އިންޑިއާގެ މޯލްތަކާއި މާރުކޭޓުތައް އަނެއްކާވެސް ތޮއްޖެހިފައި!

ކޮވިޑާ ގުޅިގެން އެޅި ފިޔަވަޅުތަކަށް ލުއި ދިނުމުން ގިނަ ބަޔަކު އިންޑިއާގެ މާރުކޭޓެއްގައި ތޮއްޖެހިގެން ވިޔަފާރި ކުރަނީ.-- ފޮޓޯ: އޭއެފްޕީ/ ޕްރަކާޝް ސިންގް

ކޮވިޑާ ގުޅިގެން އެޅި ފިޔަވަޅުތަކަށް ލުއި ދިނުމުން ގިނަ ބަޔަކު އިންޑިއާގެ މާރުކޭޓެއްގައި ތޮއްޖެހިގެން ވިޔަފާރި ކުރަނީ.-- ފޮޓޯ: އޭއެފްޕީ/ ޕްރަކާޝް ސިންގް

ނިއު ދިއްލީ، އިންޑިއާ (ޖޫން 20) - މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ނިއު ދިއްލީގައި މަރުވެފައިވާ މީހުންގެ ހަށިތައް އަންދާ ތަންތަނުގައި 24 ގަޑިއިރު ހުއްޓުމެއް ނެތި މަސައްކަތް ކުރިއަށް ދިޔަ އެވެ. މިއަދު އަނެއްކާވެސް ފެންނަނީ އިންޑިއާގެ ވެރިރަށުގެ މާރުކޭޓުތަކާއި ޝޮޕިން މޯލްތައް ތޮއްޖެހިފައިވާ މަންޒަރެވެ.

ކޭސްތައް މަދުވާތީ ބޮޑެތި ލުއި ދޭން ފަށާފައި ވާއިރު، މި ފަހަރު ވެސް ފަރުވާ ކުޑަކޮށްލުމުން އަނެއްކާވެސް ނުރައްކާތެރި ތިން ވަނަ ރާޅެއް އަތުވެދާނެ ކަމަށް ޑޮކްޓަރުން ތިބީ ކަންބޮޑުވެފަ އެވެ. މި ނިމުނު ދެ ވަނަ ރާޅު އައުމުން ކުރިން ވެސް ފަރުވާތެރިވުމަށް ޑޮކްޓަރުން ދިޔެއީ ހުއްޓުމެއް ނެތި އިންޒާރުދެމުންނެވެ.

ވިޔަފާރި ކުރަން ނުކުމެ އުޅޭ ބައެއް މީހުން ބުނަނީ ގޭގައި ތިބެތިބެ އެ މީހުން ފޫހިވެފައިވާ ކަމަށެވެ. އަނެއް ބައި މީހުން ބުނާ ގޮތުގައި ކައިވެނި ހަފްލާ ފަދަ މުހިއްމު ކަންކަމަށް ތައްޔާރުވުމަށް ކޮންމެހެން ވެސް ބޭރަށް ނުކުންނަން މަޖުބޫރުވަނީ އެވެ.

އިންޑިއާގެ މާރުކޭޓެއްގައި މީހުން ތޮއްޖެހިފައި.-- ފޮޓޯ: އޭއެފްޕީ/ ޕްރަކާޝް ސިންގް
އިންޑިއާގެ މާރުކޭޓެއްގައި މީހުން ތޮއްޖެހިފައި.-- ފޮޓޯ: އޭއެފްޕީ/ ޕްރަކާޝް ސިންގް

އިންޑިއާގެ މާރުކޭޓެއްގައި މީހުން ތޮއްޖެހިފައި.-- ފޮޓޯ: އޭއެފްޕީ/ ޕްރަކާޝް ސިންގް

"އަހަރެން ހުރީ ގެއިން ނުކުންނަން ކެތް މަދުވެފައި. ކިހާ ދުވަހެއް ވަންދެން މީހަކަށް ގޭ ބަންދުވެފައި ހުރެވޭނީ؟. ކޮރޯނާވައިރަސް އަވަހަކަށް ނުދާނެ. އެހެންވެ އެޔާ އެއްކޮށް އުޅެން ދަސްކުރަން ޖެހޭނީ،" އުމުރުން 26 އަހަރުގެ ސުރިލި ގުޕްތާ އޭއެފްޕީއަށް ބުންޏެވެ.

ވިޔަފާރި ކުރުމުގެ އިތުރުން މާރުކޭޓާއި މޯލުގައިވާ ކުދި ކެފޭތަކުގައި ވެސް ގްރޫޕު ހަދާފައި ގިނަ ބަޔަކު މިހާރު މަޑުކޮށްގެން ތިބެ އެވެ. އޭގެ ތެރެއިން ގިނަ މީހުންނަކީ މާސްކު އެޅުމާއި ގައިދުރުކަން ބެހެއްޓުމަށް ސަމާލުކަން ނުދޭ މީހުންނެވެ.

ގާތްގަނޑަކަށް 20 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ދިއްލީގައި މިދިޔަ އޭޕްރިލް އަދި މޭ މަހު ފެނުނީ ހިތްދަތި މަންޒަރުތަކެކެވެ. މުޅި އިންޑިއާގައި ވެސް ކޮވިޑުގެ އަދަދުތައް ކޮންޓްރޯލުން ނެއްޓިގެން ދިޔައިރު، އެންމެ ބޮޑުވަރުވީ ދިއްލީއަށެވެ.

އިންޑިއާގެ މޯލެއްގެ ރެސްޓޯރެންޓަކަށް ކާން ގޮސް ތިބި މީހުން.-- ފޮޓޯ: އޭއެފްޕީ/ ޕްރަކާޝް ސިންގް
އިންޑިއާގެ މޯލެއްގެ ރެސްޓޯރެންޓަކަށް ކާން ގޮސް ތިބި މީހުން.-- ފޮޓޯ: އޭއެފްޕީ/ ޕްރަކާޝް ސިންގް

އިންޑިއާގެ މޯލެއްގެ ރެސްޓޯރެންޓަކަށް ކާން ގޮސް ތިބި މީހުން.-- ފޮޓޯ: އޭއެފްޕީ/ ޕްރަކާޝް ސިންގް

މީހުން އަންދާނެ ތަންތަނާއި ވަޅުލާނެ ޖާގަ ނެތި، އޮކްސިޖަން ހުސްވެ ފަރުވާ ކުރެވޭނެ ގޮތެއް ނެތި، އެތައް ހާސް ބަޔަކު މަރުވީ ހޮސްޕިޓަލްތަކުގެ ބޭރުގައި ކިޔޫ ދަމައިގެން ތިއްބަ އެވެ. އެ މުއްދަތުގައި މަރުވި މީހުންގެ އަދަދު ދެ ގުނަ އިތުރުވި އެވެ.

ކުއްލިއަކަށް ކޭސްތައް އިތުރުވީ އާ ވޭރިއެންޓުތަކުގެ ސަބަބުން ކަމަށް ބެލެވުނު ނަމަވެސް، ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ބެލުމެއް ނެތި ބޮޑެތި ދީނީ ފެސްޓިވަލްތަކާއި އިންތިހާބާއި ކުޅިވަރު ހަރަކާތްތައް ކުރިއަށް ގެންދިޔުން ވެސް ވީ އެއް ސަބަބަށެވެ.

މިހާރު ކޭސްތައް މަދުވެ، ދިއްލީގައި ބައެއް ދުވަސް ދުވަހު ކޮވިޑުގައި އެއްވެސް މީހަކު މަރެއް ނުވެ އެވެ. މިއީ މީގެ މަދު ދުވަސްކޮޅެއް ކުރިން ދުވާލެއްގެ މައްޗަށް މަރުވި 700 މީހުންނާ އަޅާ ބަލާއިރު ވަރަށް ބޮޑު ކުރިއެރުމެކެވެ.

އިންޑިއާގެ މާރުކޭޓެއްގައި ކެއުމަށް ކިޔޫ ހަދައިގެން ތިބި މީހުން.-- ފޮޓޯ: އޭއެފްޕީ/ ޕްރަކާޝް ސިންގް
އިންޑިއާގެ މާރުކޭޓެއްގައި ކެއުމަށް ކިޔޫ ހަދައިގެން ތިބި މީހުން.-- ފޮޓޯ: އޭއެފްޕީ/ ޕްރަކާޝް ސިންގް

އިންޑިއާގެ މާރުކޭޓެއްގައި ކެއުމަށް ކިޔޫ ހަދައިގެން ތިބި މީހުން.-- ފޮޓޯ: އޭއެފްޕީ/ ޕްރަކާޝް ސިންގް

މެކްސް ހެލްތުކެއާގެ މެޑިކަލް ޑިރެކްޓަރު ސަންދީޕް ބުދިރާޖާ ވިދާޅުވީ މީހުން މާ އަވަހަށް ހަނދާން ނެތޭތަން ފެންނާތީ ހައިރާންވާ ކަމަށެވެ.

"މީހުން އުޅެމުން ދަނީ މީގެ ދެ ތިން ހަފްތާ ކުރިން އެއްވެސް ކަމެއް ނުވާހެން. ގަބޫލުކުރަން ވެސް ދަތި،" އޭނާ އޭއެފްޕީއަށް ވިދާޅުވި އެވެ.

އޭގެ ސަބަބުން ކުއްލިއަކަށް ކޭސްތައް އިތުރުވާނެކަން ފާހަގަކުރައްވާ ބުދިރާޖާ ވިދާޅުވީ މުޅިން އާ ވޭރިއެންޓެއް އުފެދި، ކޮންޓްރޯލުން ނެއްޓުމުގެ ބިރު އެބަ އޮތް ކަމަށެވެ.

މިހާރު އަލަށް ފެނިގެން އުޅޭ "ޑެލްޓާ ޕްލަސް" ވޭރިއެންޓަކީ ޑެލްޓާ ވޭރިއެންޓާ އަޅާ ބަލާއިރު، މާ އަވަހަށް ފެތުރޭ އަދި ބަލީގައި ސީރިއަސްވުން އިތުރުވާ ވޭރިއެންޓެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އެކަމަކު މި ފަހަރު ސިއްހީ ނިޒާމު ތައްޔާރުވަމުންދާ މަންޒަރު ފެންނާތީ އުފާ ކުރާ ކަމަށާއި ނަމަވެސް ވެކްސިން ދިނުމުގެ ޕްރޮގްރާމް އަދިވެސް ލަސްވުމުން އޭގެ އަސަރު ކުރާނެ ކަމަށް ބުދިރާޖާ ފާހަގަކުރެއްވި އެވެ.

"ގައުމުގެ އެންމެންނަށް ވެކްސިން ދީގެން، އެއީ ބިލިއަނަކަށް ވުރެ ގިނަ މީހުންނަށް ވެކްސިން ދީގެން ނޫނީ، މި ބަލިމަޑުކަން [އިންޑިއާގައި] ނިމުމަކަށް ނާންނާނެ،" ބުދިރާޖާ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox