ދަރިފުޅު "ޑަބްލިޔު" ޝޭޕަށް އިންނަ ނަމަ ކަންބޮޑުވާން ވީ ކިހާވަރަކަށް؟

"ޑަބްލިޔު ޝޭޕް" އަށް ކުޑަ ކުއްޖަކު އިށީނދެގެން އިންނަ އިރު އިނާނެ ގޮތް-- ދަދު އާޓްވޯކް: އަހުމަދު އިހުސާން (އަރަކަ އާޓްސް)

"ޑަބްލިޔު ޝޭޕް" އަށް ކުޑަ ކުއްޖަކު އިށީނދެގެން އިންނަ އިރު އިނާނެ ގޮތް-- ދަދު އާޓްވޯކް: އަހުމަދު އިހުސާން (އަރަކަ އާޓްސް)

ދަރިއަކު ލިބުމަށްފަހު ކުއްޖާ އާއި އެކު ހޭދަކުރާ ފުރަތަމަ އަހަރަކީ ހުރިހާ ގޮތަކުން ވެސް ހާއްސަ ދުވަސްކޮޅެކެވެ. ހެދިބޮޑުވަމުން އަންނަ މަރުހަލާގައި ކުއްޖާ އަށް އަންނަ އެކި ބަދަލުތަކަށް މާ ބޮޑަށް ފާރަވެރި ވެވޭ އެއް ސަބަބަކީ ވެސް މިއީ އެވެ. މަހުން މަހަށް ކުއްޖާ ދަސްކުރާ "ސްކިލް" ތަކާއި އުޅުމުގައި ގެންގުޅޭ ގޮތްތައް އެސެސް ކުރާއިރު ބައެއް ކަހަލަ ކަންކަމާ މެދު މާބޮޑަށް ހާސްވެ ކަންބޮޑުވާ ހިސާބަށް ވެސް ބައެއް ފަހަރަށް ހިނގައިދާނެ އެވެ. މީގެ ތެރޭގައި އިށީނދެ، ނުވަތަ އޮށޯވެ އުޅުމުގައި ކުއްޖާގެ ފަރާތުން ފާހަގަވާ ސިފަ ތައް ވެސް ހިމެނެ އެވެ.

މި އާޓިކަލް ގައި މި ހިމަނާލަނީ، އިށީނުމުގައި ދެފައި ދެ ފަރާތަށް ކަކޫ ހުޅުން ލަނބާލައިގެން އުކުޅުވަޅުގެ ކަށިގަނޑު އެތެރެއަށް ވަންނަ ގޮތަށް ކުދިން ތިބޭ ތިބުން، ނުވަތަ "ޑަބްލިޔު" ޝޭޕް އަށް ކުދިން ތިބޭ ނަމަ ސަމާލުކަން ދޭންވީ ބައެއް ކަންތައްތަކާއި ކޮންމެހެން އެނގެންޖެހޭ ބައެއް ކަންތައްތަކެވެ.

"ޑަބްލިޔު" ޝޭޕަށް ކުޑަކުދިން އިނުމާ ބެހޭގޮތުން ގޫގުލް ގައި ލިޔެގެން ސާޗްކޮށްފި ނަމަ އެއީ "ނުރައްކާތެރި" އާދައެއް ކަމަށް ގަބޫލުކުރެވޭ ވަރަށް މައުލޫމާތު ލިބޭނެ އެވެ. މިފަދަ ކަންކަމުގައި އިންޓަނެޓްގެ ކުރިއަށް ޑޮކްޓަރެއް ލަފާ އިސްކުރަންވީ މި ސަބަބާ ހެދި އެވެ.

Advertisement

ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު ޑރ އަބްދުﷲ ނިޔާފް ދެކިލައްވާ ގޮތުގައި "ޑަބްލިޔު ޝޭޕް" އަށް ފައި ބައިންދައިގެން ކުޑަކުދިން އިށީނުމަކީ ހުރިހާ ފަހަރަކު ހުރިހާ ކުދިންނަށް ގޯސް ކަމަކަށް ވުން ލާޒިމެއް ނޫނެވެ. މިގޮތަށް އިށީނުމުގައި ގިނަ ފަހަރަށް މައްސަލަ ކުރިމަތިވަނީ، ކަށިތަކާއި ހުޅުތައް އުފެދެމުން އަންނަ އުމުރުގެ ކުދިންގެ ތެރެއިން އުކުޅުވަޅުގެ ހުޅު (ހިޕް ޖޮއިންޓް) ރީތިކޮށް ފުރިހަމަ ވުމުގައި ތަފާތު އައުމުގެ ފުރުސަތު އޮންނަ ކުދިންނަށެވެ. އަދި މައްސަލައެއް ދިމާވުމުގެ ފުރުސަތު އެންމެ ބޮޑު ވަނީ އުމުރުން އަހަރު ފުރުމާއި ދެމެދުގައި ކުއްޖާ ހޭދަކުރާ މުއްދަތުގަ އެވެ.

"ޑަބްލިޔު ޝޭޕަށް އިނުމުން ހިޕްޖޮއިންޓް މައްސަލަ ދިމާވެދާނެ ކުދިންގެ ލިސްޓަކީ ވަރަށް ދިގު ލިސްޓެއްް. މިސާލަކަށް، ބްރީޗް ކޮށް [އޮންނަން ވާ ކޮޅު ނޫން ކޮޅަށް] މަންމަގެ ބަނޑު ތެރޭގައި އޮވެ އުފަންވާ ކުދިންނާއި ނުވަތަ އާއިލީ ގޮތުން މަސްލް ޑިސީސް ނުވަތަ ޑިވޮލޮޕްމެންޓަލް މައްސަލަތަކެއް މެދުވެރިވުމުގެ ފުރުސަތު އޮތް ކުދިންނާއި މިހެން ގޮސް ގިނަ ކަންތައްތަކެއް އެބަ ހިމެނޭ،" ތަޖުރިބާކާރު ޑޮކްޓަރު ވިދާޅުވި އެވެ.

މިގޮތަށް އިނުމުން މައްސަލަ އެއް މެދުވެރިވުމުގެ ފުރުސަތު އޮންނަ ކުދިންނަށް ވާގޮތަކީ، "ޑަބްލިޔު" ޝޭޕަށް އިންނަ އިރު އުކުޅުވަޅުގެ ހުޅު އެތެރެއަށް އެނބުރިގަންނަ ކަހަލަ ގޮތެއް މެދުވެރިވާތީ އޭގެ ސަބަބުން ހުޅު އުފެދި ފުރިހަމަވެ ނިމޭ އިރު ކުއްޖަކު ހިނގާ ބިނގާވެ އުޅޭ އިރާއި ކޮޅަށް ހުންނަ އިރު ދެ ފައިތިލައިގެ އިނގިލިތައް ކައިރިއަށް ޕޮއިންޓް ވެފައި އިންނަ ގޮތަށް ހުރެ އެވެ. އޭރުން ދެ ފައިގެ ފުންނާބު ވާ ކޮޅު އިންނާނީ ފޭއަށް ވާ ގޮތަށެވެ. މިއަށް އިނގިރޭސި ބަހުން "އިން-ޓޯއިންގް" ވެސް ކިޔަ އެވެ.

"އިން-ޓޯ ކުރާ މީހަކު ކޮޅަށް ހުންނަ އިރު ނުވަތަ ހިނގާ އިރު އިނގިލިގަނޑު ބޮޑަށް ކައިރި ވާނީ. ފުންނާބު ވާ ކޮޅު ބޮޑަށް ދުރުވާނެ. އެހެން އެ ވަނީ އުކުޅުވަޅު ހުޅު އެތެރެއަށް ރޮޓޭޓް ވާތީ،" ޑޮކްޓަރު ވިދާޅުވި އެވެ.

"މީގެ ލޯންގްޓާމް އިފެކްޓަކީ ހިނގާވެ އުޅޭއިރު އެއްފައި އަނެއް ފައިގައި އަޅައިގަތުން. އަދި ބާރަށް ދުއްވައިގަންނަން އުޅޭ އިރު ފަސޭހައިން ފައި އޮޅި ވެއްޓޭގޮތް ވުން."

ނިޔާފް ވިދާޅުވީ، ކުރިން ބޮނި ގޮތަށް، މިފަދަ މައްސަލައެއް ކުރިމަތިވުމުގެ ފުރުސަތު އޮތް ކުއްޖަކަށް "ޑަބްލިޔު" ކޮށް އިނދެގެން މައްސަލަ ކުރިމަތި ވިޔަސް، އޭގެ މާނައަކީ ހުރިހާ ކުދިންނަށް މިގޮތަށް އިނދެގެން މި ހާލަތު ކުރިމަތި ކުރިމަތިވުމެއް ނޫނެވެ.

"އެކަމަކު ކަށިގަނޑު އުފެދި ފުރިހަމަ ވަމުން އަންނަ އިރު މިފަދަ މައްސަލަތަކުން ސަލާމަތް ކުރުމަށް ކުއްޖާގެ އުމުރުގެ ފުރަތަމަ އަހަރުގައި ޑަބްލިޔު ޝޭޕަށް ނީށީންނަށް އާދަކުރެވިދާނެ ކަމަށް ވެސް ޑޮކްޓަރު ވިދާޅުވި އެވެ.

ކުއްޖާ އިށިންނަ ގޮތާ މެދު ކަންބޮޑު ވާނަމަ ކޮންޓްރޯލް ކުރާނެ ގޮތް

އާއިލީ މެޑިކަލް ހިސްޓްރީ އާއި އެނޫން ވެސް ކަންކަން ރަނގަޅަށް ނޭނގޭ މަންމައަކު ނުވަތަ ބައްޕައެއް ނަމަ ކުއްޖާ މިގޮތަށް އިށިންނަން އާދަކުރާތީ ކަންބޮޑުވުން އިތުރުވެދާނެ އެވެ. މިފަދަ ހާލަތުގައި ތަކުރާރުކޮށް ކުއްޖާ އަށް ރަނގަޅަށް އިށީންނަން އާދަކުރެވިދާނެ އެވެ.

އެކަމަކު އަބަދު އެ ނޫން ގޮތަކަށް އިންނަން ދަރިފުޅަށް އުނދަގޫ ވާނަމަ އެސެސް ކޮށްލަން ވާނެ އެވެ. ތަކުރާރުކޮށް އެގޮތަށް ކުއްޖާ އަށް އިށީންނަން މަޖުބޫރު ވާގޮތަށް ނުވަތަ އެހެން އިންނަން ބޮޑަށް ފަސޭހަވާ ގޮތަށް އޭނަގެ ހިޕް ޖޮއިންޓް ތަފާތުކޮށް ހުރިތޯ ބަލައިލެވިދާނެ އެވެ.

"މިސާލަކަށް ބައެއް ކުދިންގެ ހިޕް ޖޮއިންޓް އިނދެދާނެ އުފެދުމުގައި ވަރަށް ބޮޑަށް އެތެރެއަށް ރޮޓޭޓް ވެފައި. އެ އެނގޭނީ ޑޮކްޓަރަކު ޗެކް ކުރާ އިރުގައި. ޑޮކްޓަރަކު ޗެކް ކުރާ އިރު ބަލާނެ ކަކޫ ހުޅާއި ފައިތިލަ އާއި ކަކޫ ހުޅާއި އުކުޅުވަޅު ހުޅާއި މި ތަންތަން. ޗެކް ކުރާއިރު، ހިޕް މާބޮޑަށް އެތެރެއަށް ރޮޓޭޓް ވެފަ ހުރެއްޖިއްޔާމުން ޑޮކްޓަރު ލަފާދެއްވާނެ، ކުރެވިދާނެ ބައެއް ކަންކަން،" ނިޔާފް ވިދާޅުވި އެވެ.

އާންމުކޮށް މިފަދަ މައްސަލައެއް ޑޮކްޓަރަށް ފާހަގަ ވެއްޖެނަމަ، ހުޅު ނޯމަލް ކުރުމަށްޓަކައި ކުއްޖާ ނިދަން ބާއްވާ އިރު ދެފައި ދެމެދަށް ބާލީހެއް ލައްވައިލުން ނުވަތަ އުރާ އިރު ކިހިލީގައި ޖަހާ ގޮތަށް އުރުމާއި ތަންތަނުގައި ބައިންދާއިރު ފައި ވަށްކޮށްފައި ބޭންދުން ކަހަލަ ކަންކަން ކުރުމަށް ޑޮކްޓަރުން ލަފާ ދެ އެވެ.

ޑޮކްޓަރު ވިދާޅުވީ ފުރަތަމަ އަހަރު ހޭދަވުމަށްފަހު މިފަދަ މައްސަލަތައް މެދުވެރިވުމަކީ އާންމު ކަމެއް ނޫން ކަމަށެވެ. އެހެން ކަމުން ކުދިންގެ މިފަދަ ކަންތައްތަކުގައި މާ ބޮޑަށް ވިސްނި އުނދަގޫ ވާނަމަ އެންމެ ރަނގަޅު ގޮތަކީ އިންޓަނެޓް ބުނެދޭ ވާހަކަ ތައް ގަބޫލުކޮށް ފިކުރުބޮޑުވާ ހާލަތަކަށް ދިއުމުގެ ބަދަލުގައި ހަމަޖެހިލުމަށްފަހު އިތުބާރުކުރެވޭ ޑޮކްޓަރެއްގެ ސިއްހީ ލަފާ ހޯދާލުމެވެ.

ފަހުގެ ޚަބަރު

މައިކަލް ޖެކްސަންގެ ޖެކެޓާއި މާކަރީގެ ނޯޓުފޮތް ވިއްކާލައިފި

މައިކަލް ޖެކްސަން ބޭނުންކުރި މިލިޓަރީ ޖެކެޓާއި، ފްރެޑީ މާކަރީ ލަވަތައް ލިޔެފައިވާ ނޯޓުފޮތް ހިމެނޭހެން މަޝްހޫރު ފަންނާނުންގެ ބައެއް ތަކެތި ނީލަމެއްގައި ބޮޑު އަގުގައި ވިއްކާލައިފިއެވެ. މީގެ އިތުރުން ޖޯން ލެނަންގެ އަވިއައިނަކާއި، ނޮއެލް ގަލަގާ ބޭނުންކުރި ގިޓާ ދުނިޔޭގެ ރެކޯޑް އަގަކަށް މި ނީލަމުގައި ވަނީ ވިކިފައެވެ.

ކެއުމަށްފަހު ލޭގައި ހަކުރު މަތިވުމަކީ ކަންބޮޑުވާންޖެހޭ ކަމެއްތަ؟

ކެއުމަށްފަހު ނުވަތަ ކަސްރަތު ކުރުމުން ލޭގައި ހަކުރުގެ މިންވަރު ވަގުތީގޮތުން މަތިވުމަކީ ހަށިގަނޑުގައި ގުދުރަތީ ގޮތުން ހިނގާ އާދައިގެ ކަމެކެވެ. ނަމަވެސް ހަކުރުބަލި ހުންނަ މީހުންގެ ހަށިގަނޑުގައި އިންސިއުލިން މަސައްކަތްކުރާ މިންވަރު ދަށްވުމުގެ ސަބަބުން، މިގޮތަށް ހަކުރު މަތިވުމަކީ ނުރައްކާތެރި ކަމަކަށް ވެދާނެއެވެ. އެހެންކަމުން ބަލި ހުންނަ މީހުން ކެއުމާއި ކަސްރަތަށް ސަމާލުވެ، ގަވާއިދުން ހަކުރު ޗެކްކުރުން މުހިންމެވެ.

ސިކުނޑީގެ ހަރަކާތާ ގުޅޭ ދިރާސާ ހެދި ސައިންސްވެރިންނަށް އިނާމު

ސިކުނޑީގެ ނާރުތަކުގެ މަސައްކަތް އަލީގެ އެހީގައި ކޮންޓްރޯލް ކުރެވޭނެ ގޮތް ނުވަތަ "އޮޕްޓޯޖެނެޓިކްސް" ހޯއްދެވި ތިން ސައިންސްވެރިއަކަށް މިއަހަރުގެ ބޭސްވެރިކަމުގެ ނޯބެލް އިނާމު ވަނީ އަރުވާފައެވެ. މި ހޯދުމުގެ ސަބަބުން ސިކުނޑީގެ ސިއްރުތަކާއި ބަލިތައް ދެނެގަތުމަށް އާ މަގުތަކެއް ފަހިވެ، ނިއުރޯސައިންސްގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

އެނާޖީ ޑްރިންކްގެ ނުރައްކާ ބޮޑުވެ ޑޮކްޓަރުން ކަންބޮޑުވުމުގައި

އެނާޖީ ޑްރިންކް ބޭނުންކުރުމުގެ ސަބަބުން ކުޑަކުދިންގެ ފުރާނައަށް ނުރައްކާވަމުންދާތީ، އެފަދަ ބުއިންތައް އިޝްތިހާރުކުރުން ހުއްޓުވުމަށް ޑޮކްޓަރުން ދަނީ ގޮވާލަމުންނެވެ. މީގެ ސަބަބުން ހިތުގެ ވިންދު އަވަސްވެ ލޭގެ ޕްރެޝަރު މަތިވުން ފަދަ ސިއްހީ ބޮޑެތި މައްސަލަތައް ކުރިމަތިވާތީ، ކުޑަކުދިންނާއި ފުރާވަރުގެ ކުދިން މިފަދަ ބުއިންތަކާ މުޅިން ދުރުވުމަށް ސިއްހީ މާހިރުން އިރުޝާދުދެއެވެ.

އެފްބީއައި ޑިރެކްޓަރު، ލަވަކިޔުންތެރިޔަކާ ކައިވެނިކުރަނީ

އެފްބީއައިގެ ޑިރެކްޓަރު ކާޝް ޕަޓޭލް އާއި އޭނާގެ ލޯބިވެރިޔާ، ކަންޓްރީ މިއުޒިކް ކިޔުންތެރިޔާ އެލެކްސިސް ވިލްކިންސް އެންގޭޖްވެފައިވާކަން ސޯޝަލް މީޑިއާގައި އިއުލާނުކޮށްފިއެވެ. ސިޔާސީ ކަންކަމުގައިވެސް ހަރަކާތްތެރިވާ ވިލްކިންސް އާއި ޕަޓޭލްގެ ގުޅުމުގެ ވާހަކަ އާންމުވެފައި މިވަނީ، ރަސްމީ ދަތުރުތަކުން ބޭރުގައި ސަރުކާރުގެ ޖެޓް ބޭނުންކުރާ ކަމަށް ބުނެ ޕަޓޭލްއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

20 ޑޮލަރެއް ނޫން "ކީއްވެ"

މަގުމަތިން ފެންނަމުންދާ 20 ޑޮލަރުގެ ނޫޓުތަކަކީ އަންނަ ނޮވެމްބަރު މަހު އޮލިމްޕަހުގައި ދެއްކުމަށް ހަމަޖެހިފައިވާ ދިވެހި ފިލްމު "ކީއްވެ؟" އިޝްތިހާރު ކުރުމަށް ބޭނުންކުރި އުކުޅެއް. އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ގިނަ ޕްރޮޑަކްޝަން ހައުސްތަކެއް ގުޅިގެން އުފައްދާފައިވާ ފިލްމެއް.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

ނަދާލްއަކީ މާޖިދުގެ ދަރިއެއް ނޫން ކަމަށާއި، އޭނާއަކީ މާޖިދުގެ ބައްޕަ މުޖްތަބާގެ އެންމެ ހަގު ދަރިފުޅުކަން މާޖިދު ހާމަކޮށްފިއެވެ. މި ހަގީގަތް ގަބޫލުކުރަން ނަދާލް ދެކޮޅު ހެދި ނަމަވެސް، މާޖިދު ވަނީ އެކަން ސާބިތުކޮށްދޭ ޑީ.އެން.އޭ ރިޕޯޓާއި ރަސްމީ ލިޔެކިޔުންތައް އޭނާއަށް ދައްކާފައެވެ. މި ލިޔުންތަކުން ފެނުނު ކަންތައްތަކުގެ ސަބަބުން ނަދާލްއަށް ބޮޑު ސިހުމެއް ލިބި، މުޅި މީހާ އައްސިވެގެންދިޔައެވެ.

Newsletter

Get the latest news delivered straight to your inbox