މެޗު އެރިކްސަން އަށް ހާއްސަ، ބެލްޖިއަމް މޮޅުވެ ދެ ވަަނަ ބުރަށް

Jun 17, 2021, 5:55 PM
މެޗު އެރިކްސަން އަށް ހާއްސަ، ބެލްޖިއަމް މޮޅުވެ ދެ ވަަނަ ބުރަށް

ކޮޕެންހާގެން، ޑެންމާކް (ޖޫން 17) - ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ބެލްޖިއަމާއި ޑެންމާކް ބައްދަލުކުރި މެޗު އެ ޓީމުގެ ކްރިސްޓިއަން އެރިކްސަން އަށް ހާއްސަކުރިއިރު، ފަހަތުން އަރައި ޑެންމާކް 2-1 އިން ބަލިކޮށް ބެލްޖިއަމް މުބާރާތުގެ ދެ ވަނަ ބުރުން ފުރުސަތު ހޯދައިފި އެވެ.

މި މެޗު ބެލްޖިއަމް ކޮޅަށް އަނބުރާލުމުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ކެވިން ޑި ބްރޭނާ ވަނީ ތަފާތު ދައްކައިފަ އެވެ. ޑި ބްރޭނާ ވަނީ ލަނޑެއް ޖެހުމުގެ އިތުރުން ލަނޑެއް ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.

ބެލްޖިއަމް އަކީ ފުރަތަމަ ދެ މެޗުން މޮޅުވެގެން މި ފަހަރުގެ ޔޫރޯގެ ދެ ވަނަ ބުރުން ފުރުސަތު ހޯދި ދެ ވަނަ ޓީމެވެ. އެންމެ ފުރަތަމަ ދެ ވަނަ ބުރުން ފުުުރުސަތު ހޯދީ އިޓަލީ އެވެ. ބެލްޖިއަމާއި އިޓަލީ އަކީ ކޮލިފައިންގައި ކުޅުނު 10 މެޗުން މޮޅުވެގެން މުބާރާތަށް އައި ހަމައެކަނި ދެ ޓީމެވެ.

ޑެންމާކު އަތުން ޖެހިޖެހިގެން ހޯދި ތިން ވަނަ މޮޅާ އެކު ބެލްޖިއަމް ގްރޫޕް ބީގެ އެއް ވަނައިގައި އޮތީ ކުޅުނު ދެ މެޗުން ހަ ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ރަޝިއާ އާއި ތިން ވަނައިގައި އޮތް ފިންލެންޑަށް ތިން ޕޮއިންޓް ލިބިފައިވާއިރު، ޑެންމާކް ފުލުގައި އޮތީ ޕޮއިންޓެއް ނުލިބި އެވެ. އެ ޓީމަށް ދެން މުބާރާތުގައި ކުރިއަށް ދިއުމުގެ އަމިއްލަ ބާރެއް ނެތެވެ.

މިރޭގެ މެޗުގައި ޑެންމާކުން މި ފަަހަރުގެ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގެ ފުރަތަމަ ހާފުގައި ހިތްހުއްޓިގެން ދަނޑު މައްޗަށް ވެއްޓުނު މިޑްފީލްޑަރު އެރިކްސަންގެ ހަނދާނުގައި ވަނީ ގިނަ ކަންތައްތަކެއް ކޮށްފަ އެވެ. މެޗު ފެށުމުގެ ކުރިން މި މެޗު ކުޅުނު ޕާކެން ސްޓޭޑިއަމްގައި އެރިކްސަންގެ ބޮޑު ޖޯޒީއެއް ވަނީ ދަނޑުމަތީގައި ދައްކާލައިފަ އެވެ. ބެލްޖިއަމް ކުޅުންތެރިން ސޮއިކޮށްފައިވާ އެރިކްސަންގެ ޖޯޒީއެއް ވަނީ ފްރޭމެއްގައި ޑެންމާކްގެ ކެޕްޓަން ސިމޯން ކިއޭއާ ހަވާލުކޮށްފަ އެެވެ.

އެރިކްސަން އަށް ހާއްސަކޮށް ޑެންމާކް ޓީމުން ގެންގުޅުނު ބެނާތައް.-- ފޮޓޯ: އޭއެފްޕީ

ދަނޑުގައި މެޗު ބަލަން ތިބި ޑެންމާކާއި ބެލްޖިއަމްގެ ސަޕޯޓަރުން އެރިކްސަން އަށް އޮތް ސަޕޯޓް ދައްކުވައިދޭން ބެނާތަކެއް ވެސް އޮތީ ދަމައިފަ އެވެ. ބެލްޖިއަމް ސަޕޯޓަރުން ދައްކާލި ބެނާއެއްގައި ވަނީ މުޅި ބެލްޖިއަމް އޮތީ އެރިކްސަންއާ އެކު މިހެން ލިޔެފަ އެވެ. އަދި ހަމައެ ގޮތަށް ޑެންމާކް އޮތީ އެރިކްސަންއާ އެކު ކަން ދޭހަކޮށްދޭ އެތައް މެސެޖެއް ލިޔެފައި ވަނީ ދަނޑުގައި ބަހައްޓައިފަ އެވެ.

އެރިކްސަންގެ ހާދިސާއާ ހެދި ފުރަތަަަމަ މެޗު ހުއްޓާލާފައި އަލުން މެޗު ފަށައި ފުރިހަމަކުރިއިރު، ޑެންމާކް ވަނީ ފިންލެންޑް އަތުން 1-0 އިން ބަލިވެފަ އެވެ. އެހެންވެ މިރޭ ޑެންމާކް ނުކުތީ މުބާރާތުގައި ކުރިއަށްދިއުމާއި އެރިކްސަން އަށް ޓަކައި މޮޅެއް ހޯދަން އަޒުމު ކަނޑައަޅައިގެންނެވެ. އަދި އެ ޓީމުން ވަނީ މެޗު ފަށައިގެން އެއް މިނިޓް 39 ސިކުންތު ތެރޭގައި ލީޑުނަގައިފަ އެވެ. މި ގޯލު ޖެހީ ޕިއޭ އެމީލް ހޮއިބިއާ ދިން ބޯޅައަކުން ޔުސެފް ޕޯލްސަން އެވެ. ތިރިތިރިން ޕޯލްސަން ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ކަނަށެވެ.

މިއީ ޔޫރޯ ތާރީހުގައި ފެނުނު ދެ ވަނަ އަށް އެންމެ އަވަސް ގޯލެވެ. އެންމެ އަވަސް ގޯލަކީ 2004 ވަނަ އަހަރުގެ މުބާރާތުގައި ގްރީސް ކޮޅަށް ރަޝިއާގެ ޑިމިޓްރީ ކިރިޗެންކޯ ޖެހި ގޯލެވެ. އޭނާ މި ގޯލު ކާމިޔާބުކުރީ އެއް މިނިޓް ފަސް ސިކުންތުންނެވެ.

ލަނޑު ޖެހުމަށް ފަހު ޑެންމާކްގެ ޕޯލްސަން އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ބެލްޖިއަމްގެ ފުރަތަމަ ހަމަލާ ފޮނުވާލީ ޑްރީސް މާޓެންސް ބޮލުންނެވެ. ޔޫރީ ޓީލަމަންސް ނަގައިދިން ބޯޅައަކުން މާޓެސް ބޮލުން ފޮނުވާލި ބޯޅަ އަމާޒުވީ ޑެންމާކުގެ ކީޕަރު ކެޝްޕާ ޝްމައިކަލް އަތަށެވެ.

މެޗުގެ ކުރިން ރޭވިފައި އޮތްގޮތަށް 10 ވަަނަ މިނިޓްގައި ވަނީ ކުޅުން މެދުކަނޑާލައިފަ އެވެ. އެއީ އެރިކްސަން އަށް އޮތް ސަޕޯޓް ދައްކައިދޭން ބެލްޖިއަމުން އިސްނަގައި ކުރަން ނިންމި ކަމެކެވެ. މިނިޓެއް ވަންދެން އެރިކްސަން އަށް އޮތް ސަޕޯޓް ދަައްކައިދޭން ދެ ޓީމުގެ ކުޅުންތެރިންނާއި މެޗުގެ ރެފްރީ ނެދަލެންޑްސްގެ ބްޔޯން ކުއިޕާސް އަދި ދަނޑުގައި ތިބި 25،000 އެއްހާ ސަޕޯޓަރުން އަތްތިލަބަނޑި ޖަހަމުން ދިޔައިރު، މެޗުގެ ކޮމެންޓޭޓަރު ވަނީ އެރިކްސަން މި ވަގުތު ފަރުވާ ހޯދަމުން އަންނަ ހޮސްޕިޓަލް ހުރީ ދަނޑާ ވަރަށް ކައިރީގައި ކަމަށާއި ދަނޑުގެ އަޑުހުރި ވަރަށް ބަލާއިރު، ތަރުހީބުގެ އަޑުތައް އެރިކްސަން އަށް އިވުމުގެ ފުރުސަތު ވެސް އޮވެދާނެ ކަމަށް ބުނެފަ އެވެ.

ޑެންމާކުން ދިޔައީ ފުރަތަމަ ހާފުގައި ޖާގަ ލިބޭ ކޮންމެ ފަހަރަކު ބެލްޖިއަމް ފަހަތަށް ބާރު ބޮޑުކުރަމުންނެވެ. އެ ގޮތުން ޑެންމާކުގެ ފޯވާޑް މާޓިން ބްރާތުވެއިޓާއި މިކޭލް ޑަމްސްގާޑް ދިޔައީ ބެލްޖިއަމް ގޯލަށް ހަމަލާތަކެއް ފޮނުވާލަމުންނެވެ. އެކަމަކު ބެލްޖިއަމް ގޯލުގައި ހުރި ކީޕަރު ތިބައު ކޯޓުއާ ހާސްކޮށްލެވޭ ވަރުގެ ބޯޅަތަކެއް ފޮނުވާނުލެވުނެވެ.

ފުރަތަމަ ހާފުގައި ބެލްޖިއަމްގެ ފޯވާޑް ރޮމެލޫ ލުކާކޫގެ ބޭނުން އެ ޓީމަށް ރަނގަޅަށް ނުހިފެ އެވެ. އޭނާ އަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށް ނުދެވުނުއިރު، ލުކާކޫ އަށް ދޭ ބޯޅަތަކުގައި އޭނާ އަށް ސަޕޯޓް ދޭނެ ކުޅުންތެރިއަކު ވެސް މި ހާފުގައި ނުފެނެ އެވެ.

ބެލްޖިއަމުން ދެ ވަނަ ހާފްގައި ޑި ބްރޭނާ ކުޅެން އެރުވީ މާޓެންސްގެ ބަދަލުގަ އެވެ. މިިދިޔަ މަހު ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ލޯ ކައިރިއަށް ލިބުނު އަނިޔާއަކާ ގުޅިގެން ޑި ބްރޭނާ އަށް މި ފަހަރު ޔޫރޯގައި ބެލްޖިއަމުން ރަޝިއާއާ ދެކޮޅަށް ކުޅުނު މެޗު ވަނީ ގެއްލިފަ އެވެ.

ޑިބްރޭނާ (ކ) އާއި ތޯގަން ހަޒާޑް ލަނޑު ޖެހުމަށް ފަހު.-- ފޮޓޯ: އޭއެފްޕީ

ޑި ބްރޭނާ ކުޅެން އެރުމާ އެކު ލުކާކޫ އަށް ލިބޭ ބޯޅަތައް ގިނަވެ، ޑެންމާކް ފަހަތަށް ބާރުބޮޑުވާން ފެށި އެވެ. ބެލްޖިއަމުން އެއްވަރުކުރީ ލުކާކޫ އާއި ޑި ބްރޭނާ ގުޅިގެން އުފެއްދި އެޓޭކެއްގައި ޖެހި ގޯލުންނެވެ. މެޗުގެ 55 ވަނަ މިނިޓްގައި މި ގޯލު ޖެހީ ތޯގަން ހަޒާޑް އެވެ. ޑި ބްރޭނާ އެ ބޯޅަ ތޯގަން ހަޒާޑަށް ދިނީ މުޅިން ހުސްކޮށްލާފަ އެވެ. އޭނާ ވަނީ ކީޕަރު ޝްމައިކަލް އަށް އެއްވެސް ފުރުސަތެއް ނުދީ ބޯޅަ ގޯލު ތެރެއަށް ފޮނުވާލައިފަ އެވެ.

ގޯލަށް ފަހު ބެލްޖިއަމުން އެ ޓީމުގެ ކެޕްޓަން އެޑެން ހަޒާޑް ކުޅެން އަރުވައި ޑެންމާކު ހާފުގެ ތެރޭގައި ގިނަ ވަގުތު ބޯޅަހިފަހައްޓައިގެން ކުޅެން ފެށި އެވެ.

މެޗުގެ 71 ވަނަ މިނިޓްގައި ހަޒާޑް ދިން ބޯޅައަކުން ޑި ބްރޭނާ ވަނީ ބެލްޖިއަމް މޮޅުވި ގޯލު ޖަހައިފަ އެވެ. ލުކާކޫ އަރިމަތިން ބޯޅަ ހިފެހެއްޓުމަށް ފަހު އެތެރެއަށް ކުޅުނު ބޯޅަ ހަޒާޑަށް ލިބުމުން އޭނާ ހުސްކޮށްލާފައި އޭރިއާ ރޮނގުމަތިން ދިން ބޯޅަ ޑި ބްރޭނާ ވަނީ ތިރިތިރިން ގޯލުގެ ކައިރީ ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ. ލަނޑު ޖެހުމަށް ފަހު ޑިބްރޭނާ އެހާ ބޮޑަށް އުފާފާޅެއް ނުކުރެ އެެވެ.

ޑެންމާކަށް އެއްވަރުކޮށްދޭން ބްރާތުވެއިޓަށް ރަނގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް އެންމެ ރަނގަޅަށް ބޭނުމެއް ނުހިފުނެވެ.

ބެލްޖިއަމުން ވަނީ މިދިޔަ އަހަރުގެ ޔުއެފާ ނޭޝަންސް ލީގުގެ ދެ މެޗުން ވެސް ޑެންމާކް ބަލިކޮށްފަ އެވެ. އެ މެޗުތަކުގައި އެރިކްސަން ކުޅުނެވެ. މި ފަހަރު ޔޫރޯގައި ބެލްޖިއަމް އަތްދަށުވެ، ޑެންމާކް މި ވަނީ ބެލްޖިއަމް އަތުން ޖެހިޖެހިގެން ތިން މެޗުން ބަލިވެފަ އެވެ. ޑެންމާކް އެންމެ ފަހުން ވާދަވެރި މެޗެއްގައި ބެލްޖިއަމް ބަލިކުރީ 1995 ވަނަ އަހަރު އެވެ.

މި ގްރޫޕްގެ ފަހު މެޗުގައި ބެލްޖިއަމް ކުޅޭނީ ފިންލެންޑާ އެވެ. ޑެންމާކް ނުކުންނާނީ ރަޝިއާއާ ދެކޮޅަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox