ހަންގޭރީ ސަޕޯޓަރުންގެ ޕްރެޝަރާ މެދު ޑެޝޯމްޕްސް ކަންބޮޑުވޭ

Jun 19, 2021, 4:52 AM
ހަންގޭރީ ސަޕޯޓަރުންގެ ޕްރެޝަރާ މެދު ޑެޝޯމްޕްސް ކަންބޮޑުވޭ

ބުޑަޕެސްޓް، ހަންގޭރީ (ޖޫން 19) - ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިއަދު ފްރާންސުން ހަންގޭރީއާ ދެކޮޅަށް މެޗު ކުޅެނީ އެ ޓީމުގެ އެތައް ހާސް ސަޕޯޓަރުންގެ ކުރިމަތީގައި ކަމަށްވާއިރު، އެއީ ސަމާލުވާން ޖެހޭނެ ކަމެއް ކަމަށް ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ބުނެފި އެވެ.

ހަންގޭރީން މި ފަހަރުގެ ޔޫރޯގައި ކުޅުނު ފުރަތަމަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ޕޯޗުގަލާ ދެކޮޅަށް ކުޅުނުތަން ބަލަން ޕުސްކަސް އެރީނާ އަށް 55،000 ސަޕޯޓަރުން ވަނެވެ. އެއީ 67،000 މީހުންގެ ޖާގައިގެ ސްޓޭޑިއަމެކެވެ. އެތަނުން ގިނައީ ހަންގޭރީގެ ސަޕޯޓަރުންނެވެ. އެ ދުވަހު ހަންގޭރީ ސަޕޯޓަރުންގެ ޕްރެޝަރާ ހެދި މެޗުގައި ރެފްރީގެ ބައެއް ނިންމުންތަކަށް ވެސް އުނދަގޫވިއިރު، ޕޯޗުގަލް އަށް ލަނޑެއް ޖެހޭވަރުވީ ފަހު ހަތް މިނިޓް ތެރޭގަ އެވެ.

ފްރާންސާއި ހަންގޭރީ މިއަދު ކުޅޭ މެޗަށް 65،000 ސަޕޯޓަރުން ވަންނާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ. މި މެޗަށް ނުކުންނައިރު ފްރާންސްގެ ކޯޗު ޑެޝޯމްޕްސް ވަނީ ސަޕޯޓަރުންގެ އެ ކަންތައްތަކާ މެދު ވިސްނާނެ ކަމަށް ބުނެފަ އެވެ.

"ހޯމް ޓީމަށް ސަޕޯޓަކީ ވަރަށް މުހިއްމު ކަމެއް. އެކަން ހަންގޭރީ އަށް ވަރަށް ބޮޑަށް ފެނިގެންދިޔަ. އަހަރެެމެން ހަނދާން ނައްތާލައިގެން ނުވާނެ 80 ވަނަ މިނިޓާ ހަމައަށް ޕޯޗުގަލާއި ހަންގޭރީ އޮތީ 0-0 ގައި. އަދި ހަނދާނުގައި ބަހައްޓަން ޖެހޭ ފުރަތަމަ ގޯލެއް ޖެހީ ހަންގޭރީން. އެކަމަކު އެއީ އޮފްސައިޑް ގޯލެއް،" މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޑެޝޯމްޕްސް ބުންޏެވެ.

"ހަންގޭރީ އަކީ ވަރަށް މަސައްކަތްކުރާ ޓީމެއް. ވަރަށް ރަނގަޅަށް ބައްޓަންކޮށްފައި އޮތް ޓީމެއް. އަމުދުން އިޓަލީގެ ކޯޗެއް ހުރީމަ އެ މީހުންގެ ރޭވުން ވެސް ރަނގަޅުވާނެ. ހަންގޭރީގެ ދަނޑުގައި މި މެޗު ކުޅޭތީ އަހަރެން ނަގާނީ މިއީ ނުރައްކާ މެޗެއްގެ ގޮތުގައި،"

ބައިނަލްއަގުވާމީ މުބާރާތެއްގައި މިހާތަނަށް ހަންގޭރީއާ ދެކޮޅަށް ކުޅުނު ދެ މެޗުން ފްރާންސް ވަނީ މޮޅުވެފަ އެވެ. އެއީ 1978 އާއި 1986 ގެ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގަ އެވެ. އެކަމަކު ހަންގޭރީއާ ދެކޮޅަށް އެންމެ ފަހުން ކުޅުނު 17 މެޗުގެ ތެރެއިން ފްރާންސް މޮޅުވީ ތިން މެޗުންނެވެ. އޭގެ ތެރެއިން 12 މެޗުން ބަލިވިއިރު، ތިން މެޗު ނިމުނީ އެއްވަރުވެގެންނެވެ.

ފްރާންސް ފުރަތަމަ މެޗުން ޖަރުމަނު އަތުން މޮޅުވެފައިވާއިރު، މިއަދު ހަންގޭރީ ބަލިކޮށްގެން މުބާރާތުގެ އަނެއް ބުރުގެ ޖާގައެއް ކަށަވަރުކުރެވޭނެ އެވެ.

ހަންގޭރީ ކޯޗު ރޮސީ އެދެނީ ގައުމީ ރޫހުގައި ކުޅެން

ޕޯޗުގަލް އަތުން ބަލިވުމާ އެކު ހަންގޭރީން ދަމަހައްޓަމުން އައި ބަލިނުވުމުގެ ރެކޯޑަށް 11 މެޗަށް ފަހު ވަނީ ނިމުން އައިސްފަ އެވެ. ހަންގޭރީ އެންމެ ފަހުން ބައިނަލްއަގުވާމީ މުބާރާތެއްގެ ފުރަތަމަ ދެ މެޗުން ބަލިވީ 1978 ވަނަ އަހަރުގެ ވޯލްޑް ކަޕްގަ އެވެ.

އިޓަލީ އާއި ހަންގޭރީގެ ޓީމުތަކަށް ކޯޗުކޮށްދިން މާކޯ ރޮސީ ބުނީ ދުނިޔޭގެ ޗެމްޕިއަން ފްރާންސާ ދެކޮޅަށް ހަންގޭރީ އަމިއްލަ ދަނޑުގައި ސަޕޯޓަރުންގެ ކުރިމަތީގައި މުބާރާތެއްގައި ކުޅެލަން ލިބިފައި މި އޮތް މެޗުގެ ބޭނުން އެންމެ ފުރިހަމަ އަށް ހިފަން ބޭނުންވާ ކަމަށެވެ.

"އަހަރެން އެދެން ގައުމީ ރޫހު ވަރަށް ބޮޑަށް މި މެޗުގައި ދައްކަން. ދުނިޔޭގެ ޗެމްޕިއަނުންނާ ކުޅެން މި ގޮތަށް ލިބޭނީ މަދު ފަަހަރަކު،" ރޮސީ ބުންޏެވެ.

ރޮސީ ބުނީ ކުޅުންތެރިން އަޅާކިޔާއިރު ފްރާންސް ވެސް އޮތީ ވަރަށް ކުރީގައި ކަމަށާއި އެކަމަކު ދަނޑުމަތީގައި ކުރަން ހުރި މަސައްކަތް ބަލާއިރު ދެ ޓީމުގައި ވެސް ކުޅުންތެރިން ތިބޭނީ ހަމަހަމަކޮށް ކަމަށެވެ.

"މިސާލަކަށް އެ މީހުންގެ ސްކޮޑު 900 މިލިއަން ޔޫރޯގައި ހުރެފައި އަހަރެމެން 60 މިލިއަން ޔޫރޯގައި ހުއްޓަސް. މިއީ އެއް މެޗު. މީގެ ކުޅުންތެރިން ކުރާ މަސައްކަތަށް ހުރިހާ ކަމެއް ބަރޯސާވާނީ. އަމިއްލަ ގައުމަށް ބޮޑު މޮޅެއް ހޯދިދާނެ މެޗެއް މިއީ،" ރޮސީ ބުންޏެވެ.

ޔޫރޯގައި ހަންގޭރީ އެންމެ ފަހުން ކުޅުނު ހަތަރު މެޗުން މޮޅެއް ނުލިބެ އެވެ. ދެ މެޗުން ބަލިވިއިރު، ދެ މެޗުން ވަނީ އެއްވަރުވެފަ އެވެ. މިރޭ ފްރާންސާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 18:00 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox