ޔޫކްރެއިން ބަލިކޮށް ނެދަލެންޑްސް އަށް އުފާވެރި އެނބުރި އައުމެއް

Jun 13, 2021, 9:11 PM
ޔޫކްރެއިން ބަލިކޮށް ނެދަލެންޑްސް އަށް އުފާވެރި އެނބުރި އައުމެއް

އަމްސްޓެޑަމް (ޖޫން 14) - ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ޔޫކްރެެއިން 3-2 އިން ބަލިކޮށް ނެދަލެންޑްސް އިން ޔޫރޯ އަށް އެނބުރި އައި މެޗުން މޮޅުވެއްޖެ އެވެ.

ނެދަލެންޑްސް އެންމެ ފަހުން ފުޓްބޯޅައިގެ ބޮޑު މުބާރާތެއްގައި ވާދަކުރީ 2014 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގަ އެވެ. އޭގެ ފަހުން 2016 ވަނަ އަހަރު ފްރާންސްގައި ބޭއްވި ޔޫރޯ އާއި 2018 ވަނަ އަހަރު ރަޝިއާގައި ކުރިއަށްދިޔަ ފީފާ ވޯލްޑް ކަޕަށް ނެދަލެންޑްސް ކޮލިފައިނުވެ އެވެ. އެހެން ނަމަވެސް ކުރީގެ ކޯޗު ރޮނާލްްޑް ކޫމަންގެ ކޯޗުކަމުގައި ބޮޑު ކުރިއެރުމެއް ހޯދައި 2019 ވަނަ އަހަރު ޔުއެފާ ނޭޝަންސް ލީގުގެ ފައިނަލުގައި ކުޅުނެެވެ. އެކަމަކު ޕޯޗުގަލް އަތުންވީ ބައްޔެވެ.

އަމިއްލަ ދަނޑު، ޔޯހަން ކްރައިފް ސްޓޭޑިއަމްގައި މިރޭ ނެދަލެންޑްސް އިން ފުރަތަމަ ހާފުގައި ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބުނު ނަމަވެސް ބޭނުމެއް ނުކުރެވުނެވެ. ގިނަ ބޯޅަތައް ހުއްޓުވީ ޔޫކްރެއިންގެ ގޯލްކީޕަރު ޖިއޯޖް ބުޝްޗާން އެވެ.

ނެދަލެންޑްސް އިން ދެ ވަނަ ހާފް ފުރަތަމަ 15 މިނިޓް ތެރޭ ދެ ގޯލު ޖެހި އެވެ. އެ ޓީމަށް ލީޑުނަގައިދިިނީ މެޗުގެ 52 ވަނަ މިނިޓްގައި ޓީމުގެ ކެޕްޓަން ޖިނީ ވައިނަލްޑަމް އެވެ. އަރިމަތިން ނެގި ހުރަހެއް ކީޕަރު ބުޝްޗާން އަތުގައި ޖެހިފައި ލިބުނު ބޯޅަ ވައިނަލްޑަމް ވަނީ ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލައިފަ އެވެ. ވައިނަލްޑަމް އަކީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ނެދަލެންޑްސް އިން ޖެހި ފަހު ގޯލު ކާމިޔާބުކުރި ކުޅުންތެރިޔާ އެެވެ.

ނެދަލެންޑްސްގެ ވެން އާން ހޯލްޓް (ވ) ފޮނުވާލާ ބޯޅައެއް ޔޫކްރެއިންގެ ކީޕަރު ބުޝްޗާން މަތަކުރަނީ
ނެދަލެންޑްސްގެ ވެން އާން ހޯލްޓް (ވ) ފޮނުވާލާ ބޯޅައެއް ޔޫކްރެއިންގެ ކީޕަރު ބުޝްޗާން މަތަކުރަނީ

ނެދަލެންޑްސްގެ ވެން އާން ހޯލްޓް (ވ) ފޮނުވާލާ ބޯޅައެއް ޔޫކްރެއިންގެ ކީޕަރު ބުޝްޗާން މަތަކުރަނީ

ފުރަތަމަ ލަނޑު ޖެހިތާ ހަތް މިނިޓް ފަހުން ވައުޓް ވެހޯސްޓް ވަނީ އިތުރު ގޯލެއް ޖަހައި ނެދަލެންޑްސް އަށް ދެ ގޯލުގެ ލީޑެއް ނަަގައިދީފަ އެވެ. ވެހޯސްޓް ފޮނުވާލި ބޯޅަ ގޯލަށް ވަނީ ކީޕަރު ބުޝްޗާން އަތުގައި ޖެހިފަ އެވެ.

ޔޫކްރެއިނުން މެޗުގެ ތެރެއަށް އަލުން އައީ ގާތްގާތުގައި ދެ ގޯލު ޖަހައިގެންނެވެ. އެ ޓީމުގެ ފުރަތަމަ ގޯލު ޖެހީ 75 ވަނަ މިނިޓްގައި ކެޕްޓަން އެންޑީ ޔާމޮލަންކޯ އެވެ. އޭރިއާބޭރުން ޔާމޮލެންކޯ ޖެހި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ. އޭގެ ތިން މިނިޓް ފަހުން ހިލޭ ޖެހުމަކުން ރުސްލާން މަލިނޯވްސްކީ ނަގައިދިން ބޯޅަ ބޮލުން ގޯލު ތެރެއަށް ފޮނުވާލައި ރޯމަން ޔަރެމްޗުކް ވަނީ ނަތީޖާ ހަމަހަމަކޮށްދީފަ އެވެ.

ނެދަލެންޑްސް މޮޅުކޮށްދިން ގޯލު ޖެހީ މެޗު ނިމެން ފަސް މިނިޓަށް ވެފައިވަނިކޮށް ޑެންޒެލް ޑަމްފްރީސް އެވެ. ނޭތަން އަކޭ ނަގައިދިން ހުރަހަކުން ޑަމްފްރީސް މި ގޯލު ޖެހީ ބޮލުންނެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑު ޖަހަން ޑަމްފްރީސް އަށް ލިބުނު ފުރުސަތުތަކުގެ ބޭނުމެއް ނުހިފުނެވެ. މިއީ ޑަމްފްރީސް ގައުމީ ޓީމަށް ޖަހައިދިން ފުރަތަމަ ގޯލެވެ.

މިއީ ބައިނަލްއަގުވާމީ ބޮޑު މުބާރާތެއްގައި ނެދަލެންޑްސް އާއި ޔޫކްރެއިންގެ ފުރަތަމަ ކުރިމަތިލުމެވެ. ޔޫކްރެއިނާ ދެކޮޅަށް މިރޭގެ ކުރިން ނެދަލެންޑްސް ކުޅުނު އެކުވެރިކަމުގެ ދެ މެޗުން ވެސް ބަލިވެފައިނުވެ އެވެ. މިއީ 2000 ވަނަ އަހަރުގެ ޔޫރޯ ސެމީ ފައިނަލުގައި އިޓަލީ އަތުން ބަލިވި ފަހުން ނެދަލެންޑްސް އިން ޔޯހަން ކްރައިފް އެރީނާގައި ކުޅުނު ޔޫރޯގެ ފުރަތަމަ މެޗެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox