ޖަޕާނުން ބޭރަށް ދަތުރުކުރުމަށް ވެކްސިން ޕާސްޕޯޓް ދޫކުރަނީ

ޖަޕާނުން ނިންމާފައިވަނީ ގައުމުން ބޭރަށް ދަތުރު ކުރާ މީހުންނަށް ވެކްސިން ޕާސްޕޯޓް ދޫކުރަން.--

ޖަޕާނުން ނިންމާފައިވަނީ ގައުމުން ބޭރަށް ދަތުރު ކުރާ މީހުންނަށް ވެކްސިން ޕާސްޕޯޓް ދޫކުރަން.--

ޓޯކިޔޯ، ޖަޕާން (ޖޫން 17) - އަންނަ މަހުން ފެށިގެން ގައުމުން ބޭރަށް ދަތުރު ކުރާ ރައްޔިތުންނަށް ވެކްސިން ޕާސްޕޯޓެއް ދޫކުރަން ފަށާނެ ކަމަށް ޖަޕާނުން ބުނެފި އެވެ.

ކޮވިޑުގެ ބަލިމަޑުކަމާ ހެދި ފަތުރުވެރިކަމާއި ދަތުރުފަތުރަށް އަސަރުކޮށްފައި ވާއިރު، ގައުމުތަކުން ދަނީ އަލުން އެ ސިނާއަތްތަށް ކުރިއަށް ގެންދެވޭނެ ގޮތްތައް ބަލަމުންނެވެ.

"އަޅުގަނޑުމެން ތައްޔާރުވަމުން މި ދަނީ ވެކްސިން ޖެހި ކަމުގެ ލިޔުން ބޭނުންވާ މީހުން އެހެން ގައުމުތަކަށް ދަތުރު ކުރާއިރު، އެފަދަ ލިޔުމެއް ދޫކުރަން ތައްޔާރުވަމުން،" ސަރުކާރުގެ ތަރުޖަމާނު ކަޓްސުނޯބޫ ކާޓޯ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޑިޖިޓަލް ސެޓްފިކެޓެއްގެ ބަދަލުގައި ދޫކުރާނީ ކަރުދާސް ސެޓްފިކެޓެއް ކަމަށާއި އަންނަ މަހުން ފެށިގެން ލޯކަލް ކައުންސިލްތަކުން އެ ލިޔުން ލިބޭނެ ކަމަށެވެ.

ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ވެސް ދަނީ މި ހޫނު މޫސުމުގެ ތެރޭގައި ޑިޖިޓަލް ވެކްސިން ޕާސްޕޯޓެއް ބޭނުން ކުރަން ފެށުމަށް ތައްޔާރުވަމުންނެވެ.

އީޔޫއިން ދޫކުރާ ސެޓްފިކެޓުގައި ވެކްސިން ޖަހާފައިވޭތޯ އާއި ކޮވިޑު ޖެހިގެން ބަލިވިތޯ އާއި ނެގެޓިވް ނަތީޖާއެއް ލިބިފައިވޭތޯ އަދި ބަލިން ރަނގަޅުވެފައިވޭތޯ ފަދަ މައުލޫމާތު ހިމެނޭނެ އެވެ.

މިދިޔަ މަހު އެމެރިކާއިން ވެސް ބުނީ ގައުމުން ބޭރަށް ދަތުރު ކުރާ ވެކްސިން ޖަހާފައިވާ ރައްޔިތުންނަށް ހާއްސަ ލިޔުމެއް ދޭން ވިސްނަމުންދާ ކަމަށެވެ.

ނަމަވެސް ފްލޯރިޑާ އާއި ޓެކްސަސް ފަދަ ސްޓޭޓުތަކުން އެ ވިސްނުމާ ދެކޮޅެވެ. އެ ސްޓޭޓުތަކުން ދެކޭ ގޮތުގައި އެފަދަ ލިޔުމެއް ދޫކުރުމުގެ ސަބަބުން ރައްޔިތުންގެ އަސާސީ ހައްގަށް އުނިކަން ލިބޭނެ އެވެ.

ޖަޕާނުގެ ކުންފުނިތަކުން ތިބީ ވެކްސިން ޖަހާފައިވާކަން އަންގައިދޭ ލިޔުމެއް ދޫކުރާނެ އިރަކަށް މަޑުކޮށްގެންނެވެ. އެއީ އޭގެ ސަބަބުން މުހިއްމު ވިޔަފާރި ދަތުރުތައް އަލުން ފެށޭނެތީ އެވެ.

ޖަޕާނުގެ ވެކްސިން ޕްރޮގްރާމް ފެށީ މަޑު ދުވެއްޔެއްގައި ނަމަވެސް މިހާރު ވަނީ ދުވެލި ބާރު ކުރަން މަސައްކަތް ފަށާފަ އެވެ. މިހާތަނަށް ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފައި ވަނީ އެ ގައުމުގެ އާބާދީގެ ހަ ޕަސެންޓެވެ.

ޖަޕާނުގެ ބޯޑަރުތައް މި ވަގުތު ހުރީ ބޭރު ގައުމުތަކުގެ މީހުންނަށް ބަންދުކޮށްފަ އެވެ. ނަމަވެސް ޖުލައި 23 ގައި ޓޯކިޔޯގައި ފަށާ އޮލިމްޕިކް ގޭމްސްއަށް ލުއިތަކެއް ދިނުމަށް ހަމަޖެހިފައި ވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox