ތަރައްގީގެ ޕްލޭން ހަދާއިރު ކައިރި ރަށްރަށަށް ވިސްނަން އެދިއްޖެ

ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް: ތަރައްގީގެ ޕްލޭން ހަދަން ޖެހޭނީ ހަމައެކަނި ރަށުގެ ފަސްގަނޑަށް ވިސްނައިގެން ނޫން ކަމަށް ވިދާޅުވި-- ފޮޓޯ: ހުސައިން ވަހީދު/ އަދަދު

ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް: ތަރައްގީގެ ޕްލޭން ހަދަން ޖެހޭނީ ހަމައެކަނި ރަށުގެ ފަސްގަނޑަށް ވިސްނައިގެން ނޫން ކަމަށް ވިދާޅުވި-- ފޮޓޯ: ހުސައިން ވަހީދު/ އަދަދު

ރަށްރަށުން ތަރައްގީގެ ޕްލޭންތައް ހަދާއިރު ހަމައެކަނި ރަށުގެ ފަސްގަނޑަށް އެކަނި ނުވިސްނެވުމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

ކައުންސިލްތަކުން ތަރައްގީގެ ޕްލޭން ހެދުމަށާއި މާލީ ދާއިރާއަށް ހޭލުންތެރި ކުރުވަން މިއަދު ފެށި ތަމްރީން ޕްރޮގްރާމް ޝަރަފުވެރިކޮށް ދެއްވައި މިނިސްޓަރު އަސްލަމް ވިދާޅުވީ ކައިރީގައިވާ ރަށްތަކަކީ އަވައްޓެރިން ކަމަށް ދެކިގެން ޕްލޭންތައް ހެދުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ސަރުކާރުގެ ޕްލޭން ހަދާފައި އޮތީ ރާއްޖެ މައިގަނޑު ތިން ރީޖަންއަކަށް ބަހާލުމަށް ފަހު އެ ތިން ރީޖަންގައި ހަ ޒޯން ހެދުމަށް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އެ ހަ ޒޯންގައި 20 އައިލެންޑް ކްލަސްޓާ ހެދުމަށް ވެސް ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.

"ކޮންމެ އައިލެންޑް ކްލަސްޓާއަކީ ވަށައިގެން ކައިރީގައި ހުންނަ ރަށްތަކެއްގެ މައްޗަށް އެކުލެވިގެން އޮންނަ ރަށްތަކުގެ ގުރޫޕެއް،" މިނިސްޓަރު ތަފްސީލް ކޮށްދެއްވި އެވެ.

"ސަރުކާރުގެ ވިސްނުމަކީ މިދެންނެވި ގޮތަށް ރާއްޖެ ތަރުތީބު ކުރެވިގެން މީގެން ކޮންމެ ރީޖަންއެއްގައި ވެސް އެ ރީޖަނަކަށް ގެންނަން ޖެހޭ އުމުރާނީ ތަރައްގީ އާއި އިންސާނީ ވަސީލަތްތައް އަދި ހިދުމަތްތައް އެއްތަނަކަށް ގެނައުން."

އިގުތިސާދީ ގޮތުން ރާއްޖޭގައި ކުރިއަރާފައިވާ ރަށްތައް ކުރިއަރާފައި ހުރީ އެ ރަށްރަށުގައި ވިޔަފާރި ކުރުމަށް ފުރުސަތު އެހެން ރަށްތަކުގެ މީހުންނަށް ދީގެން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެ ފުރުސަރު ކުރިއަށް އޮތްތަނުގައި ރަށްތަކުން ދޭން ޖެހޭ ކަމަށް އަސްލަމް ވިދާޅުވި އެވެ.

"އަޅުގަނޑު މިސާލެއްގެ ގޮތުން ދަންނަވާފާނަން މާފުށީގައި ގެސްޓްހައުސް، ޓޫރިޒަމްގެ ވިޔަފާރި ކުރިއަރާފައި އެ އޮތީ ހަމައެކަނި މާފުށި ރައްޔިތުން ކުރި އިންވެސްޓްމަންޓް ތަކަކުންނެއް ނޫން. އޭގައި ރާއްޖޭގެ އެ ރަށަށް ނިސްބަތް ނުވާ ތަނަވަސް މީސް މީހުންގެ ހިއްސާ ވަރަށް ބޮޑު،" އަސްލަމް ވިދާޅުވި އެވެ.

ފެރީގެ ނިޒާމަކުން ރާއްޖޭގެ ހުރިހާ ރަށްތައް ގުޅާލުމުގެ މަޝްރޫ މިއަހަރު ފަހުކޮޅު އުތުރުން ފެށޭނެ ކަމަށާއި އެ ދަތުރުތައް ފެށުމުގެ ތައްޔާރީތައް އެމްޓީސީސީން ވަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ކުރިއަށް އޮތް އަހަރުތަކުގައި އެހެން އަތޮޅުތައް ވެސް ފެރީން ގުޅާލެވޭނެ ކަމަށާއި އޭރުން ކޮންމެ ރަށަކީ ހުރިހާ ހިދުމަތެއް ލިބެންޖެހޭ ރަށަކަށް ވާން ނުޖެހޭނެ ކަމަށް ވިދާޅުވި އެވެ.

"ދަތުރުފަތުރާ ނުލާ ލާމަރުކަޒު ކުރެވޭނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން. ކޮންމެ ރަށެއް ވަކިން އެ ރަށަކަށް ބޭނުންވާ ހުރިހާ ހިދުމަތެއް އެރަށުގެ ފަސްގަނޑުން ހޯދަން އުޅެގެން އެކަން ވާނެ ތަނެއް އަޅުގަނޑަކަށް ނުވެއް ފެނޭ،" އަސްލަމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެއްފަސް ކުރުމަކީ ވެސް ކޮންމެ ކޮންމެ ރަށެއްގައި ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އެ ރަށެއްގައި ތިބެން ބޭނުންވާ ބަޔަކު އެ ރަށެއްގައި ތިބެގެން ދަތުރުފަތުރުގެ ނިޒާމުގެ ތެރެއިން ހިދުމަތް ހޯދުމުގެ ފުރުސަތު ދޭން ޖެހޭ ކަމަށް އަސްލަމް ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވި ގޮތުގައި އަސާސީ ބޭނުންތައް ހޯދުމަށް ރާއްޖޭގެ އާބާދީގެ 40 ޕަސެންޓް އުޅެނީ މާލޭގައި ކަމަށާއި އޭގެ ތެރެއިން ބައެއް އާއިލާތަކުން ވަރަށް ހާލުގައި ދިރިއުޅެމުން ދެ އެވެ. އެކަން ބަދަލު ކުރުމަށް ދުރުރާސްތާ ޕްލޭނެއްގެ ތެރެއިން މަސައްކަތް ކުރަން ޖެހޭ ކަމަށް އަސްލަމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އަތޮޅުތެރެއިން މާލެއަށް ބަދަލުވާ މީހުންގެ ރޭޓަށް ބަލާއިރު 2040 އަށް ދާއިރު މާލޭގެ އާބާދީ އަތޮޅުތަކުގެ ޖުމުލަ އާބާދީއަށް ވުރެން ބޮޑުވާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox