ސަރުކާރުން ރ. ދުވާފަރުގެ ފަޅުގެ ބޮޑު ބައެއް ހިއްކައި ނިންމައި، އެ ރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ފަށައިފި އެވެ.
ދުވާފަރުން 22 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ފެށީ މިދިޔަ މާޗް މަހުގެ ކުރީކޮޅުގަ އެވެ. އެމްޓީސީސީން އެ މަސައްކަތް ކޮށްފައިވަނީ އެކުންފުނީގެ ބިން ހިއްކާ ބޯޓް މަހާޖައްރާފު ބޭނުން ކޮށްގެންނެވެ.
އެމްޓީސީސީގެ މެނޭޖިން ޑިރެކްޓާ އާދަމް އާޒިމް ވިދާޅުވިގޮތުގައި މިހާރު ކުރިއަށް ދަނީ އެރަށު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތެވެ.
ބިން ހިއްކުމުގެ އިތުރުން އެރަށު 423 މީޓަރުގެ ސަރަހަދެއްގައި ބޮޑުހިލައިގެ ރިވެޓްމެންޓް ޖަހައި 70 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލުމުގެ މަސައްކަތް ވަނީ އެމްޓީސީސީއާ ހަވާލުކޮށްފަ އެވެ.
އެ ރަށު ކައުންސިލްގެ ބަހެއް ނުލިބޭތީ ހިއްކި ބިން ބޭނުން ކުރުމުގެ ޕްލޭނަކީ ކޮބާކަން ވަނީ އެނގޭގޮތް ނުވެފަ އެވެ.

އެ ދެ މަޝްރޫ އެމްޓީސީސީއާ ހަވާލު ކޮށްފައިވަނީ 143.1 މިލިއަން ރުފިޔާއަށެވެ.












