މެޗުގެ ކުރިން ސްލޮވާކިއާ ޓީމުން ދެ ކޮވިޑް ކޭސް ފެނިއްޖެ

Jun 18, 2021, 4:18 AM
ޕޮލެންޑާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން ސްލޮވާކިއާ ކުޅުންތެރިން.-- ފޮޓޯ: އޭއެފްޕީ

ޕޮލެންޑާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން ސްލޮވާކިއާ ކުޅުންތެރިން.-- ފޮޓޯ: އޭއެފްޕީ

ޕީޓާސްބާގް (ޖޫން 18) - ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ސްވިޑެންއާ ދެކޮޅަށް ކުޅޭ މެޗަށް ތައްޔާރުވަމުން ދަނިކޮށް ސްލޮވާކިއާ ޓީމުން ދެ ކޮވިޑް-19 ޕޮޒިޓިވް ކޭސް ފެނިއްޖެ އެވެ.

މިއީ ޔޫރޯ ފެށިފަހުން ކުރި ކޮވިޑް ޓެސްޓްތަކުން ޕޮޒިިޓިވްވި ފުރަތަަމަ ކޭސްތަކެެވެ.

މި ފަހަރުގެ ޔޫރޯގެ ކޮވިޑް ޕްރޮޓޮކޯލް އޮތް ގޮތުން ކޮންމެ މެޗެއްގެ 48 ގަޑިއިރު ކުރިން ހުރިހާ ސްޓާފުންނާއި ކުޅުންތެރިން ކޮވިޑަށް ޓެސްޓް ކުރަން ޖެހޭނެ އެވެ. އެ ގޮތުން ބުދަ ދުވަހު ސްލޮވާކިއާގެ މުޅި ސްކޮޑު ކޮވިޑަށް ޓެސްޓްކުރިއިރު، ކޯޗިން ސްޓާފަކާއި ޑިފެންޑަރު ޑެނިސް ވާވްރޯ ވަނީ ޕޮޒިޓިވްވެފަ އެވެ. ސްލޮވާކިއާ އިން ފުރަތަމަ ކުޅުނު މެޗުގައި ވާވްރޯ ނުކުޅެ އެވެ.

ސްލޮވާކިއާގެ ކޯޗު ސްޓެފަން ޓާކޮވިޗް ބުނީ ޕޮޒިޓިވްވި ނަމަވެސް އެ ދެ މީހުންގެ ފަރާތުން އެއްވެސް އަލާމާތެއް ނުފެންނަ ކަމަށާއި މި ވަގުތަށް ބަލާއިރު ސްލޮވާކިއާ ޓީމުގެ ހާލަތު އޮތްގޮތުން އަދި މެޗު ކުޅެން ނިންމާފައިވާ ކަމަށެވެ.

"އަހަރެމެން މި ދަނީ ޔުއެފާއާ ކުރަން ޖެހޭ މަޝްވަރާތައް ކުރަމުން. އަދި އޮތީ މެޗުތައް ކުޅެވޭނެ ފަދަ މާހައުލެއް،" ޓާކޮވިޗް ބުންޏެވެ.

ޔުއެފާ އިން މުބާރާތަށް ކަނޑައަޅާފައިވާ އުސޫލުގައިވާ ގޮތުން ހާލަތު ގޯސްނުވެ 13 ކުޅުންތެރިން ތިބެއްޖެނަމަ މެޗު ކުޅެވޭނެ އެވެ. އަދި ކޮވިޑަށް ޕޮޒިޓިވްވާ ކުޅުންތެރިންގެ ބަދަލުގައި ބެކަޕް ކުޅުންތެރިންގެ ލިސްޓުން ކުޅުންތެރިއަކު ހިމެނޭނެ އެވެ. އަދި ފުރަތަަމަ ތާވަލުކޮށްފައިވާ ވަގުތު މެޗު ނުކުޅެވޭ ފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ 48 ގަޑިއިރުގެ ތެރޭގައި ތަފާތު ދަނޑެއްގައި ނަމަވެސް މެޗު ރީ ޝެޑިއުލްކުރެވޭނެ އެވެ. އެ ގޮތަށް ވެސް ނުކުޅެވިއްޖެނަމަ ރަނގަޅަށް ކުޅެވޭ ހާލަތުގައި އޮތް ޓީމަށް 3-0 އިން މެޗު ލިބޭނެ އެވެ.

ޓާކޮވިޗް ބުނީ ރަޝިއާގެ ސިއްހީ އިދާރާތަކާ ގުޅިގެން ޔުއެފާ ޕްރޮޓޮކޯލާ އެއްގޮތަށް ސްލޮވާކިއާ އިން އަަމަލުކޮށްފައިވާނެ ކަމަށާއި މި ވަގުތަށް ބަލާއިރު އަދި އެ ޓީމުން އިތުރު ކޭސްތަކެއް ނުފެންނަ ކަަމަށެެވެ.

ސްލޮވާކިއާ އިން ކުޅުނު ފުރަތަަމަ މެޗުން ޕޮލެންޑް ބަލިކޮށްފައިވާއިރު، މިރޭ ސްވިޑެން އަތުން މޮޅުވެގެން މުބާރާތުގެ ދެ ވަނަ ބުރުން ފުރުސަތު ހޯދޭނެ އެވެ. އެންމެ ފަހުން ޔޫރޯގައި ވެސް އެ ޓީމުން ވަނީ ދެ ވަނަ ބުރުގައި ވާދަކޮށްފަ އެވެ.

ސްވިޑެން ދެ ކުޅުންތެރިން ކޮވިޑުން ރަނގަޅުވެ މެޗަށް ތައްޔާރު

ދާދި ފަހުން ކޮވިޑް-19 އިން ރަނގަޅުވި ސްވިޑެންގެ ދެ ތަރިން ކަމަށްވާ ޑޭޖާން ކުސުލެވްސްކީ އާއި މަޓިއަސް ސްވެންބާގް މިރޭ ސްލޮވާކިއާއާ ދެކޮޅަށް ބޭނުންކުރާނެ ކަމަށް ސްވިޑެންގެ ކޯޗު ޔޭން އެންޑަސަން ވަނީ ބުނެފަ އެވެ.

ކޮވިޑް އިން ރަނގަޅުވުމަށް ފަހު ކުސުލެވްސްކީ ސްވިޑެން ފަރިތަކުރުންތަކުގެ ތެރެއިން.

ސްވިޑެން ވަނީ ކުޅުނު ފުރަތަަަމަ މެޗުގައި ލަނޑެއް ނުޖެހި މި ގްރޫޕްގެ ފޭވަރިޓް ސްޕެއިނާ އެއްވަރުވެފަ އެވެ. އަނެއްކޮޅުން ސްލޮވާކިއާ ވަނީ ފުރަތަމަ މެޗުގައި ޕޮލެންޑްގެ މައްޗަށް ކުރިހޯދައިފަ އެވެ. މި ދެ ޓީމަށް ބަލާއިރު މިރޭގެ މެޗުން ނަތީޖާ ނެރުން ބޮޑަށް މުހިއްމުވެފައި އޮތީ ސްވިޑެން އަށެވެ.

ޔުވެންޓަސް އަށް ކުޅޭ ކުސުލެވްސްކީ އާއި ބޮލޯނިއާގެ މިޑްފީލްޑަރު ސްވެންބާގް ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފެށީ ކޮވިޑުން ރަނގަޅުވިކަން ކަށަވަރުކޮށްފައި މީގެ ހަތަރު ދުވަސް ކުރިންނެވެ. މި ދެ ކުޅުންތެރިން ވެސް ޕޮޒިޓިވްވީ ޔޫރޯ އަށް ތައްޔާރުވާން ކުޅުނު މެޗުތަކުގެ ކުރިން ކުރި ޓެސްޓްތަކުންނެވެ.

"މި ދެ ކުޅުންތެރިން ނެތުމަކީ ފުރަތަމަ މެޗުގައި އަހަރެމެންނަށް ކުރިމަތިވި މައްސަލައެއް. އެކަމަކު ފަހު ދެ މެޗަށް މި ކުޅުންތެރިން ލައިގެން ކުޅެވޭތީ އުފާކުރަން،" މިރޭ ސްލޮވާކިއާއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ސްވިޑެންގެ ކޯޗު އެންޑަސަން ބުންޏެވެ.

ސްވިޑެން އިން ފުރަތަމަ މެޗުގައި ސްޕެއިނާ އެއްވަރުވި ނަމަވެސް އެ ޓީމަށް މޮޅުވާން ވެސް ފުރުސަތު ލިބުނެވެ. ސްވިޑެންގެ ފޯވާޑް އަލެކްސަންޑަ އިސާކް ޖެހި ބޯޅައެއް ގޯލު ދަނޑިއަށް އަމާޒުވިއިރު، މާކަސް ބާގް ގޯލު ކުރިމަތީގައި މުޅިން ހުސްކޮށް ހުރެފައި ގޯލަށް ބޯޅަ ފޮނުވާނުލެވުނެވެ. ސްވިޑެން އިން އެ މެޗުގައި ކުޅުނީ ވަރަށް ޑިފެންސަށް ފައިބައިގެން ކައުންޓަ އެޓޭކަށް ކުޅޭ ގޮތަށް ރާވައިގެންނެވެ. އެކަަމަކު ސްލޮވާކިއާއާ ދެކޮޅަށް އެ ވިސްނުން ބަދަލުވާނެ ކަމަށް އެންޑަސަން ވަނީ ބުނެފަ އެވެ.

"ތަފާތު ޓީމުތަކާ ކުޅެން ޖެހޭނީ ތަފާތު ގޮތަކަށް. އަހަރެެމެން ސްޕެއިނާ ދެކޮޅަށް ކުޅުނު ގޮތަކަށް ނޫން މި މެޗުގައި ކުޅޭނީ. މިފަދަ މެޗުތަކަކީ އަހަރެމެންގެ ފެންވަރުން ބަލާނަމަ މޮޅުވެވެންޖެހޭނެ މެޗުތައް،" އެންޑަސަން ބުންޏެވެ.

ސްޕެއިން މެޗުގައި ސްވިޑެންގެ ފަހަތަށް ކުޅޭ މިކައެލް ލުސްޓިގަށް ލިބުނު އަނިޔާއެއްގެ ސަބަބުން މިރޭގެ މެޗުގައި ފަހަރަކު އޭނާ ނުފެނުމުގެ ފުރުސަތު އެބައޮތެވެ.

ސްލޮވާކިއާއާ ދެކޮޅަށް އެންމެ ފަހުން ކުޅުުނު ފަސް މެޗުން ވެސް ސްވިޑެން ބަލިވެފައިނުވެ އެވެ. މި ފަހަރުގެ ޔޫރޯ އަކީ ބައިނަލްްއަގުވާމީ މުބާރާތެއްގައި މި ދެ ޓީމުގެ ފުރަތަމަ ކުރިމަތިލުމެވެ. އެންމެ ފަހުން މި ދެ ޓީމު ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. އެއީ 2018 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އެވެ. މިއަދު މި ދެ ޓީމު ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 18:00 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox