ސަޕޯޓަރުންނަށްޓަކައި މޮޅަކުން ކޮލިފައިން ނިންމާލަން ބޭނުން: ގައުމީ ކޯޗު ކޫޕްމަން

ގައުމީ ޓީމުގެ ޕްރެކްޓިހެއްގެ ތެރެއިން ކޫޕްމަން.-- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް

ގައުމީ ޓީމުގެ ޕްރެކްޓިހެއްގެ ތެރެއިން ކޫޕްމަން.-- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް

މި ފަހަރުގެ ވޯލްޑް ކަޕް/ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގަައި ރާއްޖެ ކުޅޭ ފަހު މެޗުގައި މާދަމާރޭ ފިލިޕީންސާ ދެކޮޅަށް ނުކުންނައިރު، ސަޕޯޓަރުންނަށްޓަކައި އެ މެޗުން މޮޅުވެގެން ކޮލިފައިން މި ގްރޫޕްގެ މެޗުތައް ނިންމާލަން ބޭނުންވާ ކަމަށް ގައުމީ ޓީމުގެ ކޯޗު މާޓިން ކޫޕްމަން ބުނެފި އެވެ.

ސެންޓްރަލައިޒްކޮށް ދުބާއީގައި ކުރިއަށްދާ ކޮލިފައިން ގްރޫޕް އޭގައި ރާއްޖެ ވަނީ މިހާތަނަށް މި މަހުގައި ދެ މެޗެއް ކުޅެފަ އެވެ. އެއީ މި މަހު ހަތަރު ވަނަ ދުވަހު 4-0 އިން ސީރިއާ އަތުން ބަލިވި މެޗާއި 11 ވަަނަ ދުވަހު ޗައިނާ އަތުން 5-0 އިން ބަލިވި މެޗެވެ.

މާދަމާރޭ ފިލިޕީންސާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޫޕްމަން ބުނީ ފަހު މެޗުން އެދެނީ ރަނގަޅު ނަތީޖާ އަަކަށް ކަމަށާއި ސަޕޯޓަރުންނަށް އުފަލެއް ހޯދައިދޭން މި މެޗުން މޮޅުވާން ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ.

"އަހަރެން އެދެން ސަޕޯޓަރުން މި ޓީމު ކުޅެ ކުޅުން ތަފާތުވަމުން އަންނަތަން ވެސް ދެކެން. އަހަރެމެން 5-0 އިން ޗައިނާ އަތުން މި ކޮޅުގައި ބަލިވިއިރު ރާއްޖޭގައި ވެސް 5-0 އިން ބަލިވީ އެކަމަކު އެ މެޗުތައް ދިޔައީ ތަފާތު ގޮތަކަށް. އަހަރެން އުއްމީދުކުރަނީ މި މެޗުގެ ކުުޅުމުގެ ކަންކަމަށް ވެސް ބެލުމަށް،" ކޫޕްމަން ބުންޏެވެ.

މުސްތަގުބަލަށް ވެސް ބެލުން މުހިއްމު. ކުޅުންތެރިން އެބަ ދައްކައިދޭ ގޯހެއް ހެދުނަސް ކަންކަން ރަނގަޅު ކުރެވިދާނެކަން. އަހަރެންގެ އުއްމީދަކީ މާދަމާ މޮޅުވެ ސަޕޯޓަރުން އުފާކޮށްދެވުން. އެއީ އަހަރެން ވެސް އުފާވާނެ ކަމެއް - ކޫޕްމަން

ކޮލިފައިން ގްރޫޕް އެއް ވަނައިގައި ސީރިއާ އޮތީ ހަތް މެޗުން 21 ޕޮއިންޓާ އެކު އެވެ. ޗައިނާ އަށް ހަތް މެޗުން 16 ޕޮއިންޓް ލިބިފައިވާއިރު، ފިލިޕީންސް ތިން ވަނައިގައި އޮތީ 10 ޕޮއިންޓާ އެކު އެވެ. ހަތަރެއްގައި އޮތް ރާއްޖެ އަށް ހަތް މެޗުން ލިބިފައިވަނީ ހަ ޕޮއިންޓެވެ. މާދަމާ ފިލިޕީންސް މެޗުން މޮޅުވިޔަސް ރާއްޖޭގެ މަގާމަށް ބަދަލެއް ނާންނާނެ އެވެ. އެންމެ ފުލުގައި އޮތް ގުއާމަށް ހުރިހާ މެޗެއް ނިމުނުއިރު ކޮލިފައިން ނިންމާލީ ޕޮއިންޓެއް ނުލިބި އެވެ.

ރާއްޖޭން މި ފަހަރުގެ ކޮލިފައިން އަށް ނުކުތީ 2023 ވަނަ އަހަރުގެ އޭޝިއަން ކަޕަަށް ކޮލިފައިވުމުގެ އަމާޒުގަ އެވެ. އެކަމަކު މިހާރު އޮތްގޮތުން ކޮލިފައިން މި ގްރޫޕުން އެކަން ހާސިލްނުވާނެ އެވެ. ޖެހޭނީ އެހެން ކޮލިފައިން ބުރެއް ކުޅެގެން އޭޝިއަން ކަޕަށް ކޮލިފައިވާށެވެ. މިހާރު އޮތްގޮތުން އޭޝިއަން ކަޕަށް ކޮލިފައިވާން ރާއްޖެ ދެން ކުޅެން ޖެހޭނީ އޭޝިއަން ކަޕްގެ ކޮލިފައިން ގްރޫޕް ސްޓޭޖުގެ ޕްލޭއޮފް ބުރުގަ އެވެ. އެކަމަކު ފިލިޕީންސް އަތުން މޮޅުވެއްޖެނަމަ އޭޝިއަން ކަޕް ކޮލިފައިން ގްރޫޕް ސްޓޭޖުން ރާއްޖެ ފުރުސަތު ލިބިދާނެ އެވެ. ޕްލޭއޮފްގައި ކުޅެން ޖެހިއްޖެނަމަ ބައްދަލުކުރަން ޖެހޭނީ ދަށް ރޭންކްގެ ޓީމަކާ އެވެ. އެ ޓީމާ ދެކޮޅަށް ކުޅެގެން މޮޅުވެއްޖެނަމަ ރާއްޖެ އަށް އޭޝިއަން ކަޕްގެ ކޮލިފައިން ގްރޫޕް ސްޓޭޖުން ފުރުސަތު ލިބޭނެ އެވެ.

ކޫޕްމަން ބުނީ 10 ވަރަކަށް ދުވަސްތެރޭގައި ރާއްޖޭން ތިން މެޗު ކުޅެން ޖެހުނުއިރު، މިއީ ހަގީގަތުގައި މީގެ އެތައް ދުވަސްތަކެއް ކުރިން ކުޅެން ޖެހޭ މެޗުތަކެއް ކަމަށެވެ. އަދި މި މެޗުތައް ދިޔަ ގޮތް ބަލައިފިނަމަ ޓީމުން ކުުޅުމުގައި ހޯދި ކުރިއެރުން ފެންނާނެ ކަމަށް ކޫޕްމަން ބުންޏެވެ.

"އަހަންނަށް ހީވަނީ އަހަރެމެން ކުރިއެރުންތަކެއް ހޯދައިފި މި މެޗުތަކުން މިހާތަަނަށް ވެސް. އެކަމަކު ބަލިވީ ދެ މެޗުން ވެސް. އެހެންވީމަ މާދަމާ ރަނގަޅު ނަތީޖާއެއް ނެރުން ވަރަށް މުހިއްމު ފިލިޕީންސާ ދެކޮޅަށް. އެއީ ދިވެހިރާއްޖޭގެ މީހުންނަށްޓަކައި. އަހަރެމެންނަށް އެނގޭ މިއީ އުނދަގޫ ވަގުތެއް ކަން އެކަމަކު ވެސް ރަނގަޅު ނަތީޖާއެއް ނެރެން ފައިޓްކުރާނަން،" ކުރިން އަރޫބާގެ ކޯޗުކަމާއި ސައުދީ އަރަބިއްޔާގެ އެސިސްޓަންޓް ކޯޗަކަށް މަސައްކަތްކުރި ކޫޕްމަން ބުންޏެވެ.

މި މެޗުތައް މި އަހަރު ޖޫން މަހު ކުޅެން ނިންމީ ތިން ފަހަރަށް ފަސްކުރުމަށް ފަހު އެވެ. އެއީ ކޮވިޑް-19ގެ ސަބަބުން ނިންމަން ޖެހުނު ނިންމުންތަކެކެވެ. މި މެޗުތައް އެންމެ ފުރަތަމަ ސެންޓަރަލައިޒްކޮށް ޗައިނާގައި ކުޅެން ނިންމި އެވެ. އެކަމަކު ޗައިނާ އަށް އެތެރެވުމުގައި ރާއްޖެ އާއި ފިލިޕީންސް އަދި ސީރިއާ އަށް އުނދަގޫތަކެއް ކުރިމަތިވުމުން މެޗުތައް ދުބާއީ އަށް ބަދަލުކުރީ އެވެ.

ރާއްޖޭން މި މެޗުތަކަށް ޓީމު ކޭމްޕްކުރީ މިދިޔަ މަހުގެ 13 ވަނަ ދުވަހު މާލޭގައި ހޮޓްލެ ޖެންގަ އެވެ. މާލޭ ސްޓޭޑިއަމްގައި ޕްރެކްޓިސް ކުރުމުގެ ހުއްދަ ނުލިބޭތީ ހޮޓަލްގެ ބޯލް ރޫމުގައި ޕްރެކްޓިސް ކުރި އެވެ. މި ފަހަރުގެ ކޮލިފައިން މެޗުތަކަށް ދަނޑުމަތީގައި ޕްރެކްޓިސް ކުރަން ލިބުނީ މިދިޔަ މަހުގެ 22 ވަނަ ދުވަހު ދުބާއީ އަށް ދިޔަ ފަހުންނެވެ.

ކޫޕްމަން ބުނީ އޭނާ ހަވާލުވި ފަހުން މި ފަހަރުގެ ކޮލިފައިން ތެރޭގައި ޓީމު ދަސްކުރަން ލިބުނު ވަގުތުގައި ފެނުނު ކަންކަމަށް ބަލާއިރު، ކުޅުންތެރިންގެ ގުޅުން ބަދަހިކަން ފެނިއްޖެ ކަމަށާއި މަހެއްހާ ދުވަހު ހޮޓަލެއްގައި މި ގޮތަށް ތިބެފައި މެޗުތަކެއް ކުޅުން އެއީ ފަސޭހަ ކަމެއް ނޫން ކަމަށެވެ.

ގައުމީ ޓީމުން މިހާތަނަށް ވަނީ ފިލިޕީންސާ ދެކޮޅަށް ހަތަރު މެޗު ކުޅެ އެއް މެޗުން މޮޅުވެފަ އެވެ. ރާއްޖެ މޮޅުވީ 2009 ވަނަ އަހަރު އެކުވެރިކަމުގެ މެޗެއްގައި 3-2 އިންނެވެ. އޭގެ ފަހުން އޭއެފްސީ ޗެލެންޖް ކަޕްގައި 2014 ވަނަ އަހަރު 3-2 އިން ރާއްޖެ ބަލިވި އެވެ. އަދި 2015 ވަނަ އަހަރު އެކުވެރިކަމުގެ މެޗަކުން 2-0 އިން ފިލިޕީންސް މޮޅުވިއިރު، މީގެ ދެ އަހަރު ކުރިން މި ފަހަރުގެ ކޮލިފައިންގައި މާލޭގައި ކުޅުނު މެޗުން 2-1 އިން ރާއްޖެ ބަލިކުރި އެވެ.

ރާއްޖެ އާއި ފިލިޕީންސް ކުޅޭ މެޗު ފަށާނީ މާދަމާރޭ 20:00 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ އަތުން ފަލަސްތީނަށް ބޮޑު މޮޅެއް

އޭޝިއާގެ 17 އަހަރުން ދަށުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ މެޗުން ފަލަސްތީނު ވަނީ 5-0 އިން ރާއްޖެ ބަލިކޮށްފައެވެ. ފަލަސްތީނުގެ ޒެއިން މުހައްމަދު ހެޓްރިކެއް ހެދި މި މެޗުގެ ހުރިހާ ލަނޑެއްވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގައި. މި ދެ ޓީމު ވެސް ތައްޔާރުވަނީ، އަންނަ މަހު އޮންނަ އޭއެފްސީ 17 އަަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިން އަށް.

ޒްވެރެވް، 35 އަހަރަށްފަހު ޖަރުމަނު ޓެނިސް ތާރީހު ބަދަލުކޮށްލައިފި

ޖަރުމަނުގެ އަލެކްސަންޑަ ޒްވެރެވް ދުނިޔޭގެ ޓެނިސް ރޭންކިންގެ އެއްވަނަ ކަށަވަރުކޮށް، 35 އަހަރަށް ފަހު އެ މަގާމު ހޯދި ފުރަތަމަ ޖަރުމަނު ކުޅުންތެރިޔާގެ ޝަރަފު ހޯދައިފި. މިއީ 1991 ވަނަ އަހަރު ބޮރިސް ބެކާ އެ މަގާމު ހޯދި ފަހުން ޖަރުމަނު ކުޅުންތެރިއަކު ރޭންކިންގެ އެއްވަނައަށް އެރި ފުރަތަމަ ފަހަރު.

އެޕީލް ނާކާމިޔާބު، އާސެނަލްގެ ޑައުމަން ތިން މެޗަށް ސަސްޕެންޑް!

އިނގިރޭސި ލީގު ކަޕްގައި ފްލީޓްވުޑް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރަތް ކާޑާ ގުޅިގެން، އާސެނަލްގެ ޒުވާން ކުޅުންތެރިޔާ މެކްސް ޑައުމަން ތިން މެޗަށް ސަސްޕެންޑްކޮށްފި. މި އަދަބަށް ލުޔެއް ހޯދުމަށް އާސެނަލުން ކުރި އެޕީލް ނާކާމިޔާބުވެ، ރެފްރީގެ ނިންމުން ދަމަހައްޓަން ވަނީ ނިންމާފައި

ފެނާންޑޭސް އަތުން ބޭންޑް ނުނަގަން ޔުނައިޓެޑުން ނިންމައިފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު މައިކަލް ކެރިކަށް ފާޑުކިޔުމާ ގުޅިގެން ބްރޫނޯ ފެނާންޑޭސް ބެންޗަށް ބަދަލުކުރި ނަމަވެސް، އޭނާގެ އަތުން ކެޕްޓަން ބޭންޑް ނެގުމުގެ ވިސްނުމެއް ކްލަބުން ނެތްކަން ހާމަކޮށްފި. ކެރިކް ބުނިގޮތުގައި ފެނާންޑޭސްއަކީ ޓީމުގެ މުހިންމު ކުޅުންތެރިއަކަށް ވުމާއެކު، މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ އޭނާއާ އެކު ޓީމު ރަނގަޅުކުރަން

ބެލޮންޑިއޯގެ "ބޯޓް" އެވޯޑާ އެކު ރޮނާލްޑޯގެ ޝުކުރު ސަޕޯޓަރުންނަށް

ބެލޮންޑިއޯގެ 70 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އަލަށް ތައާރަފްކުރި "ބެލޮންޑިއޯ އޮފް އޯލް ޓައިމް (ބޯޓް)" އެވޯޑް، 2008 ވަނަ އަހަރުގެ ކާމިޔާބީއަށް ބިނާކޮށް ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްފި. ސަޕޯޓަރުންގެ ވޯޓުން ހޮވި މި ޝަރަފްވެރި އެވޯޑާ ގުޅިގެން ރޮނާލްޑޯ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އޭނާގެ ސަޕޯޓަރުންނަށް ޚާއްސަ ޝުކުރެއް އަދާކޮށްފައި

ސާފްގައި އިންޑިއާގެ ފުލް ޓީމު ހަމަވަނީ ރާއްޖެ މެޗަށް

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާގެ ފުލް ޓީމު ހަމަވާނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރާއްޖެއާ ބައްދަލުކުރާ މެޗަށް. މީގެ ސަބަބަކީ ފީފާ ބްރޭކާ ދިމާކޮށް އިންޑިއާގެ ސީނިއާ ޓީމު ނިއުޒީލެންޑާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅުމާއި، ކްލަބްތަކުން ކުޅުންތެރިން ދޫކުރުމުގައި ހުރި ދަތިތަކެެއް

ވެމްކޯ ގައުމީ ފައިނަލަށް، ހުރާ އަތުން ޕޮލިސް ކަޓައިފި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުން ވެމްކޯ ޖާގަ ހޯދީ ސެމީ ފައިނަލުގައި އެމްޓީސީސީ ބަލިކުރުމަށްފަހު. އަދި ސެމީ ފައިނަލުގެ އަނެއް މެޗުން ހުރާ އަތުން ބަލިވެ ޕޮލިސް ކްލަބް ވަނީ މުބާރާތުން ކަޓާފައެވެ. ފައިނަލުގެ ފަހު ޖާގައަށް މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ހުރާ އާއި އެމްޓީސީސީ.

Newsletter

Get the latest news delivered straight to your inbox