ހަންގޭރީން ވަރުގަދަ ފްރާންސް ހިފަހައްޓައިފި

Jun 19, 2021, 2:55 PM
ހަންގޭރީން ވަރުގަދަ ފްރާންސް ހިފަހައްޓައިފި

ބުޑަޕެސްޓް، ހަންގޭރީ (ޖޫން 19) - ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ މުބާރާތް ހޯސްޓްކުރާ އެއް ގައުމު ކަމަށްވާ ހަންގޭރީން 1-1 އިން ދުނިޔޭގެ ޗެމްޕިއަން ފްރާންސާ އެއްވަރުކޮށްފި އެވެ.

މި މެޗުގެ ކުރިން ހަންގޭރީއާ ދެކޮޅަށް ބައިނަލްއަގުވާމީ މުބާރާތްތަކުގައި ފްރާންސް ކުޅުނު ދެ މެޗުން ވެސް ވަނީ މޮޅުވެފަ އެވެ. އެއީ 1978 އާއި 1986 ވަަނަ އަހަރުގެ ވޯލްޑް ކަޕްގަ އެވެ. ފްރާންސް އިން ހަންގޭރީ ދަނޑުގައި އެ ޓީމު އަތުން މޮޅެއް ހޯދީ 1990 ވަަނަ އަހަރު އެވެ.

މިރޭގެ މެޗުން މޮޅުވެގެން ފްރާންސަށް ދެ ވަނަ ބުރުގެ ޖާގަ ހޯދުމުގެ ފުރުސަތު އޮތެވެ. އެކަމަކު އެއްވަރުވުމުން ޖެހިފައިވަނީ އިތުރު އިންތިޒާރެއް ކުރާށެވެ. ގްރޫޕްގެ އެއް ވަނައިގައި ފްރާންސް އޮތީ ދެ މެޗުން ހަތަރު ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ޕޯޗުގަލް އަށް އެއް މެޗުން ތިން ޕޮއިންޓް ލިބިފައިވާއިރު، ތިން ވަަނައިގައި ހަންގޭރީ އޮތީ ދެ މެޗުން ޕޮއިންޓަކާ އެކު އެވެ. އެންމެ ފުލުގައި އޮތް ޖަރުމަނަށް އަދި ޕޮއިންޓެއް ނުލިބެ އެވެ. މިރޭ ޖަރުމަނާއި ޕޯޗުގަލް ބައްދަލުކުރާނެ އެވެ.

ފްރާންސް ގްރޫޕްގެ ފަހު މެޗުގައި ކުޅޭނީ ޕޯޗުގަލްއާ ދެކޮޅަށެވެ. ޕޯޗުގަލް އިން 2016 ވަނަ އަހަރުގެ ޔޫރޯ ކާމިޔާބުކުރީ ފައިނަލްގައި ފްރާންސް ބަލިކޮށްފަ އެވެ.

ހަންގޭރީގެ ޕުސްކަސް އެރީނާގައި 65،000 ސަޕޯޓަރުން ކުރިމަތީގައި މިރޭ ކުޅުނު މެޗު ފަށައިގެން ހަންގޭރީގެ ފިޒިކަލް ފުޓްބޯޅައިން ފްރާންސް ފަހަތަށް ޕްރެޝަރު ބޮޑުކުރި އެވެ. އެ ބޯޅަތައްް ހުއްޓުވަން މަސައްކަތްުކުރުމުގެ ތެރޭގައި ފްރާންސްގެ ބެންޖަމިން ޕަވާޑަށް ވަނީ ރީނދޫ ކާޑު ދައްކައިފަ އެވެ.

ފްރާންސަށް މެޗުގެ ތެރެއަށް ވަދެ ކުޅެވެން ފެށީ ފުރަތަމަ 10 ވަރަކަށް މިނިޓަށް ފަހު އެވެ. މެޗުގެ 14 ވަނަ މިނިޓްގައި ފްރާންސްގެ ކަރިމް ބެންޒެމާ އޭރިއާބޭރުން ތިރިތިރިން ޖެހި ބޯޅަ ހަންގޭރީގެ ކީޕަރު ޕީޓަ ގުލާކްޝީ އަތުގައި ޖެހިފައި އޭރިއާތެެރެއިން އެންޓޮއިން ގްރީޒްމަން ރީބައުންސަކުންޖެހި ބޯޅަ ވެސް ކީޕަރު ގުލާކްޝީ ވަނީ މަތަކޮށްފަ އެވެ.

ފްރާންސްގެ ވާތު ބެކް ލޫކަސް ހެނާންޑޭޒް އަނިޔާގެ ސަބަބަބުން މިރޭގެ މެޗު ނުކުޅެ އެވެ. އޭނާގެ ބަދަލުގައި އެ މަގާމަށް ކުޅުނު ލޫކަސް ޑީން ނަގައިިދިން ދެ ހުރަހުން ކީލިއަން އެމްބާޕޭ ބޮލުން ޖެހި ދެ ބޯޅަ ވެސް ދިޔައީ ގޯލާސީދާނުވެ އެވެ. އޭގެ ފަހުން އެމްބާޕޭ އެރިއާތެރެއިން ތިރިތިރިން ޖެހި ބޯޅަ ދިޔައީ އަރިމަތިން ބޭރުންނެެވެ.

ފުރަތަމަ ހާފްގެ ބޮޑުބައި ފްރާންސް އިން ކުޅުނީ ހަންގޭރީ ހާފްގެ ތެރޭގައި ބޯޅަ ހިފަހައްޓައިގެންނެވެ. އެންމެ ހުސް ފުރުސަތު ލިބުނީ ބެންޒެމާ އަށެވެ. މެޗުގެ 31 ވަނަ މިނިޓްގައި އެމްބާޕޭ މުޅިން ހުސްކޮށްލާފައި ބެންޒެމާ އަށް އޭރިއާ ތެރެއިން ދިން ބޯޅަ ފޮނުވާލި ނަމަވެސް ދިޔައީ އަރިމަތިން ބޭރުންނެވެ.

ފްރާންސް ހައިރާންކޮށްލުމަށް ފަހު ހަންގޭރީން ވަނީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ލީޑުނަގައިފަ އެވެ. ކައުންޓަ އެޓޭކުގައި މި ގޯލު ޖެހީ އަޓީލިއާ ފިއޯލާ އެވެ. ލިބުނު ބޯޅަ ހިފައިގެން އޭރިއާތެރެއަށް ވަދެ ފްރާންސްގެ ކީޕަރު ހޫގޯ ލޮރިސް އަށް އެއްވެސް ފުރުސަތެއް ނުދީ ފިއޯލާ ވަނީ ތިރިތިރިން ކައިރީ ކަނަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ. އެ ގޯލު ޖެހުމަށް ފަހު ހަންގޭރީން ވަރަށް ބޮޑަށް އުފާފާޅުކުރި އެވެ.

ދެ ވަނަ ހާފް ފެށިގެން ފްރާންސް އިން ވަރަށް ބޮޑަށް އެޓޭކަށް ޖެހިގެން ކުޅެމުންދިޔައިރު އެ ޓީމުން މި ހާފްގެ ފުރަތަމަ ނުރައްކާތެރި ހަމަލާ ފޮނުވާލީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އޮސްމާން ޑެމްބެލޭ އެވެ. އޭޑްރިއަން ރަބިއޯގެ ބަދަލުގައި ކުޅެން އެރި ޑެމްބެލޭ މެޗުގެ 58 ވަނަ މިނިޓްގައި ޖެހި ޝޮޓް އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.

ލަނޑު ޖެހުމަށް ފަހު ގްރީޒްމަން އުފާފާޅުކުރަނީ.

ފްރާންސް އިން އެއްވަރުކުރީ މެޗުގެ 66 ވަނަ މިނިޓްގައި އެންޓޮއިން ގްރީޒްމަން ޖެހި ގޯލުންނެވެ. ކީޕަރު ލޮރިސް އަވަހަށް ޖެހި ބޯޅައެއް ހަންގޭރީ ދެ ޑިފެންޑަރުން ކައިރިން ހޯދައި އެމްބާޕޭ ގޯލު ކުރިމައްޗަށް ބޯޅަ ހުރަސްކޮށްލި ވަގުތު ގްރީމްޒަން އަށް ލިބުމުން އޭނާ ވަނީ ހަމަޖެހިލާފައި ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ. މިއީ ޔޫރޯގައި ގްރީޒްމަން ޖެހި ހަތް ވަނަ ގޯލެވެ. އޭނާ އެންމެ ފަހުން ޔޫރޯގައި ހަ ގޯލު ޖެހި އެވެ.

ބަދަލުތައް ގެނެސްގެން ފްރާންސް އިން އެޓޭކް ވަރުގަދަކުރި އެވެ. މެޗުގެ 81 ވަނަ މިނިޓްގައި އޮލިވިއޭ ޖިރޫ ހުސްކޮށްލާފައި އެމްބާޕޭ އަށް ދިން ބޯޅަ އޭނާ ފޮނުވާލީ ކީޕަރު ގުލާޝީއާ ދިމާލަށެވެ. އޭގެ ފަހުން ކޮރެންޓިން ޓޮލީސޯ ފޮނުވާލި ބޯޅަ އަމާޒުވީ ގުލާޝީ އަތަށެވެ.

މެޗަށް ފަހު ހަންގޭރީން ވަރަށް ބޮޑަށް އުފާފާޅުކުރި އެވެ. ޔޫރޯގައި އެންމެ ފަހުން ކުޅުނު ފަސް މެޗުން މޮޅެއް ނުލިބި ނިންމާލަން ޖެހުނު ކަމަށް ވިޔަސް މިރޭ ފްރާންސް އަތުން ޕޮއިންޓެއް ހޯދުމަކީ އެ ޓީމަށް ލިބުނު ކާމިޔާބެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox