އެންރީކޭ ބުނަނީ ސްޕެއިން ހާސްވާންޖެހޭ ސަބަބެއް ނެތް ކަމަށް

Jun 20, 2021, 4:55 AM
އެންރީކޭ ބުނަނީ ސްޕެއިން ހާސްވާންޖެހޭ ސަބަބެއް ނެތް ކަމަށް

މެޑްރިޑް (ޖޫން 20) - މި ފަަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިހާތަނަށް ކުޅުނު ދެ މެޗުން ވެސް އެއްވަރުވެފައިވާ ސްޕެއިން އަދި ހާސްވާން ޖެހޭ ސަބަބެއް ނެތް ކަމަށް އެ ޓީމުގެ ކޯޗު ލުއިސް އެންރީކޭ ބުނެފި އެވެ.

ފުރަތަމަ މެޗުގައި މިދިޔަ ހަފްތާގައި ސްވިޑެންއާ ލަނޑެއް ނުޖެހި އެއްވަރުވިއިރު، ރޭ ސްޕެއިން ލީޑުނަގާފައި ވަނިކޮށް ޕޮލެންޑުން ވަނީ 1-1 އިން އެއްވަރު ކޮށްފަ އެވެ. މިއީ 1996 ވަަނަ އަހަރު އިންގްލެންޑްގައި ބޭއްވި ޔޫރޯ އަށް ފަހު ސްޕެއިން ޔޫރޯގެ ފުރަތަމަ ދެ މެޗުން މޮޅެއް ނުލިބި ނިންމާލަން ޖެހުނު ފުރަތަމަ ފަހަރެވެ.

ގްރޫޕްގެ އެއް ވަނައިގައި އޮތީ ދެ މެޗުން ހަތަރު ޕޮއިންޓާ އެކު ސްވިޑެން އެެވެ. ދެ ވަނައިގައި އޮތް ސްލޮވާކިއާ އަށް ދެ މެޗުން ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި ސްޕެއިން އޮތީ ދެ މެޗުން ދެ ޕޮއިންޓާ އެކު އެވެ. ޕޮލެންޑް ފުލުގައި އޮތީ ދެ މެޗުން އެއް ޕޮއިންޓާ އެކު އެވެ. ދެ ވަނަ ބުރުގެ ފުރުސަތު މި ގްރޫޕްގެ ހަތަރު ޓީމަށް ވެސް އެބައޮތެވެ. ފަހު މެޗުގައި އަންނަ ބުދަ ދުވަހު ސްޕެއިން ކުޅޭނީ ސްލޮވާކިއާއާ އެވެ. އަދި ޕޮލެންޑް ބައްދަލުކުރާނީ ސްވިޑެންއާ އެވެ.

ރޭގެ މެޗަށް ފަހު އެންރީކޭ ބުނީ ފުރަތަަމަ މެޗުތަކުގެ ނަތީޖާ މިހެން އޮތް ކަމުގައި ވިޔަސް ފަހު މެޗަށްދާއިރު އޭނާގެ އުއްމީދު ހުރީ ވަރަށް މަތީގައި ކަަމަށެވެ.

"މި ގްރޫޕްގެ ހަތަރު ޓީމު އަތުގައި ވެސް އަމިއްލަ ބާރު އެބައޮތް އަނެއް ބުރަށް ދިއުމުގެ. އަހަރެން މި ހުރީ ފަހު މެޗަށްދާއިރު ވަރަށް އުއްމީދުގައި. އަހަރެެމެން އަދި ހާސްވާން ނުޖެހޭ، އެއީ އަހަރެމެންނަށް މޮޅުވެގެން އަނެއް ބުރަށް ދިއުމުގެ ފުރުސަތު އޮތީ ހުޅުވިފައި،" އެންރީކޭ ބުންޏެވެ.

ފުރަތަމަ ދެ މެޗުން ސްޕެއިން އިން ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކުރި ނަމަވެސް ޖެހުނީ އެންމެ ގޯލެކެވެ. ގިނަ ޕާސްތަކެއް ޖަހައި ރެކޯޑްތަކެއް ހެދި ނަމަވެސް ފަހަތަށް ފައިބައިގެން ޑިފެންސްކުރާ ޓީމުތައް ކައިރީގައި ސްޕެއިނަށް ނަތީޖާ ނުނެރެވޭ މައްސަލައިގައި ފާޑުކިޔުން އަމާޒުވެ އެވެ.

އެންރީކޭ ބުނީ އާންމުކޮށް ސްޕެއިން ކައިރީގައި ގިނަ ޓީމުތައް ކުޅެނީ ފަހަތުގައި ކޭމްޕް ކޮށްގެން ތިބެފައި ކަމަށާއި އެކަމަކު ޕޮލެންޑުން ކުުޅުނީ އެހެނެއް ނޫން ކަމަށެވެ. ޕޮލެންޑުން އެޓޭކް ކޮށްގެން ބޯޅަ ކުޅެން އުޅުނު ކަމަށާއި އެ ޓީމު ކުރި މަސައްކަތަށް ތައުރީފު ހައްގުވާ ކަމަށް އެންރީކޭ ބުންޏެވެ.

"ތެދެއް ތިބުނީ. ފަހަތަށް ފައިބައިގެން ކުޅޭ ޓީމުތައް ކައިރިން އަހަރެމެންނަށް އުނދަގޫ. އެ އަށް ދެބަސްވާން ނެތިން. އެކަަމަކު އެއީ ބާސެލޯނާ، ބްރެޒިލް، މެންޗެސްޓާ ސިޓީ، ރެއާލް މެޑްރިޑް ކަހަލަ ޓީމުތަކަށް ވެސް އުނދަގޫވާނެ ކަންކަން. އެޓޭކްކުރަން އުޅޭ ޓީމެއް ހުއްޓުވަން އެހެން ފަހަތަށް ފައިބައިގެން ކުޅެންޏާ އުނދަގޫވާނެ،" އެންރީކޭ ބުންޏެވެ.

ސްޕެއިނުން ވަނީ ޔޫރަޕްގެ ޗެމްޕިއަންކަން ތިން ފަހަރު ހޯދައިފަ އެވެ. އެންމެ ފަހުން ހޯދީ 2008 އާއި 2012 ވަނަ އަހަރު އެވެ. އެ ޓީމު އެންމެ ފަހުން ގްރޫޕް ސްޓޭޖުން ކެޓީ 2004 ވަނަ އަހަރު ޕޯޗުގަލްގައި ބޭއްވި މުބާރާތުންނެވެ. އަދި އެންމެ ފަހުން ފްރާންސްގައި 2016 ވަނަ އަހަރު ކުޅުނު ޔޫރޯ އިން ސްޕެއިން ކެޓީ ދެ ވަނަ ބުރުންނެވެ.

މިއީ ސްޕެއިންގެ ކޯޗުކަމާ އެންރީކޭ ހަވާލުވެ ކުރިމަތިލާ ބައިނަލްއަގުވާމީ ބޮޑު ފުރަތަަމަ މުބާރާތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox