މެޗުގެ ކުރިން މޮޑްރިޗްގެ ފާޑުކިޔުން އިނގިރޭސި މީޑިއާ އަށް!

Jun 13, 2021, 4:17 AM
ކްރޮއޭޝިއާގެ މިޑްފީލްޑަރު މޮޑްރިޗް.-- ފޮޓޯ: އޭއެފްޕީ

ކްރޮއޭޝިއާގެ މިޑްފީލްޑަރު މޮޑްރިޗް.-- ފޮޓޯ: އޭއެފްޕީ

ލަންޑަން (ޖޫން 13) - ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ އިންގްލެންޑާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ކްރޮއޭޝިއާގެ ކެޕްޓަން ލޫކަ މޮޑްރިޗް އިންގްލެންޑްގެ ކުޅުންތެރިންނަށް ތައުރީފުކުރުމަށް ފަހު އިނގިރޭސި މީޑިއާ އަށް ފާޑުކިޔައިފި އެވެ.

ކުރިން އިނގިރޭސި ކްލަބް ޓޮޓެންހަމަށް ކުޅުނު މޮޑްރިޗަކީ މީގެ ތިން އަހަރު ކުރިން ރަޝިއާ ވޯލްޑް ކަޕް ސެމީ ފައިނަލުގައި ކްރޮއޭޝިއާ އިން އިންގްލެންޑް ބަލިކުރި މެޗުގައި ތަފާތު ދެއްކި ކުޅުންތެރިއެކެވެ. އަދި މޮޑްރިޗް ވަނީ 2008 ވަނަ އަހަރުގެ ޔޫރޯ ކޮލިފައިންގައި އިންގްލެންޑްގެ މައްޗަށް ކުރިހޯދި ކްރޮއޭޝިއާ ޓީމުގައި ވެސް ހިމެނިފަ އެވެ. އެ ފަހަރު އިންގްލެންޑް ޔޫރޯ އަށް ކޮލިފައިނުވީ ކްރޮއޭޝިއާ އަތުން ބަލިވުމުންނެވެ.

މޮޑްރިޗް ބުނީ އަބަދުވެސް އިންގްލެންޑް ބައިނަލްއަގުވާމީ މުބާރާތަކަށްދާއިރު، އެ ގައުމުގެ މީޑިއާ އިން އެކި ގޮތްގޮތަށް ވާހަކަ ދައްކާ ކަމަށެވެ.

"(މީޑިއާގެ) އެ ބޮޑާކަން. އެއީ އިންގްލެންޑްގެ ކުޅުންތެރިން ނޫނީ ޓީމުގައި ހުރިކަމެއް ނޫން. އެއީ އެ މީހުންގެ ވަށައިގެން ތިބި މީހުންގެ ހުރިކަމެއް. މީޑިއާ ނޫސްވެރިންނާއި ކޮމެންޓޭޓަރުން ވެސް އެ ގޮތް. ތެދަށް ބުނަންޏާ އަހަރެން ފަހަކަށް އައިސް އެ މީހުން (އިނގިރޭސި މީޑިއާ)ގެ ހަބަރުތަކެއް ނުބަލަން،" އުމުރުން 35 އަހަރުގެ މޮޑްރިޗް ބުންޏެވެ.

"އަހަރެން ބޭނުންވަނީ މެޗަށް ފޯކަސް ކުރަން އަނެއް ފަރާތުގައި ހިނގާ ކަންތައްތަކާ ބެހޭ ގޮތުން މާ ގިނަ ވާހަކަ ދައްކަން ނެތިން،"

މީގެ ކުރިން ވެސް މޮޑްރިޗް ވަނީ އިނގިރޭސި މީޑިއާ އިން ޕްރޮފެޝަަނަލް އުސޫލާ ހިލާފަށް މުބާރާތްތަކުގައި އިންގްލެންޑާ ދެކޮޅަށް ނުކުންނަ ޓީމުތަކާ މެދު އިހުތިރާމް ކުޑަކޮށް ކަންތައްތައް ކުރާތީ ފާޑުކިޔައިފަ އެވެ.

މޮޑްރިޗް ބުނީ އިނގިރޭސި އެކި ޖީލުތަކުގެ ގައުމީ ޓީމުތަކާ ދެކޮޅަށް ކުޅެވިއްޖެ ކަމަށާއި އޭނާގެ ނަޒަރުގައި ކޮންމެ ޓީމެއް ވެސް ފެންނަނީ ވަރަށް ވަރުގަދަކޮށް ކަމަށެވެ. އެހެންވެ އުއްމީދުކުރަނީ އިންގްލެންޑްގެ އަމިއްލަ ދަނޑުގައި މިރޭގެ މެޗު ކުޅޭއިރު، އިތުރު އުނދަގޫތަކެއް ހުންނާނެ ކަމަށާއި ކްރޮއޭޝިއާ އިން ތައްޔާރުވާނީ އެ ހުރިހާ ހާލަތަކަށް ވިސްނާފައި ކަމަށް މޮޑްރިޗް ބުންޏެވެ.

މުބާރާތުގެ ޝެޑިއުލް ރޭވިފައިވާ ގޮތުން އިންގްލެންޑްގެ ގްރޫޕް ސްޓޭޖު ތިން މެޗު ވެސް އެ ޓީމުގެ އަމިއްލަ ދަނޑުގައި ކުޅޭ ގޮތަށް އޮތުމުން މޮޑްރިޗް ވަނީ އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.

"އަހަރެންގެ އަމިއްލަ ވިސްނުމުގައި ބުނާކަމަށްވަންޏާ މިއީ އިންސާފުވެރި ގޮތެއް ނޫން. އިންގްލެންޑްގެ ތިން މެޗު ވެމްބްލީގައި ކުޅޭތީ އެ ޓީމަށް އެބައޮތް އެޑްވާންޓޭޖް ވަރަށް ބޮޑަށް،" މޮޑްރިޗް ބުންޏެވެ.

ކްރޮއޭޝިއާގެ ކޯޗު ޑާލިޗް (ކ) އާއި އިންގްލެންޑްގެ ކޯޗު ސައުތުގޭޓް ޔުއެފާގެ ހަފްލާއެއްގެ ތެރެއިން.

މެޗުގެ ކުރިން ކޯޗުންގެ ބަސް

މިއީ ބައިނަލްއަގުވާމީ ބޮޑު މުބާރާތެއްގައި ކްރޮއޭޝިއާ އާއި އިންގްލެންޑްގެ ތިން ވަނަ ކުރިމަތިލުމެވެ. އެންމެ ފުރަތަަމަ 2004 ވަނަ އަހަރުގެ ޔޫރޯ ގްރޫޕް ސްޓޭޖުގައި ކުޅުނު މެޗުން އިންގްލެންޑް ވަނީ 4-2 އިން މޮޅުވެފަ އެވެ. އޭގެ ފަހުން ދެން 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ސެމީގައި ކްރޮއޭޝިއާ 2-1 އިން މޮޅުވި އެވެ. އެކަމަކު 2018 ވަނަ އަހަރު ޔުއެފާ ނޭޝަންސް ލީގުގައި އިންގްލެންޑް ވަނީ 2-1 އިން ކްރޮއޭޝިއާ ބަލިކޮށްފަ އެވެ. (އެ މުބާރާތަކީ ބައިނަލްއަގުވާމީ އެންމެ މަތީ ފަންތީގައި ގުނާ މުބާރާތެއް ނޫނެވެ.)

ސައުތުގޭޓް ބުނީ ކްރޮއޭޝިއާއާ ދެކޮޅަށް ކުޅޭ އެއްވެސް މެޗެއް މިހާތަނަށް ފަސޭހަކޮށް ނިމިފައިނުވާ ކަމަށެވެ. އެހެންވެ، މިރޭގެ މެޗު ވެސް އުނދަގޫވާނެ ކަމަށް ސައުތުގޭޓް ހުރީ ތައްޔަރުވެގެންނެވެ.

"އަހަރެމެންނަށް އަބަދުވެސް ވަރަށް އުނދަގޫ ކްރޮއޭޝިއާގެ މެޗުތައް. ވަރަށް ކުޑަ ތަފާތަކުން މެޗުގެ ނަތީޖާ އަށް އަސަރުކޮށްފައި ވެސް އެބަހުރި. އެހެންވީމަ އެބަޖެހޭ މި މެޗަށް ޓީމު ނެގުމުގައި ވަރަށް ރަނގަޅު ބެލެންސެއް ހޯދަން. ކޮންމެ މުބާރާތެއްގައި ވެސް ފެށުން މުހިއްމުވާނެ،" ސައުތުގޭޓް ބުންޏެވެ.

ކްރޮއޭޝިއާ އަށް 2018 ވަަނަ އަހަރުގެ ވޯލްޑް ކަޕުގެ ފައިނަލުން ފުރުސަތު ހޯދައިދިން ޒްލަޓްކޯ ޑާލިޗް ބުނީ ވޯލްޑް ކަޕަށް ފަހު ކްރޮއޭޝިއާ އިން ބައިނަލްއަގުވާމީ މުބާރާތްތަކާ މެދު ދެކޭގޮތް ބަދަލުވެފައިވާ ކަމަށެވެ. އަދި ގިނަ ބަޔެއް މިހާރު ކްރޮއޭޝިއާ އިން ނަތީޖާ ނެރެންޖެހޭ ކަމަށް ގަބޫލުކުރާތީ އެއީ ވެސް އޮތް ޕްރެޝަރެއް ކަމަށް ޑާލިޗް ބުންޏެވެ.

ބޮޑު މުބާރާތެއްގެ މެޗަކުން ވެމްްބްލީގައި އިންގްލެންޑް މެޗެއްގެ ފުރިހަމަ ވަގުތު ތެރޭ ބަލިވެފައިނުވެ އެވެ. އިންގްލެންޑުން 1966 ވަަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރިއިރު، ވެމްބްލީގައި ކުޅުނު މެޗުތަކުން މޮޅުވި އެެވެ. އިންގްލެންޑުން 1996 ވަަނަ އަހަރުގެ ޔޫރޯ ހޯސްޓްކުރިއިރު، އެ މުބާރާތުން ކެޓީ ސެމީގައި ޕެނަލްޓީ ޖަހައިގެން ބަލިވުމުންނެވެ. ޔޫރޯގެ ފައިނަލަށް ނުގޮސް އެންމެ ގިނަ މުބާރާތުގައި ކުޅުމުގެ ރެކޯޑް އޮތީ އިންގްލެންޑަށެވެ. މިއީ އެ ޓީމުގެ 10 ވަނަ ޔޫރޯ އެވެ.

މިއީ ކްރޮއޭޝިއާ އިން ޔޫރޯގައި ކުޅޭ ހަ ވަނަ ފަހަރެވެ. އަދި ޖެހިޖެހިގެން މުބާރާތުގައި ވާދަކުރާ ފަސް ވަނަ ފަހަރެވެ. އިންގްލެންޑާއި ކްރޮއޭޝިއާ ބައްދަލުކުރާ މެޗު ފަށާނީ ރާއްޖެ ގަޑިން 18:00 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox