ކޮވިޑުގައި މަރުވި މީހުންގެ އަދަދު 3.8 މިލިއަނަށް އަރައިފި

ޕެރޫގައި ކޮވިޑް ޖެހިގެން ހާލު ސީރިއަސްވެފައިވާ މީހަކަށް އޮކްސިޖަން ގުޅައިގެން ފަރުވާ ދެނީ.-- ފޮޓޯ: އޭއެފްޕީ/ ޑިއޭގޯ ރާމޯސް

ޕެރޫގައި ކޮވިޑް ޖެހިގެން ހާލު ސީރިއަސްވެފައިވާ މީހަކަށް އޮކްސިޖަން ގުޅައިގެން ފަރުވާ ދެނީ.-- ފޮޓޯ: އޭއެފްޕީ/ ޑިއޭގޯ ރާމޯސް

ޕެރިސް، ފްރާންސް (ޖޫން 19) - ޑިސެމްބަރު 2019 ގައި ދުނިޔެއިން މުޅިން އަލަށް ފެނުނު ކޮރޯނާވައިރަހުގެ ސަބަބުން ފެތުރުނު ކޮވިޑް ބަލިމަޑުކަމުގައި މިހާތަނަށް މަރުވި މީހުންގެ ޖުމްލަ އަދަދު 3.8 މިލިއަނަށް އަރާފައިވާ ކަމަށް އޭއެފްޕީގެ ތަފާސްހިސާބުން ދައްކައިފި އެވެ.

އޭއެފްޕީން އެއްކޮށްފައިވާ ތަފާސްހިސާބަށް ބަލާއިރު، މިހާތަނަށް މަރުވެފައި ވަނީ ޖުމްލަ 3،854،387 މީހުންނެވެ. އޭގެ ތެރެއިން 601،574 މީހުންނާއެކު އެންމެ ގިނަ މީހުން މަރުވީ އެމެރިކާއިންނެވެ. ދެ ވަނައަށް އެންމެ ގިނަ މީހުން މަރުވީ ބްރެޒިލްއިން 500،000 އަށް ވުރެ ގިނަ މީހުން މަރުވެފައި ވެ އެވެ.

އިންޑިއާއިން 385،137 މީހުންނާއި، މެކްސިކޯއިން 230،959 މީހުން، ޕެރޫއިން 189،933 މީހުން އަދި ރަޝިއާއިން 128،911 މީހުން ވެސް އެންމެ ގިނައިން މަރުތައް ރިކޯޑު ކުރެވުނު ގައުމުތަކުގެ ތެރޭގައި ހިމެނެ އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފައި ވަނީ ކޮވިޑުގައި މަރުވި މީހުންގެ އަސްލު އަދަދުތައް ރަސްމީ ތަފާސްހިސާބަށް ވުރެ ތިން ގުނަ އިތުރުވާނެ ކަމަށެވެ. އެއީ ޕޮޒިޓިވްކަން ނޭނގި އަދި ފަރުވާ ނުލިބި ގިނަ ބަޔަކު މަރުވެފައިވާނެ ކަމަށް ބެލެވޭތީ އެވެ.

މި ވަގުތު ދުނިޔޭގެ ގައުމުތަކަށް އެންމެ ބޮޑަށް އަސަރު ކުރަމުން ދަނީ އިންޑިއާއިން ފެނުނު ޑެލްޓާ ވޭރިއެންޓުގެ ސަބަބުންނެވެ. އެގޮތުން އިނގިރޭސި ވިލާތުގައި ތިން ވަނަ ރާޅެއް ފަށައިގެން އުޅޭ ކަމަށް ބެލެވޭއިރު، ރަޝިއާގައި ވެސް ރިކޯޑު އަދަދަށް ކޭސްތައް ވަނީ އިތުރުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox