ފިންލެންޑް ބަލިކޮށް ރަޝިއާ އަަށް އުއްމީދެއް

Jun 16, 2021, 2:58 PM
ލަނޑު ޖެހުމަށް ފަހު ރަޝިއާގެ މިރަންޗުކް އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ލަނޑު ޖެހުމަށް ފަހު ރަޝިއާގެ މިރަންޗުކް އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ޕީޓާސްބާގް (ޖޫން 16) - ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ 1-0 އިން ފިންލެންޑް އަތުން މޮޅުވެ، ރަޝިއާ އިން މުބާރާތުގެ ދެ ވަނަ ބުރުން ފުރުސަތު ހޯދުމުގެ އުއްމީދު އާކޮށްފި އެވެ.

މިއީ ޔޫރޯގައި އެންމެ ފަހުން ރަޝިއާ ކުޅުނު ހަތް މެޗުގެ ތެރެއިން ލިބުނު ފުރަަތަަމަ މޮޅެވެ. އެންމެ ފަހުން އެ ޓީމު ކުޅުނު ތިން މެޗުން ވަނީ ބަލިވެފަ އެވެ. އެ މެޗުތަކުގެ ތެރޭގައި މި ފަހަރުގެ މުބާރާތުގައި ރަޝިއާ ކުޅުނު ފުރަތަމަ މެޗުގައި ބެލްޖިއަމް އަތުންވި ބަލި ހިމެެނެ އެވެ.

ގްރޫޕް ބީގެ އެއް ވަަނައިގައި އޮތް ބެލްޖިއަމާއި ދެ ވަނައިގައި އޮތް ރަޝިއާ އަދި ތިން ވަނައިގައި އޮތް ފިންލެންޑްގެ އޮތީ ތިން ޕޮއިންޓެވެ. ގަދަ ތިން ޓީމުގެ ތެރެއިން ބެލްޖިއަމް އެއްް މެޗު ކުޅެފައިވާއިރު، ރަޝިއާ އާއި ފިންލެންޑް ވަނީ ދެ މެޗު ކުޅެފަ އެވެ. އެންމެ ފުލުގައި ޕޮއިންޓެއް ނުލިބި އޮތް ޑެންމާކް އަދި ކުޅުނީ އެންމެ މެޗެކެވެ. މި ގްރޫޕްގެ ދެން އޮތް މެޗުގައި މާދަމާރޭ ބެލްޖިއަމުން ޑެންމާކާ ބައްދަލު ކުރާނެ އެވެ.

ރަޝިއާގެ ކްރެސްޓޯވްސްކީ ސްޓޭޑިއަމްގައި މިރޭ 26،000 އެއްހާ މީހުން ކުރިމަތީގައި ކުޅުނު މިރޭގެ މެޗުގައި ފުރަަތަމަ ގޯލެއް ޖެހީ ފިންލެންޑުންނެވެ. ހަތަރު ވަނަ މިނިޓްގައި ފިންލެންޑްގެ ޔޮއެލް ޕޮޔަންޕާލޯ ބޮލުން ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ކަނަށެވެ. އޭނާ އަކީ ޑެންމާކު އަތުން ފިންލެންޑް މޮޅުކޮށްދިން ގޯލު ޖެހި ކުޅުންތެރިޔާ އެެވެ. އެކަމަކު މިރޭ ރަޝިއާ ކޮޅަށް އޭނާ ޖެހި ގޯލު ރެފްރީ ނިންމީ އޮފްސައިޑް ކަމަށެވެ. އެއީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު އެވެ.

އޭގެ ފަހުން ރަޝިއާ އިން ކުރިއަށް ޖެހިގެން ގިނަ އެޓޭކްތަކެއް ކުރި އެވެ. ރަޝިއާގެ ކެޕްޓަން އާޓެމް ޒޫބާ ޖެހި ބޯޅައެއް ވަނީ ދަނޑިއަށް އަމާޒުވެފަ އެެވެ. ފަހުން މެޗުގެ 30 ވަަނަ މިނިޓްގައި ފިންލެންޑް އޭރިއާ ތެރެއިން ޒޫބާ އަށް ލިބުނު ބޯޅައެއް ރަނގަޅަށް ބޭނުމެއް ނުކުރެވުނެވެ.

ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ރަޝިއާ އަށް މެޗުގައި ޖަހައިދިން ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ އަލެކްސޭ މިރަންޗުކް އެވެ. ފުރަތަަމަ ހާފުގެ އިތުރު ވަގުތުގެ ދެ ވަނަ މިނިޓްގައި ޒުބާ އާއި ވަން-ޓޫ އެއް ޖެހުމަށް ފަހު މިރަންޗުކް ވަނީ ގޯލުގެ މަތީ ކަނަށް ބޯޅަ އަމާޒުކޮށްލައިފަ އެެވެ.

ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ފަސް މިނިޓް ތެރޭ ފިންލެންޑްގެ ޓީމޫ ޕޫކީ އަށް ލަނޑެއް ޖަަހަން ރަނގަޅު ފުރުސަތެއް ލިބުނެވެ. އޭނާ ފޮނުވާލި ބޯޅަ ރަަޝިއާގެ ޑިފެންޑަރު އީގޯ ޑިވިއޭވް ވަނީ ބްލޮކްކޮށްފަ އެވެ. އޭގެ ފަހުން ޕޫކީ ޖެހި ޝޮޓް އަމާޒުވީ ރަަޝިއާގެ ކީޕަރު މަޓްވޭ ސަފޯނޯވް އަތަށެވެ.

މި މެޗުގައި ރަނގަޅަށް ކުޅުނު ރަޝިއާގެ އަލެކްސަންޑާ ގޮލޮވީން ޖެހި ދެ ޝޮޓެއް ދިޔައީ ގޯލާ ސީދާނުވެ އެވެ.

މެޗުގެ 71 ވަަނަ މިނިޓްގައި ރަޝިއާގެ ޑެލާ ކުޒްޔާޔޭވް އޭރިއާ ތެރެއިން ފޮނުވާލި ބޯޅަ ފިންލެންޑްގެ ގޯލްކީޕަރު ލޫކަސް ރަޑޭޗީ ވަނީ މަތަކޮށްފަ އެވެ. އޭގެ ފަހުން ވެސް ނަތީޖާ ހަމަހަމަ ކުރަން ފިންލެންޑުން ފޮނުވާލި ހަމަލާތައް ގޯލަކަށް ހަދައިނުލެވުނެވެ.

މިހާތަނަށް ރަޝިއާއާ ދެކޮޅަށް ކުޅުނު ފަސް މެޗުން ވެސް ފިންލެންޑަށް މޮޅެއް ލިބިފައި ނުވެ އެވެ. މިރޭގެ މެޗުން މޮޅުވެގެން ފިންލެންޑަށް ނޮކައުޓް ބުރުގެ ޖާގަ ހޯދުމުގެ ފުރުސަތު އޮތެވެ. އެކަމަކު ބަލިވުމުން ޖެހުނީ އިތުރު އިންތިޒާރެއް ކުރާށެވެ. ފިންލެންޑް ފަހު މެޗުގައި ކުޅޭނީ ބެލްޖިއަމްއާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox