ވިކްޓިމްއަށް އިތުރަށް ގެއްލުންނުދީ، އީސަގެ މައްސަލަ ކާމިޔާބު ކުރެވޭނެ: ޕީޖީ

އިސަ އާއި އަސްރާ: މައްސަލަ ކާމިޔާބު ކުރެވޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ޝަމީމް ވިދާޅުވި

އިސަ އާއި އަސްރާ: މައްސަލަ ކާމިޔާބު ކުރެވޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ޝަމީމް ވިދާޅުވި

ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަގެ މައްސަލާގައި އަނިޔާ ލިބުނު ކަމަށް ބުނާ ފަރާތުން ދައުވާ އަނބުރާ ގެންދިޔުމަށް އެދިފައިވީ ނަމަވެސް، މައްސަލަ ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެ އެވެ.

އީސައަށް ތުހުމަތުވާ މައްސަލައަކީ، އޭނާގެ އަނބިކަނބަލުން އަސްރާ ނަސީމްގެ ގައިގައި ތަޅައި މާރާމާރީ ހިންގައި، ދަރިފުޅު އަސްރާގެ އަތުން ގަދަކަމުން އަތުލައި ގޭގެ ބެލްކަނިން ބޭރަށް، މަގު މައްޗަށް އެ ކުއްޖާ ދިއްކޮށް ވައްޓާލައި މަރާލާނެ ކަމުގެ އިންޒާރު ދިން މައްސަލައެކެވެ.

އެ މައްސަލާގައި އީސަގެ މައްޗަށް އަނިޔާއެއް ދިނުމުގެ ދައުވާ އުފުލައި، ޝަރީއަތް ފެށުމަށް ވަނީ ތައްޔާރުވެފަ އެވެ.

ނަމަވެސް، އަސްރާގެ ފަރާތުން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވި ސިޓީއެއްގައި މައްސަލަ އަނބުރާ ގެންދިޔުމަށް ވަނީ އެދިފަ އެވެ. އަދި، އޭނާ އީސައާ ގުޅޭ ގޮތުން ވާހަކަ ދެއްކީ ޖަޒުބާތުގައި ކަމަށް ވެސް ވަނީ ބުނެފަ އެވެ.

އަސްރާގެ ފަރާތުން އެހެން އެދިފައިވީ ނަމަވެސް، ޕްރޮސިކިއުޓާ ޖެނަރަލް ހުންނެވީ މައްސަލާގައި ކުރިއަށް ވަޑައިގަންނަވާށެވެ. ޝަމީމް ވިދާޅުވި ގޮތުގައި، އެ މައްސަލާގައި ކޯޓުގައި ދައުލަތަށް ކާމިޔާބު ހޯދޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

ޝަމީމް ވިދާޅުވި ގޮތުގައި، މައްސަލާގެ ވިކްޓިމް އަލުން ބްލޭމްކޮށް، ރީވިކްޓިމައިޒްވާން ބޭނުން ނުވާ ކަމަށެވެ. އެހެންވެ، މަސައްކަތް ކުރައްވާނީ ވިކްޓިމްއަށް އިތުރަށް ގެއްލުން ނުދީ، ތުރާނުކޮށް މައްސަލަ ކުރިއަށް ގެންދިޔުމަށް ކަމަށެވެ.

"އެއްވެސް މައްސަލައެއްގައި އަނިޔާ ލިބޭ މީހާއަށް އިތުރަށް ތުރާނުކޮށް ނިޒާމް ހިންގުން އެއީ އަޅުގަނޑުމެން ކުރަން ޖެހޭ ކަމަކީ،" ޝަމީމް ވިދާޅުވި އެވެ.

މި މައްސަލަ އަޅުގަނޑުމެންނަށް ކާމިޔާބު ކުރެވޭނެ ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވޭނީ،"

ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވި ސިޓީގައި އަސްރާ ވިދާޅުވެފައިވަނީ މައްސަލައިގައި ކަން ވީ ގޮތް އެންމެ ފަހުން ފުލުސް އޮފީހަށް ދިން ބަޔާނުގައި ކިޔައިދީފައިވާނެ ކަމަށާއި ދިމާވި މައްސަލަ ދެމަފިރިންނަށް ވާހަކަ ދައްކައިގެން ހައްލުކުރެވޭނެ އެވެ. އަދި މިކަމުގައި އިސްކުރަން ބޭނުންވަނީ ދަރިފުޅުގެ މަސްލަހަތު ކަމަށް ވެސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މައްސަލަ ހުށަހަޅައި ފުރަތަމަ ދެއްވީ ސައްހަ ބަޔާނެއް ވެސް ނޫނެވެ.

ގެވެށި އަނިޔާގެ ތުހުމަތުކޮށް، ފަހުން އީސަގެ ދިފާއުގައި ތެދުވެވަޑައިގެން މައްސަލަ ކުރިއަށް ނުގެންދަން އަސްރާ ބޭނުންވާއިރު، އަނިޔާއާ ގުޅިގެން ފޭސްބުކްގައި ކުރިން ލިއުއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ހާދިސާ އިން އޭނާ އާއި ދަރިފުޅަށް އުނދަގޫ އިހްސާސްތަކެއް ކުރަން ޖެހުނު ކަމަށެވެ. އަދި އެއީ، ދުވަހަކު ވެސް ކުރިމަތިވެދާނެ ކަަމަށް ހީކުރެއްވި ތަޖުރިބާތަކެއް ނޫން ކަމަށް ވިދާޅުވި އެވެ.

އެ ތުހުމަތުތަކަށް އިންކާރު ކުރައްވައި އީސަ ވިދާޅުވެފައި ވަނީ ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފު އެއްވެސް އަމަލެއް ކޮށްފައި ނުވާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ. މި މައްސަލައިގައި ފާޑުކިއުން އަމާޒުވެ ޕްރެޝާ ބޮޑުވުމުން އޭނާ ވަނީ އިޖުތިމާއީ ކޮމިޓީގެ މުގައްރިރު ކަމުން ވެސް އިސްތިއުފާ ދެއްވައިފަ އެވެ. އެއީ، އޭނާއަށް ތުހުމަތުކުރާ ގެވެށި އަނިޔާގެ މައްސަލައެއް ބަލާތީ، މުއައްސަސަތަކަށް އެއްބާރުލުން ދެއްވުމުގެ ގޮތުން ކަަމަށެވެ.

އީސަގެ މައްޗަށް އުފުލާފައިވާ ކުށުގެ އަދަބަކީ، ހަ މަސް ދުވަހަށް ވުރެ ދިގުނޫން މުއްދަތަކަށް ޖަލަށްލުމެވެ. ޖޫރިމަނާގެ އަދަބު ކަނޑައަޅާ ނަަމަ، އަދަބަކީ 24،000 ރުފިޔާއިން ޖޫރިމަނާ ކުރުމެވެ.

މި މައްސަލަ ސާބިތުވި ނަމަވެސް އީސަގެ ގޮނޑިއެއް ނުގެއްލޭނެ އެވެ. އެއީ ގާނޫނުއަސާސީގައި ބުނެފައިވާ ގޮތުން، މެމްބަރެއްގެ ގޮނޑި ގެއްލޭނީ އެ މީހެއްގެ މައްޗަށް 12 މަހަށް ވުރެން ދިގު މުއްދަތެއްގެ ޖަލު ހުކުމެއް އައުމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox