މާފުށީ ބިން ހިއްކާތީ ކައިރި އޮތް ރިސޯޓުން ކުރި ދައުވާ ބަލަން ހައިކޯޓުން އަންގައިފި

މާފުށީ ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށް ދަނީ: އެ މަޝްރޫއުއާ ގުޅިގެން ރިސޯޓުން ކުރި ދައުވާ ބަލަން ޖެހޭ ކަމަށް ވަނީ ކަނޑައަޅާފަ

މާފުށީ ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށް ދަނީ: އެ މަޝްރޫއުއާ ގުޅިގެން ރިސޯޓުން ކުރި ދައުވާ ބަލަން ޖެހޭ ކަމަށް ވަނީ ކަނޑައަޅާފަ

ކ. މާފުށީގެ ބިން ހިއްކުމާއި ތޮށިލުމުގެ މަޝްރޫއު ކުރިއަށް ގެންދާއިރު, އެ ރަށް ކައިރީގައި އޮންނަ ކޮކޯއާ އައިލެންޑް ރިސޯޓަށް ލިބޭ ގެއްލުންތައް ހުއްޓުވުމަށް ސިވިލް ކޯޓަށް ހުށަހެޅި ދައުވާ ބޭރުކޮށްލީ ގޯސްކޮށް ކަމަށް ހައިކޯޓުން ހުކުމްކޮށްފި އެވެ.

މި ސަރުކާރުގެ އެންމެ ފުރަތަމަ ބިން ހިއްކުމުގެ މަޝްރޫއު ކަމަށްވާ މާފުށީ ބިން ހިއްކައި ތޮށިލުމުގެ މަސައްކަތް ޕްލޭނިން މިނިސްޓްރީން ކުރަމުންދާއިރު، އެ ރަށް ކައިރީގައި އޮތް ކ. މަކުނުފުށީގައި ހިންގާ ކޮކޯއާ އައިލެންޑަށް އިޔާދަ ނުކުރެވޭނެ ގެއްލުންތައް ލިބޭނެ ކަމަށް އެ ރިސޯޓު ބުނެ އެވެ.

ރިސޯޓު ހިންގާ އޯކިޑް ރިސޯޓްސް މެނޭޖްމެންޓު ކުންފުނިން ސިވިލް ކޯޓުގައި ދައުވާކުރީ ގެއްލުންތައް ހުއްޓުވުމަށްޓަކައި، މަޝްރޫއު ހުއްޓާލުމަށް ނުވަތަ، މަކުނުފުއްޓަށް ކަނޑައަޅާފައިވާ ބައުންޑަރީއަށް އަސަރު ނުކުރާނެ ގޮތަށް މަޝްރޫއު ކުރިއަށް ގެންދިޔުމަށް ޓޫރިޒަމް އަދި ޕްލޭނިން މިނިސްޓްރީގެ މައްޗަށް އަމުރުކޮށްދިނުމަށެވެ.

Advertisement

މި ދައުވާއާ ގުޅިގެން ސިވިލް ކޯޓުގައި ދައުލަތުގެ ފަރާތުން ޖަވާބުދާރީއެއް ނުވެ އެވެ.

ނަމަވެސް، ސިވިލް ކޯޓުން ނިންމީ އެ މައްސަލައަކީ އެ ކޯޓަށް ބެލުމުގެ އިހުތިސޯސް އޮތް މައްސަލައެއް ނޫން ކަމަށެވެ. އެގޮތަށް ނިންމީ އޯކިޑް ރިސޯޓްސް މެނޭޖްމެންޓު ކުންފުނިން ހުށަހެޅި ދައުވާއަކީ މާފުށީ ބިމާ ގުޅޭ މައްސަލައެއް ކަމަށް ބުނެ އެވެ.

އެ ރަށެއްގެ ބިމާ ގުޅޭ މައްސަލަތައް ފުރަތަމަ މަރުހަލާގައި ބެލުމުގެ އިހްތިސޯސް ހިނގަނީ އެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓަކަށެވެ.

ނަމަވެސް، މައްސަލައަކީ މާފުށީ ބިމާ ގުޅޭ މައްސަލައެއް ކަމަށް ސިވިލް ކޯޓުން ނިންމީ އޮޅުންތަކެއްގެ މައްޗަށް ގާނޫނީ އިމުން ބޭރު ކަމަށް ބުނެ އޯކިޑް ރިސޯޓްސް މެނޭޖްމެންޓު ކުންފުނިން ހައިކޯޓުގައި މައްސަލަ އިސްތިއުނާފުކުރި އެވެ.

ހައިކޯޓުގައި އެ ކުންފުނިން ބުނެފައިވަނީ ދައުވާއަކީ މާފުށީގެ ބިމާ ގުޅޭ މައްސަލައެއް ނޫން ކަމާއި އެއީ ތޮށިލުމުގެ މަޝްރޫއުއާ ގުޅިގެން މަކުނުފުށީގެ ބައުންޑްރީއަށް އަސަރު ކުރުން ހުއްޓުވުމަށް ހުށަހެޅި ދައުވާއެއް ކަމެވެ. އެހެންވެ، ސިވިލް ކޯޓުން އިހްތިސޯސް މާނަކޮށްފައި އޮތް ގޮތް ގޯސް ކަމަށެވެ.

ނަމަވެސް، ހައިކޯޓުގައި ދައުލަތުގެ ފަރާތުން ވަނީ ސިވިލް ކޯޓުން އިހްތިސޯސްއަށް ބަލައި މައްސަލަ ބޭރުކޮށްލި ނިންމުން ރަނގަޅު ކަމަށް ބުނެފަ އެވެ.

ދެ ފަރާތުގެ ވާހަކަތަކަށް ފަހު، ހައިކޯޓުން ތާއިދުކޮށްފައިވަނީ އޯކިޑް ރިސޯޓްސް މެނޭޖްމެންޓު ކުންފުނިން ދެއްކި ވާހަކަތަކަށެވެ. އެގޮތުން، މައްސަލާގައި ނެރުނު ހުކުމްގައި ބުނީ ދައުވާގައި ބަޔާންކުރާ ބިން ވަކި ތަނެއްގައި ހުރި ނަމަވެސް، ދައުވާގެ މައުޟޫއަކީ އެ ބިމާ ގުޅިގެން އުފެދިފައިވާ ހުސޫމަތަކާ ގުޅިގެން ބިންހުރި އިމާރާތުގެ މައްޗަށް ކުރެވޭ ދައުވާއެއް ނޫން ކަމެވެ.

ދައުވާއަށް ބަލާއިރު، ހަގީގީ މައުޟޫއު ބިނާވެފައިވަނީ މާފުށީގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދާ ގޮތެއްގެ ސަބަބުން މަކުނުފުށީގެ ބައުންޑްރީއަށް ލިބޭނެ ކަމަށް ބުނާ ގެއްލުންތައް ހުއްޓުވުމުގެ މައްޗަށް ކަމަށެވެ. އެހެންކަމުން ބިމާ ގުޅުވައި، ސިވިލް ކޯޓުގެ އިހްތިސޯސް ނެތް މައްސަލައެއް ކަމަށް ކަނޑައެޅީ ގޯސްކޮށް ކަމަށް ކަނޑައެޅި އެވެ.

އަދި، ކުންފުނީގެ ދައުވާ ރައްދު ވަނީ ދައުލަތުގެ ދެ އިދާރާއަށް ކަމަށްވެފައި އެ ދެ އިދާރާ ވެސް ހުރީ މާލޭގައިކަން ހައިކޯޓުން ފާހަގަކުރި އެވެ. އެހެންކަމުން މާލޭގައި ނަމަ މި ބާވަތުގެ މައްސަލަ ބެލުމުގެ އިހްތިސޯސް އޮންނާނީ ސިވިލް ކޯޓަށް ހުކުމްގައިވެ އެވެ.

އެހެންވެ، ސިވިލް ކޯޓުގެ ހުކުމް ބާތިލްކޮށް، ހައި ކޯޓުން ބުނީ އޯކިޑް ރިސޯޓްސް މެނޭޖްމެންޓު ކުންފުނިން މައްސަލަ ސިވިލް ކޯޓަށް އަލުން ހުށަހަޅައިފިނަމަ މައްސަލާގައި މައުޟޫއުގެ މައްޗަށް ބަލައި ސިވިލް ކޯޓުން ކަނޑައަޅަން ޖެހޭނެ ކަމަށެވެ.

މި ހުކުމް އިއްވަވާފައިވަނީ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުން ކަމަށްވާ ފަނޑިޔާރު ހާތިފް ހިލްމީ އާއި ފަނޑިޔާރު އަލީ ސަމީރު އަދި ފަނޑިޔާރު ހުސެއިން ޝަހީދުގެ އިއްތިފާގުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox