް ކާމިޔާބެއްނުވި އެވެ.

ލަނޑު ޖެހުމަށް ފަހު ސްވިޒަލެންޑްގެ ޝަގީރީ އުފާފާޅުކުރަނީ.

އަޒަރުބައިޖާންގެ ބަކޫގައި ކުޅުނު މެޗަށް ސްވިޒަލެންޑް ނުކުތްއިރު މި ގްރޫޕްގެ ގަދަ ދެ ޓީމުގެ ތެރޭގައި ހިމެނިގެން އަނެއް ބުރުން ފުރުސަތު ހޯދާނަމަ އެ ޓީމަށް އޮތީ ފަސް ގޯލު ޖަހަން ޖެހިފަ އެވެ. އެކަމަކު އިޓަލީ އާއި ވޭލްސް ކުޅޭ މެޗުގެ ނަތީޖާ ނުކުންނަ ގޮތަކުން ސްވިޒަލެންޑުން ފަސް ގޯލުން މޮޅުނުވެ، ވެސް އަނެއް ބުރުން ޖާގަ ލިބުމުގެ ފުރުސަތު އޮތެވެ. ރަނގަޅަށް ކުޅުނު ނަަމަވެސް ބޭނުންވާ ނަތީޖާ އިން ސްވިޒަލެންޑަށް މޮޅެއް ނުލިބުނެވެ.

ތުރުކީ ކޮޅަށް ސްވިޒަލެންޑުން ވަނީ ފުރަތަމަ ހާފުގައި ދެ ގޯލު ޖަހައިފަ އެވެ. އެ ޓީމުން ދެ ގޯލު ޖެހީ ވެސް އޭރިއާބޭރުންނެވެ. މެޗުގެ ހަ ވަަނަ މިނިޓްގައި ސްޓީވަން ޒޫބެއާ ދިން ބޯޅައަކުން އޭރިއާ ރޮނގުކައިރިން ހަރިސް ސެފެރޯވިޗް ތިރިތިރިން ޖެހި ޝޮޓް އަމާޒުވީ ގޯލުގެ ދުރުކަނަށެވެ. މެޗުގެ 26 ވަަނަ މިނިޓްގައި ދެ ވަނަ ގޯލެއް ޖަހަން ބޯޅަ ދިނީ ވެސް ޒުބެއާ އެވެ. އޭނާ ދިން ބޯޅަ ޒެރްޑަން ޝަގީރީ ވަނީ ގޯލުގެ މަތީ ކަަނަށް އަމާޒުކޮށްލައިފަ އެވެ. ޝަގީރީ ފޮނުވާލި ބޯޅަ ގޯލަށް ވަނީ ތުރުކީގެ ގޯލްކީޕަރު އުގުރްކާން ޗާކިރް އަތްމަތިން ގޮހެވެ.

ދެ ވަނަ ހާފްގައި ކުޅުން ރަނގަޅުކޮށް ތުރުކީން ވަނީ 61 ވަަނަ މިނިޓްގައި ގޯލެއް ޖަހައިފަ އެވެ. މި ގޯލު ކާމިޔާބުކުރީ އިރްފާން ޗޭން ކަވޭޗީ އެވެ. ޗޭން އޭރިއާބޭރުން ޖެހި ބޯޅަ ސްވިޒަލެންޑްގެ ކީޕަރު ޔެން ސޮމާ އަށް މަތަކުރެވޭ ގޮތްނުވި އެވެ.

ސްވިޒަލެންޑުން ވަނީ އޭގެ ހަތް މިނިޓް ފަހުން އިތުރު ލަނޑެއް ޖަހައި ލީޑުޅާކޮށްފަ އެވެ. މި ގޯލު ޖެހީ ވެސް ޝަގީރީ އެވެ. އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަަަނަށެވެ. މި ގޯލު ޖަހަން ވެސް ފުރުސަތު ތަނަވަސްކޮށްދިނީ ޒުބެއާ އެވެ. އޭނާ އަކީ ޔޫރޯގެ އެއް މެޗެއްގައި ތިން ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދިން ތިން ވަނަ ކުޅުންތެރިޔާ އެވެ. މީގެ ކުރިން އެކަން ހާސިލްކުރީ ޕޯޗުގަލްގެ ކުރީގެ ކުޅުންތެރިޔާ ރުއީ ކޮސްޓާ އާއި ޑެންމާކްގެ މައިކަލް ލައުޑްރަޕް އެވެ.

އިތުރު ގޯލުތަކެއް ޖަހަން ސްވިޒަލެންޑްގެ ގްރޭނިޓް ޝާކާ އާއި ބްރީލް އެމްބޯލޯ ޖެހި ބޯޅަތައް ގޯލަކަށް ހަދައިލެވޭ ގޮތެއްނުވި އެވެ.

މި ގްރޫޕްގެ ގަދަ ދެ ޓީމުގެ ތެރޭގައި ނުހިމެނުނު ކަމުގައި ވިޔަސް ސްވިޒަލެންޑަށް އަނެއް ބުރުގެ ފުރުސަތު އަދި އެބައޮތެެވެ. އެއީ އެންމެ ރަނގަޅު ނަތީޖާ ނެރޭ ތިން ވަނަ ޓީމުތަކުގެ ތެރޭގައި ހިމެނިގެންނެވެ. އެ ޖާގަތައް ބެހޭގޮތެއް އެނގޭނީ ހުރިހާ ގްރޫޕެއްގެ މެޗުތައް ނިމުމުންނެވެ. މި ވަގުތު ސްވިޒަލެންޑް އޮތީ އެންމެ ރަނގަޅު ނަތީޖާ ނެރޭ ތިން ވަނަ ޓީމުތަކުގެ ރޭންކިންގެ އެއް ވަނައިގަ އެވެ. އެންމެ ރަނގަޅު ތިން ވަނަ އަށް ދާ ޓީމުތަކުގެ ތެރެއިން ހަ ޓީމެއް އަނެއް ބުރަށް ދާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2030 ގެ ފީފާ ވޯލްޑް ކަޕްގެ ރައިޓްސްތަކެއް ނެޓްފްލިކްސް އަށް

2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މެޗުތައް ސްޕެއިން އާއި އެންޑޯރާގައި ދެއްކުމުގެ ރައިޓްސް ނެޓްފްލިކްސް އިން ގަނެފި. މި އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކު އެއް މެޗު ހިލޭ ސްޓްރީމް ކުރާއިރު، އޭގެ ތެރޭގައި ސެމީ ފައިނަލާއި ފައިނަލް މެޗު ވެސް ހިމެނޭ.

ޗައިނާ މުބާރާތުގައި ވެސް ގައުމީ ފުޓްސަލް ޓީމަށް ކޯޗު ޒަކީރޯވް

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވެސް ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދުދޭނީ ކޯޗު ފާރޫކް ޒަކީރޯވް ކަމަށް އެފްއޭއެމް އިން ވަނީ ހާމަކޮށްފައި. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓީމުން މިހާރު ފަރިތަކުރުންތައް ފަށާފައިވާއިރު، ރާއްޖޭގެ އިތުރުން މި މުބާރާތުގައި ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާނެ

ގައްދޫ ބަލިކޮށް ބުރު އަށް ސީޒަންގެ ފުރަތަމަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫ 2-0 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި. މި މެޗުގެ ލަނޑުތައް ބުރު ސްޕޯޓްސްއަށް ކާމިޔާބުކޮށްދިނީ ޖުއާން އެޑުއާޑޯ ލެސްކާނޯ އާއި އިބްރާހިމް އުސާމާ ހަސަން މަޖީދު

ލަމްޕާޑް އެދުނީ ކަވެންޓްރީ އިން ހަމަބިމުގައި ތިބެން

ކޯޗު ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ކަވެންޓްރީ ސިޓީން 25 އަހަރަށް ފަހު ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ފުރަތަމަ މޮޅު ހޯދައިފި. ނިއުކާސަލް އަތުން ލިބުނު މި ކާމިޔާބީއާއެކުވެސް، ލަމްޕާޑް ބާރުއެޅީ ޓީމުގެ ސަމާލުކަން ނުގެއްލުވައި ހަމަބިމުގައި ތިބެގެން ކުރިއަށް ދިއުމަށް

އެމެރިކާ އަކީ ފުޓްބޯޅައިގެ ގައުމެއް ނޫން: ޖިރޫ

އެމެރިކާގެ އެލްއޭ އެފްސީއަށް ކުޅުމަށްފަހު ފްރާންސްގެ ލިލް އަށް ބަދަލުވި އޮލިވިއޭ ޖިރޫ ބުނިގޮތުގައި، އެމެރިކާ އަކީ ޔޫރަޕާ އަޅާބަލާއިރު ފުޓްބޯޅައިގެ ޖޯޝާއި ފޯރި ކުޑަ، ހަމައެކަނި ފުޓްބޯޅައިގައި ހިމެނޭ ފައިސާއަށް އިސްކަންދޭ ގައުމެއް

ރާއްޖެ މެޗުގެ ކަންތަކާ ހެދި ލަންކާ ކޯޗު 5000 ޑޮލަރުން ޖޫރިމަނާ

އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ދިވެހި ޓީމަށް ބޭއަދަބީ ބަހުން މުހާތަބުކުރި ލަންކާގެ އެސިސްޓަންޓް ކޯޗު މުހައްމަދު އިމްރާން 5000 ޑޮލަރުން އޭއެފްސީން ޖޫރިމަނާކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާ ވަގުތުން މަގާމުން ވަކިކޮށްފައިވާއިރު، ދެ އަހަރު ދުވަހުގެ ސަސްޕެންޝަނެއް ދިނުމަށްވެސް އެ ފެޑެރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގައްދޫން މި ބުރުގައި ހަ ޕޮއިންޓް ހޯދަންޖެހޭ: ނަޒީހު

ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ބަލިވެފައިވާ ގައްދޫ ޓީމުން، މި ބުރުގައި ހަ ޕޮއިންޓް ހޯދަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނަޒީހު ބުނެފިއެވެ. ބަޖެޓާއި ތަޖުރިބާކާރު ކުޅުންތެރިންގެ ދަތިކަން ހުރި ނަމަވެސް، މިއަދު ބުރު ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗަކީ ރަނގަޅު ނަތީޖާއެއް ނެރެން އުންމީދުކުރާ މެޗެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

Newsletter

Get the latest news delivered straight to your inbox