ދިގުވާހަކަ: އޮލިމްޕަސް

ދިގުވާހަކަ: އޮލިމްޕަސް

(ބުދަ ދުވަހުގެ ބަޔާ ގުޅޭ)

ކޮޓަރިއަށް ވަންއިރު ޝިމާނާގެ ހިތް ބާރުބާރަށް ތެޅެމުން ދެއެވެ. އުފާވެރި ތެޅުމަކުންނެވެ. އޭނާ ފޯނު ނަގައި ކަންފަތުގައި ޖައްސާލިއިރު، އަތް ވެސް ތުރުތުރުއަޅައެވެ. މޫނުމަތީގައި ހުރީ ތާޒާ ލޭގެ ރަތްކަން ހިފާފައެވެ.

"ހަލޯ! ފައި!"

"ކޮންތާކު ތި އުޅެނީ؟" ފައިރޫޒުގެ އަޑަކު މާ ޚާއްޞަ ގޮތެއް ނެތެވެ.

"ގޭގަ. ކޮޓަރީގަ. ފައި ކޮންތާކު؟"

"ބޭރުގަ."

"ތި އަންނަނީތަ؟"

"ދާންކަމަށް!"

"ނިކުންނަންވީ؟"

"އާނ!"

"ވަރަށް އަވަހަށް މި ނިކުންނަނީ އިނގޭ! އައި ލަވް ޔޫ، ފައި." އެނދުން ތެދުވިއިރު، ޝިމާނާގެ ހިނިތުންވުމުގެ ރީތިކަމާ ވަކިވެފައިވާ ތުންފަތްމަތީގައި، އުފާވެރި ހިނިތުވުމެއް ދުވެލަދުވެލައި ހުއްޓެވެ.

ޝިމާނާ ދުވެފައި ގޮސް ފާހާނާއަށް ވަނެވެ. އަވަސް އަވަހަށް މޫނު ދޮވެލައިގެން ނިކުމެ، ވަރަށް އަތްމަތި އަވަސްކޮށް ތައްޔާރުވެލިއެވެ. އޭނާގެ އިންތިޒާރުގައި ފައިރޫޒަށް އެންމެ ސިކުންތެއް ވެސް ގުނާން ޖައްސާކަށް ބޭނުމެއް ނުވެއެވެ.

ހައެއްކަ މިނެޓުގެ ތެރޭގައި ތައްޔާރުވެލައިގެން ޝިމާނާ ކޮޓަރިން ނިކުތެވެ. ސިޓިންރޫމަށް ވަންއިރު، މަންމައާއި ބައްޕަ ތިބީ ސިޓިންރޫމުގައެވެ. ޓީވީން ދައްކާ ފާޑެއްގެ ޑްރާމާއެެއް ބަލާށެެެވެ. ޝިމާނާ އައިސް ވަނުމާއެކު، ނޭފަތުގައި ޖެހުނު މީރުވަހާއި ޝިމާނާއާ ދިމާއަށް ބަލައިލިއިރު މޫނުމަތީގައި ހުރި އުފާވެރިކަން ފެނިފައި، އިޤުބާލާއި ބަދޫރާގެ ހިތުގައި ސުވާލު އުފެދުނެވެ. ބަދޫރާއަށް ފުރަތަމަ ވެސް ބަލައިލެވުނީ ގަޑިއަށެވެ. ދިހަގަޑި ބައިވަނީއެވެ.

"ދަރިފުޅާ! ބޭރަށް ދާންތަ ތި އުޅެނީ؟" ޝިމާނާގެ އުފާވެރިކަމުން ކުލަޖެހިފައިވާ މޫނަށް، ބަދޫރާގެ ތޫނު ނަޒަރު ހުއްޓުނެވެ.

"ފައި އެބަ އާދޭ!"

"ކީކޭ؟" އިޤުބާލަށް ފުންމައިގެން ތެދުވެވުނެވެ. "ފައިރޫޒް އަންނަނީ؟ ދަރިފުޅު ބަލާ؟" އިޤުބާލުގެ ބޮޑުވެފައިވާ ދެ ލޮލުގައި ހުރި ހައިރާންކަމުގެ ތެރެއިން އުފާވެރިކަން ދުނިޖެހިއެވެ. ތުންފަތްމައްޗަށް އުފާވެރިކަމުގެ ހިނިތުންވުން އަތްގަދަކުރިއެވެ.

"އާނ! މިހާރު ނޭނގެ ނާންނަކަމެއް ވެސް." ބޭރަށް ނިކުތުމަށް ޓަކައި ޝިމާނާ އަވަސްއަވަހަށް ހިނގައިގަތެވެ.

"ސުބުޙާނަﷲ! އެހެންވިއްޔާ އަވަހަށްދޭ! ކައިވެންޏާ ބެހޭގޮތުން ވާހަކަ ދައްކަން ހަނދާން ބަހައްޓާތި!" ޝިމާނާގެ ފަހަތުން އިޤުބާލަށް ހިނގައިގަނެވުނެވެ. ބޭއިޚުތިޔާރުގައެވެ.

"އިޤުބާލު ދެން ކޮންމެހެން އެ ތަނަށް ދާނެކަމެއް ނެތް!"

"އުފާވިލެއް ބޮޑުކަމުން ހިނގައިގަނެވުނީ..."

ޝިމާނާ ނިކުތްއިރު ފައިރޫޒެއް ނެތެވެ. އެހެންނަމަވެސް ދެ މިނެޓެއްހައި އިރުގެ ތެރޭގައި ފައިރޫޒް އައިސް ދޮރޯށި ދޮށަށް މަޑުކޮށްލައިފިއެވެ. ފައިރޫޒުގެ ނަޒަރު ހުރީ، ހިނިތުންވެފައި ހުރި ޝިމާނާގެ މޫނަށް ހުއްޓިފައެވެ. އެ ބެލުން މާނަކުރާކަށް ޝިމާނާ ނުހަދައެވެ. އޭނާ އަވަސް އަވަހަށް ފައިރޫޒާ ދިމާއަށް ހިނގައިގަތެވެ.

"ދުއްވާލަން ދާނީ ދޯ!" ފައިރޫޒުގެ ކޮނޑުގައި ހިފަހައްޓައިލުމަށްފަހު، ސައިކަލަށް އެރުމަށް ޓަކައި ޝިމާނާ އެއް ފައި ނަގައި ޕެޑަލްމަތީގައި ބަހައްޓައިލިއެވެ.

"ނާރާތި!"

ފައިރޫޒުގެ ތިން އަކުރާއެކު ޝިމާނާ ގަނޑުވިއެވެ. އޭނާއަށް ފައިރޫޒާ ދިމާއަށް ބަލައިލެވުނީ ސުވާލުގެ ނަޒަރަކުންނެވެ. އެއާއެކު މޫނުމަތީގެ ކުލަވަރު ބަދަލުކޮށްލިއެވެ. ހިނިތުންވެލިއެވެ.

"ފައި ސަމާސާ ކުރަނީ ދޯ!"

"އަހަރެން މި އައީ ޝިމާނާ ގޮވައިގެން ދުއްވަންދާކަށް ނޫން! އަދި ޝިމާނާއާ ސަމާސާ ކުރާކަށް ވެސް ނޫން!"

"ފައި އަދިވެސް ރުޅި..."

"ރުޅިއެއް ނާދޭ! އެކަމަކު ވަރަށް ދެރަވެފަ މި އިނީ. އަހަންނަށް މިހާރު ހުރިހާ ކަމެއް، ވަރަށް ރަނގަޅަށް އެނގިއްޖެ! އަހަރެން ރަށުން ބޭރަށް ދިޔައިމަ، ޝިމާނާ އުޅުނު ހުތުރު އުޅުން އެނގިއްޖެ! ތި ކަހަލަަ ބޭވަފާތެރިއަކާއެކު ހަޔާތެއް ފަށާކަށް އަހަރެން ނެތިން! މިހައި ހިސާބުން އަހަރެމެންގެ ގުޅުން ނިމުނީ. އެ ވާހަކަ ބުނެލަން މި އައީ. ދެން ދަނީ!"

ޝިމާނާއަށް އެއްޗެއް ބުނާނެ ފުރުސަތެއް ފައިރޫޒު ނުދިނެވެ. ސައިކަލު ގިޔަރަށް ލުމާއެކު ދުއްވާލައިފިއެވެ. ޝިމާނާއަށް ހުރެވުނީ ބަސްހުއްޓިފައެވެ. ހަރަކާތް ހުއްޓިފައެވެ. ލިބުނު އުފާވެރިކަން އަވާމެންދުރެއް ފަދައިން ގެއްލި ދިޔައީއެވެ. ފައިރޫޒު ދިޔަ މަގަށް ކަޅި ހުއްޓާލައިގެން ހުއްޓާ، ފެނުނީ އޭނާގެ ދެ ލޮލަށް ކަރުނަ ޖަމާވާން ފެށި ތަނެވެ. ރޮވިދާނޭހެން ހީވުމުން، އަވަސްއަވަހަށް ގެއާ ދިމާއަށް ދުއްވައިގަތެވެ. ދޮރޯށި ހުޅުވާލައިފައި، އެތެރެއަށް ވަދެވޭވަރުވީ ހަމަ ކިރިޔާއެވެ. ބަޑި ފަޅައިގެން ހިނގައްޖެއެވެ.

ނަޖާހުގެ މަންމަގެ ދެ ލޮލުން ކަރުނައެއް ނުހިކެއެވެ. ހިތަށް ލިބޭ އަނިޔާއަކަށް ލުއިކަމެއް ނުލިބެއެވެ. ރޮވެނީއެވެ. ގިސްލެވެނީއެވެ. ނަޖާހުގެ ހަނދާންތަކުން އެ ފަކީރުގެ ހިތް ވަނީ ކަތިލެވިފައެވެ. އޭނާގެ ސިކުނޑިއަށް އަބަދާއި އަބަދު ވަދެ ހައިޖާނު އުފައްދަނީ، ނަޖާހުގެ ހަނދާންތަކެވެ. އޭނާގެ ލޯބިވެތި ފިރުމުންތަކާއި އޯގާވެރި ބަސްތަކެވެ. އެއީ ހާދަ ރަނގަޅު ދަރިއެކެވެ. ހާދަ އޯގާވެރި ދަރިއެކެވެ. ކަރުނައިގެ ފުން ކަނޑެއްގައި އޭނާ ފަތަފަތާ އޮއްވާ، ކޮޓަރިއަށް އައިސް ވަނީ ކަމާލެވެ. ކަމާލުގެ ފަހަތުން ފައިރޫޒު ވެސް ވަނެވެ.

މަގޭ ދަރިފުޅުގެ ޚަބަރެއް ވެއްޖެތަ؟" ކަމާލު އައިސް ވަނުމާއެކު، ފުރަތަމަ ވެސް އޭނާއަށް ފެށުނީ ނަޖާހުގެ ވާހަކައެވެ.

"އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ޚަބަރެއް ލިބޭނެ! ދައްތަ އުފާވާ ފަދަ ޚަބަރެއް ލިބޭނެ!"

"އެ ކުއްޖާ ސަލާމަތުން ހުއްޓާ ފެންނާނެ ދޯ!"

"ދައްތަ ދުޢާކުރޭ!" އެ މައުޟޫއަށް ވާހަކަ ދައްކާކަށް ކަމާލަކަށް ވެސް އެހައި ފަސޭހައެއް ނޫނެވެ.

"ދުޢާކުރަން! އަބަދުވެސް ދުޢާކޮށްކޮށް މި އިންނަނީ. މީ ކޮން ކުއްޖެއް؟" ދެ ލޯ ފޮހެލަމުން އޭނާ ފައިރޫޒުގެ މޫނަށް ބަލައިލިއެވެ.

"މީ ފައިރޫޒު! އޭނަ އެ އައީ ދައްތައާ ބައްދަލުކޮށްލަން!"

"ކޮން ފައިރޫޒެއް؟"

"ދައްތައަކަށް އަހަންނެއް ނޭނގޭނެ!" ފައިރޫޒު ކުރިއަށް ޖެހިލައި، ވަރަށް އޯގާވެރި އަތަކުން އޭނާގެ ކޮނޑުގައި ހިފަހައްޓާލިއެވެ.

"ފައިރޫޒަކީ ނަޖާހުގެ ރައްޓެއްސެއް. އެހެންވެ ފައިރޫޒު އެ އައީ ނަޖާހުގެ ޚަބަރެއް ވާންދެން ދައްތަ އެ ގެއަށް ގެންދަން ބަލާ!" އެއީ ފައިރޫޒާއި ކަމާލު ވާހަކަ ދައްކައި، ހަމަޖައްސާފައި އޮތް ގޮތެވެ. ނަޖާހުގެ ރައްޓެއްސެއްގެ ގޮތުގައި ތަޢާރަފުވާށެވެ.

ޖެހިގެން އައި ދުވަހު ނަޖާހުގެ މަންމަ ފައިރޫޒުމެންގެއަށް ބަދަލުކޮށްފިއެވެ. ފައިރޫޒުގެ އާއިލާ އޭނާއަށް ހޫނު މަރުޙަބާއެއް ކިޔެވެ. ފައިރޫޒު ބޭނުންވާ ކޮންމެ ކަމެއް ވެސް، އޭނާ ބޭނުންވާ ގޮތަކަށް ކޮށްދިނުމަކީ، އޭނާގެ މަންމައާއި ބައްޕަ އަމިއްލަ ނަފުސަށް ވާޖިބުކުރާ ކަމެކެވެ. އެ ދެމަފިރިން ފައިރޫޒުދެކެ އިންތިހާއަށް ލޯބިވެއެވެ.

ރޭގަނޑުގެ ވަގުތެވެ. ގަޑިން ނުވައެއް ޖަހަނީއެވެ. އޮލިމްޕަހުގައި ފިލްމެއް ނެތް ދުވަސްކޮޅެއްކަމުން, އެ މާހައުލުގައި މާ ބޮޑު ދިރުމެއް ނެތެވެ. ބަލައިލި ކޮންމެ ދިމާއެއްގައި ވެސް ވަނީ ފަޅުކަމެވެ. އެކަނިވެރިކަމެވެ. ކައުންޓަރު ކައިރީގައި ތިބި މުނީރާއި ކަމާލު ފިޔަވައި، އިތުރު މީހެއްގެ ހިލަމެއް ނެތެވެ. ކަމާލާއި މުނީރުގެ މައުޟޫއަކީ، ކޮބައިކަމެއް ނޭނގެއެވެ. އިރުކޮޅަކުން ހޯލުން ނިކުމެގެން އައިސް، އެ ތަނަށް ހުއްޓުނީ އަދުރޭއެވެ.

"ސިނަމާ ތެރޭން ހާދަ ފާޑެއްގެ ވަހެއް އެބަ ދުވައޭ!" އަދުރޭ ހުރީ ފާޑަކަށް ނޭފަތް ހަދައިގެންނެވެ.

"އެކަމަކު މީ ޝޯވއެއް ފިލްމެއް ވެސް އޮންނަ ދުވަސްވަރެއް ނޫނެއްނު." މުނީރުގެ އަޑުގައި ހުރީ ސަމާސާ ރާގެކެވެ. "އެހެންނަމަތާ އަންހެން ކުއްޖަކު ޖަހައިގެން އަންނަ ސެންޓެއްގެ ވަހުން ވެސް އަދުރޭގެ ހިތް ފުރޭނީ."

"ސެންޓުވަސް ދުވާ ވާހަކައެއް ނޫނޭ މި ބުނީ. ވަރަށް އެހެން ކަހަލަ ނުބައި ވަހެއް ދުވަނީ."

"ނުބައި ވަހެކޭ؟ ކީއްވެ ނުބައި ވަހެއް ދުވަންވީ؟" އެ މީހުން ސިނަމާގެ ހޯލާ ދިމާއަށް ހިނގައިގަތެވެ.

"އާނ! ފާޑެއްގެ ވަހެއް އެބަ ދުވާ ދޯ؟" ހޯލަށް ވަދެ، ދެ ފަހަރަކު ތިން ފަހަރަކު ނޭފަތްދަމައިލުމަށްފަހު މުނީރު ބުންޏެވެ.

"މާ ކަމުދާ ވަހެއް ހެނެއް ހިއެއް ނުވޭ! ދޯ ކަމާލު!" އަދުރޭ ބަލައިލީ ކަމާލުގެ މޫނަށެވެ.

"މީދަލެއް، ބުޅަލެއް ކަހަލަ އެއްޗެއް ކުނިވަނީކީ ނޫންބާ؟" ހޯލުގެ އެކިދިމަދިމާއަށް ކަމާލު ކަޅި ހިންގަން ފެށިއެވެ.

"ވެދާނެ ތިހެން ވެސް."

ސިނަމާގެ އެކި ދިމަދިމާ އެ ތިން މީހުން ވަރަށް ރަނގަޅަށް ބަލައިފިއެވެ. އެއްވެސް ދިމާއަކުން ނުބައި ވަސް ދުވާ ކަހަލަ އެއްވެސް އެއްޗެއް ނުފެނުނެވެ.

"ފުލުހުންނަށް ރިޕޯޓްކުރަން ފެންނަނީ." އަދުރޭގެ މޫނުމަތީގެ ކުލަވަރު ބަދަލުވާންފެށިއެވެ.

"ކަލޭ މޮޮޔަވީ؟" އަދުރޭގެ މޫނަށް މުނީރު ބަލައިލިއެވެ.

"މޮޔަވީއެއް ނޫން! މުނީރު ހަނދާން ނެތަސް، ނަޖާހަށް ވީގޮތެއް ނޭނގިގެން އުޅޭކަން އަހަރެން ހަނދާން އެބަހުއްޓޭ!" އަދުރޭގެ މޫނުމަތިން ފެންނަމުން ދިޔައީ ސީރިޔަސްކަމެވެ. ކަމާލު ބަހަކުން ބަހެއް ނުބުނެ، ބޭރަށް ނިކުތުމަށް ޓަކައި ހިނގައިގަތެވެ. އޭނާގެ ފަހަތުން، އަނެއް ދެ މީހުން ވެސް ހިނގައިގަތެވެ.

ބައިގަޑިއެއްހައި އިރު ފަހުން، ތިން ފުލުހަކު އައިސް އޮލިމްޕަހަށް ވަދެއްޖެއެވެ. އެ މީހުންގެ އިންތިޒާރުގައި އަދުރޭއާއި ކަމާލާއި މުނީރު ތިއްބެވެ. ފުލުހުން އައިސް، އެ މީހުންނާ ވާހަކަތަކެއް ދެއްކުމަށްފަހު، ސިނަމާގެ ހޯލަށް ވަދެ އެކިދިމަދިމާ ބަލާންފެށިއެވެ. ޓޯޗުން އަލިކޮށް އިސްޓޭޖުމައްޗާއި ތަންތަން ވެސް ބަލައި ފާސްކޮށްފިއެވެ. އެއަށްފަހު މައްޗަށް އަރަން ހުންނަ ސިޑިން މައްޗަށް އަރައިފިއެވެ. މައްޗަށް އެރުމުން ފާހަގަވި ކަމަކީ، އެ ދުވާ ވަސް ގަދަވިކަމެވެ. ފުލުހުންނަށް ވެސް ޖެހުނީ ނޭފަތްމަތީގައި އަތް އަޅާށެވެ. (ނުނިމޭ)

ފަހުގެ ޚަބަރު

ދުނިޔެ ވަށާ ހިނގުމުގައި 28 އަހަރު ހޭދަކުރި މީހެއް އެނބުރި ގެއަށް

ދުނިޔެ ވަށައި ހިނގުމަށް 28 އަހަރު ދުވަހު 31،000 މޭލުގެ ދަތުރެއް ކުރި އިނގިރޭސިވިލާތުގެ ކާލް ބުޝްބީ، އޭނާގެ ދަތުރު ނިންމާލުމަށްފަހު އެނބުރި ގައުމަށް ގޮސްފިއެވެ. އަމިއްލަ ބާރުގައި އެކި ބައްރުތަކާއި ކަނޑުއޮޅިތައް ހުރަސްކޮށް އޭނާ ކުރި މި ދަތުރު ނިންމާލުމުން، އާއިލާ އާއި ގިނަ އަދަދެއްގެ ބަޔަކު ވަނީ އޭނާއަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

ޖަޕާނުގެ ބޮޑީބިލްޑަރެއް އުމުރުން 90 އަހަރުގައި ވެސް ސްޓޭޖަށް

ޖަޕާނުގެ އުމުރުން 90 އަހަރުގެ ޓޮޝިސުކޭ ކަނަޒާވާ، ސްޕެއިންގައި ބޭއްވި ބޮޑީބިލްޑިން މުބާރާތެއްގައި ވާދަކޮށް، އުމުރަކީ ދުޅަހެޔޮކަމަށް އޮތް ހުރަހެއް ނޫންކަން ސާބިތުކޮށްދީފިއެވެ. އޭނާގެ ދުޅަހެޔޮކަމުގެ ސިއްރަކީ ޖަޕާނުގެ ސަގާފީ ކެއުންތައް ކަމަށްވާ ބްރައުން ރައިސް އާއި މިސޯ ސޫޕް ފަދަ ތަކެތި ބޭނުންކުރުން ކަމަށްވާއިރު، އޭނާގެ އަމާޒަކީ އުމުރުން 93 އަހަރުގައިވެސް މުބާރާތެއްގައި ވާދަކުރުމެވެ.

ކުދިކުދި ހަރަކާތްތަކުން ވެސް ހިތުގެ ބަލިތަކުގެ ނުރައްކާ ކުޑަވޭ

ދިރިއުޅުމުގެ އާދައިގެ ތެރެއިން ކުރެވޭ ކުދިކުދި ހަރަކާތްތަކުގެ ސަބަބުން ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަވެ، ސިއްހީ ގިނަ ފައިދާތަކެއް ލިބެއެވެ. މީގެ ތެރޭގައި އިށީނދެގެން އިންނައިރު ފައި ތަޅުވާލުމާއި، ކޮނޑު އަރުވާލުން ފަދަ "ނީޓް" ހަރަކާތްތައް ހިމެނޭއިރު، މިއީ ކަސްރަތު ކުރަން ވަގުތު ނުލިބޭ މީހުންނަށް ހަށިގަނޑުގެ ދުޅަހެޔޮކަން އިތުރުކުރުމަށް ލިބޭ މުހިންމު ފުރުސަތެކެވެ.

"ކީއްވެ؟" ޓިކެޓް ވިއްކަން ފަށައިފި

ދިވެހި ފިލްމު "ކީއްވެ؟" ގެ ޓްރެއިލަރ އާންމުކޮށް، އޮލިމްޕަސް ކައުންޓަރާއި ވެބްސައިޓް މެދުވެރިކޮށް ފިލްމުގެ ޓިކެޓް ވިއްކަން މިހާރު ވަނީ ފަށާފައެވެ. ގިނަ ދުވަސްތަކަކަށްފަހު ރީކޯ މޫސާ މަނިކު ލީޑް ރޯލުން ފެންނަ، އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމު ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އާއިލީ އަދި ލޯބީގެ މައްސަލަތަކެއްގެ މައްޗަށް ބިނާކޮށްފައިވާ މި ފިލްމުން ދިވެހި ސިނަމާގެ މަޝްހޫރު ގިނަ ތަރިންތަކެއް ފެނިގެންދާނެއެވެ.

ޕެޓްރިކް ސްޓެވާޓް އުމުރުން 86 އަހަރުގައި މަރުވެއްޖެ

'ސްޓާ ޓްރެކް' އަދި 'އެކްސް-މެން' ފަދަ ފިލްމުތަކުން މަގުބޫލުކަން ހޯދި އިނގިރޭސި އެކްޓަރު ސަރ ޕެޓްރިކް ސްޓެވާޓް، އުމުރުން 86 އަހަރުގައި ލޮސް އެންޖެލިސްގައި މަރުވެއްޖެއެވެ. އޭނާ ނިޔާވީ އަލްޒައިމާ އަދި ޑިމެންޝިއާ ބަލީގައި އުޅުމަށްފަހު ކަމަށްވާއިރު، އޭނާއަކީ ފިލްމީ ދާއިރާއަށް ކޮށްދިން ޚިދުމަތްތަކަށް "ސަރ" ގެ ލަގަބުވެސް އަރުވާފައިވާ ފަންނާނެކެވެ.

ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން

އެމެރިކާގެ މަޝްހޫރު އެކްޓްރެސް ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން ކަމަށް ފުލުހުންގެ ތަހުގީގުން ކަނޑައަޅައިފިއެވެ. މެޑިކަލް ރިޕޯޓުތަކުން ދައްކާގޮތުގައި އޭނާގެ ހަށިގަނޑުން ފެންޓަނީލް އާއި ޒެނެކްސް ފަދަ ނުރައްކާތެރި ބާވަތްތައް ފެނިފައިވާއިރު، އޭނާގެ ހަށިގަނޑަށް އެއްވެސް ޖިސްމާނީ އަނިޔާއެއް ލިބިފައިވާކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ.

ޖޯޖް މައިކަލްގެ ތަކެތި ނީލަން ކިޔުމުން ހިޔާލު ތަފާތުވެއްޖެ

މަޝްހޫރު ލަވަކިޔުންތެރިޔާ ޖޯޖް މައިކަލްގެ ބައެއް އަމިއްލަ ތަކެތި ނީލަން ކިޔަން ނިންމުމާ ގުޅިގެން، އޭނާގެ އެސިސްޓެންޓް ސިއޯބާން ބެއިލީގެ އާއިލާއާއި ސިއޯބާންގެ ކުރީގެ ފިރިމީހާއާ ދެމެދު ބޮޑު ހިޔާލުތަފާތުވުމެއް ވަނީ އުފެދިފައެވެ. ސިއޯބާންގެ އާއިލާއިން ބުނާ ގޮތުގައި މި ތަކެތި ވިއްކާލުމަކީ އޭނާގެ ހަނދާނަށް ކުރެވޭ އިހުތިރާމް ކުޑަ އަމަލެއް ކަމަށާއި، ސިއޯބާން ބޭނުންވީ އެ ތަކެތި އާއިލާގެ ކުދިންނަށް ދިނުމަށެވެ.

Newsletter

Get the latest news delivered straight to your inbox