ޗައިނާ ވަރަށް ބޮޑު، ރާއްޖޭން މި ވަގުުތުގެ ހާލަތަށް ވިސްނަންޖެހޭ: ކޫޕްމަން

ގައުމީ ޓީމުގެ ޓްރެއިނިނެއްގެ ތެރެއިން ކޯޗު ކޫޕްމަން (ކ) އާއި އެސިސްޓަންޓް ކޯޗު ސުޒޭން.-- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް

ގައުމީ ޓީމުގެ ޓްރެއިނިނެއްގެ ތެރެއިން ކޯޗު ކޫޕްމަން (ކ) އާއި އެސިސްޓަންޓް ކޯޗު ސުޒޭން.-- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް

ފީފާ ވޯލްޑް ކަޕް/ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގައި މާދަމާރޭ ޗައިނާއާ ދެކޮޅަށް ކުޅޭ މެޗަށް ނުކުންނައިރު އެ ގައުމަކީ ބޮޑު ގައުމެއް ކަމަށާއި ރާއްޖެ ކަހަލަ ގައުމެއް މި ވަގުތު މި އޮތް އުނދަގޫ ހާލަތުގައި މެޗު ކުޅޭއިރު ހަގީގަތާ ކުރިމަތިލާން ޖެހޭ ކަމަށް ގައުމީ ކޯޗު މާޓިން ކޫޕްމަން ބުނެފި އެވެ.

ސެންޓްރަަލައިޒްކޮށް ދުބާއީގައި ރާއްޖެ ގްރޫޕްގެ މެޗުތައް ކުޅޭއިރު، މިދިޔަ ހުކުރު ދުވަހުގެރޭ ސީރިއާ އަތުން ރާއްޖެ ވަނީ 4-0 އިން ބަލިވެފަ އެވެ. އެ މެޗަކީ ގައުމީ ކޯޗު ކޫޕްމަންގެ އިރުޝާދުގެ ދަށުން ގައުމީ ޓީމު ކުޅުނު ފުރަތަމަ މެޗެވެ.

މާދަމާރޭ ޗައިނާއާ ދެކޮޅަށް ދުބާއީގައި ކުޅޭ މެޗުގެ ކުރިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޫޕްމަން ބުނީ އޭނާ އަދިވެސް ބުނާނީ މި ވަގުތަކީ ރާއްޖެ އަށް ކުރިމަތިވާ އުނދަގޫތަކަށް ބަލާއިރު މެޗުތައް ކުޅުން އެންމެ އިންސާފުވެރި ވަގުތެއް ނޫން ކަމަށެވެ.

"އަހަރެމެން ބޭނުންވާ މިސްރާބަށް ދާން މިދިޔަ ހަ ދުވަސް ތެރޭގައި ކުރިއަށް ފިޔަވަޅުތަކެއް އަޅައިފި. އަހަރެމެން ބޭނުންވާ ހިސާބާ ގާތުގައެއް ވެސް ނޫން މި ތިބީ. އެކަމަކު ރާއްޖެ ކަހަލަ ކުޑަ ގައުމެއް. ޗައިނާ ކަަހަލަ ބޮޑު ޓީމަކާ ދެކޮޅަށް ކުޅޭއިރު. ޗައިނާގައި އަހަރެންގެ ދެ އަހަރުގެ ތަޖުރިބާ އަށް ބަލާއިރު ބުނާނީ މިއީ ފަސޭހަ ކަމެއް ނޫން. އެކަމަކު ފުޓްބޯޅައިގައި ވާ ގޮތެއް ބަލަމާ،" ޗައިނާގެ ގުއަންޒޫ ސިޓީ އަށް ދެ އަހަރު ކޯޗުކޮށްދިން ކޫޕްމަން ބުންޏެވެ.

ދުބާއީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން.-- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް

މީގެ ދޮޅު މަސް ކުރިން ދިރާގު ދިވެހި ޕްރިމިއާ ލީގު ދެ ވަނަ ބުރު ނިމުނު ފަހުން ގައުމީ ޓީމު ޕްރެކްޓިސް ކުރަން ވަގުތެއް ހޯދަން ބެލިނަމަވެސް މާލޭގައި ކޮވިޑްގެ ކޭސްތައް އިތުރުވުމުން ޕްރެކްޓިސް ކުރެވޭނެ ގޮތެއް ނުވި އެވެ. އަދި މިދިޔަ މަހު 13 ވަނަ ދުވަހު ހޮޓެލް ޖެންގައި ގައުމީ ޓީމު ކޭމްޕް ޖަހައިގެން ތިބިިއިރު، ވެސް ޕްރެކްޓިސް ކުރަން ޖެހުނީ ހޮޓެލް ޖެންގެ ބޯލް ރޫމުގަ އެވެ. ގައުމީ ޓީމަށް ޕްރެކްޓިސް ކުރަން ފުރުސަތެއް ލިިބުނީ މިދިޔަ މަހުގެ 22 ވަނަ ދުވަހު ދުބާއީ އަށް ދިޔަ ފަހުންނެވެ.

ކޫޕްމަން ބުނީ މި އުނދަގޫ ހާލަތުގައި ކުޅެން ޖެހޭއިރު، އޭނާގެ ފޯކަސް އަކީ މި މެޗަކީ މުސްތަގުބަލަށް އެޅޭ ބިންގަލެއްގެ ގޮތުގައި ނެގުމަށް ކަމަށެވެ.

"މި މެޗުތައް ބޭނުންކުރާނީ މުސްތަގުބަލަށްޓަކައި އަޅާ ފައުންޑޭޝަނެއްގެ ގޮތުގައި. މިހެން ބުންޏަސް ކޮންމެ މެޗެއް ވެސް މުހިއްމު. އަހަރެމެން މިއީ ޕްރޮފެޝަނަލުން. އަހަރެމެން މާދަމާ މޮޅުވާން ބޭނުން. އެއްވަރެއް ކުރަން ވެސް ބޭނުން ބަލިވުމަށް ވުރެ. އެކަމަކު ހަގީގަތާ ކުރިިމަތިލާން ޖެހޭ އަހަރެން ކުރިން ބުނިހެން. އެއީ (ޗައިނާ އަކީ) ބޮޑު ގައުމެއް. ނަތީޖާ ކޮންމެ ގޮތަކަށް ނުކުތަސް ގަބޫލުކުރަން ޖެހޭނީ،" ކޫޕްމަން ބުންޏެވެ.

ކޮވިޑުން ރަނގަޅުވެ ގައުމީ ޓީމާ ގުޅުނު އަލީ އަޝްފާގު (ދަގަނޑޭ) އާއި އަލީ ޝާމިސް (ތޮއްޕޭ) ޓީމާ ގުުޅުމުން ހިތްހަަމަ ޖެހޭ ކަމަށާއި އެކަމަކު އާންމު ހާލަތަށް ބަލާއިރު އެ ދެ ކުޅުންތެރިންނަށް ކުއްލިއަކަށް މެޗެއް ނުކުޅެވޭނެ ކަމަށެވެ. އެކަމަކު ވާގޮތެއް އެނގޭނީ ކަންތައްތަކަށް ބަދަލުވަމުންދާ ގޮތަށް ބެލުމަށް ފަހު ކަމަށް ކޫޕްމަން ބުންޏެވެ.

ގްރޫޕް އޭގެ އެއް ވަަނައިގައި ސީރިއާ އޮތީ ކުޅުނު ހަތް މެޗުން ވެސް މޮޅުވެގެން 21 ޕޮއިންޓާ އެކު އެވެ. ގްރޫޕްގެ ދެ ވަނައިގައި އޮތް ޗައިނާ އަށް ހަ މެޗުން 13 ޕޮއިންޓް ލިބިފައިވާއިރު، ބާކީ އޮތް ދެ މެޗުން މޮޅުވެގެން ވެސް ޗައިނާ އަށް ސީރިއާއާ ހަމަނުކުރެވޭނެ އެވެ. ތިން ވަނައިގައި ފިލިޕީންސް އޮތީ ހަ މެޗުން ހަތް ޕޮއިންޓާ އެކު އެވެ. ހަތަރެއްގައި ރާއްޖެ އޮތީ ހަ މެޗުން ހަ ޕޮއިންޓާ އެކު އެވެ. އެންމެ ފުލުގައި އޮތް ގުއާމަށް ހަތް މެޗުން ކުޅުނުއިރު، ޕޮއިންޓެއް ނުލިބެ އެވެ.

ރާއްޖޭގެ އަމާޒަކީ 2023 ވަނަ އަހަރުގެ އޭޝިއަން ކަޕުން ކޮލިފައިވުމެެވެ. މި ގްރޫޕްގެ ކޮންމެ މަގާމެއްގައި ނިންމިޔަސް އަދި އޭޝިއަން ކަޕްގެ ފުރުސަތު އޮންނާނެ އެވެ. އެކަމަކު މަތީ މަގާމެއްގައި ނިންމައިފިނަމަ އޭޝިއަން ކަޕަށް ކޮލިފައިވާން ފަސޭހަ މަގެއް ހޯދިދާނެ އެވެ. ގްރޫޕްގެ ހަތަރު ވަނައިގައި ނިންމައިފިނަމަ ރާއްޖެ ޖެހޭނީ އޭޝިއަން ކަޕްގެ ކޮލިފައިން ގްރޫޕް ސްޓޭޖަށް ވަންނަން ޕްލޭއޮފެއް ކުޅޭށެވެ.

ރާއްޖެ އާއި ޗައިނާ މީގެ ކުރިން ކުޅުނު ފަސް މެޗުން ވެސް މޮޅުވީ ޗައިނާ އެވެ. މި ދެ ޓީމު އެންމެ ފުރަތަމަ 2001 ވަނަ އަހަރު ވޯލްޑް ކަޕް ކޮލިފައިންގައި ޗައިނާގައި ކުޅުނު މެޗުން ރާއްޖެ ބަލިވީ 10-1 އިންނެވެ. މާލޭގައި އެ އަހަރު ކުޅުނު މެޗުން ޗައިނާ އަށް މޮޅުވެވުނީ 1-0 އިންނެެވެ. އޭގެ ފަހުން 2015 ވަނަ އަހަރު ޗައިނާ ވަނީ 3-0 އިން މޮޅުވެފަ އެވެ. އަދި 2016 ވަނަ އަހަރު ރާއްޖެ ބަލިވީ 4-0 އިންނެވެ.

އެންމެ ފަހުން މި ފަހަރުގެ ކޮލިފައިންގައި މާލޭގައި 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ކުޅުނު މެޗުން ޕީޓަ ސެގާޓްގެ ކޯޗުކަމުގައި ކުޅުނު ރާއްޖެ އަތުން ޗައިނާ މޮޅުވީ 5-0 އިންނެވެ. ދުބާއީގައި މާދަމާރޭ ކުޅޭ ޗައިނާގެ ހޯމް މެޗު ފަށާނީ ރާއްޖެ ގަޑިން 22:00 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ އަތުން ފަލަސްތީނަށް ބޮޑު މޮޅެއް

އޭޝިއާގެ 17 އަހަރުން ދަށުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ މެޗުން ފަލަސްތީނު ވަނީ 5-0 އިން ރާއްޖެ ބަލިކޮށްފައެވެ. ފަލަސްތީނުގެ ޒެއިން މުހައްމަދު ހެޓްރިކެއް ހެދި މި މެޗުގެ ހުރިހާ ލަނޑެއްވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގައި. މި ދެ ޓީމު ވެސް ތައްޔާރުވަނީ، އަންނަ މަހު އޮންނަ އޭއެފްސީ 17 އަަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިން އަށް.

ޒްވެރެވް، 35 އަހަރަށްފަހު ޖަރުމަނު ޓެނިސް ތާރީހު ބަދަލުކޮށްލައިފި

ޖަރުމަނުގެ އަލެކްސަންޑަ ޒްވެރެވް ދުނިޔޭގެ ޓެނިސް ރޭންކިންގެ އެއްވަނަ ކަށަވަރުކޮށް، 35 އަހަރަށް ފަހު އެ މަގާމު ހޯދި ފުރަތަމަ ޖަރުމަނު ކުޅުންތެރިޔާގެ ޝަރަފު ހޯދައިފި. މިއީ 1991 ވަނަ އަހަރު ބޮރިސް ބެކާ އެ މަގާމު ހޯދި ފަހުން ޖަރުމަނު ކުޅުންތެރިއަކު ރޭންކިންގެ އެއްވަނައަށް އެރި ފުރަތަމަ ފަހަރު.

އެޕީލް ނާކާމިޔާބު، އާސެނަލްގެ ޑައުމަން ތިން މެޗަށް ސަސްޕެންޑް!

އިނގިރޭސި ލީގު ކަޕްގައި ފްލީޓްވުޑް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރަތް ކާޑާ ގުޅިގެން، އާސެނަލްގެ ޒުވާން ކުޅުންތެރިޔާ މެކްސް ޑައުމަން ތިން މެޗަށް ސަސްޕެންޑްކޮށްފި. މި އަދަބަށް ލުޔެއް ހޯދުމަށް އާސެނަލުން ކުރި އެޕީލް ނާކާމިޔާބުވެ، ރެފްރީގެ ނިންމުން ދަމަހައްޓަން ވަނީ ނިންމާފައި

ފެނާންޑޭސް އަތުން ބޭންޑް ނުނަގަން ޔުނައިޓެޑުން ނިންމައިފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު މައިކަލް ކެރިކަށް ފާޑުކިޔުމާ ގުޅިގެން ބްރޫނޯ ފެނާންޑޭސް ބެންޗަށް ބަދަލުކުރި ނަމަވެސް، އޭނާގެ އަތުން ކެޕްޓަން ބޭންޑް ނެގުމުގެ ވިސްނުމެއް ކްލަބުން ނެތްކަން ހާމަކޮށްފި. ކެރިކް ބުނިގޮތުގައި ފެނާންޑޭސްއަކީ ޓީމުގެ މުހިންމު ކުޅުންތެރިއަކަށް ވުމާއެކު، މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ އޭނާއާ އެކު ޓީމު ރަނގަޅުކުރަން

ބެލޮންޑިއޯގެ "ބޯޓް" އެވޯޑާ އެކު ރޮނާލްޑޯގެ ޝުކުރު ސަޕޯޓަރުންނަށް

ބެލޮންޑިއޯގެ 70 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އަލަށް ތައާރަފްކުރި "ބެލޮންޑިއޯ އޮފް އޯލް ޓައިމް (ބޯޓް)" އެވޯޑް، 2008 ވަނަ އަހަރުގެ ކާމިޔާބީއަށް ބިނާކޮށް ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްފި. ސަޕޯޓަރުންގެ ވޯޓުން ހޮވި މި ޝަރަފްވެރި އެވޯޑާ ގުޅިގެން ރޮނާލްޑޯ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އޭނާގެ ސަޕޯޓަރުންނަށް ޚާއްސަ ޝުކުރެއް އަދާކޮށްފައި

ސާފްގައި އިންޑިއާގެ ފުލް ޓީމު ހަމަވަނީ ރާއްޖެ މެޗަށް

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާގެ ފުލް ޓީމު ހަމަވާނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރާއްޖެއާ ބައްދަލުކުރާ މެޗަށް. މީގެ ސަބަބަކީ ފީފާ ބްރޭކާ ދިމާކޮށް އިންޑިއާގެ ސީނިއާ ޓީމު ނިއުޒީލެންޑާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅުމާއި، ކްލަބްތަކުން ކުޅުންތެރިން ދޫކުރުމުގައި ހުރި ދަތިތަކެެއް

ވެމްކޯ ގައުމީ ފައިނަލަށް، ހުރާ އަތުން ޕޮލިސް ކަޓައިފި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުން ވެމްކޯ ޖާގަ ހޯދީ ސެމީ ފައިނަލުގައި އެމްޓީސީސީ ބަލިކުރުމަށްފަހު. އަދި ސެމީ ފައިނަލުގެ އަނެއް މެޗުން ހުރާ އަތުން ބަލިވެ ޕޮލިސް ކްލަބް ވަނީ މުބާރާތުން ކަޓާފައެވެ. ފައިނަލުގެ ފަހު ޖާގައަށް މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ހުރާ އާއި އެމްޓީސީސީ.

Newsletter

Get the latest news delivered straight to your inbox