ދެ ފާރުދޭތެރޭ ތާށިވި ކުއްޖަކު ސަލާމަތް ކޮށްފި

ކުޑަ ކުއްޖާ ދެ ފާރު ދޭތެރޭ ތާށިވެފައި: އެ ކުއްޖާ ސަލާމަތް ކުރިއިރު އެއްވެސް އަނިޔާއެއް ނުވޭ-- ފޮޓޯ: ސޯޝަލް މީޑިއާ

ކުޑަ ކުއްޖާ ދެ ފާރު ދޭތެރޭ ތާށިވެފައި: އެ ކުއްޖާ ސަލާމަތް ކުރިއިރު އެއްވެސް އަނިޔާއެއް ނުވޭ-- ފޮޓޯ: ސޯޝަލް މީޑިއާ

ށ. ނަރުދޫގައި ގެއެއްގެ ދެ ފާރު ދޭތެރޭގައި ތާށިވި ކުއްޖަކު، އެ ގޭގެ ފާރު ތަޅާލައިގެން ސަލާމަތް ކޮށްފި އެވެ.

ނަރުދޫ ސާރާޒް ގޭގެ ފާރުގައި ތަށިވީ އެގޭގެ އުމުރުން ހަތަރު އަހަރުގެ ޔޫސުފް ނާޝިދު އަލީ އެވެ. އޭނާ ތާށިވީ މައި ގޭ ފާރާއި ހޯލް ފާރާ ދެމެދަށެވެ. އެއީ ފޫޓެއްހާ ޖާގައިގެ ދޭތެރެ އެކެވެ.

ނަރުދޫ ކައުންސިލްގެ ރައީސް މުހައްމަދު މުސްތަރުސިދު، "އަދަދު" އަށް ވިދާޅުވި ގޮތުގައި އެ ކުޑަކުއްޖާ އަށް އެއްވެސް އަނިޔާއެއް ލިބިފައެއް ނުވެ އެވެ. ކުއްޖާ ސަލާމަތް ކުރީ ހޯލް ފާރުގެ ބައެއް ތަޅާލައިގެން ކަމަށް އޭނާ ބުންޏެވެ.

މިއަދު 1:30 ކަންހާއިރު އެ ކުއްޖާ ތާށިވިއިރު އޭނާ ސަލާމަތް ކުރެވުނީ 2:00 ޖަހާކަންހާއިރު އެވެ.

"ފިތުނީމައި މަޑުން ބަސް އަހައިގެން ހުރީ އެ ކުއްޖާ. ރޮއެ ހަދާ ކުއްޖެއް ނަމަ ތަންކޮޅެއް އުނދަގުވީސް. އެކަމަކު އެ ކުއްޖާ ނުރޮއެ ހުރީ. ބޭރުގައި ތިބެ މީހުން ވާހަކަ ދެއްކީމަ ބުނާ ގޮތް ހެދީ،" ކައުންސިލް ރައީސް ވިދާޅުވި އެވެ.

ޔޫސުފް އެ ދޭތެރެއަށް ވަނީ ކުޅެން އުޅުމުގެ ތެރެއިން ކަމަށް ވެސް ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox