ކޮވިޑަށް ފަރުވާ ކުރުމުގައި އާތުރައިޓިސް ބޭސް ކާމިޔާބު: ދިރާސާ

އާތުރައިޓިސްއަށް ބޭނުން ކުރާ ޓޮފަސިނިޓިބް ބޭސް ވަނީ ކޮވިޑުގައި ހާލު ދެރަވާ މީހުންނަށް ކާމިޔާބުކަމާއެކު ބޭނުންކޮށްފައި. -- ފޮޓޯ: ރިޔުމް ނައު

އާތުރައިޓިސްއަށް ބޭނުން ކުރާ ޓޮފަސިނިޓިބް ބޭސް ވަނީ ކޮވިޑުގައި ހާލު ދެރަވާ މީހުންނަށް ކާމިޔާބުކަމާއެކު ބޭނުންކޮށްފައި. -- ފޮޓޯ: ރިޔުމް ނައު

ވޮޝިންޓަން، އެމެރިކާ (ޖޫން 17) - އާތުރައިޓިސް ނުވަތަ ރާއްޖެ ބައްޔަށް ބޭނުން ކުރާ ބޭހެއް ކޮވިޑް ބަލީގައި ހާލު ގޯސްވެ، އެޑްމިޓް ކުރަން ޖެހުނު މީހުންގެ މެދުގައި ބޭނުން ކުރުމުން ހާލު ރަނގަޅުވާ ކަމަށް ނިއު އިންގްލެންޑް ޖާނަލް އޮފް މެޑިސިންގައި ޝާއިއުކުރި ދިރާސާއަކުން ދައްކައިފި އެވެ.

ޓޮފަސިޓިނިބް ބޭހަކީ އޯރަލް ނުވަތަ ކާން ޖެހޭ ބޭހެކެވެ. ޒެލްޖާންގް ފަދަ ގިނަ ބްރޭންޑް ނަންތަކެއްގައި މި ބޭސް ވިއްކާއިރު، ބްރެޒިލްގެ 15 ސަރަހައްދެއްގައި ކޮވިޑުގައި ހާލު ސީރިއަސްވި 289 މީހަކަށް މި ބޭސް ދީގެން ޓެސްޓުތައް ހަދާފައި ވެ އެވެ.

ދިރާސާގައި ބައިވެރިވި މީހުންގެ ދެބައިކޮށްފައި އެއްބައި މީހުންނަށް އެ ބޭހުގެ 10 މިލިގްރާމް ދުވާލަކު ދެ ފަހަރު ދިނެވެ. ބާކީ ތިބި މީހުންނަށް އެ ބޭސް ދީފައެއް ނުވެ އެވެ.

ބޭސް ބޭނުން ކުރި މީހުންގެ ތެރެއިން 28 ދުވަސް ފަހުން ހާލު ގޯސްވީ 18.1 ޕަސެންޓު މީހުންނެވެ. އަދި ބޭސް ބޭނުން ނުކުރާ މީހުންގެ ތެރެއިން 29 ޕަސެންޓު ހާލު އިތުރަށް ގޯސްވި އެވެ. އެހެންކަމުން މި ބޭސް ބޭނުން ކުރުމުން ބަލީގައި މަރުވުމުގެ ނުރައްކާ 63 ޕަސެންޓު ކުޑަކޮށްދެ އެވެ.

އެ މީހުންގެ ތެރެއިން މަރުގެ ރޭޓް ހުރި ގޮތަށް ބަލާއިރު، ބޭސް ބޭނުން ކުރި ގްރޫޕުން މަރުވީ 2.8 ޕަސެންޓެވެ. އަދި ބޭސް ބޭނުން ނުކުރާ މީހުންގެ ތެރެއިން 5.5 ޕަސެންޓު މަރުވި އެވެ.

ނަމަވެސް ބޭސް ބޭނުން ނުކުރާ ގްރޫޕުގެ 12 ޕަސެންޓާ އަޅާ ބަލާއިރު، ބޭނުން ކުރި ގްރޫޕުގައި 14.1 ޕަސެންޓަށް ސީރިއަސް ސައިޑް އިފެކްޓު ދިމާވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox