ނެދަލެންޑްސް އަކީ ފޭވަރިޓެއް، ޔޫރޯ ކާމިޔާބު ކުރެވިދާނެ: ޑި ބޮއާ

Jun 13, 2021, 5:57 AM
ޫނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ޑި ބޮއާ.-

ޫނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ޑި ބޮއާ.-

އަމްސްޓެޑަމް (ޖޫން 13) - ބޮޑު އެއް މުބާރާތުގެ މެދުކެނޑުމަކަށް ފަހު މި ފަހަރުގެ ޔޫރޯގައި ވާދަކުރާ ނެދަލެންޑްސް ޓީމަކީ މުބާރާތުގެ ފޭވަރިޓެއް ކަމަށާއި އެ ޓީމަށް މި މުބާރާތުގެ ޗެމްޕިއަންކަން ހޯދިދާނެ ކަމަށް ނެދަލެންޑްސްގެ ކޯޗު އަދި ކުރީގެ ކުޅުންތެރިޔާ ފްރޭންކް ޑި ބޮއާ ބުނެފި އެވެ.

މިދިޔަ އަހަރު އެންމެ ފުރަތަމަ ޔޫރޯ ޝެޑިއުލްކުރި ގޮތަށް މުބާރާތް ކުރިއަށް ގެންދިޔަނަމަ ނެދަލެންޑްސްގެ ކޯޗަކަށް ހުންނާނީ ބާސެލޯނާގައި މި ވަގުތު ހުރި ކޯޗު ރޮނާލްޑް ކޫމަން އެވެ. ކޮވިޑް-19ގެ ސަބަބުން މިިދިޔަ އަހަރު ޖޫން މަހު ކުޅެން އޮތް ޔޫރޯ މި އަހަރަށް ފަސްކުރިއިރު، ނެދަލެންޑްސް ދޫކޮށް ކޫމަން ބާސެލޯނާއާ ހަވާލުވީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގަ އެވެ. ޑި ބޮއާ އެ ޓީމަށް ގެނައީ ސެޕްޓެމްބަރު މަހު އެވެ.

ނެދަލެންޑްސް އެންމެ ފަހުން ފުޓްބޯޅައިގެ ބޮޑު މުބާރާތެއްގައި ވާދަކުރީ 2014 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގަ އެވެ. އޭގެ ފަހުން 2016 ވަނަ އަހަރު ފްރާންސްގައި ބޭއްވި ޔޫރޯ އާއި 2018 ވަނަ އަހަރު ރަޝިއާގައި ކުރިއަށްދިޔަ ފީފާ ވޯލްޑް ކަޕަށް ނެދަލެންޑްސް ކޮލިފައިނުވެ އެވެ. އެހެން ނަމަވެސް ކޫމަންގެ ކޯޗުކަމުގައި ބޮޑު ކުރިއެރުމެއް ހޯދައި 2019 ވަނަ އަހަރު ޔުއެފާ ނޭޝަންސް ލީގުގެ ފައިނަލުގައި ކުޅުނެެވެ. އެކަމަކު ޕޯޗުގަލް އަތުންވީ ބައްޔެވެ.

ޑި ބޮއާ ބުނީ ޔޫރަޕް ފުޓްބޯޅައިގެ ވަރުގަދަ ކޮންމެ ޓީމަކީ ވެސް މި ފަހަރުގެ ޔޫރޯ އަށް ނުކުތްއިރު ފޭވަރިޓެއް ކަމަށެވެ.

"އަހަރެމެން (ނެދަލެންޑްސް) އަކީ ވެސް ފޭވަރިޓެއް. އެކަމަކު ހަނދާން ނައްތާލައިގެން ނުވާނެ އަހަރެމެންގެ އިތުރުން ތަށްޓައް ވާދަކުރާނެ ޓީމުތައް އެބަހުރި. ފްރާންސް، ބެލްޖިއަމް، ސްޕެއިން އަދި ޖާމަނީ އަކީ އެ ޓީމުގައި ތިބި ކުޅުންތެރިންގެ ފޯމާއި އެހެން ކަންކަމަށް ބަލާއިރު އެންމެ ބޮޑު ފޭވަރިޓުން. އަހަރެމެން ވެސް މި އޮތީ އެ މީހުންނާ ގާތުގައި. ޕޯޗުގަލް އާއި އިޓަލީ އަދި އިންގްލެންޑަކީ ވެސް ސީރިއަސްކޮށް މި މުބާރާތަށް ވާދަކުރާނެ ޓީމުތައް،" ޑި ބޮއާ ބުންޏެވެ.

ނެދަލެންޑްސް މި ފަހަރުގެ މުބާރާތުގައި އޮތީ ޔޫކްރެއިނާއި އޮސްޓްރިއާ އަދި ނޯތު މެސެޑޯނިއާއާ އެއް ގްރޫޕެއްގަ އެވެ. ފުރަތަމަ މެޗުގައި ޔޫކްރެއިނާ ދެކޮޅަށް ކުޅެން ޖެހުމަކީ ޑި ބޮއާ ދެކޭގޮތުގައި ޗެލެންޖެކެވެ.

"ޔޫކްރެއިންގެ ކޯޗު އަންދްރޭ ޝެވްޗެންކޯ ވަރުގަދަ ޓީމެއް ބިނާކޮށްފި. އެކަން ބޮޑެތި މެޗުތަކުގައި ޔޫކްރެއިން ޓީމުން ސާބިތު ވެސް ކޮށްދީފި. އަހަރެމެން މި މެޗު އާދައިގެ ގޮތަކަށް ނަގައިގެން ނުވާނެ. ޔޫކްރެއިނަށް ހައްގުވާ އިހުތިރާމް ދޭން ޖެހޭ،" ޑި ބޮއާ ބުންޏެވެ.

ނެދަލެންޑްސް އިން މި ފަހަރު ޔޫރޯގައި ކުޅޭ ތިން މެޗު ވެސް އަމިއްލަ ދަނޑުގައި އޮތުމަކީ އެޑްވާންޓޭޖެއް ކަމަށް ޑި ބޮއާ ގަބޫލުކުރެ އެވެ.

ނެދަލެންޑްސް ލައްވައި 4-3-3 ސިސްޓަމަށް ނުކުޅުވައި ގިނަ މެޗުތަކުގައި 5-3-2 އަށް ކުޅުވާތީ އަމާޒުވާ ފާޑުކިޔުންތަކާ ބެހޭގޮތުން ޑި ބޮއާ ބުނީ އޭނާ އެ ޓީމު ގެންގުޅެނީ އެކި ހާލަތްތަކަށް ފިޓްވާ ގޮތަށް ކަމަށެވެ. އަދި ޓީމު ރޭވުމުގައި ވެސް އޮންނާނީ އަބަދު ވެސް ކުރިއަށް އޮތް މެޗަށް ވިސްނުން ކަމަށް ބުންޏެވެ.

ޔޫކްރެއިންގެ މެޗެއްގެ ތެރެއިން ޝެވްޗެންކޯ.-- ފޮޓޯ: އޭއެފްޕީ

ޔޫކްރެއިންގެ ކޯޗު އަދި ކުރީގެ އެއް ވަނަ ފޯވާޑް ޝެވްޗެންކޯ ބުނީ ނެދަލެންޑްސް ޓީމުގެ ކޮންމެ މަގާމަކަށް ބެލިޔަސް ވަކި ބަލިކަމަށް ބުނެވޭނެ ޑިޕާޓްމަންޓެއް ނެތް ކަމަށެވެ. އެކަމަކު ޔޫކްރެއިން ޓީމުން ބޮޑެތި މެޗުތަކުގައި ދައްކަމުން އަންނަ ހިތްވަރު މި މެޗުގައި ވެސް ނެރެފިނަަމަ ރަނގަޅު ނަތީޖާއެއް ހޯދޭނެ ކަމަށް ޝެވްޗެންކޯ ގަބޫލުކުރެ އެވެ.

"ޔޫކްރެއިނުގައި އަހަރެންގެ ފިލޯސަފީ އަކީ ވަކި ބައެއް (ޓީމެއް) މުހިއްމުވީމައޭ ކިޔާފައި ވަކި ގޮތަކަށް މެޗަށް ތައްޔާރުވުމެއް ނޫން. އަހަރެން ބޭނުމީ ކޮންމެ މެޗެއްގައި ވެސް މޮޅުވާން. އެ ގޮތަށް މަސައްކަތްކުރެވޭ ކުޅުންތެރިން އަހަރެންގެ ޓީމުގައި ހިމެނޭނީ ވެސް،" ޝެވްޗެންކޯ ބުންޏެވެ.

އަނިޔާގެ ސަބަބުން ނެދަލެންޑްސްގެ ކެޕްޓަން ވާޖިލް ވެން ޑައިކަށް މި ފަހަރުގެ ޔޫރޯގައި ނުކުޅެވޭނެ އެވެ. އެކަަމަކު ޓީމު އޮފިޝަލެއްގެ ގޮތުގައި އޭނާ އަންނަނީ ޓީމާ އެކު ދަތުރުކުރަމުންނެވެ.

ވެން ޑައިކް ނެތްތަނަށް ނެދަލެންޑްސް އިން ބޭނުންކުރާނެ ކަމަށް ބެލެވޭ ޒުވާން ޑިފެންޑަރު މަތައިސް ޑި ލިޓްގެ ފަޔަށް ލިބުނު އަނިޔާއެއްގެ ސަބަބުން މިރޭގެ މެޗަށް އެއްކޮށް ފިޓްވާނެ ކަމާ މެދު ވަނީ ސުވާލު އުފެދިފަ އެވެ.

މިއީ ބައިނަލްއަގުވާމީ ބޮޑު މުބާރާތެއްގައި ނެދަލެންޑްސް އާއި ޔޫކްރެއިންގެ ފުރަތަމަ މެޗެވެ. އެކުވެރިކަމުގެ ދެ މެޗު ކުޅުނުއިރު، ނެދަލެންޑްސް އެއް މެޗުން ވަނީ މޮޅުވެފަ އެވެ. އަނެއް މެޗު ނިމުނީ އެއްވަރުވެގެންނެވެ. މިއީ 2000 ވަނަ އަަހަރުގެ ޔޫރޯ ސެމީ ފައިނަލުން އިޓަލީ އަތުން ބަލިވި ފަހުން މި މުބާރާތުގެ މެޗެއްގައި ނެދަލެންޑްސްގެ ޔޯހަން ކްރައިފް އެރީނާގައި އެ ގައުމުން ކުޅޭނެ ފުރަތަމަ މެޗެވެ. މިރޭގެ މެޗު ފަށާނީ ރާއްޖެ ގަޑިން 12 ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox