ދިގުވާހަކަ: އޮލިމްޕަސް

ދިގުވާހަކަ: އޮލިމްޕަސް

(އާދީއްތަ ދުވަހުގެ ބަޔާ ގުޅޭ)

އެ އިޢުލާނު ނިމުނުއިރު ނަޖާހާބެހޭ ގޮތުން ކޮންމެވެސް މިންވަރެއް ފައިރޫޒަށް އޮޅުންފިލިއެވެ. އެއީ ކޮން ރަށެއްގެ ކޮން ގެއެއްގެ މީހެއްކަމާއި އޭނާ ވަޒީފާއަދާކުރަނީ، ކޮން ތަނެއްގައިކަމާއި ރޭގެ ވަގުތެއްގައި ވީނުވީއެއް ނޭނގި ގެއްލިގެން އުޅޭކަމެވެ.

އިޢުލާނު ނިމެންދެން ވެސް ފައިރޫޒަށް އިނދެވުނީ ކަޅިޖަހައިނުލައި ޓީވީއަށް ބަލަހައްޓައިގެންނެވެ. އޭރު އޭނާގެ ސިކުނޑި ހަލުއިކަމާއެކު މަސައްކަތްތަކެއް ކުރަމުންދެއެވެ. ފެންނަމުން ދިޔައީ ޝިމާނާ އޭނާގެ ސައިކަލު ފަހަތުގައި އިންދާ، ނަޖާހު އައިސް މަޑުކޮށްލިތަނެވެ. ޝިމާނާގެ ގާތުގައި އާދޭސްކުރަމުން ދިޔަ މަންޒަރެވެ. ފައިރޫޒަށް އޮވެވުނީ ހުއްޓުންއަރާފައެވެ. އިޢުލާނު ނިމި، އެހެން ޕްރޮގްރާމެއް ފެށުނު އިރު ވެސް، އޭނާގެ ކަޅި ޓީވީން ނައްޓައެއް ނުލެވުނެވެ.

Advertisement

"ކީކޭ؟ ނަޖާހު ގެއްލުނީއޭ؟ ޓީވީއިން ދެއްކީއޭ؟ ބަދޫރާ ކީކޭ ތި ކިޔަނީ؟" އިޤުބާލު އައިސް ގެއަށް ވަނުމާއެކު، ސިޓިންރޫމުގައި އިން ބަދޫރާ ފެށި ވާހަކައަކުން، އިޤުބާލަށް ހުރެވުނީ ކުރިއަށް ފިޔަވަޅެއް ވެސް އަޅާން ނޭނގިފައެވެ. ހުއްޓުން އަރާފައެވެ. އޭރު ޝިމާނާ ވެސް އެ ތަނުގައި އިނެވެ.

"އާނ، ދާދި ދެންމެ ޓީވީ އިން އެ ގޮވީ."

"ތި ވާނީ އެހެން މީހަކަށް."

"ނޫނެކޭ! ފޮޓޯ ވެސް ދެއްކިއޭ."

"ސުބުޙާނަﷲ! އެ ސޮރު އަމިއްލައަށް މަރުވީބާ؟" އިޤުބާލުގެ ދެ ލޯ ބޮޑުވިއެވެ.

"ކީކޭ ބުނާނީ؟ މީހަކު ކަމެއްކުރީ ކަމަށް ވެސް ވެދާނެ!"

"އަނެއްކާ ފައިރޫޒް ކަމެއް ކުރީބާ؟" އިޤުބާލުގެ ސިކުނޑި އެކި ފަހަރު އެކި ދިމާއަށް މިސްރާބު ޖަހައެވެ.

"ފައި އެކަހަލަ ކަމެއް ނުކުރާނެ!" އަވަސް އަވަހަށް ޝިމާނާއަށް ބުނެވުނެވެ.

"ބައްޕަގެ ހިތެއް ވެސް ނުުބުނޭ ފައިރޫޒު އެ ކަހަލަ ނުބައި އަމަލެއް ހިންގަފާނެއެކޭ." އިޤުބާލު އެ ތެރެއަށް ވަންނާން ހިނގައިގަތެވެ. "ދެން އެ ކަމަކާ އަހަރެމެން ފިކުރު ކުރާނެކަމެއް ނެތެއްނު. ބަދޫރާ އާދޭ ކާން ހަދަން! ވަރަށް ބަނޑުހައި ވެއްޖެ!"

ބަދޫރާ ތެދުވުމާއެކު ޝިމާނާ ވެސް ތެދުވިއެވެ. ބަދޫރާ ދިޔައީ ބަދިގެއާ ދިމާއަށެވެ. ޝިމާނާ ގޮސް ވަނީ ކޮޓަރިއަށެވެ. ނަޖާހު ގެއްލުނު ޚަބަރު އިވުނު ހިސާބުން ފެށިގެން، ޝިމާނާގެ ބޮޅަށް ހުންނަނީ ފާޑެއްގެ ގޮތެއް ވެފައެވެ. މިއިން ކޮންމެ ކަމެއް ވެސް އޭނާއަށް އެޅުވެނީ އޭނާގެ އަމިއްލަ ނަފުސުގެ ނޯޓިސްބޯޑުގައެވެ. އެ ނޫން ގޮތަކަށް ވިސްނުން ބަދަލުކުރެވޭތޯ ވެސް އޭނާ މަސައްކަތް ކުރެއެވެ.

ފައިރޫޒު އޮތީ އަދިވެސް ކޮޓަރީގައެވެ. މިހާރު އަސުރުން އިރު ތިރިވެ، ހަވީރުވެއްޖެއެވެ. ނަޖާހު ގެއްލިގެން އިޢުލާނު ކީ ފަހުން ފަންސާހަކަށް ފަހަރު، ޝިމާނާ އޭނާގެ ފޯނަށް ގުޅައިފިއެވެ. ފައިރޫޒު ފޯނެއް ނުނަގައެވެ. މިހާރު ވެސް އެބަ ގުޅައެވެ. ޝިމާނާގެ ކޮންމެ ކޯލެއް ވެސް ނަގަން އޭނާގެ ނުކިޔަމަންތެރި ހިތް އެދެއެވެ. އާދޭސް ވެސް ކުރެއެވެ. އެހެންނަަމަވެސް އަމިއްލަ ހިތުގައި ކޮޅުފައިން ޖަހާފައި އޭނާ އަޅައިނުލަނީއެވެ.

ޝިމާނާގެ ފޯނު ކެނޑިއްޖެއެވެ. އަނެއްކާވެސް ގުޅާން ފަށައިފިއެވެ. ފައިރޫޒުގެ އަތް ފޯނާދިމާއަށް ދަތުރުކޮށްފިއެވެ. އޭނާ ފޯނު ނަގައި ކަންފަތުގައި ޖައްސާލިއެވެ.

"ހަލޯ!"

ފައިރޫޒުގެ އަޑު ޖެހުމާއެކު، ޝިމާނާގެ ހިތަށް ލިބުނު އުފަލެއްގެ ބޮޑުކަމުން ދެ ލޯ ފެންކަޅިވިއެވެ.

"ފައި! ކިހިނެއް؟ ތި އަޑު ޖެހުނީމާ ވެސް..."

"ކޮން ކަމަކުތަ މާ ވަރަކަށް ތި ގުޅަނީ؟" ޝިމާނާގެ ޖުމުލަ މެދުކަނޑައިލަމުން، ފައިރޫޒު ސުވާލުކުރިއެވެ.

"މިއަދު ޓީވީން ގޮވި އިއުލާނެއް އަޑު އެހިންތަ؟"

"ކޮން އިއުލާނެއް؟" ފައިރޫޒު އެނގޭކަމަކަށް ނުހެދިއެވެ.

"އެއްކަލަ ނަޖާހު ގެއްލިގެން އެބަ އުޅެޔޯ!"

"އެ ކަމާ ދެރަވެގެންތަ ތި އުޅެނީ؟" ފައިރޫޒުގެ އަޑުގައި ހުރީ މަލާމާތުގެ ރާގެކެވެ.

"ކުރިން ވެސް މަ ބުނީމެއްނު އެއީ މޮޔަ މީހެކޭ. ހަމަ މީހެއް ނޫނޭ! އަހަންނަށް ހީވަނީ އޭނާ އަމިއްލައަށް މަރުވީހެން."

"ޝިމާނާގެ ދުނިޔޭގަ އުޅޭނީ ހައްތާވެސް މޮޔައިންނެއްނު! ނަޖާހަކީ ވެސް މޮޔައެއް! މަށަކީ ވެސް މޮޔައެއް! ހަމަޖެހޭ މީހަކީ ޝިމާނާ އެކަނި."

"ފައި ދެން ތި ރުޅިގަނޑު މަޑުކޮށްބަލަ! ތިހެން އުޅޭތާ މިހާރު ކިހައި ދުވަހެއް!" ޝިމާނާގެ އަޑުގައި ހުރީ އާދޭހުގެ ރާގެވެ.

"ރުޅި މަޑުކުރާށޭ ބުނާއިރު އަދިވެސް ޝިމާނާ މަސައްކަތް ތި ކުރަނީ މަށަށް އޮޅުވާލަން! ތި ބުނާ އިއުލާނެއް މަ ވެސް އަޑުއެހީމޭ. މޮޔައިން ތަންތަނުގެ ވަޒީފާގައި އުޅޭތަ؟ ބޭކާރު ވާހަކަ ދައްކަން ނުހަދާ!" ފައިރޫޒު ފޯނު ކަނޑާލިއެވެ. ގިނަ އިރެއްނުވެ، އަނެއްކާވެސް ޝިމާނާ ގުޅަންފެށިއެވެ. ރިންގު އޮފްކޮށްލުމަށްފަހު، ފައިރޫޒް ފޯނު ދުރަށް ޖައްސާލިއެވެ.

އިޝާނަމާދުން ދަންވެއްޖެއެވެ. ގަޑިން ނުވައެއް ޖަހަނީއެވެ. މަޖިދީމަގުގައި ކޮޅުކޮޅަށް ދަތުރުކުރާ މީހުންތަކުގެ ތެރެއިން އައިސް އޮލިމްޕަސް ކައިރިއަށް މަޑުކޮށްލީ ފައިރޫޒެވެ. ސައިކަލު ޕާކްކޮށްލުމަށްފަހު، އޭނާ އޮލިމްޕަހަށް ވަނެވެ. މި ރެއަކު އޮލިމްޕަހަކު ފިލްމެއް އަޅުވާފައެއް ނެތެވެ. އެހެންކަމުން އޮލިމްޕަސް ތެރޭގައި އޮތީ ހަމަހިމޭންކަމާއި ފަޅުކަމެވެ.

ފައިރޫޒް ހިނގައިގަތީ ޓިކެޓް ކައުންޓަރާ ދިމާއަށެވެ. އެ ތަނުގައި ޒުވާން ކުއްޖަކު އިނެވެ. އޭނާ ގޮސް ސަލާންގޮވައިލުމުން އެ ސޮރު އިސް އުފުލައި ބަލައިލިއެވެ.

"ގެއްލިގެން އެ އުޅޭ ނަޖާހަކީ، މި ތަނުގައި އުޅޭ މީހެއްތަ؟"

އާނ! މި ތާ ޖޮބްގަ އުޅޭ މީހެއް! ކިހިނެއްވީ؟" ފައިރޫޒުގެ މޫނަށް ފަރުވާތެރިކަމާއެކު ބަލަަހައްޓައިގެން ހުރެ އެ ސޮރު ޖަވާބުދިނުމަށްފަހު ސުވާލު ކުރިއެވެ.

"ކަމެއް ނުވޭ! ހަމަ އަހައިލީ. ކީއްވެ އޭނަ ގެއްލުނީ؟"

"ވީ ގޮތެއް ނޭނގެ! ރޭ ވެސް މި ތަނަށް އައިސް އުޅުނު."

"އެއީ ކޮންކަހަލަ އުޅުމެއް ހުންނަ މީހެއްކަން އެނގޭތަ؟"

"ވަރަށް ރަނގަޅު މަޑު މައިތިރި މީހެއް އެއީ."

ވާހަކަ މިހައިތަނަށް ދިޔަތަނާ، އެ ތަނަށް ކަމާލު އަތުވެއްޖެއެވެ. އޭނާ އައިސް ގޮނޑީގައި އިށީންތަން ފެނިފައި، ކައުންޓަރުގައި އިން ސޮރު ފައިރޫޒަށް ބަލައިލިއެވެ.

"މީ އޭނައާ އެންމެ ގާތްކޮށް އުޅޭ މީހަކީ." އޭނާ ކަމާލަށް އިޝާރާތްކޮށްލިއެވެ.

"ކާކު؟" ކަމާލަކަށް އަދި ވާނުވާއެއް ނޭނގެއެވެ.

"ނަޖާހާބެހޭގޮތުން ވާހަކަ ދައްކާލަން އައިސް ހުރި މީހެއް މީ. ނިކަން އޭނާއަށް ޖަވާބުދީބަލަ!" އެ ސޮރު ތެދުވެގެން ހިނގައްޖެއެވެ.

"އަހަންނަށް ކިޔަނީ ފައިރޫޒް."

"މަގޭ ނަމަކީ ކަމާލް."

"އަހަރެން މި އައީ ނަޖާހާބެހޭގޮތުން ވަރަށް މުހިންމު ކަމެއް ސާފުކޮށްލަން ބޭނުންވެގެން. ވަގުތުކޮޅެއް ދީފާނަން؟" ކަމާލާ ދިމާއަށް ބަލަހައްޓައިގެން ހުރެ، ފައިރޫޒު ވާހަކަ ދެއްކިއެވެ.

"ހިނގާބަލަ އެ ފަރާތަށް!" ކަމާލު ބޭނުންވީ ތަންކޮޅެއް ހަމަޖެހިގެން ފައިރޫޒާ ވާހަކަ ދައްކައިލާށެެވެ. އޭނާ ހީކުރީ ނަޖާހާ ބެހޭގޮތުން ކޮންމެވެސް ކަމެއް، ފައިރޫޒުގެ ކިބައިން އޮޅުންފިލާނެ ކަމަށެވެ.

ރޭގަނޑުގެ ދިހައެއް ޖަހައި އެހައިކަންހައި އިރެވެ. ޝިމާނާ އިނީ ސިޓިންރޫމުގައެވެ. އަބަދު ކޮޓަރީގައި އެކަނި އޮތުމުން މާ ބޮޑަށް ބޯ ހާސްވެ ފިކުރުބޮޑުވާތީ، ޓީވީ ބަލައިލާން ނިކުތީއެވެ. ހިތަށް ހަމަޖެހުމެއް ލިބި، ބޮލަށް ލުއިވެލާތޯއެވެ. އެހެން އިންދާ، ފޯނެއް އަންނަހެން ހީވެގެން ބަލައިލުމާއެކު، ލިބުނު އުފަލެއްގެ ބޮޑުކަމުން ޝިމާނާގެ މޫނުމަތީ އުޖާލާވެގެން ދިޔައެވެ. ފޯނުން ފެނުނީ ފައިރޫޒުގެ ނަމެވެ. ގަބޫލު ނުކުރެވިގެން އުޅޭ ކަހަލަ ގޮތަކަށް ދެވަނަ ފަހަރަށް ވެސް އެ ނަމަށް ބަލައިލެވުނެވެ. ފައިރޫޒުގެ ކޯލެއް އެ ފޯނަށް ނާންނަތާ 3 ދުވަސްވީއެވެ. ޝިމާނާ އަވަސް އަވަހަށް ފޯނު ހިފައިގެން ކޮޓަރިއާ ދިމާއަށް ދުއްވައިގަތެވެ. އޭރު އޭނާގެ ހިތް އުފަލުން ލަވަކިޔައި ނަށަނީއެވެ. (ނުނިމޭ)

ފަހުގެ ޚަބަރު

މުޒާހަރާ ކުރުމުން އެކްޓަރު އިމްރާން ޚާން އިންޑިއާއިން ބޭރުކުރަނީ

އިންޑިއާގެ އިލެކްޝަން ކޮމިޝަނާ ދެކޮޅަށް ކުރި ސިޔާސީ މުޒާހަރާއެއްގައި ބައިވެރިވެ، ވިސާގެ ގަވާއިދާ ޚިލާފުވުމުން އެމެރިކާގެ ރައްޔިތެއް ކަމަށްވާ އެކްޓަރު އިމްރާން ޚާން މި މަހުގެ 28 ގެ ކުރިން އިންޑިއާއިން ފުރުމަށް އަންގައިފިއެވެ. އޭނާ ގައުމުން ބޭރުކުރަން ނިންމީ ބޭރު ގައުމުތަކުގެ މީހުން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުން މަނާކުރާ ގާނޫނާ ޚިލާފުވުމާ ގުޅިގެންނެވެ.

ހިކޭ ބޭހުން ނިޔަފައްޗާއި އިސްތަށި ފޭބުމުގެ ފުރުސަތު އޮވޭ

ބަރުދަން ލުއިކުރުމަށް ބޭނުންކުރާ "ޖީއެލްޕީ-1" ބޭސްތަކުގެ ސަބަބުން ނިޔަފަތި ނެއްޓުމާއި، ނިޔަފަތީގެ ކުލަ ބަދަލުވުމުގެ ފުރުސަތު ބޮޑުވާކަމަށް އާ ދިރާސާއަކުން ވަނީ ދައްކާފައެވެ. މި ބޭސް ބޭނުންކުރާ މީހުންގެ މެދުގައި ނިޔަފަތީގެ މައްސަލަތައް ދިމާވުން ދެ ގުނަ އިތުރު ނަމަވެސް، މިއީ ސީދާ ބޭހުގެ ސަބަބުން ނުވަތަ ބަރުދަން ލުއިވުމާ ގުޅިގެން ދިމާވާ ކަމެއްތޯ ކަށަވަރުކުރުމަށް އިތުރު ދިރާސާތައް ބޭނުންވެއެވެ.

ފަލަސްތީނަށް އެހީވާތީ ސެލީ ރޫނީގެ ފޮތްތައް ޔޫކޭގައި ނުވިއްކޭނެ

މަޝްހޫރު ލިޔުންތެރިޔާ ސެލީ ރޫނީ ފަލަސްތީން އެކްޝަން ޖަމާއަތަށް މާލީގޮތުން އެހީތެރިވާތީ، އިނގިރޭސިވިލާތުގެ ގާނޫނުތަކާ ފުށުއަރާތީ އޭނާގެ ފޮތްތައް އެ ގައުމުގައި ވިއްކުން ހުއްޓާލައިފިއެވެ. މި ނިންމުން ނިންމީ ފޮތްތަކުން ލިބޭ ރޯޔަލްޓީ ފައިސާ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ކަނޑައަޅާފައިވާ ބަޔަކަށް ދިނުމަކީ ޖިނާއީ ކުށަކަށް ވެދާނެތީ، ޕަބްލިޝަރާ މަޝްވަރާކުރުމަށްފަހުގައެވެ. މީގެ ސަބަބުން އިނގިރޭސިވިލާތުގައި އޭނާގެ ފޮތްތައް ސަޕްލައިކުރުމާއި އީ-ބުކް ވިއްކުން މިހާރު ވަނީ މެދުކަނޑާލާފައެވެ.

އިޒްރޭލަށް ތާއީދުކުރާތީ ބޮޗެލީގެ ކޮންސަޓް ހުއްޓުވަން ގޮވާލައިފި

އިޓަލީގެ ލަވަކިޔުންތެރިޔާ އެންޑްރިއާ ބޮޗެލީ އިޒްރޭލަށް ތާއީދުކުރާތީ، އިންޑޮނޭޝިއާގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭނާގެ ކޮންސަޓްތައް ކެންސަލްކުރުމަށް އެ ގައުމުގެ އެންމެ މަތީ އިސްލާމީ ކައުންސިލުން ގޮވާލައިފިއެވެ. އެ ކައުންސިލުން ބުނާގޮތުގައި އިޒްރޭލުގެ އަސްކަރިއްޔާއަށް ފަންޑު ހޯދައިދިނުމުގައި ބައިވެރިވެފައިވާ ފަރާތަކަށް ފުރުސަތު ދިނުމަކީ އިންޑޮނޭޝިއާގެ ގައުމީ މިންގަނޑުތަކާއި ދީނީ އިރުޝާދުތަކާ ޚިލާފު ކަމެކެވެ.

ރަސެލް ބްރޭންޑްގެ ރޭޕް މައްސަލައިގެ ޝަރީއަތް ފަށައިފި

ރަސެލް ބްރޭންޑްގެ މައްޗަށް ކުރެވޭ ރޭޕް ކުރުމާއި ޖިންސީ ގޯނާގެ ގިނަ ދައުވާތަކެއްގެ ޝަރީއަތް އިނގިރޭސިވިލާތުގެ ކޯޓެއްގައި ފަށައިފިއެވެ. 1999 އިން 2009 އާ ދެމެދު ހަ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ކުރެވޭ މި ތުހުމަތުތަކަށް އޭނާ އިންކާރު ކުރާއިރު، ޕްރޮސެކިއުޓަރުން މިހާރު ދަނީ މައްސަލައިގެ ބަޔާންތައް ހުށަހަޅަމުންނެވެ.

4،700 އަހަރުވީ ޝިޕްރެކެއް ތުރުކީއިން ފެނިއްޖެ

ތުރުކީގެ އަންޓަލްޔާ އައްސޭރިފަށުން 4،700 އަހަރުވީ ދުނިޔޭގެ އެންމެ ދުވަސްވީ ޝިޕްރެކްގެ ބައިތައް ފެނިފައިވާ ކަމަށް އާސާރީ މާހިރުން ހާމަކޮށްފިއެވެ. ކަނޑުގެ 30 މީޓަރު އަޑިން ފެނުނު މި ވިޔަފާރި އުޅަނދުން މަށިން ހަދާފައިވާ ގިނަ އަދަދެއްގެ މުދާ ރައްކާކުރާ ތަކެއްޗާއި ހިލަ ނަގިލިތަކެއް ފެނިފައިވާއިރު، މިއީ މިސްރުގެ ޕިރަމިޑްތައް ބިނާކުރި ދުވަސްވަރުގެ އުޅަނދެއް ކަމަށް ބެލެވެއެވެ.

ޓޫޕަކް ޝަކޫރު މަރާލުމުން އުމުރު ދުވަހުގެ ޖަލު ހުކުމެއް

މަޝްހޫރު ރެޕް ފަންނާނު ޓޫޕަކް ޝަކޫރު މަރާލުމުގެ މޭސްތިރިޔާގެ ގޮތުގައި ކުށް ސާބިތުވި ކުރީގެ ގޭންގު ލީޑަރު ޑުއޭން "ކެފީ ޑީ" ޑޭވިސްގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ 1996 ވަނަ އަހަރު ހިނގި މި މަރުގެ މައްސަލައިގައި ގާތްގަނޑަކަށް ތިން ދަހަރު ފަހުން ދައުވާ އުފުލި ކުށް ސާބިތުވި ހަމައެކަނި މީހާއެވެ. ޑޭވިސްގެ މައްޗަށް މި ކުށް ސާބިތުވީ ޓޫޕަކްގެ ފަރާތުން އޭނާގެ އާއިލާ މީހަކަށް ލިބުނު އަނިޔާއެއްގެ ބަދަލުހިފުމަށް މި މަރު ރޭވިކަން ހާމަވުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox