ކޮލިފައިން ފަހު މެޗުގެ ކުރިން ދަގަނޑޭގެ މެސެޖެއް ސަޕޯޓަރުންނަށް

ދުބާއީ ޓްރެއިނިން ކޭމްޕްގެ ތެރެއިން ދަގަނޑޭ.--

ދުބާއީ ޓްރެއިނިން ކޭމްޕްގެ ތެރެއިން ދަގަނޑޭ.--

މި ފަހަރުގެ ވޯލްޑް ކަޕް/ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގަައި ރާއްޖެ ކުޅޭ ފަހު މެޗުގައި މިރޭ ފިލިޕީންސާ ދެކޮޅަށް ނުކުންނައިރު، މިއީ ރާއްޖެ އަށް ވަރަށް މުހިއްމު މެޗެއް ކަމަށާއި ސަޕޯޓަރުންގެ އެއްބާރުލުމާ އެކު މެޗުން މޮޅުވެވޭނެ ކަމަށް ގައުމީ ޓީމުގެ ތަރި އަލީ އަޝްފާގު (ދަގަނޑޭ) ބުނެފި އެވެ.

ސެންޓްރަލައިޒްކޮށް ދުބާއީގައި ކުރިއަށްދާ ކޮލިފައިން ގްރޫޕް އޭގައި ރާއްޖެ ވަނީ މިހާތަނަށް މި މަހުގައި ދެ މެޗެއް ކުޅެފަ އެވެ. އެއީ މި މަހު ހަތަރު ވަނަ ދުވަހު 4-0 އިން ސީރިއާ އަތުން ބަލިވި މެޗާއި 11 ވަަނަ ދުވަހު ޗައިނާ އަތުން 5-0 އިން ބަލިވި މެޗެވެ. މީގެ ތެރެެއިން ސީރިއާ މެޗު ދަގަނޑޭ އަށް ގެއްލުނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެ އައިސޮލޭޝަނަށް ދާން ޖެހުމުންނެވެ. ކޮވިޑުން ރަނގަޅުވެ، ދަގަނޑޭ ވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ޗައިނާއާ ދެކޮޅަށް ކުޅެފަ އެވެ.

"މާދަމާ (މިރޭ) އަކީ ވަރަށް މުހިއްމު މެޗެއް ދިވެހި ފުޓްބޯޅަ އަށް ވެސް. އިރާދަކުރެއްވިއްޔާ މާދަމާގެ މެޗު ކާމިޔާބު ކޮށްގެން ފައިބާނީ. ސަޕޯޓަރުންނަށް ދޭން އޮތް މެސެޖަކީ މިހާރު ވެސް ދެމުން އަންނަ ތަރުހީބު ދޭށޭ. އިރާދަކުރެއްވިއްޔާ ކާމިޔާބު ކުރާނަމޭ،" މެޗުގެ ކުރިން ދަގަނޑޭ ބުންޏެވެ.

ގައުމީ ޓީމުން މިހާތަނަށް ވަނީ ފިލިޕީންސާ ދެކޮޅަށް ހަތަރު މެޗު ކުޅެ އެއް މެޗުން މޮޅުވެފަ އެވެ. ރާއްޖެ މޮޅުވީ 2009 ވަނަ އަހަރު އެކުވެރިކަމުގެ މެޗެއްގައި 3-2 އިންނެވެ. އޭގެ ފަހުން އޭއެފްސީ ޗެލެންޖް ކަޕްގައި 2014 ވަނަ އަހަރު 3-2 އިން ރާއްޖެ ބަލިވި އެވެ. އަދި 2015 ވަނަ އަހަރު އެކުވެރިކަމުގެ މެޗަކުން 2-0 އިން ފިލިޕީންސް މޮޅުވިއިރު، މީގެ ދެ އަހަރު ކުރިން މި ފަހަރުގެ ކޮލިފައިންގައި ކުޅުނު މެޗުން 2-1 އިން ރާއްޖެ ބަލިކުރި އެވެ.

ދަގަނޑޭ ވަނީ އޭއެފްސީ ޗެލެންޖް ކަޕްގައި މާލޭގައި 2014 ވަނަ އަހަރު ކުޅުނު މެޗުގައި މޮޅަށް ކުޅެފަ އެވެ. އެކަމަކު އެ މެޗުގައި ލަނޑެއް ނުޖެހުނީ ނަސީބު ދެރަވީމަ އެވެ. އޭގެ ފަހުން މާލޭގައި 2019 ވަނަ އަހަރުގެ ނޮވެމްބަރުގައި ކުޅުނު މެޗުގައި ރާއްޖޭން ނާއިޒް ހަސަން (ދާދު) ޖެހި ގޯލަށް ފުރުސަތު ތަނަވަސްކޮށްދިނީ ދަގަނޑޭ އެވެ.

އުމުރުން 35 އަހަރުގެ ދަގަނޑޭ އަކީ ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖަހައިދިން ކުޅުންތެރިޔާ އެވެ. އޭނާ ވަނީ 55 ގޯލު ޖަހަައިފަ އެވެ. ދަގަނޑޭ ވަނީ މި ފަހަރުގެ ކޮލިފައިންގައި ދެ ގޯލު ޖަހައިފަ އެވެ. އެއީ މާލޭގައި ގުއާމް ކޮޅަށާއި ރަށުންބޭރުގައި ސީރިއާ ކޮޅަށެވެ.

މިރޭ ފިލިޕީންސާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގައުމީ ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލް ގަނީ (އަކޫ) ބުނީ މިރޭ މި އޮތީ މި ކޮލިފައިން ގްރޫޕްގެ އެންމެ ފަހު މެޗު ކަމަށާއި ބޭނުންވަނީ ރަނގަޅު ނަތީޖާއަކާ އެކީ ނިންމާލުމަށް ކަމަށެވެ.

"އަހަރެމެން ބޭނުން މާދަމާ (މިރޭ) މެޗުން މޮޅުވާން އެ އަށް ކުރަން ހުރި ހުރިހާ މަސައްކަތެއް ކުރަމުން މިދަނީ،" އަކޫ ބުންޏެވެ.

"ސަޕޯޓަރުންނަށް އަޅުގަނޑު ބުނެލަން ބޭނުންވަނީ މި ކަހަލަ އުނދަގޫ ވަގުތެއްގައި ވެސް ޓީމެއްގެ ގޮތުގައި މި މަސައްކަތްކުރަނީ ގައުމަށް ރީތި ނަމެއް ހޯދައިދޭން. ފިލިޕީންސް މެޗަށް ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުން މި ނުކުންނަނީ ރަނގަޅު ނަތީޖާއެއް ނެރެން އިރާދަކުރެއްވިއްޔާ މާދަމާގެ މެޗު ކާމިޔާބު ކޮށްގެން ގައުމަށް ދާނީ،"

ކޮލިފައިން ގްރޫޕް އެއް ވަނައިގައި ސީރިއާ އޮތީ ހަތް މެޗުން 21 ޕޮއިންޓާ އެކު އެވެ. ޗައިނާ އަށް ހަތް މެޗުން 16 ޕޮއިންޓް ލިބިފައިވާއިރު، ފިލިޕީންސް ތިން ވަނައިގައި އޮތީ 10 ޕޮއިންޓާ އެކު އެވެ. ހަތަރެއްގައި އޮތް ރާއްޖެ އަށް ހަތް މެޗުން ލިބިފައިވަނީ ހަ ޕޮއިންޓެވެ. މާދަމާ ފިލިޕީންސް މެޗުން މޮޅުވިޔަސް ރާއްޖޭގެ މަގާމަށް ބަދަލެއް ނާންނާނެ އެވެ. އެންމެ ފުލުގައި އޮތް ގުއާމަށް ހުރިހާ މެޗެއް ނިމުނުއިރު ކޮލިފައިން ނިންމާލީ ޕޮއިންޓެއް ނުލިބި އެވެ.

ރާއްޖޭން މި ފަހަރުގެ ކޮލިފައިން އަށް ނުކުތީ 2023 ވަނަ އަހަރުގެ އޭޝިއަން ކަޕަަށް ކޮލިފައިވުމުގެ އަމާޒުގަ އެވެ. އެކަމަކު މިހާރު އޮތްގޮތުން ކޮލިފައިން މި ގްރޫޕުން އެކަން ހާސިލްނުވާނެ އެވެ. ޖެހޭނީ އެހެން ކޮލިފައިން ބުރެއް ކުޅެގެން އޭޝިއަން ކަޕަށް ކޮލިފައިވާށެވެ. އޭޝިއަން ކަޕަށް ކޮލިފައިވާން ރާއްޖެ ދެން ކުޅެން ޖެހޭނީ މި ވަގުތު އޮތްގޮތުން އޭޝިއަން ކަޕްގެ ކޮލިފައިން ގްރޫޕް ސްޓޭޖުގެ ޕްލޭއޮފް ބުރުގަ އެވެ. އެ ޕްލޭއޮފްގައި ދަށް ރޭންކްގެ ޓީމަކާ ދެކޮޅަށް ކުޅެގެން މޮޅުވެއްޖެނަމަ ރާއްޖެ އަށް އޭޝިއަން ކަޕްގެ ކޮލިފައިން ގްރޫޕް ސްޓޭޖުން ފުރުސަތު ލިބޭނެ އެވެ.

އޭޝިއަން ކަޕްގެ ކޮލިފައިން ގްރޫޕް ސްޓޭޖުން ކިރިޔާ ވެސް ފުރުސަތެއް އޮތީ ފިލިޕީންސް ބަލިކޮށްގެންނެވެ. ރާއްޖެ އާއި ފިލިޕީންސް ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 20:00 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox