އެޗްއާރުސީއެމްގެ ރައްދު: ނަޝީދުގެ މައްސަލަ އެބަ ބަލަން

އެޗްއާރުސީއެމްގެ މެމްބަރު، އާމިނަތު ޝިފާއަތު އަބްދުއްރައްޒާގާއި ޑރ. އަހުމަދު އަދްހަމް އަބްދުﷲ އަދި މުއުމިނާ ވަހީދު: އެމްޑީޕީގެ ވާހަކަތައް ކޮމިޝަނުން ދޮގު ކުރޭ. -- ފޮޓޯ: އެޗްއާރުސީއެމް

އެޗްއާރުސީއެމްގެ މެމްބަރު، އާމިނަތު ޝިފާއަތު އަބްދުއްރައްޒާގާއި ޑރ. އަހުމަދު އަދްހަމް އަބްދުﷲ އަދި މުއުމިނާ ވަހީދު: އެމްޑީޕީގެ ވާހަކަތައް ކޮމިޝަނުން ދޮގު ކުރޭ. -- ފޮޓޯ: އެޗްއާރުސީއެމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް މިދިޔަ މަހު ހަ ވަނަ ދުވަހު ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން އެޗްއާރުސީއެމުން އެ ހަމަލާ ކުށްވެރި ނުކުރާ ކަމަށް ބުނެ ވެރިކަން ހިންގާ އެމްޑީޕީން ދައްކާ ވާހަކަތައް އެ ކޮމިޝަނުން މިއަދު ދޮގުކޮށްފި އެވެ.

ނަޝީދަށް ދިން ހަމަލާގެ މައްސަލަ ބެލުމަށް އެމްޑީޕީ ގައުމީ މަޖިލީހުން އެކުލަވާލި "6 މެއި ކޮމިޓީ" ގެ ޗެއާ، އަދި ތ. ވިލުފުށި ދާއިރާގެ ހަސަން އަފީފް ރޭ ގައުމީ މަޖިލީހުގައި ވިދާޅުވީ އެ މައްސަލައާ ގުޅިގެން އެޗްއާރުސީއެމުން ބަޔާނެއް ނެރުންކަން ވެސް އެނގިވަޑައިނުގަންނަވާ ކަމަށެވެ. ފުރާނަ ގެއްލުވާލުމަށް ދިން ހަމަލާއަކާ ގުޅިގެން އެޗްއާރުސީއެމުން އެގޮތަށް އަމަލު ކުރިއިރު އެ ކޮމިޝަންގެ މަސައްކަތްތައް ބަލައިގަންނާނީ ކިހިނެއްތޯ އަފީފް ސުވާލު އުފެއްދެވި އެވެ.

އެ ވާހަކަތަކާ ގުޅިގެން އެޗްއާރުސީއެމުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ހަމަލާގައި ޝާމިލުވާ މީހުންނަށް ހައްގު އަދަބު ދިނުމަށާއި އަދި އެ ހާދިސާ މޮނިޓާ ކުރަމުންދާ ކަން ހާމަކޮށް އެ ރޭ ޓްވީޓް ކުރި ކަމަށެވެ. އަދި ހަމަލާދިން ދުވަހު ނޫން އަނެއް ދުވަހު އެ ހަމަލާއާ ގުޅޭގޮތުން ބަޔާނެއް ނެރުނު ކަމަށް ވެސް ކޮމިޝަނުން ބުންޏެވެ.

ކޮމިޝަނުން ބުނީ ނަޝީދަށް ދިން ހަމަލާއާ ގުޅިގެން އެމަނިކުފާނުގެ ހަށިކޮޅަށް ލިބުނު އަނިޔާތަކަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ހަމަލާދިން ރޭގެ 21:00 ގައި އެޗްއާރުސީއެމްގެ މެންބަރެއް ހިމެނޭގޮތަށް ހާއްސަ ޓީމެއް އެ ހޮސްޕިޓަލަށް ޒިޔާރާތް ކުރި ކަމަށެވެ. އަދި މި ހާދިސާއާ ގުޅިގެން ހޮސްޕިޓަލުގައި ކަން ހިނގަމުންދިޔަ ގޮތް އެރޭގެ 23:30 އާ ހަމައަށް ކޮމިޝަނުން ދިޔައީ ބަލަމުން ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.

އެޗްއާރުސީއެމުން ބުނީ މި ހާދިސާއާ ގުޅިގެން ގުޅުންހުރި ކަންކަން ކޮމިޝަނުން ދަނީ ބަލަމުން ކަމަށެވެ.

ދައުލަތުގެ ކަމާ ގުޅުން ހުރި އިދާރާތަކުން އަމަލުކޮށްފައިވާ ގޮތާއި ކުރަމުންދާ ގޮތް ބަލައި، ތަހުގީގަށް ބޭނުންވާ މައުލޫމާތު ހޯދުމަށް މާލޭ ސިޓީ ކައުންސިލާއި ފުލުހުންނާއި ޕްލޭނިން މިނިސްޓްރީގެ އިތުރުން ޑިފެންސް މިނިސްޓްރީއަށް ލިޔެފައިވާ ކަމަށް ވެސް ކޮމިޝަނުން ބުންޏެވެ.

ޑިފެންސް މިނިސްޓްރީން ފިޔަވާ އެހެނިހެން މުއައްސަސާތަކުން ކޮމިޝަނުން އެދިފައިވާ މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށް ވެސް އެޗްއާރްސީއެމުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

ކޮމިޝަނުން ބުނީ ނަޝީދަށް އަމާޒުކޮށް ދީފައިވާ ނުރައްކާތެރި ހަމަލާއާ ގުޅިގެން ހާއްސަ ސަމާލުކަމެއް ދީގެން މަސައްކަތްތަކެއް ކުރަމުންދާ ދަނޑިވަޅެއްގައި އަދި އާ ކޮމިޝަނުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ދަނޑިވަޅެއްގައި އެ ކޮމިޝަނާ މެދު އިތުބާރު ގެއްލޭ ގޮތަށް މައުލޫމާތު ހާމަކުރުމުން ކަންބޮޑުވާ ކަމަށެވެ.

"އަދި ހާއްސަކޮށް ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީއިން މި ހާދިސާއާ ގުޅިގެން މުއައްސަސާތަކުން އަމަލު ކުރާ ގޮތް ބެލުމަށް އެޕާޓީގެ ގައުމީ މަޖިލީހުގެ 174 ވަނަ ޖަލްސާއިން އެކުލަވާލި "6 މެއި ކޮމިޓީ" އަށް ހޯދުނު މައުލޫމާތު ހާމަ ކުރެއްވުމުގައި މި ކޮމިޝަނުގެ ރަސްމީ ޓްވީޓަރގައި އާއްމުކޮށްފައިވާ މައުލޫމާތުތަކަށް ބެއްލެވުމެއްނެތި އަދި ކޮމިޝަނުގެ މަސައްކަތްތަކުގެ މައުލޫމާތު މި ކޮމިޝަނުން ހޯއްދެވުމަށް އެއްވެސް މަސައްކަތެއް ކުރެއްވުމެއް ނެތި ހަގީގަތާ ހިލާފު މައުލޫމާތު އާއްމުކުރައްވާފައިވާތީ އެކަމާ ކަންބޮޑުވެ ހިތާމަ ކުރަމެވެ،" ބަޔާނުގައިވެ އެވެ.

ނަޝީދަށް ދިން ހަމަލައާ ގުޅިގެން މިހާތަނަށް ހަތަރު މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އެ އެންމެންނަކީ ވެސް ހަރުކަށި ފިކުރަށް ތަބާވާ ބައެއްކަން މިހާތަނަށް ރަސްމީ އިދާރާތަކުން އާއްމުކުރި މައުލޫމާތުތަކުން އެނގެ އެވެ.

މިދިޔަ މަހުގެ ހަ ވަނަ ދުވަހުގެ ރޭ ނަޝީދަށް އަމާޒުކޮށް ބޮމެއް ގޮއްވާލީ ދިރިއުޅުއްވާ ކެނެރީގެއިން ހިންގަވާފައި ކާރުކޮޅާ އަރާ ހަމަވިތަނުންނެވެ.

އެމްއެންޑީއެފުން ބުނެފައިވާ ގޮތުގައި ނަޝީދުގެ ފުރާނައަށް ނުރައްކާ ކުރަން ގޮއްވާލި އައިއީޑީގައި ރޭޒާ ފުއްތައް ބޭނުންކޮށްފައިވެ އެވެ. އެއީ ގެއްލުން ބޮޑުކުރާށެވެ. ރާއްޖެ އިން ލިބެން ހުރި ބައެއް ތަކެތި ބޭނުންކޮށްގެން އެ އައިއީޑީ ހަދާފައި އޮތް އިރު 2007 ގައި ސަލްޓަންޕާކުގައި ޓޫރިސްޓުންތަކަކަށް އަމާޒުކުރި ހަމަލާގައި ގޮއްވާލި އައިއީޑީއަށް ވުރެން އެތައް ގުނައެއް ނަޝީދަށް އަމާޒުކުރި އައިޑީގެ ބާރުގަދަ، ކަމަށް އެމްއެންޑީއެފުން ބުނެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox