ހަމަލާއާ ގުޅޭ ތަހުގީގު އަންނަ މަހު ނިންމައި، މުއްދަތުގައި ދައުވާކުރެވޭނެ ކަމުގެ ޔަގީންކަން ދެއްވައިފި

ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް: ހަމަލާއާ ގުޅޭ ތަހުގީގު ނިންމައި ދައުވާ ކުރެވޭނެ ކަމުގެ ޔަގީންކަން ދެއްވި - ފޮޓޯ؛ ހުސެއިން ޝަމީމް / އަދަދު

ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް: ހަމަލާއާ ގުޅޭ ތަހުގީގު ނިންމައި ދައުވާ ކުރެވޭނެ ކަމުގެ ޔަގީންކަން ދެއްވި - ފޮޓޯ؛ ހުސެއިން ޝަމީމް / އަދަދު

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅޭ ގޮތުން ކުރިއަށް ގެންދާ ތަހުގީގު އަންނަ މަހަށް ނިންމައި، މުއްދަތުގައި ދައުވާ ކުރެވޭނެ ކަމުގެ ޔަގީންކަން ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް މިއަދު ދެއްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްއަށް އަމާޒުކޮށް ބޮމެއް ގޮއްވާލައިގެން ދިން ހަމަލާއާ ގުޅިގެން މިހާތަނަށް ހައްޔަރުކޮށްފައިވަނީ ހަތަރު މީހެކެވެ. އެމީހުން ފުލުހުންގެ ބަންދުގައި ތިބިއިރު، ޓެރަރިޒަމް ގާނޫނުގައިވާ ގޮތުން، ހައްޔަރުކުރިތާ 75 ދުވަހުގެ ތެރޭގައި ދައުވާ އުފުލަންޖެހޭނެ އެވެ.

އޭގެފަހުން މައްސަލާގައި ދައުވާއެއް ނުކުރެވޭނެ އެވެ.

ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ހަމަލާގެ މައްސަލައަކީ ވަރަށް ސީރިއަސްކަމާ އެކު، އެންމެ އިސްކަމެއް ދީގެން ބަލަމުން އަންނަ މައްސަލަ ކަމަށެވެ. ތަހުގީގު ވަރަށް ބާރަށް ކުރިއަށްދާއިރު، އެ ތަހުގީގާމެދު ހިތްހަމަޖެހޭ ކަމަށް ޝަމީމް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ޕްރޮސިކިއުޓަރަކު ފުލުހުންނާ އެކު އެބަ މަސައްކަތް ކުރައްވާ، އަޅުގަނޑުމެންގެ ޓީމެއް މިކޮޅުގައި ވެސް އެބަ މަސައްކަތް ކުރައްވާ، ހުރިހާ މައުލޫމާތެއް މިކޮޅަށް ވަގުތުން ވަގުތަށް ލިބެމުން ވެސް އެބަދޭ، އަޅުގަނޑުމެންގެ އިރުޝާދު ވެސް އަދި ރާއްޖޭން ބޭރުގެ ބައެއް ފަރާތްތަކުގެ އިރުޝާދު ވެސް ފުލުހުން އެބަ ހޯއްދަވާ،" ޕީޖީ ވިދާޅުވި އެވެ.

އެހެންވީމަ ތަހުގީގު ކުރިއަށްދާ ގޮތާމެދު ޖުމްލަ ގޮތެއްގައި އަޅުގަނޑު ހިތްހަމަޖެހޭ،" ޝަމީމް ވިދާޅުވި އެވެ.

ޕީޖީ ޝަމީމް ވިދާޅުވި ގޮތުގައި، މިފަދަ ޓެރަރިޒަމްގެ މައްސަލަތަކީ ތަހުގީގު ކުރަން އުނދަގޫ ބާވަތުގެ މައްސަލަތަކެއް ކަމާއި އަވަސްއަރުވާލުމުގައި ވެސް އަދި، ލަސްކުރުމުގައި ވެސް ގޯސްތަކެއް ހުންނާނެ ކަމަށެވެ. އެހެންވެ، ވަރަށް އުނދަގޫ ބެލެންސެއް ގާއިމް ކުރަން ޖެހޭ ކަމަށެވެ.

"އަވަސް އަރުވާލައިފިއްޔާ ދިމާވާނެ މައްސަލައަކީ އަސްލު އެކަމުގައި ބައިވެރިވި ބަޔަކު އަތުނުވެ ދިޔުން، އެއީ އަދި މާ ނުރައްކާތެރި ކަމެއް، ލަސްކޮށްފިއްޔާ ހެކި ނައްތާލުމުގެ ފުރުސަތު އޮންނާނެ،" ޝަމީމް ވިދާޅުވި އެވެ.

އެކަންކަމާއެކު ވެސް ޝަމީމް ވިދާޅުވި ގޮތުގައި، ނަޝީދަށް ދިން ހަމަލާގެ އަމަލީ ގޮތުން ބައިވެރިވި މީހުންގެ ތަހުގީގު ނިންމައި، ލިޔުންތައް އަންނަ މަހުގެ ތެރޭގައި ފުލުހުން ފޮނުވާނެ ކަމަށް އުއްމީދު ކުރެވޭ ކަމަށެވެ. އަދި، އޯގަސްޓް ފަހެއްގެ ކުރިން މައްސަލަ ޕީޖީގެ ފަރާތުން ދައުވާ އުފުލައި ކޯޓަށް ފޮނުވެވޭވަރުވާނެ ކަމަށެވެ.

ދައުވާކުރަން އޮތް 75 ދުވަސް ހަމަވާ ތާރީހަކީ އޯގަސްޓް، 5, އެވެ.

ޝަމީމް ވިދާޅުވީ އެ ތާރިހަށްވުރެ އަވަހަށް މައްސަލަ ކޯޓަށް ހުށަހެޅުމަށް ވެސް މަސައްކަތް ކުރައްވާނެ ކަމަށާއި ނަމަވެސް، އަރުވާލުމުގެ ގޮތުން އެއްވެސް ކަމެއް ދޫކޮށްލާފައި ނުބާއްވާނެ ކަމަށެވެ.

އަދި، މައްސަލާގައި އަމަލީ ގޮތުން ބައިވެރިވާ މީހުންގެ މައްޗަށް ދައުވާ އުފުލުމުން މައްސަލަ ނުނިމޭނެ ކަމަށާއި ހަމަލާގެ ތަހުގީގު، އެއާ ގުޅޭ އެހެން ކަންކަން ހޯދުމަށް ވެސް ކުރިއަށްދާނެ ކަމަށެވެ.

"އަޅުގަނޑުމެން ބޭނުންވޭ ފަންޑުކުރި މީހުން ވެސް ހޯދަން، އެކަން ހިނގި މީހުން ވެސް ހޯދަން، އެކަމަށް އެއްބާރުލުން ދިން މީހުން ވެސް ހޯދަން، އެ ހުރިހާ ކަމެއް ފުލުހުން އެބަ މަސައްކަތް ކުރައްވާ،" ޝަމީމް ވިދާޅުވި އެވެ.

ހަމަލާގައި އަމަލީ ގޮތުން ބައިވެރިވި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ އަދުހަމް އަހުމަދާއި މުޖާޒް އަހުމަދާއި ތަހުމީން އަހުމަދު އަދި އަހުމަދު ފާތިހެވެ. އެމީހުންގެ އިތުރުން ވެސް ހަމަލާއަށްފަހު ހިނގި ހަރުކަށި ފިކުރާ ދެކޮޅު އޮޕަރޭޝަންގައި ގިނަ ބަޔަކު ހައްޔަރުކުރި އެވެ. ނަމަވެސް، އެމީހުންނާ ސީދާ ހަމަލާއާ ގުޅުމެއް އޮތް ކަމަކަށް ފުލުހުން ނުބުނެ އެވެ.

ހަމަލާގައި އަމަލީ ގޮތުން ބައިވެރިވި ކަމަަށް ތުހުމަތު ކުރެވޭ މީހުން ހައްޔަރުކޮށްފައިވީ ނަމަވެސް، ހަމަލާއަށް ފަންޑުކުރި މީހުން ނުހޯދޭތީ އެމްޑީޕީންގެ ބައެއް މެންބަރުން ދަނީ ކަންބޮޑުވުންފާޅު ކުރައްވަމުންނެވެ. އެކަމުގައި، ފުލުހުންނަށް ފާޑުކިޔުން ވެސް ވަނީ އަމާޒުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox