"އުފަލުން ބައިކްގައި ސްކޫލަށް"؛ ކުޑަފަރީ ކައުންސިލްގެ އާ ވާހަކައެއް

ކުޑަފަރީ ސްކޫލްގެ ދަރިވަރުންތަކެއް ބައިސިކަލްގައި ސްކޫލަށް ދަނީ: ކައުންސިލްގެ ލޯނެއް ތައާރަފްކުރަނީ

ކުޑަފަރީ ސްކޫލްގެ ދަރިވަރުންތަކެއް ބައިސިކަލްގައި ސްކޫލަށް ދަނީ: ކައުންސިލްގެ ލޯނެއް ތައާރަފްކުރަނީ

ނ. ކުޑަފަރީން މިފަހަރު މި ދައްކަނީ ކުޑަ މިސާލެއް ނޫނެވެ؛

ކައުންސިލުން ދިރާސީ އާ އަހަރު ފެށުމާ ދިމާކޮށް، އެ ރަށުގެ ރައްޔިތުންނަށް ލުއިފަސޭހަކަން ހޯދައިދިނުމުގެ ގޮތުން ލޯނު ސްކީމްތަކެއް ތައާރަފުކުރަނީ އެވެ.

ކައުންސިލުން ފުރަތަމަ ފަށަން ނިންމާފައި ވަނީ, "އުފަލުން ސްކޫލަށް" އަދި "ބައިކް ޓު ސްކޫލް" ޕްރޮގްރާމެވެ.

Advertisement

މި ދެ ޕްރޮގްރާމްއާ ގުޅޭ ގޮތުން ކުޑަފަރީ ކައުންސިލްގެ ރައީސް ޝަމީމް މުހައްމަދު "އަދަދު"އަށް ވިދާޅުވި ގޮތުގައި، ކައުންސިލުން މައިކްރޯ ފައިނޭންސިން ސްކީމްތަކެއް ތައާރަފްކުރަން ނިންމީ، ދިރާސީ އާ އަހަރު ފެށުމަށް ކުރަން ޖެހޭ ހަރަދުތަކަށް ލުޔެއް ދިނުމަށްޓަކަ އެވެ.

އެގޮތުން، ދަރިވަރުންގެ ޔުނީފޯމާއި ބޫޓު އަދި ފެން ފުޅި ފަދަ ތަކެތި ގަތުމަށް 2،000 ރުފިޔާގެ ލޯނެއް އެއް އަހަރު ދުވަހަށް ބަހާލައިގެން ދެއްކޭނެ ގޮތަށް ތައާރަފު ކުރަމުންދާ ކަމަށެވެ. އަދި، އެ ލޯނަކީ އެއް އަހަރަށް ބަހާލައިގެން ދައްކާ ގޮތަށް މަހަކު 250 ރުފިޔާއަށް ވުރެން ގިނަ ނޫން އަދަދަކަށް ދައްކަން ޖެހޭ ގޮތަށް ތައާރަފު ކުރާނެ ލޯނެއް ކަމަށް ޝަމީމް ވިދާޅުވި އެވެ.

ކުޑަފަރީގެ މަގެއް މަތި: ކައުންސިލުން ދަނީ ލޯނު ސްކީމެއް ތައާރަފް ކުރަން މަސައްކަތް ކުރަމުން
ކުޑަފަރީގެ މަގެއް މަތި: ކައުންސިލުން ދަނީ ލޯނު ސްކީމެއް ތައާރަފް ކުރަން މަސައްކަތް ކުރަމުން

ކުޑަފަރީގެ މަގެއް މަތި: ކައުންސިލުން ދަނީ ލޯނު ސްކީމެއް ތައާރަފް ކުރަން މަސައްކަތް ކުރަމުން

އޭނާ ވިދާޅުވި ގޮތުގައި، އެ ލޯނުތައް ދޫކުރާނީ ސީދާ ކައުންސިލުންނެވެ. ނަމަވެސް، އެކަމަށް ހެޔޮއެދޭ ފަރާތްތަކުގެ އެހީ ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

"މީގެ މަގުސަދަކީ، ބެލެނިވެރިން ކުރަން މި ޖެހޭ ހަރަދުތަކަށް ކޮންމެ ވެސް ވަރެއްގެ ލުޔެއް ހޯދައިދިނުން،" ޝަމީމް ވިދާޅުވި އެވެ.

މި ލޯނު ދޫކުރުމަށް ކައުންސިލުން މަސައްކަތް ކުރަމުންދާއިރު، ރަށުގެ ނިކަމެތި އާއިލާތަކަށް ހިލޭ ދޫކުރުމަށް ވެސް ވަނީ ނިންމައިފަ އެވެ. އެގޮތުން، ނިކަމެތި އަދި ޔަތީމު ކުދިންނަށާއި އެކަނިވެރި ބެލެނިވެރިންނަށް ލޯނެއްގެ ބަދަލުގައި އެހީއެއް ގޮތަށް ފައިސާ ދޫކުރާނެ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެފަދަ އާއިލާތައް ދެނެގަނެ އެ ފަރާތްތަކަށް ފްރީ އޮފް ޗާޖްސް ދޫކުރަން ނިންމާފައި މިވަނީ، އަޅުގަނޑުމެންނަށް މިހާރު ވެސް އެބަ ފާހަގަ ކުރެވޭ އެފަދަ އާއިލާތައް، އެފަދަ އާއިލާތަކަކީ އަޅާލުން ބޭނުންވާ އާއިލާތަކެއް،" އޭނާ ވިދާޅުވި އެވެ.

ޝަމީމް ވިދާޅުވި ގޮތުގައި، މުޖުތަމައުގައި ތިބި ނިކަމެތިންނަށް ފުދޭ ދިރިއުޅުމެއް ހޯދައިދީ، އެ މީހުންނަކީ މުޖުތަމައުއާ އެއް ހަމައެއްގައި އުޅެވޭވަރު ބަޔަކަށް ހެދުމުގެ ޒިންމާ ވަރަށް ބޮޑަށް ކައުންސިލްތަކަށް އޮންނާނެ އެވެ. އެހެންވެ، އެ ކައުންސިލްގެ މަގުސަދަކީ އެ ޒިންމާ ފުރިހަމަ ގޮތުގައި އަދާކުރުމެވެ.

ކުޑަފަރީގެ މަގެއް މަތި: ކައުންސިލުން ދަނީ ލޯނު ސްކީމެއް ތައާރަފް ކުރަން މަސައްކަތް ކުރަމުން
ކުޑަފަރީގެ މަގެއް މަތި: ކައުންސިލުން ދަނީ ލޯނު ސްކީމެއް ތައާރަފް ކުރަން މަސައްކަތް ކުރަމުން

ކުޑަފަރީގެ މަގެއް މަތި: ކައުންސިލުން ދަނީ ލޯނު ސްކީމެއް ތައާރަފް ކުރަން މަސައްކަތް ކުރަމުން

ކުޑަފަރީ ކައުންސިލުން ދެން ތައާރަފުކުރަން ނިންމި، "ބައިކް ޓު ސްކޫލް" ޕްރޮގްރާމްގެ މަގުސަދަކީ، ޝަމީމް ވިދާޅުވި ގޮތުގައި އެ ރަށުގެ ސިފައެއް ކުރިއެރުވުމުގެ ގޮތުން ފަށާ ޕްރޮގްރާމެކެވެ.

"މި ރަށުގެ ސިފައެއް އެއީ ބައިސިކަލްގައި ކުދިން ސްކޫލަށް ދިޔުން، އަދި ބޮޑެތި މީހުން ވެސް ބައިސިކަލްގައި އުޅޭ މިންވަރު ގިނަ، ސައިކަލްތައް ގިނަވުމަކީ މާބޮޑަށް އެދޭ ކަމެއް ނޫން،" ޝަމީމް ވިދާޅުވި އެވެ.

އެހެންވެ، އެ ލައިފްސްޓައިލް ދެމެހެއްޓުމަށްޓަކައި ކޮންމެ ދަރިވަރަކަށް ވެސް ބައިސިކަލެއް ކައުންސިލްގެ ފަރާތުން ފޯރުކޮށްދޭން ދަނީ މަސައްކަތް ކުރަމުންނެވެ. އަދި، އެ ބައިސިކަލްތައް މެއިންޓެއިންކޮށް ބަލަހައްޓާނެ ގޮތުގެ ޓްރެއިނިންތައްދީ، އެންމެ ރަނގަޅަށް އެކަން ކުރާ ދަރިވަރެއްގެ އަގު ވަޒަން ކުރާނެ ކަމަށް ވެސް ޝަމީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، މި ޕްރޮގްރާމް ކުރިއަށް ގެންދާނީ ހެޔޮ އެދޭ ބަޔަކާއެކު އެވެ. ނަމަވެސް، އެކަން އަދި ފައިނަލެއް ނުވެ އެވެ. މީގެކުރިން ވެސް ސޮނެވާފުއްޓާއެކު ކުޑަފަރީ ކައުންސިލުން ރަށުގެ ރައްޔިތުންނަށް ބައިސިކަލް ފޯރުކޮށްދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދިޔަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox