ކޮވިޑު ސާމްޕަލް އާއްމު ކުނީގެ ތެރޭގައި އުކަލާ މައްސަލައެއް ހުށަހަޅައިފައެއް ނެތް

ވެމްކޯގެ މުވައްޒަފުން މަސައްކަތުގައި: ކޮވިޑަށް ނަގާ ސާމްޕަލްތައް ރަނގަޅަށް ބަންދު ނުކޮށް އުކާމާކަމުގެ ޝަކުވާ ވެމްކޯއިން ކޮށްފައިވާ ނަމަވެސް އެޗްޕީއޭން ވަނީ އެކަން ދޮގުކޮށްފަ-- ފޮޓޯ: ވެމްކޯ

ވެމްކޯގެ މުވައްޒަފުން މަސައްކަތުގައި: ކޮވިޑަށް ނަގާ ސާމްޕަލްތައް ރަނގަޅަށް ބަންދު ނުކޮށް އުކާމާކަމުގެ ޝަކުވާ ވެމްކޯއިން ކޮށްފައިވާ ނަމަވެސް އެޗްޕީއޭން ވަނީ އެކަން ދޮގުކޮށްފަ-- ފޮޓޯ: ވެމްކޯ

ކޮވިޑަށް ޓެސްޓް ކުރުމަށް ނަގަމުންދާ ސާމްޕަލް ތަކުން ޕޮޒިޓިވްވާ ސާމްޕަލްތައް އުކާލުމުގައި ކަނޑައަޅާފައިވާ އުސޫލުތަކާ ހިލާފަށް އަމަލު ކުރަމުންދާކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)އިން ބުންޏަސް އެފަދަ މައްސަލައެއް ހުށަހަޅާފައިނުވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.

އެކަމާ ގުޅިގެން "އަދަދު" އަށް މައުލޫމާތު ދެއްވަމުން ހެލްތް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް ތަސްލީމާ އުސްމާން ވިދާޅުވީ ސާމްޕަލް ނެގުމަށްފަހު ޓެސްޓް ހެދުމަށް ހުއްދަ ދޫކުރެވެނީވެސް އެ ސާމްޕަލްތައް ނައްތާ ލެވޭނެ ނިޒާމެއް ގާއިމް ވެފައިވާ ނަމަ ކަމަށެވެ.

އަދި އެ އުސޫލާ ހިލާފަށް ކަމެއް ހިނގާފައިވާ ކަމުގެ އެއްވެސް މައްސަލައެއް މިހާތަނަށް އެޗްޕީއޭއަށް ހުށަހަޅާފައި ނުވާ ކަމަށެވެ.

އެޗްޕީއޭން އެހެން ބުނެފައިވަނީ، ރޭ ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ކޮވިޑަށް ޕޮޒިޓިވްވާ ސާމްޕަލްތައް ފަދަ ތަކެތި އުކާލާއިރު ބައެއް ތަންތަނުން އާންމު ކުނިބުނީގެ ތެރޭގައި ބަހައްޓާކަން ފާހަގަކުރެވިފައިވާ ކަމަށް ވެމްކޯގެ މެނޭޖިން ޑިރެކްޓަރު އާދަމް މުހައްމަދު ވިދާޅުވުމާ ގުޅިގެންނެވެ.

މިހާ ބޮޑަށް ކޮވިޑް ފެތުރިފައިވާ ދަނޑިވަޅެއްގައި އެފަދަ ކަންކަން ހިނގަމުންދާތީ ހިތާމަކުރައްވާކަން ފާހަގަކުރައްވަމުން އާދަމް މުހައްމަދު ވިދާޅުވީ، އެ ކަންކަމުގެ މައުލޫމާތު ގަބޫލު ކުރައްވަން ވެސް ދަތިވާ ކަމަށެވެ.

ޕޮޒިޓިވްވާ ސާމްޕަލް ކަހަލަ އެއްޗެހި ވެމްކޯ މީހުން ނަގާ ޖެނެރަލް ވޭސްޓްގެ ތެރެއަށްލާފަ ހުންނަނީ. މިއީ ފަރުވާ ކުޑަ ކުރުމެއް ނޫން. މިއީ ހަމަ ގަސްތުގަ ކުރާ ކަންކަން. އެފަދަ ތަކެތި ހުންނަކަން އެނގެނީ ބައެއް މުވައްޒަފުންގެ ފަރާތުން. ފަހުން ބަލާލާއިރު އެގޮތަށް ހަމަ އެ ކަން ހިނގާފަ ހުންނަނީ

މީގެ އިތުރުން އޭނާ ވިދާޅުވީ ހެލްތު ފެސިލިޓީތައް ފަދަ ޕްރޮފެޝަނަލް ސާވިސް ދެމުންދާ ތަންތަނުގައި އުޅޭ މީހުންގެ ފުށުން އެ ބާވަތުގެ ކަންކަން ފެނިގެން ނުވާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox