ސްވިޑެން

Jun 11, 2021, 5:49 PM
ސްވިޑެން

މިއީ ސްވިޑެން އިން ޔޫރޯގައި ކުޅޭ ހަތް. ވަނަ ފަހަރެވެ. އެ ޓީމުން އެންމެ ފުރަތަމަ ޔޫރޯގައި ކުޅުނީ 1992 ވަނަ އަހަރު އެވެ. އޭގެ ފަހުން އިންގްލެންޑްގައި 1996 ވަނަ އަހަރު ބޭއްވި ޔޫރޯ ފިޔަވަައި އެހެން ހުރިހާ ފަހަރަކު އެ ޓީމު ވަނީ މުބާރާތަށް ކޮލިފައިވެފަ އެވެ. ސްވިޑެންގެ ތާރީހުގައި މިހާތަނަށް ޔޫރޯގައި ނެރުނު އެންމެ ރަނގަޅު ނަތީޖާ އަކީ 1992 ވަނަ އަހަރު ސެމީ ފައިނަލުގައި ވާދަކުރުމެވެ. އަމިއްލަ ގައުމުގައި އެ ފަހަރު ހޯސްޓްކުރި މުބާރާތުގެ ސެމީގައި ސްވިޑެން ބަލިވީ ޖަރުމަނާ ވާދަކޮށް 3-2 އިންނެވެ.

ކޮލިފައިންގައި ވެސް ސްވިޑެން ވާދަކުރަން ޖެހުނީ ސްޕެއިންއާ އެއް ގްރޫޕެއްގަ އެވެ. ކޮލިފައިންގައި ސްވިޑެން އިން ކުޅުނު 10 މެޗުގެ ތެރެއިން މޮޅުވީ ހަ މެޗުންނެވެ.ތިން މެޗުން އެއްވަރުވިއިރު، ބަލިވީ ސްޕެއިން އަތުން އެކަންޏެވެ. ކޮލިފައިންގައި ސްވިޑެން އިން. 23 ގޯލު ޖެހިއިރު، ބައިކޮޅަށް ވަނީ ނުވަ ގޯލެވެ.

ސްވިޑެން އިން މި ފަހަރުގެ ޔޫރޯ އަށް ތައްޔާރުވަމުން ދަނިކޮށް ލިބުނު އެންމެ ބޮޑު އުފާވެރި ހަބަރަކީ ފަސް އަހަރު ފަހުން ޒަލަޓާން އިބްރަހިމޮވިޗް އެ ޓީމަށް އެނބުރި އަންނަން ނިންމި ކަމެވެ. މާޗް މަހު ވޯލްޑް ކަޕް ކޮލިފައިންގައި އިބްރަހިމޮވިޗް އަލުން ސްވިޑެން އަށް މެޗެއް ކުޅުނު ނަމަވެސް ދާދި ފަހުން ކަކުލަށް ލިބުނު އަނިޔާއެއްގެ ސަބަބުން މި ފަހަރު ޔޫރޯ ވަނީ ގެއްލިފަ އެވެ. ސްވިޑެން ޓީމުން މި ފަހަރު ފާހަގަކޮށްލެވޭނެ ކުޅުންތެރިންގެ ތެރޭގައި ހިމެެނެނީ އާރްބީ ލައިޕްޒިގުގެ އެޓޭކިން މިޑްފީލްޑަރު އެމީލް ފޯސްބާގާއި ރަޝިއާގެ ކްރަސްނޯޑާގައި ތަފާތު ދައްކަމުން އަންނަ މިޑްފީލްޑަރު ކްރިސްޓޮފާ އޮލްސަން އެވެ.

ސްވިޑެންގެ ކޯޗު އެންޑަސަން.

ކޯޗު: ޔޭން އެންޑަސަން

ޔޭން އެންޑަސަން ސްވިޑެންގެ ކޯޗަކަށް ހަމަޖެއްސީ 2016 ވަނަ އަހަރު އެވެ. އެއީ އެ އަހަރުގެ ޔޫރޯގެ ގްރޫޕް ސްޓޭޖުން އެ ޓީމު ކެޓުމުންނެވެ. އެންޑަސަން ހަވާލުވެ، ސްވިޑެން ވަނީ 12 އަހަރަށް ފަހު ވޯލްޑް ކަޕަށް ކޮލިފައިކޮށްދީފަ އެވެ. އަދި ދާދި ފަހުން ޔުއެފާ އިން ފެށި ނޭޝަންސް ލީގުގައި ސްވިޑެން ވަނީ ރަޝިއާ އާއި ތުރުކީ ބަލިކޮށްފައި ގްރޫޕް އެއް ވަނަ ހޯދައިފަ އެވެ.

ސްކޮޑު

ކީޕަރުން: ކާލް-ޔޯހަން ޖޯންސަން (ކޮބެންހާވްން)، ކްރިސްޓޮފާ ނޯޑްފެލްޓް (ގެންކްލާބިރްލިހީ)، ރޮބިން އޯލްސެން (އެވަޓަން)

ޑިފެންޑަރުން: އެމީލް ކްރާފްޓް (ނިއުކާސަލް)، ވިކްޓަ ލިންޑެލޯފް (މެންޗެސްޓާ ޔުނަޓެޑް)، މާކަސް ޑެނިއަލްސަން (ޑާލިއަން ޔިފާން)، މާޓިން އޮލްސެން (ހެކަން)، ލުޑްވިގް އޮގަސްޓިންސަން (ވާޑާ ބްރެމެން، ޕޮންަޓަސް ޔެންސަން (ބްރެންޓްފޯޑް)، ފިލިޕް ހެލަންޑާ (ރޭންޖާސް)، މިކައެލް ލަސްޓިގް (އޭއައިކޭ)، އަންޑްރެއަސް ގްރަންކްވިސްޓް (ހެލްސިންބޯގް)

މިޑްފީލްޑަރުން: އެމީލް ފޯސްބާގް (ލައިޕްޒިގު)، ކެން ސެމާ (ވަޓްފޯޑް)، ވިކްޓަ ކްލައެސަން (ކްރަސްނޯޑާ)، ޑޭޖާން ކުސުލެވްސްކީ (ޔުވެންޓަސް)، ސެބަސްޓިއަން ލާސަން (އޭއައިކޭ)، އަލްބިން އެކްޑާލް (ސަމްޑޯރިއާ)، ކްރިސްޓޮފާ އޮލްސަން (ކްރަސްނޯޑާ)، ޖެންސް-ލީސް ކަޖުސްޓް (މިޓްޔައެލަންޑް)، މަޓިއަސް ސްވަންބާގް (ބޮލޯނިއާ)، ގުސްޓާވް ސްވެންސަން (ގުއަންޒޫ)

ފޯވާޑުން: މާކަަސް ބާގް (ކްރަސްނޯޑާ)، އަލެކްސަންޑަ އައިސާކް (ރެއާލް ސޮސިއެޑާޑް)، ރޮބިން ކުއައިސަން (މައިންޒް)، ޖޯޑަން ލާސަން (ސްޕާޓާ މޮސްކޯ)

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox