ސޯލްޝެއާއާ ސްވިޑެން ކޯޗުކަން ހަވާލުކުރަން އިންޓަވިއުކޮށްފި

Jan 15, 2024, 5:34 AM
ސޯލްޝެއާއާ ސްވިޑެން ކޯޗުކަން ހަވާލުކުރަން އިންޓަވިއުކޮށްފި

ސްޓޮކްހޯލްމް، ސްވިޑެން (ޖެނުއަރީ 15) - ސްވިޑެން ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަން ހަވާލުކުރަން މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ކޯޗު، ނޯވޭގެ އޮލެ ގުނަ ސޯލްޝެއާއާ މަޝްވަރާކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އެންމެ ފަހުގެ ވޯލްޑް ކަޕާއި މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުން ސްވިޑެން އަށް ފުރުސަތު ނުލިބުމުން، އެ ގައުމުގެ ފުޓްބޯޅަ ޓީމުގެ ކޯޗަކަށް ހުރި ޖޭން އެންޑަސަން ވަނީ މަގާމުން ދުރުވެފަ އެވެ. އެ މަގާމަށް އާ ކޯޗަކު ގެންނަން ސްވިޑެން އެފްއޭ އިން ކުރަމުން އަންނަ މަސައްކަތުގައި ސޯލްޝެއާއާ ވަނީ މަޝްވަރާކޮށްފަ އެވެ.

ޔުނައިޓެޑްގެ ކޯޗުކަމުން، 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހު ވަކިވި ފަހުން، ސޯލްޝެއާ ހުރީ ޓީމަކާ ހަވާލުނުވެ އެވެ. ދާދި ފަހުން ދި އެތުލެޓިކް އަށް ދިން އިންޓަވިއުއެއްގައި ސޯލްޝެއާ ބުނީ، ސައުދީ އަރަބިއްޔާ އާއި ތުރުކީގެ ކްލަބްތަކުން ދާދި ފަހުން، ވެސް ހުށަހެޅުން ލިބުނު ކަމަށެވެ.

Advertisement

އެކަމަކު، މި ވަގުތު ފުޓްބޯޅައިގައި ކުރަމުން އަންނަ މަސައްކަތްތަކަށް ބަލާއިރު، ޔޫރަޕްގެ ފުޓްބޯޅައިގެ މައި އިދާރާގެ ޓެކްނިކަލް އޮބްސާވަރު/ކޮންސަލްޓަންޓެއްގެ ގޮތުގައި ހަރަކާތްތެރިވާއިރު، ކަންތައްތަކެއް ދަސްވަމުން އަންނަ ކަމަށެވެ.

ކުރިން ޕްރިމިއާ ލީގުގައި ކާޑިފް ސިޓީ އަށް ކޯޗުކޮށްދިން ސޯލްޝެއާ ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހު މޮރީނިއޯ ވަކިކޮށް ވަގުތީ އެއްބަސްވުމެއްގެ ދަށުންނެވެ. ވަގުތީ ކޮންޓްރެކްޓެއްގައި ތިން މަސް ދުވަސް ހޭދަކުރިއިރު، ސޯލްޝެއާގެ މަސައްކަތް ޔުނައިޓެޑަށް ރަނގަޅުވުމުން އެ ޓީމުން އޭނާ އަށް ދާއިމީ އެއްބަސްވުމެއް ދިނެވެ. އެ ފަހަރު އޭނާ ސޮއިކުރީ ތިން އަހަރުގެ އެއްބަސްވުމެއްގަ އެވެ. ޔުނައިޓެޑްގައި ސޯލްޝެއާ އަށް ތަށްޓެއް ނުލިބުނަސް ނެރުނު ނަތީޖާތަކާއި ހޯދި ކުރިއެރުން ބަަލައި އޭނާ އަށް 2021/2022 ވަނަ އަހަރުގެ ސީޒަން ފެށުމުގެ ކުރިން އިތުރު ކޮންޓްރެކްޓެއް ދިނެވެ. އެކަމަކު، އެ އެއްބަސްވުމަށް ފަހު، ޓީމުގެ ހާލަތު ދަށްވަމުން ގޮސް، ނަތީޖާ ނުނެރެވި ގޯސް ހާލަތު ދިގުލައި، ސޯލްޝެއާ އަށް ވަޒީފާ ގެއްލުނީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox