ފްރާންސް ފުރަތަަމަ މެޗުން ވަރުގަދަ ޖަރުމަނު ބަލިކޮށްފި

Jun 15, 2021, 8:55 PM
ފްރާންސް ފުރަތަަމަ މެޗުން ވަރުގަދަ ޖަރުމަނު ބަލިކޮށްފި

މިއުނިކް (ޖޫން 15) - ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މި ފަހަރު ފްރާންސް ކުޅުނު ފުރަތަމަ މެޗުން މިރޭ 1-0 އިން ޖަރުމަނު ބަލިކޮށްފި އެވެ.

މިއީ ބައިނަލްއަގުވާމީ މުބާރާތެއްގެ ގްރޫޕް ސްޓޭޖުގައި ފްރާންސާއި ޖަރުމަނުގެ ފުރަތަމަ ކުރިމަތިލުމެވެ. މީގެ ކުރިން ޔޫރޯގައި މި ދެ ޓީމު ބައްދަލުކުރީ އެންމެ ފަހަރަކު އެވެ. އެއީ 2016 ވަަނަ އަހަރުގެ މުބާރާތުގެ ސެމީގަ އެވެ. އެ މެޗުން ވެސް މޮޅުވީ ފްރާންސް އެވެ. ޖަރުމަނު ދަނޑުގައި އެ ޓީމާ ދެކޮޅަށް ފްރާންސް އެންމެ ފަހުން ކުޅުނު ހަ މެޗުން ވެސް ބަލިވެފައި ނުވެ އެވެ.

ޖަރުމަނުގެ އަލިއާންޒް އެރީނާގައި 14،500 ސަޕޯޓަރުންގެ ކުރިމަތީގައި މިރޭ ކުޅުނު މެޗު ފަށައިގެން ފްރާންސާއި ޖަރުމަނުގެ ފަރާތުން ވެސް ފެނުނީ ވަރަށް އަވަސް ކުޅުމެކެވެ. ދެ ޓީމުން ވެސް ވަރަށް ބޮޑަށް އެޓޭކަށް ވިސްނައިގެން ކުޅެމުންދިޔައިރު، މެދުތެރެއިން ލިބޭ ބޯޅަ މާ ބޮޑު ހިފެހެއްޓުމެއް ނެތި ކުރިއަށް ކުޅުނެވެ.

ފްރާންސް އިން މެޗުގެ 19 ވަނަ މިނިޓްގައި ލީޑުނެގީ ޖަރުމަނުގެ ޑިފެންޑަރު މެޓް ހަމެލްސް އަތުން ބައިކޮޅަށް ވަން ގޯލަކުންނެވެ. ފްރާންސްގެ ޕައުލް ޕޮގްބާ މަތިން ނަގައިދިން ބޯޅަ ކޮންޓްރޯލް ކުރުުމަށް ފަހު ލޫކަސް ހެނާންޑޭޒް ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ ބޭރުކޮށްލަން އުޅުމުގެ ތެރޭގައި ހަމެލްސް ފައިގައި ޖެހިފައި އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ. މިއީ މި ފަހަރުގެ ޔޫރޯގައި ބައިކޮޅަށް ގޯލެއް ޖެހި ތިން ވަނަ ފަހަރެވެ. އަދި ޖަރުމަނުން ޔޫރޯ ތާރީހުގައި ޖެހި ފުރަތަމަ ބައި ގޯލެެވެ.

ފުރަތަމަ ހާފުގައި އެއްވަރުކުރަން ޖަރުމަނުގެ މިޑްފީލްޑަރު ޓޯނީ ކްރޫސް ޖެހި ހިލޭ ޖެހުން ފްރާންސްގެ ކުޅުންތެރިން ބްލޮކްކުރިއިރު، ލީޑުފުޅާކުރަން ފްރާންސްގެ ކީލިއަން އެމްބާޕޭ ޖެހި ބޯޅަ ދިޔައީ އަރިމަތިން ބޭރުންނެވެ.

ފްރާންސް އިން ދެ ވަނަ ހާފްގެ ކުުޅުން ފެށިގެން ހަ މިނިޓް ތެރޭ ދެ ވަަނަ ލަނޑެއް ޖެހުމާ ގާތަށް ޖެހިލި އެވެ. އޭޑްރިއަން ރަބިއޯ ޖެހި ބޯޅަ ގޯލުގެ ދަނޑިއަށް އަމާޒުވިއިރު، އޭގެ ކުޑައިރުކޮޅެއް ފަހުން ޖަރުމަނަށް އެއްވަރުކޮށްދޭން ސާޖް ގްނަބްރީ ޖެހި ޝޮޓް ދިޔައީ ހުރަސްދަނޑިމަތިންނެވެ.

ފްރާންސްގެ ތަރި އެމްބާޕޭ މެޗުގެ 65 ވަަނަ މިނިޓްގައި ލަނޑެއް ޖެހި ނަމަވެސް އެ ގޯލު ވަނީ އޮފްސައިޑް ކަމަށް ނިންމައިފަ އެވެެ. އޭގެ ފަހުން މެޗުގެ 80 ވަނަ މިނިޓްގައި އެމްބާޕޭ މުޅިން ހުސްކޮށް ޖަރުމަނު އޭރިއާތެރެއަށް ވަންނަން ދިޔަ ބޯޅައެއް ހަމެލްސް ވަނީ މޮޅު ޓެކަލްއެއް ކޮށްގެން ސަލާމަތްކޮށްފަ އެވެ.

ފަސް އަހަރު ފަހުން ގައުމީ ޓީމުން މި ފަހަރު އަލުން ފުރުސަތު ހޯދި ކަރިމް ބެންޒެމާ ވަނީ މެޗުގެ 85 ވަަނަ މިނިޓްގައި ގޯލެއް ޖަހައިފަ އެވެ. އެކަމަކު މި ގޯލު ވެސް ވަނީ އޮފްސައިޑް ކަމަށް ނިންމައިފަ އެވެ. އެއީ ބެންޒެމާ އެ ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދިން އެމްބާޕޭ އޮފްސައިޑް ކަމަށް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ނިންމުމުންނެވެ.

ބަދަލުތައް ގެނެސްގެން ޖަރުމަނުން ލަނޑެއް ޖެހޭތޯ ކުރި އެއްވެސް މަސައްކަތެއް ކާމިޔާބެއްނުވި އެވެ. ޖަރުމަނުން ވަނީ ދެ ވަނަ ހާފްގައި ލެރޯއި ސާނޭ އާއި ޓިމޯ ވާނާ ކުޅެން އަރުވައިފަ އެވެ. އެކަމަކު އެންމެ ރަނގަޅު ކުޅުމެއް ދެއްކޭގޮތެއްނުވި އެވެ.

މިއީ ޖަރުމަނުގެ ކޯޗު ޔަކީމް ލޯ ޔޫރޯގައި ކޯޗުކޮށްދިން 18 ވަނަ މެޗެވެ. މިއާ އެކު ލޯ ވަނީ ރެކޯޑެއް ގާއިމްކޮށްފަ އެވެ. ލޯ ވަނީ މި ފަހަރު ޔޫރޯ އަށް ފަހު ޖަރުމަނު ކޯޗުކަން ދޫކޮށްލަން ނިންމައިފަ އެެވެ. ޖަރުމަނާ ހަވާލުވާން އެއްބަސްވެފައިވާ ކޯޗު ހަންސީ ފްލިކް މިރޭގެ މެޗު ބަލަން ދަނޑަށް ދިޔަ އެވެ. އޭނާ އަކީ ކުރިން ލޯ ގެ އެސިސްޓަންޓް ކޯޗެވެ.

މި ގްރޫޕްގެ ފުރަތަމަ މެޗުގައި މިރޭ އެންމެ ފަހުގެ ޗެމްޕިއަން ޕޯޗުގަލް އިން ވަނީ ފަހު ވަގުތު ތިން ގޯލު ޖަހައި ހަންގޭރީ އަތުން 3-0 އިން މޮޅުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox