ނެދަލެންޑްސް ކުޅޭ ފޯމޭޝަނުގެ ބަހުސް "ހޫނުވެއްޖެ"

Jun 17, 2021, 10:17 AM
ނެދަލެންޑްސްގެ ކޯޗު ކޫމަން: އޭނާގެ ފޯމޭޝަނަށް ގިނަ ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައި.

ނެދަލެންޑްސްގެ ކޯޗު ކޫމަން: އޭނާގެ ފޯމޭޝަނަށް ގިނަ ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައި.

މިދިޔަ އަހަރު އެންމެ ފުރަތަމަ ޔޫރޯ ޝެޑިއުލްކުރި ގޮތަށް މުބާރާތް ކުރިއަށް ގެންދިޔަ ނަމަ ނެދަލެންޑްސްގެ ކޯޗަކަށް ހުންނާނީ ބާސެލޯނާގައި މި ވަގުތު ހުރި ކޯޗު ރޮނާލްޑް ކޫމަން އެވެ. ކޮވިޑް-19ގެ ސަބަބުން މިިދިޔަ އަހަރު ޖޫން މަހު ކުޅެން އޮތް ޔޫރޯ މި އަހަރަށް ފަސްކުރިއިރު، ނެދަލެންޑްސް ދޫކޮށް ކޫމަން ބާސެލޯނާއާ ހަވާލުވީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގަ އެވެ. ޑި ބޮއާ އެ ޓީމަށް ގެނައީ ސެޕްޓެމްބަރު މަހު އެވެ.

ޔޫރޯގައި ނެދަލެންޑްސް ކުޅުނު ފުރަތަމަ މެޗުން ވަނީ 3-2 އިން ޔޫކްރެއިން ބަލިކޮށްފަ އެވެ. އެ މެޗުގައި ފުރަތަމަ ދެ ގޯލު ޖެހީ ނެދަލެންޑްސް އިން ކަމަށް ވިޔަސް ޔޫކްރެއިން އިން ގާތްގާތުގައި ދެ ގޯލު ޖަހައި ނަތީޖާ ހަމަހަމަކުރި އެވެ. ނަދަލެންޑްސް މޮޅުވީ ފަހު ވަގުތު ގޯލު ޖަހައިގެންނެވެ.

ނެދަލެންޑްސް އިން މޮޅަކާ އެކު މުބާރާތް ފެށި ނަމަވެސް ޑި ބޮއާ ނެދަލެންޑްސް ލައްވައި ކުޅުވާ ސިސްޓަމާ މެދު ނެދަލެންޑްސް ފުޓްބޯޅައިގެ ވަރަށް ގިނަ ބަޔަކު އަންނަނީ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ. ހާއްސަކޮށް މި ފަހުން ކޫމަން ހުރިއިރު އަލުން ނެދަލެންޑްސްގެ މަޝްހޫރު "ޓޯޓަލް ފުޓްބޯލް" ގެ ސިފަތައް އެ ޓީމުން ފެނިފައި އޮއްވައި ކުއްލިއަކަށް ޑި ބޮއާ އެ ބަދަލުކުރަން އުޅޭތީ ފާޑުކިޔުންތައް މަދެއް ނުވެ އެވެ.

ނެދަލެންޑްސް ލައްވައި 4-3-3 ސިސްޓަމަށް ނުކުޅުވައި ގިނަ މެޗުތަކުގައި 5-3-2 އަށް ކުޅުވާތީ އަމާޒުވާ ފާޑުކިޔުންތަކާ ބެހޭގޮތުން ޑި ބޮއާ މުބާރާތުގެ ކުރިން ބުނީ އޭނާ އެ ޓީމު ގެންގުޅެނީ އެކި ހާލަތްތަކަށް ފިޓްވާ ގޮތަށް ކަމަށެވެ.

ފުރަތަމަ މެޗުގައި ޔޫކްރޭނާ ދެކޮޅަށް ކުޅުމުގެ ކުރިން ނެދަލެންޑްސް ޓްރެއިނިން އެއްގެ މަތިން ވަނީ އުދުހޭ ބޯޓެއްގައި މެސެޖެއް ލިޔެގެން ޑި ބޮއާ އަށް ދައްކާލައިފަ އެެވެ. އޭގެ ލިޔެފައިވަނީ 4-3-3 އަށް އެ ޓީމު ލައްވައި ކުޅުވުމަށެވެ. އެކަމަކު ޑި ބޮއާ ފުރަތަމަ މެޗުގައި ކުޅުވީ އޭނާ ބޭނުންވާ 5-3-2 އަށެވެ. އެހެންވެ، ގިނަ ބަޔަކު އަނެއްކާ ނުރުހުން ފާޅުކުރަން ފެށީ އެެވެ. އަދި ނެދަލެންޑްސްގެ ޓީވީތަކުގައި މިހާރު އެންމެ ބޮޑަށް ބަހުސްކުރެވެނީ ފޯމޭޝަނާ ގުޅޭގޮތުންނެވެ.

ސަޕޯޓަރުން ފޯމޭޝަނާ ބެހޭގޮތުން ޑި ބޮއާ އަށް މެސެޖެއް ދެނީ.

މިރޭ އޮސްޓްރިއާއާ ދެކޮޅަށް ނެދަލެންޑްސް ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޑި ބޮއާއާ ފޯމޭޝަނާ ބެހޭގޮތުން ސުވާލުކުރުމުން އޭނާ ހިތްހަަމަ ނުޖެހުނެވެ.

"މުޅި ގައުމުގެ އެކި ދިމާލުން ކުޅުންތެރިންނާއި އަހަންނާ ދިމާލަށް މި ކިޔާ ހުރިހާ އެއްޗަކުން އަހަންނަށް މުޅި ޓީމު ސަލާމަތެއް ނުކުރެވޭނެ." ޑި ބޮއާ ބުންޏެވެ.

އަހަރެމެން މި މަސައްކަތްކުރަނީ ކަމެއް ހާސިލްކޮށްދޭން މި ގައުމަށް. އަހަރެމެންނަށް ނެތް އާންމުންގެ ހިޔާލަށް ބަލައިގެން ކަމެއް ކުރެވެން - ޑި ބޮއާ

ޑި ބޮއާ ވަނީ ވަކިވަކި ކުޅުންތެރިންނާ ފޯމޭޝަނާ ބެހޭގޮތުން މީޑިއާތަކުން ސުވާލުކުރާ މައްސަލައިގައި ވެސް ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.

ނެދަލެންޑްސްގެ ފުޓްބޯޅައިގެ ތަޖުރިބާކާރުން ބުނާގޮތުގައި އަޔަކްސް އާއި ޕީއެސްވީ އެއިންދޯވަން ފަދަ ވަރުގަދަ ޓީމުތަކުން ގިނައިން 4-3-3 އަށް ކުޅުވައިގެން ކުޅުންތެރިން އަހުލުވެރިކުރަނީ އެ ގައުމުން 1980 ގެ އަހަރުތަކުގެ ތެރެއިން ފެށިގެން ކުޅެމުން އަންނަ ފުޓްބޯޅަ އަށް އަހުލުވެރިކުރާށެވެ. ނެދަލެންޑްސް ގައުމީ ޓީމާ ހަވާލުވި ކޮންމެ ކޯޗަކު ކަހަލަ ގޮތަކަށް އެ ސިސްޓަމް ދިރުވޭނެ ގޮތްތައް ހޯދައި އެ ފޯމޭޝަނަށް ބަަލައިގެން އޭގެ އަސްލު ނުގެއްލޭގޮތަށް ކުޅުވަ އެވެ. އެކަމަކު ޑި ބޮއާ ފެންނަނީ އެ ސިސްޓަމް ދޫކޮށްލާ މިސްރާބަށް ދާތަނެވެ.

ނެދަލެންޑްސް އަށް މިރޭގެ މެޗަށް ނުކުންނައިރު އޮތް އެންމެ ބޮޑު ހިތްހަމަަޖެހުމަކީ ފުރަތަމަ މެޗުގައި އުކުޅުވަޅުގެ އަނިޔާގެ މައްސަލައެއްގެ ސަބަބުން ނުފެނުނު މަތައިސް ޑި ލިޓް އަށް ކުޅެވުމެވެ. އަދި ކޮވިޑް-19 އަށް ޕޮޒިޓިވްވެގެން ނެދަލެންޑްސްގެ އެއް ވަނަ ގޯލްކީޕަރު ޔެސްޕާ ސިލިސަންގެ ބަދަލުގައި މިހާރު އެ ޓީމުގެ ގޯލު ބަލަހައްޓަމުން އަންނަ 38 އަހަރުގެ ކީޕަރު މާޓިން ސްޓެކެލެންބާގްގެ ތަޖުރިބާ މުހިއްމުކަން ޑި ބޮއާ ވަނީ ފާހަގަކޮށްފަ އެވެ.

އާނައޮޓޮވިޗްގެ ސަސްޕެންޝަނުގެ އަސަރު އޮސްޓްރިއާ އަށް ކުރާނެ

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އާދިއްތަ ދުވަހުގެރޭ ނޯތު މެސެޑޯނިއާ ކޮޅަށް ލަނޑު ޖެހުމަށް ފަހު އެ ޓީމުގެ ކުޅުންތެރިންނާ ނަަސްލީ ގޮތުން ދިމާކުރި މައްސަލައިގައި ޔުއެފާ އިން އޮސްޓްރިއާގެ ފޯވާޑް މާކޯ އާނައޮޓޮވިޗަށް ވަނީ ރޭ އަދަބުދީފަ އެވެ. އެއީ އެއް މެޗުގެ ސަސްޕެންޝަނެކެވެ. އެހެންވެ، މިރޭ ނެދަލެންޑްސްއާ ދެކޮޅަށް އޭނާ އަށް ނުކުޅެވޭނެ އެވެ.

އޮސްޓްރިއާގެ ކޯޗު ފްރާންކޯ ފޯޑާ ބުނީ މުބާރާތަށް ތައްޔާރުވަމުން އައިއިރު ޕްލޭން ހެދީ އާނައޮޓޮވިޗްގެ އަނިޔާގެ ކަންތައް ހުރި ގޮތުން ނޯތު މެސެޑޯނިއާ މެޗަށް އާނައޮޓޮވިޗް ބަދަލު ކުޅުންތެރިއެއްގެ ގޮތަށް ބޭނުންކޮށްފައި ދެ ވަނަ މެޗުގައި ނެދަލެންޑްސް ކޮޅަށް ފުރަތަމަ އެގާރައިގައި ބޭނުން ކުރުމަށެވެ. އާނައޮޓޮވިޗް ވަނީ ނޯތު މެސެޑޯނިއާ ކޮޅަށް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރައި ގޯލު ޖަހައިފަ އެވެ. އެކަމަކު ފަހުން ދިމާވި ކަންތައްތަކާ ހުރެ ސަސްޕެންޑްވެ ނެދަލެންޑްސް މެޗު ގެއްލުނީ އެވެ.

"މިހާރު ފުރަތަމަ ޕްލޭން ކުރި ގޮތަށް (އާނައޮޓޮވިޗް ލައިގެން) ނެތް ވާކަށް. ދެން މީގެ ޖެހޭނީ ތަފާތު ގޮތްތަކެއް ރާވަން،" ފޯޑާ ބުންޏެވެ.

ނޯތު މެސެޑޯނިއާ ކޮޅަށް އޮސްޓްރިއާ އިން ހޯދީ މި މުބާރާތުގެ ތާރީހުގައި އެ ޓީމުގެ ފުރަތަަމަ މޮޅެވެ. މިރޭ ނެދަލެންޑްސް އަތުން މޮޅުވެގެން އޮސްޓްރިއާ އަށް މުބާރާތުގެ ދެ ވަނަ ބުރުގެ ޖާގަައެއް ކަށަވަރުކުރެވޭނެ އެވެ. މޮޅުވެއްޖެނަމަ ދެ ވަނަ ބުރުގެ ޖާގަ ހޯދުމުގެ ފުރުސަތު ނެދަލެންޑްސް އަށް ވެސް އެބައޮތެވެ.

ނެދަލެންޑްސް އިން މިހާރު 5-3-2 އަށް ކުޅޭތީ އޭގެ ތަފާތު ތަކެއް އެބަހުރި ކަމަށާއި އޮސްޓްރިއާ އިން ފުރުސަތުތަކުގެ ބޭނުން ހިފައިފިނަމަ މިއީ މޮޅުވެވޭނެ މެޗެއް ކަމަށް ފޯޑާ ގަބޫލުކުރެ އެވެ.

ނެދަލެންޑްސް އިން ވަނީ އޮސްޓްރިއާއާ ދެކޮޅަށް އެންމެ ފަހުން ކުޅުނު ހަ މެޗުން ވެސް މޮޅުވެފަ އެވެ. އޮސްޓްރިއާ އިން ނެދަލެންޑްސް އަތުން އެންމެ ފަހުން މޮޅުވީ 1990 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ކުރިން ކުޅުނު އެކުވެރިކަމުގެ މެޗަކުންނެެވެ.

މި މެޗު ނެދަލެންޑްސްގެ އާމްސްޓެޑާމްގައި ކުޅޭއިރު އޮސްޓްރިއާ އިން ވަނީ ނެދަލެންޑްސްގައި އެ ގައުމާ ދެކޮޅަށް ކުޅުނު އަށް މެޗުގައި ވެސް ގޯލު ޖަހައިފަ އެވެ. އެކަމަކު މޮޅުވީ އެންމެ މެޗަކުންނެވެ. އެންމެ ފަހުން ނެދަލެންޑްސް އިން މެޗެއްގެ ފުރަތަމަ ލަނޑު ޖެހި 21 މެޗުން ވެސް ވަނީ މޮޅުވެފަ އެވެ.

ޔޯހަން ކްރައިފް އެރީނާގައި ގާތްގަނޑަކަށް 15،000 ސަޕޯޓަރުން ކުރިމަތީގައި އޮސްޓްރިއާއާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 00:00 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox