ފިންލެންޑުން އެދެނީ ޔޫރޯގައި ވެސް "ޕޫކީ ޕާޓީ" އަކަށް

Jun 12, 2021, 8:03 AM
ފިންލެންޑުން އެދެނީ ޔޫރޯގައި ވެސް "ޕޫކީ ޕާޓީ" އަކަށް

އިނގިރޭސި ޕްރިމިއާ ލީގުގައި މީގެ އެއް ސީޒަން ކުރިން ކުއްލިއަކަށް އެންމެންގެ މެދުގައި މަގުބޫލުވި އެއް ނަމަކީ ނޯވިޗް ސިޓީގެ ފިންލެންޑް ފޯވާޑް ޓީމޫ ޕޫކީގެ ނަމެވެ. ދެ ވަނަ ޑިވިޝަނުގައި ގިނަ ގޯލުތަކެއް ޖަހައިދީ އިނގިރޭސި ޕްރިމިއާ ލީގުގައި ވެސް ގާތްގާތުގައި ގޯލުތަކެއް ޖެހި އެވެ. މި ފަހަރުގެ ޔޫރޯ ކޮލިފައިންގައި ވެސް ފިންލެންޑަށް ގިނަ ގޯލުތަކެއް ޖަހައިދިނުމަށް ފަހު މިރޭ އެ ގައުމުގެ ތާރީހުގައި ފުރަތަމަ ފަހަރަށް ޔޫރޯގެ މެޗެއްގައި ނުކުންނައިރު ޓީމުގެ އެޓޭކް ލީޑުކުރާނީ އުމުރުން 31 އަހަރުގެ ޕޫކީ އެވެ.

ކުރިން ސެވިއްޔާ އާއި ޝާލްކާ އަދި ސެލްޓިކަށް ވެސް ކުޅުނު ޕޫކީ 2018 ވަނަ އަހަރު ހިލޭ ޓްރާންސްފާއެއްގެ ދަށުން ނޯވިޗަށް ބަދަލުވުމަކީ އޭނާގެ ކެރިއަރު ބަދަލުވުމުގެ ފުރަތަމަ ފިޔަވަޅެވެ. އޭނާ ވަނީ ނޯވިޗާ އެކު ހޭދަކުރި ފުރަތަމަ ސީޒަނުގައި 29 ގޯލު ޖަހައި ލަނޑު ޖެހުމުގެ ރެކޯޑެއް މުގުރާލައި އެ ޓީމަށް އިނގިރޭސި ޕްރިމިއާ ލީގުން ފުރުސަތު ހޯދައިދީފަ އެވެ. ނޯވިޗް ސިޓީ ގޮވައިގެން 2019/20 ވަނަ އަހަރުގެ ޕްރިމިއާ ލީގު ސީޒަން ފަށައިގެން ޕޫކީ ވަނީ ގިނަ ގޯލުތަކެއް ޖަހައިފަ އެވެ. ހަގީގަތުގައި އެއީ ސޯޝަލް މީޑިއާގައި "ޕޫކީ ޕާޓީ" ޓްރެންޑްވާން ފެށި ހިސާބެވެ. ގިނަ ބަޔަކު ހޭޝްޓެގް ގޮތުގައި ވެސް ޕޫކީ ޕާޓީ ބޭނުންކުރި އެވެ. ލަވައެއްގެ ގޮތުގައި ވެސް ކިޔާފައިވެ އެވެ.

ލަނޑެއް ޖެހުމަށް ފަހު ޕޫކީ އުފާފާޅުކުރަނީ

ޕްރިމިއާ ލީގުގެ އެ ސީޒަނުގައި ޕޫކީގެ ވިދުން އެހާ ބޮޑަށް ފަހުން ނުފެނެ އެވެ. އެ ފަހަރު ނޯވިޗް ރެލިގޭޓްވިއިރު ޕޫކީ ވަނީ 11 ގޯލު ޖަހައިފަ އެވެ. މި ސީޒަނުގައި ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދައި ނޯވިޗް ވަނީ އަލުން އަންނަ ސީޒަނުގެ ޕްރިމިއާ ލީގުން ފުރުސަތު ހޯދައިފަ އެވެ. ޕޫކީ ވަނީ މި ސީޒަނުގައި 26 ގޯލު ޖަހައި ހަތަރު ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ. އެހެންވެ، އިނގިރޭސި މީޑިއާތަކުން ރިޕޯޓްކުރަމުން އަންނަ އެއް ކަމަކީ އަންނަ ސީޒަނުގައި ވެސް "ޕޫކީ ޕާޓީ" އެއް ފެނިދާނެކަމުގެ ވާހަކަ އެވެ.

އެކަމަކު، އޭގެ ކުރިން ފިންލެންޑް ސަޕޯޓަރުންނާއި ކުޅުންތެރިންގެ އެދުމެއް އެބައޮތެވެ. އެއީ ޔޫރޯގައި ވެސް ޕޫކީގެ ޖާދޫ ފެނުމެވެ. ކޮލިފައިންގައި 10 ގޯލު ޖެހި ޕޫކީގެ ފަރާތުން ޔޫރޯގައި "ޕޫކީ ޕާޓީ" އަކަށް ފިންލެންޑްގެ ސަޕޯޓަރުން އުއްމީދުކުރެ އެވެ. މިއީ ފިންލެންޑްގެ ތާރީހުގައި ބޮޑު މުބާރާތެއްގައި އެ ޓީމުގެ ފުރަތަމަ ފެނިލުމެވެ.

"ޕޫކީ އަކީ އަހަރެެމެންގެ އެޓޭކްގެ ބޮޑުބައި. އަހަރެމެން އެންމެން އޭނަ އަށް އެހީވެގެން މިކަން ކުރެވިދާނެ. ޕޫކީ ޕާޓީ އަކީ އަހަރެން ވެސް އަޑު އަހާ ވާހަކައެއް. އަހަންނަށް މުހިއްމީ މި މުޅި ޓީމު އެއްކޮށް ރަނގަޅަށް ކުޅެ ނަތީޖާ ނެރުން،" ޑެންމާކާ ދެކޮޅަށް މިރޭ ފިންލެންޑް ކުޅޭ މެޗުގެ ކުރިން އެ ޓީމުގެ ކޯޗު މާކޫ ކަނޭރްވާ ބުންޏެވެ.

ފިންލެންޑްގެ ރަން ޖީލަށް ކަމެއް ނުވި

ފިންލެންޑުން މި ފަހަރުގެ ޔޫރޯ އިން ފުރުސަތު ހޯދައި ފުރަތަމަ ފަހަރަށް ބޮޑު މުބާރާތަކަށް ތައްޔާރުވަމުން ދިޔައިރު، އެ ގައުމުގެ ރަން ޖީލުގެ ކުޅުންތެރިންނަށް މުބާރާތެއްގައި ކުޅުމުގެ ނަސީބު ނުލިބުނު ވާހަކަތައް ދެކެވެ އެވެ. އެ ގޮތުން 2000ގެ ކުރީކޮޅުގައި އޮތް ފިންލެންޑްގެ ފާހަގަކޮށްލެވޭ ކުޅުންތެރިންގެ ޓީމަށް (ރަން ޖީލަށް) މުހިއްމު ވަގުތުތަކުގައި ނަތީޖާ ނުނެރެވުނެވެ.

އެ ޓީމުގައި ހިމެނޭ ކުޅުންތެރިންނަށް ބަލާއިރު، ލިވަޕޫލްގެ ކުރީގެ ކެޕްޓަން ސެމީ ހޫޕިއާ އާއި ހަމަ އެ ޓީމަށް ކުޅުނު ސްޓީވް ފިނަން، މަޝްހޫރު ކުޅުންތެރިޔާ ޔެރީ ލިޓްމަނެން، ގޯލްކީޕަރު އެންޓީ ނިއޭމީ، ޗެލްސީގެ ކުރީގެ ފޯވާޑް މިކޭލް ފޯސެލް ހިމެނެ އެވެ.

އެ ތަރިންގެ ތެރެއިން ބައެއް ކުޅުންތެރިން ގޮވައިގެން ތަޖުރިބާކާރު ކޯޗު ރޯއީ ހޮޖްސަން ވަނީ 2008 ވަނަ އަހަރުގެ ޔޫރޯ އަށް ކޮލިފައިވުމާ ގާތަށް ޖެހިލައިފަ އެވެ. އެ ފަހަރު އެކަން ނުވީ އެންމެ ޕޮއިންޓް ނަގަން ބޭނުންވި މެޗުގައި މޮޅެއް ނުލިބުމުންނެވެ. އެއީ ޕޯޗުގަލްއާ ދެކޮޅަށެވެ. އެ މެޗު ނިމުނީ 0-0 އިން އެއްވަރުވެގެންނެވެ. އެ ފަހަރު ކޮލިފައިންގައި ފިންލެންޑް ނިންމާލީ ހަތަރު ވަނައިގަ އެވެ. ދެ ވަނައިގައި ނިންމާލި ޕޯޗުގަލް އަށް ވުރެ މަދުވީ ތިން ޕޮއިންޓެވެ.

ފިންލެންޑްގެ ކޯޗަކަށް މިހާރު ހުރި ކަނޭރްވާ އަކީ 2004 ވަނަ އަހަރުން ފެށިގެން ގައުމީ ޓީމުގައި މަސައްކަތްކުރަމުން އަންނަ ކޯޗެކެވެ. އޭނާ އެންމެ ފުރަތަމަ 2004 އިން 2010 އަށް ހުރީ 21 އަހަރުން ދަށުގެ ޓީމުގަ އެވެ. އޭގެ ފަހުން 2011 އިން 2016 އަށް އެސިސްޓަންޓް ކޯޗަކަށް ކަނޭރްވާ މަސައްކަތްކުރި އެވެ. އޭނާ އަށް ހެޑްކޯޗުކަން ލިބުނީ 2016 ވަނަ އަހަރު އެވެ.

ފިންލެންޑްގެ ކޯޗު ކަނޭރްވާ މެޗެއްގެ ތެރެއިން އުފާފާޅުކުރަނީ.

ކަނޭރްވާގެ ކޯޗުކަމުގައި އޭނާއާ އެކު މަސައްކަތްކުރި ގިނަ ޔޫތު ކުޅުންތެރިން ވަނީ ސީނިއާ ޓީމާ ހަމައަށް ޕްރޮމޯޓްކޮށްދީފަ އެވެ. އޭގެ ތެރެއިން ފާހަގަކޮށްލެވޭ އެއް ކުޅުންތެރިއަކީ ކެޕްޓަން ޓިމް ސްޕާވް އެވެ. އޭނާ އަކީ ކަނޭރްވާ 21 އަހަރުން ދަށުގެ ޓީމު ގެންގުޅުުނުއިރު، އެ ޓީމުގެ ވެސް ކެޕްޓަނެވެ.

ކުރިން ޓީޗަރަކަށް މަސައްކަތްކުރި ކަނޭރްވާ ހަވާލުވިއިރު، ޕޫކީ ފަދަ ކުޅުންތެރިން ދިޔައީ ކެރިއަރުގެ އެންމެ މުހިއްމު އަހަރުތައް ގުނަމުންނެވެ. އެއީ ކަނޭރްވާ އަށް ފިންލެންޑް ގޮވައިގެން މި ފަހަރުގެ ޔޫރޯ އަށް ކޮލިފައިވުމުގައި މުހިއްމު ރޯލެއް ކުޅުނު ސަބަބެކެވެ. ޕޫކީގެ އިތުރުން ރޭންޖާސް އަށް ކުޅޭ ގްލެން ކަމާރާ އަކީ ވެސް މި ފަހަރު ޔޫރޯ އަށް ފިންލެންޑް ކޮލިފައިކޮށްދޭން މުހިއްމު ދައުރެއް އަދާކުރި ކުޅުންތެރިއެކެވެ.

މި ފަހަރުގެ ޔޫރޯއާ ކުރިމަތިލާއިރު، ޕޫކީ އަށް ބޮޑު ޓާގެޓެއް އެބައޮތެވެ. އެއީ ފިންލެންޑް ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖަހައިދިނުމުގެ ރެކޯޑް މުގުރާލުމެވެ. މިހާރު ފިންލެންޑަށް އެންމެ ގިނަ ގޯލު ޖަހައިދިނުމުގެ ރެކޯޑް އޮތީ ލިޓްމަނެން އަތުގަ އެވެ. އޭނާ ވަނީ 32 ގޯލު ޖަހައިފަ އެވެ. ޕޫކީ ވަނީ މިހާތަނަށް 30 ގޯލު ޖަހައިފަ އެވެ. ޕޫކީ އަށް ދެން ބޭނުންވަނީ އިތުރު ތިން ގޯލެވެ.

ޑެންމާކާ ދެކޮޅަށް ކުޅުނު 22 މެޗުގެ ތެރެއިން ފިންލެންޑް މޮޅުވީ އެންމެ މެޗަކުންނެވެ. ފިންލެންޑާއި ޑެންމާކް ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 21:00 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2030 ގެ ފީފާ ވޯލްޑް ކަޕްގެ ރައިޓްސްތަކެއް ނެޓްފްލިކްސް އަށް

2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މެޗުތައް ސްޕެއިން އާއި އެންޑޯރާގައި ދެއްކުމުގެ ރައިޓްސް ނެޓްފްލިކްސް އިން ގަނެފި. މި އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކު އެއް މެޗު ހިލޭ ސްޓްރީމް ކުރާއިރު، އޭގެ ތެރޭގައި ސެމީ ފައިނަލާއި ފައިނަލް މެޗު ވެސް ހިމެނޭ.

ޗައިނާ މުބާރާތުގައި ވެސް ގައުމީ ފުޓްސަލް ޓީމަށް ކޯޗު ޒަކީރޯވް

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވެސް ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދުދޭނީ ކޯޗު ފާރޫކް ޒަކީރޯވް ކަމަށް އެފްއޭއެމް އިން ވަނީ ހާމަކޮށްފައި. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓީމުން މިހާރު ފަރިތަކުރުންތައް ފަށާފައިވާއިރު، ރާއްޖޭގެ އިތުރުން މި މުބާރާތުގައި ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާނެ

ގައްދޫ ބަލިކޮށް ބުރު އަށް ސީޒަންގެ ފުރަތަމަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫ 2-0 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި. މި މެޗުގެ ލަނޑުތައް ބުރު ސްޕޯޓްސްއަށް ކާމިޔާބުކޮށްދިނީ ޖުއާން އެޑުއާޑޯ ލެސްކާނޯ އާއި އިބްރާހިމް އުސާމާ ހަސަން މަޖީދު

ލަމްޕާޑް އެދުނީ ކަވެންޓްރީ އިން ހަމަބިމުގައި ތިބެން

ކޯޗު ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ކަވެންޓްރީ ސިޓީން 25 އަހަރަށް ފަހު ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ފުރަތަމަ މޮޅު ހޯދައިފި. ނިއުކާސަލް އަތުން ލިބުނު މި ކާމިޔާބީއާއެކުވެސް، ލަމްޕާޑް ބާރުއެޅީ ޓީމުގެ ސަމާލުކަން ނުގެއްލުވައި ހަމަބިމުގައި ތިބެގެން ކުރިއަށް ދިއުމަށް

އެމެރިކާ އަކީ ފުޓްބޯޅައިގެ ގައުމެއް ނޫން: ޖިރޫ

އެމެރިކާގެ އެލްއޭ އެފްސީއަށް ކުޅުމަށްފަހު ފްރާންސްގެ ލިލް އަށް ބަދަލުވި އޮލިވިއޭ ޖިރޫ ބުނިގޮތުގައި، އެމެރިކާ އަކީ ޔޫރަޕާ އަޅާބަލާއިރު ފުޓްބޯޅައިގެ ޖޯޝާއި ފޯރި ކުޑަ، ހަމައެކަނި ފުޓްބޯޅައިގައި ހިމެނޭ ފައިސާއަށް އިސްކަންދޭ ގައުމެއް

ރާއްޖެ މެޗުގެ ކަންތަކާ ހެދި ލަންކާ ކޯޗު 5000 ޑޮލަރުން ޖޫރިމަނާ

އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ދިވެހި ޓީމަށް ބޭއަދަބީ ބަހުން މުހާތަބުކުރި ލަންކާގެ އެސިސްޓަންޓް ކޯޗު މުހައްމަދު އިމްރާން 5000 ޑޮލަރުން އޭއެފްސީން ޖޫރިމަނާކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާ ވަގުތުން މަގާމުން ވަކިކޮށްފައިވާއިރު، ދެ އަހަރު ދުވަހުގެ ސަސްޕެންޝަނެއް ދިނުމަށްވެސް އެ ފެޑެރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގައްދޫން މި ބުރުގައި ހަ ޕޮއިންޓް ހޯދަންޖެހޭ: ނަޒީހު

ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ބަލިވެފައިވާ ގައްދޫ ޓީމުން، މި ބުރުގައި ހަ ޕޮއިންޓް ހޯދަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނަޒީހު ބުނެފިއެވެ. ބަޖެޓާއި ތަޖުރިބާކާރު ކުޅުންތެރިންގެ ދަތިކަން ހުރި ނަމަވެސް، މިއަދު ބުރު ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗަކީ ރަނގަޅު ނަތީޖާއެއް ނެރެން އުންމީދުކުރާ މެޗެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

Newsletter

Get the latest news delivered straight to your inbox