އިންޑިއާގައި ފިޔަވަޅުތަކަށް ލުއި ދޭން ފެށުމާއެކު ތާޖް މަހަލް ހުޅުވާލައިފި

ތާޖް މަހަލް ޑިސްއިންފެކްޓް ކުރަނީ.-- ފޮޓޯ: އޭއެންއައި

ތާޖް މަހަލް ޑިސްއިންފެކްޓް ކުރަނީ.-- ފޮޓޯ: އޭއެންއައި

އާގްރާ، އިންޑިއާ (ޖޫން 16) - ކޮވިޑުގެ ދެ ވަނަ ރާޅުގައި ހާލަތު ގޯސްވި އިންޑިއާގައި ކޭސްތައް މަދުވަމުން ދާތީ ލުއި ދޭން ފަށާފައި ވާއިރު، މިއަދުން ފެށިގެން ތާޖް މަހަލް އާއްމުންނަށް ހުޅުވާލަން ނިންމައިފި އެވެ.

މިދިޔަ އޭޕްރިލް އަދި މޭ މަހު އިންޑިއާގެ ކޮވިޑް ކޭސްތަކާއި އަދަދުތައް ރިކޯޑް މިންވަރަށް މައްޗަށް އެރި އެވެ. އެހެންވެ ބައެއް ސްޓޭޓުތައް ވަނީ ލޮކްޑައުންކޮށްފަ އެވެ.

ނަމަވެސް ފާއިތުވި ހަފްތާތަކުގައި އަދަދު ތިރިވާން ފަށާފައި ވާތީ ބޮޑެތި ސިޓީތަކުން އަންނަނީ ލުއިދެމުންނެވެ. އެގޮތުން ނިއު ދިއްލީ އާއި މުމްބާއީގައި މިހާރު ވެސް ވަނީ ގިނަ ލުއިތައް ދީފަ އެވެ.

ފަތުރުވެރިންގެ މެދުގައި މަޝްހޫރު ތާޖް މަހަލް ހުންނަ އާގްރާގައި އެތަން އަލުން އާއްމުންނަށް ހުޅުވާލުމާއެކު ހުއްޓިފައިވާ ގިނަ ވިޔަފާރިތަކަށް އަލުން ފުރުސަތުތައް ފަހިވާނެ އެވެ.

ކޮވިޑުގެ ބަލިމަޑުކަން ފެށުމާއެކު މިދިޔަ އަހަރުގެ މާޗް މަހު ވެސް އެތަން ބަންދު ކުރި އެވެ. ނަމަވެސް ސެޕްޓެމްބަރު އަލުން ހުޅުވާލުމަށް ފަހު ދެ ވަނަ ފަހަރަށް ބަންދު ކުރީ މިދިޔަ އޭޕްރިލް މަހު އެވެ.

މިއަދު ތާޖް މަހަލްއަށް ޒިޔާރަތްކޮށްފައި ވަނީ މަދު ބަޔެކެވެ. ކަމާ ބެހޭ އިދާރާތަކުން ވަނީ ދުވާލެއްގެ މައްޗަށް އެ ތަނަށް ޒިޔާރަތް ކުރެވޭނީ އެންމެ ގިނަވެގެން 650 މީހުން ކަމަށް ކަނޑައަޅާފަ އެވެ.

ދުނިޔޭގެ އާ ހަތް އަޖާއިބުގެ ތެރޭގައި ލިސްޓުކޮށްފައިވާ ތާޖް މަހަލްއަކީ 1632 ގައި ރަސްގެފާން ޝާހް ޖަހާންގެ އަނބިކަނބަލުން މުމްތާޒް މަހަލްގެ ހަށިކޮޅު ބޭއްވުމަށް ހެދި ގަނޑުވަރެކެވެ.

އެތަން އާއްމުންނަށް ހުޅުވާލާފައި ވާއިރު، އިއްޔެ އިންޑިއާގައި ރިޕޯޓު ކުރީ 62،224 ކޮވިޑް ކޭސް އެވެ. މިއީ އޭޕްރިލް އަދި މޭ މަހު ދުވާލަކު ޕޮޒިޓިވްވަމުންދިޔަ 400،000 މީހުންނާ އަޅާ ބަލާއިރު ވަރަށް ދަށް އަދަދެކެވެ.

އިންޑިއާގެ ޖުމްލަ ކޭސްތަކުގެ އަދަދު މިހާރު އުޅެނީ 30 މިލިއަން ގަ އެވެ. އަދި މި ބަލީގައި މަރުވި މީހުންގެ އަދަދަކީ 380،000 އެވެ. ނަމަވެސް ތަޖުރިބާކާރުން ދެކޭ ގޮތުގައި މަރުވި މީހުންގެ އަސްލު އަދަދު މިލިއަނަކަށް އަރާފައިވުމަކީ އެކަށީގެންވާ ކަމެކެވެ.

ސޯޝަލް މީޑިއާގައި މި ހަފްތާ ބަންދުގައި ދައުރުވި ފޮޓޯތަކުން ފެންނަނީ ވެރިރަށް ނިއުދިއްލީގެ މޯލްތަކާއި މާކެޓުތަކުގައި ގައިދުރުކަމެއް ނެތި ގިނަ ބަޔަކު އުޅެމުން ދިޔަ މަންޒަރެވެ. އެހެންވެ އަލުން ކޭސްތައް އިތުރުވެދާނެ ކަމުގެ ބިރު އެބަ އޮތެވެ.

ކެރަލާ ސްޓޭޓުގައި ޕަބްލިކް ދަތުރުފަތުރަށް މިހާރު ހުއްދަ ދީފައި ވާއިރު، މަދްޔަ ޕްރަދޭޝްގައި ވަނީ މޯލްތަކާއި ޖިމްތައް ހުޅުވާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox