ޗައިނާގެ އެސްޓްރޮނޯޓުން ކާމިޔާބުކަމާއެކު ޖައްވަށް

ޗައިނާގެ ޝެންޒައު-12 ރޮކެޓު ޖައްވަށް ދިޔުމަށް ދުނިޔޭގެ ބިމުން މިއަދު ހެނދުނު ނައްޓާލަނީ.-- ފޮޓޯ: އޭއެފްޕީ/ ގްރެގް ބޭކާ

ޗައިނާގެ ޝެންޒައު-12 ރޮކެޓު ޖައްވަށް ދިޔުމަށް ދުނިޔޭގެ ބިމުން މިއަދު ހެނދުނު ނައްޓާލަނީ.-- ފޮޓޯ: އޭއެފްޕީ/ ގްރެގް ބޭކާ

ޖިއުކުއާން، ޗައިނާ (ޖޫން 17) - ޗައިނާއިން މުޅިން އަލަށް ގާއިމްކުރާ ޖައްވީ ސްޓޭޝަނުގައި މަސައްކަތް ކުރަން ކަނޑައަޅާފައިވާ އެސްޓްރޮނޯޓުން ގޮވައިގެން މިއަދު ހެނދުނު ކާމިޔާބުކަމާއެކު ޖައްވަށް ދަތުރުފަށައިފި އެވެ.

ޓިއަންގޮންގް ސްޓޭޝަނުން ލޯންގް މާޗް-2އެފް ރޮކެޓެއްގައި ތިން އެސްޓްރޮނޯޓުން ޖައްވަށް ދަތުރު ފެށިއިރު، އެ މީހުން ތިން މަސް ޖައްވުގައި ހޭދަ ކުރާނެ އެވެ. މިއީ ޗައިނާގެ އެސްޓްރޮނޯޓުން ޖައްވުގައި އެންމެ ގިނަ ދުވަސް ހޭދަކުރާ މިޝަން އެވެ.

ހުޅަނގު އުތުރު ޗައިނާގެ ގޯބީ ސަހަރާގައި ހުންނަ ޖިއުކުއާން ލޯންޗް ސެންޓަރުން ރޮކެޓު ނައްޓާލިއިރު، އެ މަންޒަރުތައް ވަގުތުން ޓީވީން ދައްކަމުން ދިޔަ އެވެ. ގާތްގަނޑަކަށް 10 މިނެޓުގެ ދަތުރަކަށް ފަހު އެ އުޅަނދު ވަނީ މިހާރު ޖައްވަށް ފޯރާފަ އެވެ.

ޗައިނާގެ ދައުލަތުގެ ޓީވީ، ސީސީޓީވީން ވަނީ އުޅަނދުގެ ތެރޭގައި ތިން އެސްޓްރޮނޯޓުން އުޅެމުން ދިޔަ ގޮތުގެ ލައިވް ފީޑް ދުނިޔޭގައި ތިބި ބެލުންތެރިންނާ ހަމައަށް ގެނެސްދީފަ އެވެ. އުޅަނދުގެ ބޭރުގައި ހަރުކޮށްފައިވާ ކެމެރާއިން ދިޔެއީ ދުނިޔެ ފެންނަން އޮތް ގޮތުގެ މަންޒަރުތައް ވެސް ދައްކަމުންނެވެ.

ބެއިޖިންގެ އެއިރޮސްޕޭސް ކޮންޓްރޯލް ސެންޓަރުން ބުނީ ރޮކެޓުގައިވާ ޝެންޒައު-12 ޖައްވީ އުޅަނދު ކާމިޔާބުކަމާއެކު ޖައްވަށް ގޮސް، އެއަށް ހަކަތަ އުފައްދަން ބޭނުން ކުރާ ސޯލާ ޕެނެލްތައް ހުޅުވާލައިގެން ބޭނުން ކުރަން ފަށާފައިވާ ކަމަށެވެ.

ޗައިނާގެ ތިން އެސްޓްރޮނޯޓުން ސަޕޯޓަރުންނާ ބައްދަލުކުރަނީ.-- ފޮޓޯ: އޭއެފްޕީ/ ގްރެގް ބޭކާ
ޗައިނާގެ ތިން އެސްޓްރޮނޯޓުން ސަޕޯޓަރުންނާ ބައްދަލުކުރަނީ.-- ފޮޓޯ: އޭއެފްޕީ/ ގްރެގް ބޭކާ

ޗައިނާގެ ތިން އެސްޓްރޮނޯޓުން ސަޕޯޓަރުންނާ ބައްދަލުކުރަނީ.-- ފޮޓޯ: އޭއެފްޕީ/ ގްރެގް ބޭކާ

ދަތުރު ފެށުމުގެ ކުރިން އެސްޓްރޮނޯޓުން ވަނީ ސްޕޭސް ސޫޓުގައި ތިބެ ސަޕޯޓަރުންނާއި މިޝަންގެ މަސައްކަތުގައި އުޅޭ އެހެން ސްޓާފުންނާ ބައްދަލުކޮށް ހަދާފަ އެވެ. އެ މީހުން ވަނީ ކޮމިއުނިސްޓް ޗައިނާގެ ކުރިއެރުމާ ގުޅޭ ގައުމީ ލަވަތައް ކިޔައި ހަދާފަ އެވެ.

މިޝަންގެ ކޮމާންޑަރަކީ ނީ ހައިޝެންގް އެވެ. އޭނާއަކީ ޕީޕަލްސް ލިބަރޭޝަން އާމީގެ އެއާފޯސް ޕައިލެޓެކެވެ. މީގެ ކުރިން ދެ ޖައްވީ މިޝަނެއްގައި އޭނާ ބައިވެރިވެފައި ވެ އެވެ. އަނެއް ދެ އެސްޓްރޮނޯޓުންނަކީ ވެސް ޗައިނާގެ ދެ ސިފައިންނެވެ.

މިދިޔަ އޭޕްރިލް މަހު ޗައިނާއިން ވަނީ އެ ގައުމުގެ ޖައްވީ ސްޓޭޝަނަށް ބޭނުންވާ އެއް ބައި ޖައްވަށް ފޮނުވާފަ އެވެ. ޝެންޒައު އުޅަނދުން އެ ސްޓޭޝަން ފުރިހަމަ ކުރަން ހަރު ކުރަން ޖެހޭ ބައިތަކުގެ މަސައްކަތް ކުރާނެ އެވެ.

މިއީ ގާތްގަނޑަކަށް ފަސް އަހަރު ފަހުން އެސްޓްރޮނޯޓުން ގޮވައިގެން ޗައިނާއިން ޖައްވަށް ކުރި ފުރަތަމަ ދަތުރެވެ. ޗައިނާ މޭންޑް ސްޕޭސް ޕްރޮގްރާމުން ބުނީ އެސްޓްރޮނޯޓުން އުޅަނދުން ބޭރުގައި ޖައްވުގައި ދެ ފަހަރެއްގެ މަތިން ޖުމްލަ 14 ވަރަކަށް ގަޑިއިރު އުޅެން ޖެހޭނެ ކަމަށެވެ.

ޗައިނާގެ ސްޕޭސް އޭޖެންސީން ރާވާފައިވަނީ އަންނަ އަހަރު ނިމުމުގެ ކުރިން 11 ފަހަރެއްގެ މަތިން ޖައްވީ ދަތުރުތައް ކުރުމަށެވެ. އޭގެ ތެރޭގައި އެސްޓްރޮނޯޓުން ގޮވައިގެން ކުރާ އިތުރު ތިން ދަތުރު ވެސް ހިމެނެ އެވެ. އެ ހުރިހާ ދަތުރެއްގެ އަމާޒަކީ ވެސް ޖައްވީ ސްޓޭޝަން ފުރިހަމަ ކުރުމެވެ.

އެމެރިކާ އާއި ރަޝިއާ، ކެނެޑާ، ޔޫރަޕް އަދި ޖަޕާނުން ޖައްވުގައި ބޭނުން ކުރާ ބައިނަލްއަގްވާމީ ޖައްވީ ސްޓޭޝަން ބޭނުން ކުރުމުގެ ހުއްދަ ޗައިނާއަކަށް ނޯވެ އެވެ. އެހެންވެ ޗައިނާއިން މަސައްކަތް ކުރަނީ އަމިއްލަ ޖައްވީ ސްޓޭޝަން ފުރިހަމަ ކުރުމަށެވެ.

ޗައިނާގެ ޓިއަންގޮންގްއަކީ އައިއެސްއެސް އަށް ވުރެ ކުޑަ ސްޓޭޝަނެއް ނަމަވެސް، 10 އަހަރު ވަންދެން އެ ސްޓޭޝަން ބޭނުން ކުރެވޭނެ އެވެ. އެ ސްޓޭޝަން އެހެން ގައުމުތަކަށް ބޭނުން ކުރުމުގެ ފުރުސަތު ދޭނެ ކަމަށް ޗައިނާއިން ބުނެފައި ވެ އެވެ. ނަމަވެސް އެކަމުގެ ތަފްސީލް އަދި ހާމައެއް ނުކުރެ އެވެ.

ޖައްވީ ސްޓޭޝަން ގާއިމް ކުރުމުގެ އިތުރުން ހަނދާއި މާސްއަށް އިންސާނުން ފޮނުވުމުގެ މަސައްކަތް ޗައިނާއިން ދަނީ ކުރަމުންނެވެ. އޭގެ އިތުރުން ދުނިޔޭގެ އެންމެ ބޮޑު ރޭޑިއޯ ޓެލެސްކޯޕް ހެދުމުގެ މަސައްކަތް ވެސް އެ ގައުމުގައި ދަނީ ކުރަމުންނެވެ.

ޗައިނާއިން ވަނީ ރަޝިއާއާ ގުޅިގެން ހަނދު ކައިރީގައި "ލޫނާ" ޖައްވީ ސްޓޭޝަނެއް ގާއިމް ކުރަން ވެސް ނިންމާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޑިމޮކްރެޓް އޮފިޝަލަކު ރިޕަބްލިކަން ކެންޑިޑޭޓަށް ތާއީދުކޮށްފި

މިޝިގަންގެ ސެނެޓް އިންތިޚާބަށް ދެ ދުވަހަށް ވެފައި ވަނިކޮށް، ޑިމޮކްރެޓިކް ޕާޓީގެ އިސް މެންބަރު ހޭލީ ސްޓީވަންސް ވަނީ އަމިއްލަ ޕާޓީގެ ކެންޑިޑޭޓާ އުފެދުނު ޚިޔާލުތަފާތުވުންތަކާ ހުރެ ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއަށް ތާއީދުކުރަން ނިންމާފައެވެ. ސްޓީވަންސްގެ މި ކުއްލި ނިންމުމާ ގުޅިގެން ޑިމޮކްރެޓިކް ޕާޓީގެ ތެރޭގައި ބޮޑު ސިހުމެއް އުފެދިފައިވާއިރު، ބައެއް މެންބަރުން މިކަން ސިފަކުރަނީ ޕާޓީއަށް ވީ ބޮޑު ޚިޔާނާތެއްގެ ގޮތުގައެވެ.

އިންތިހާބު ވަގަށް ނެގީ ގަތަރުން ރާވައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބަށް ބޭރުގެ ނުފޫޒު ފޯރުވި ކަމަށް ބުނެ ނަތަންޔާހޫގެ ޕާޓީން ކުރާ ތުހުމަތުތަކުން އިންތިޚާބުގެ ނަތީޖާއަށް ބަދަލެއް ނާންނާނެ ކަމަށް އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. ނަތަންޔާހޫގެ ޕާޓީން ގަތަރާއި އަރަބި ޕާޓީތަކަށް ވޯޓު އޮޅުވާލުމުގެ ތުހުމަތު ކުރާއިރު، ގަތަރާއި އަރަބި ލީޑަރުން ވަނީ އެ ވާހަކަތައް ދޮގުކޮށް އެއީ ސިޔާސީ ނުފޫޒު ފޯރުވުމެއް ކަމަށް ބުނެފައެވެ.

ވޯލް ސްޓްރީޓް ޖާނަލްއާ ދެކޮޅަށް ހުށަހެޅި ދައުވާ ބޭރުކޮށްފި

ޖެފްރީ އެޕްސްޓީންއާ ގުޅުވައި ވޯލް ސްޓްރީޓް ޖާނަލްއިން ޝާއިއުކުރި ރިޕޯޓަކާ ގުޅިގެން ޓްރަމްޕް ހުށަހެޅުއްވި 10 ބިލިއަން ޑޮލަރުގެ އަބުރުގެ ދައުވާ އެމެރިކާގެ ކޯޓަކުން ބޭރުކޮށްލައިފިއެވެ. ފަނޑިޔާރު މި މައްސަލަ ބޭރުކޮށްލެއްވީ ނޫސްވެރިކަމުގެ މިނިވަންކަމާ ފުށުއަރާ ކަމަށް ނިންމަވައި، ދެން ދުވަހަކުވެސް މި މައްސަލަ ހުށަނޭޅޭނެ ގޮތަށެވެ.

ޕަލެސްޓައިން އެކްޝަންއަށް ތާއީދުކޮށް އެއްވި 300 މީހުން ހައްޔަރު

ލަންޑަނުގައި ހުންނަ އެމެރިކާ އެމްބަސީ ކައިރީގައި، މަނާކޮށްފައިވާ "ޕަލެސްޓައިން އެކްޝަން" ގްރޫޕަށް ތާއީދުކޮށް މުޒާހަރާކުރި 300 އަށްވުރެ ގިނަ މީހުން ޓެރަރިޒަމްގެ ގާނޫނުގެ ދަށުން އިނގިރޭސި ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި ޖަމާއަތް މަނާކުރި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުގެ ފުރުސަތު ލިބިފައިވާއިރު، އެމްނެސްޓީ އިންޓަނޭޝަނަލް އިން ވަނީ މި ހައްޔަރުކުރުންތަކަށް ފާޑުކިޔައި އެ ގްރޫޕް މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ގޮވާލާފައެވެ.

ގަލްފު ސަރަހައްދުގައި ގަތަރުގެ ތެޔޮ ބޯޓަކަށް ހަމަލާ ދީފި

ގަލްފު ސަރަހައްދުން ދަތުރުކުރި ގަތަރުގެ "އަލް މައިދާ" ނަމަކަށް ކިޔާ ގޭސް ބޯޓަކަށް ހަމަލާއެއް ދީފި އެވެ. މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ އިރު، ބޯޓުގެ އޮޕަރޭޝަންތައް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް ގަތަރު ގޭސް ޓްރާންސްޕޯޓް ކޮމްޕެނީން ބުނެއެވެ. މިއީ އީރާނާއި އެމެރިކާ އަދި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ވިޔަފާރި އުޅަނދުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ތެރެއިން ހިނގި ހާދިސާއެކެވެ.

އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް"ގެ ކަންބޮޑުވުން

އިތުބާރު ހުރި ސަޕްލައި ޗެއިންތަކެއް ބިނާކުރުމަށާއި، މާކެޓް އުސޫލުތަކާ ޚިލާފަށް ކުރިމަތިވާ އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް" އިއްތިހާދުގެ ގައުމުތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މި ބައްދަލުވުމުގައި މިނިވަން އިންޑޯ-ޕެސިފިކް ސަރަހައްދަކަށް ތާއީދުކޮށް، އެ ސަރަހައްދުގެ އޭއައި ޓެކްނޮލޮޖީ ކުރިއެރުވުމަށް 85 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވަނީ އެއްބަސްވެފައެވެ.

ކޮޕް17 ގައި އެއްބަސްވުމަކާ ހަމައަށް، ފައިސާގެ މައްސަލަ ބޮޑު

އަރްމީނިއާގައި ބޭއްވި ކޮޕް17 ކޮންފަރެންސްގައި ދުނިޔޭގެ ދިރުންތަކުގެ ނަސްލު ހިމާޔަތްކުރުމުގެ މަސައްކަތް ވަރުގަދަކުރުމަށް "ޔެރެވަން ޕާތުވޭ" ގެ ނަމުގައި އެއްބަސްވުމެއް އެކުލަވާލައިފިއެވެ. ނަމަވެސް، މި މަސައްކަތްތަކަށް ބޭނުންވާ ފައިސާ ހޯދާނެ ގޮތަކާ މެދު ގައުމުތަކުގެ މެދުގައި އަދިވެސް ވަނީ ގޮތެއް ނުނިންމި ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

Newsletter

Get the latest news delivered straight to your inbox