41 އަހަރުގެ އިބްރަހިމޮވިޗް އަލުން ސްވިޑެން ގައުމީ ޓީމަށް ނަގައިފި

Mar 15, 2023, 3:35 PM
41 އަހަރުގެ އިބްރަހިމޮވިޗް އަލުން ސްވިޑެން ގައުމީ ޓީމަށް ނަގައިފި

ސްޓޮކްހޯލްމް، ސްވިޑެން (މާޗް 15) - އުމުރުން 41 އަހަރުގެ ޒަލަޓާން އިބްރަހިމޮވިޗް، ކުރިއަށް އޮތް ޔޫރޯ ކޮލިފައިންގެ މެޗުތަކަށް އެކުލަވާލި ސްވިޑެންގެ ގައުމީ ފުޓްބޯޅަ ޓީމުގެ ސްކޮޑުގައި ހިމަނައިފި އެވެ.

އިބްރަހިމޮވިޗް، އެންމެ ފަހުން ސްވިޑެން ޓީމަށް ކުޅުނީ މީގެ 12 މަސް ކުރިންނެވެ. މި މަހު، ސްވިޑެން އިން ޔޫރޯ ކޮލިފައިންގައި ބެލްޖިއަމް އާއި އަޒަރުބައިޖާނާ ދެކޮޅަށް ކުޅޭ ދެ މެޗުން ކުރެ އެއް މެޗުގައި ވެސް އިބްރަހިމޮވިޗް، ކުޅެފިނަމަ، އިޓަލީގެ ލެޖެންޑަރީ ގޯލްކީޕަރު ޑީނޯ ޒޮފްގެ ރެކޯޑް މުގުރާލާނެ އެވެ.

ޔޫރޯ ކޮލިފައިން މެޗެއްގައި ކުޅުނު އެންމެ އުމުރުން ދުވަސްވީ ކުޅުންތެރިޔާގެ ރެކޯޑް، ޒޮފް ގާއިމްކުރީ 1983 ވަނަ އަހަރު އެވެ. އެއީ، އުމުރުން 40 އަހަރާއި 90 ދުވަސް ފުރިފައިވަނިކޮށް މެޗެއް ކުޅެގެން ޒޮފް ހެދި ރެކޯޑެކެވެ.

އިބްރަހިމޮވިޗަށް މިހާރު އޮތް ގޮތުން، ޒޮފްގެ އެ ރެކޯޑް މުގުރާލުމުގެ ހުރިހާ ފުރުސަތެއް އެބައޮތެވެ.

ސްވިޑެން އިން ޔޫރޯ ކޮލިފައިންގައި މި މަހު 24 ވަނަ ދުވަހު ބެލްޖިއަމާ ކުޅުމަށް ފަހު އޭގެ ތިން ދުވަސް ފަހުން، 27 ވަނަ ދުވަހު އަޒަރުބައިޖާނާ ކުޅޭނެ އެވެ. ކަކުލުގެ އަނިޔާ އަކުން ރިކަވާވެގެން އެނބުރި އައިސް އިބްރަހިމޮވިޗް ވަނީ އެންމެ ފަހުން އޭސީ މިލާން ކުޅުނު ތިން މެޗުގައި ވެސް ކުޅެފަ އެވެ.

ސްވިޑެންގެ ކޯޗު ޖޭން އެންޑަސަން ބުނީ މިލާން އެންމެ ފަހުން ކުޅުނު ތިން މެޗުގައި ވެސް ބަދަލު ކުުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރައި، އިބްރަހިމޮވިޗް ދެއްކި ކުޅުން ރަނގަޅު ކަމަށާއި ފެންނަ ފެނުމަށް ގައުމީ ޓީމުގައި ވެސް ބޭނުންކުރެވޭނެ ވަރަށް ފިޓްނަސް ރަނގަޅު ކަމަށެވެ.

"ދަނޑުމަތީގަޔާއި ދަނޑުން ބޭރުގައި ވެސް އިބްރަހިމޮވިޗް ލެވަލްގެ ކުޅުންތެރިއެއް ހުރިހާ ގޮތަކުން ވެސް މުހިންމުވާނެ،" ޖޭން އެންޑަސަން ބުންޏެވެ.

ޖަރުމަނުގައި 2024 ވަނަ އަހަރު ބާއްވާ ޔޫރޯގައި އިބްރަހިމޮވިޗް ކުޅެފިނަމަ، ހަންގޭރީގެ ގޯލްކީޕަރު، ޑާބޯ ކިރާއީ، 2016 ވަނަ އަހަރުގެ ޔޫރޯގައި ހެދި ރެކޯޑް ވެސް މުގުރާލެވޭނެ އެވެ. ހަންގޭރީ ޓީމަށް 2016 ވަނަ އަހަރުގެ ޔޫރޯގައި ކިރާއީ ކުޅުނުއިރު، އުމުރަކީ 40 އަހަރެވެ.

މިދިޔަ އަހަރުގެ ފީފާ ވޯލްޑް ކަޕުން ސްވިޑެން އަށް ފަހު ވަގުތު ފުރުސަތު ގެއްލުމުން، އޭރު އަނިޔާގައި ހުރި އިބްރަހިމޮވިޗް ދިން އިންޓަވިއުއެއްގައި ބުނީ ރިޓަޔާކުރުމުގެ ހިޔާލެއް ނެތް ކަމަށާއި ގައުމީ ޓީމުން ގޮވާލައިފިނަމަ އެހީވާން ތައްޔާރަށް ހުރި ކަމަށެވެ.

ސްވިޑެން، ޔޫރޯ ކޮލިފައިންގެ ގްރޫޕް އެފްގައި ވާދަކުރާއިރު، ބެލްޖިއަމާއި އަޒަރުބައިޖާންގެ އިތުރުން ދެން އެ ގްރޫޕްގައި ހިމެނެނީ އެސްޓޯނިއާ އާއި އޮސްޓްރިއާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox