ދިވެހި ކުންފުންޏަކުން ހިންގާ ފްލެޓް އެޅުމުގެ އެންމެ ބޮޑު މަޝްރޫއު ފަށައިފި

އެޕޯލޯ އިން އިމާރާތްކުރާ ފްލެޓްތައް: މި ފްލެޓްތައް ދެ އަހަރުގެ ތެރޭގައި ނިމޭނެ ކަމަށް އެޗްޑީސީން ލަފާކުރޭ. -- ފޮޓޯ/ހައުސިން މިނިސްޓްރީ

އެޕޯލޯ އިން އިމާރާތްކުރާ ފްލެޓްތައް: މި ފްލެޓްތައް ދެ އަހަރުގެ ތެރޭގައި ނިމޭނެ ކަމަށް އެޗްޑީސީން ލަފާކުރޭ. -- ފޮޓޯ/ހައުސިން މިނިސްޓްރީ

ސޯޝަލް ހައުސިން ސްކީމުގެ ތެރެއިން ދިވެހި ކުންފުންޏަކުން ހިންގާ ފްލެޓް އެޅުމުގެ އެންމެ ބޮޑު މަޝްރޫއު ހުޅުމާލޭގައި އެޕޯލޯ ހޯލްޑިންސް ކުންފުނިން ފަށައިފި އެވެ.

މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ތެރެއިން އެޕޯލޯއާ ހަވާލުކުރީ، ހަތަރު ކެޓަގަރީއަކަށް ހާއްސަކޮށްގެން 1،000 ފްލެޓް އެޅުމަށެވެ. އެ ފްލެޓްތަކުގެ ފައުންޑޭޝަން އެޅުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ.

އެޕޯލޯއާ ހަވާލުކުރި ފްލެޓްތަކުގެ ތެރޭގައި އެންމެ އަގުހެޔޮކޮށް ދޫކުރަން ނިންމާފައިވާ ކައުންސިލް ހައުސިން ކެޓަގަރީ ވެސް ހިމެނެ އެވެ. ދެން ހިމެނޭނީ އަތްފޯރާ ފަށުގައި ދޫކުރާ ފްލެޓްތަކާއި މެދު ފަންތި އާއި މަތީ ފަންތީގެ ފްލެޓްތައް ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ބުންޏެވެ.

"މިއީ، ދިވެހި ކުންފުންޏަކުން ހުޅުމާލޭގައި ހިންގާ ފްލެޓް އެޅުމުގެ އެންމެ ބޮޑު މަޝްރޫއު،" އޭނާ ވިދާޅުވި އެވެ.

އެޕޯލޯ އިން ފްލެޓްތަކުގެ ފައުންޑޭޝަން މަސައްކަތް ފަށާފައި: އެ ކުންފުންޏާ ހަވާލުކުރީ ހަތަރު ކެޓަގަރީއަކުން ފްލެޓް އަޅަން.

ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާއި ދެ ވަނަ ފިޔަވަހީގައި އިމާރާތްކުރާ މި ފްލެޓްތަކުގެ ކޮންސެޕްޓާއި ޑިޒައިން ވެސް ކުރިއަށް ގެންދަނީ އެ ކުންފުނިންނެވެ. މި މަޝްރޫއުގައި ފައިނޭންސް ކުރާނީ ވެސް އެޕޯލޯ އިންނެވެ.

އެޗްޑީސީން ބުނިގޮތުގައި މި ފްލެޓްތައް ކުރިއަށް އޮތް ދެތިން އަހަރުގެ ތެރޭގައި ނިމޭނެ ކަމަށް ލަފާ ކުރެވެ އެވެ.

މީގެ އިތުރުން ވެސް ބޯހިޔާވަހިކަމުގެ ދަތިތަކުން އަރައިގަތުމަށް ސަރުކާރުން ކުރިއަށް ގެންދާ މަސައްކަތްތަކުގެ ތެރޭގައި ހިމެނިގެން އިތުރު ބަޔަކާ އެކު ވެސް ފްލެޓު އަޅަން ހަވާލުކުރަން އެޗްޑީސީން ނިންމައި ދިވެހި ބައެއް ކުންފުނިތަކަކާ މަޝްރޫއުތަކެއް ހަވާލުކޮށްފައިވެ އެވެ.

އެޕޯލޯގެ ފްލެޓްތަކަކީ 15،000 ފްލެޓުގެ ތެރޭގައި ހިމެނޭ މަޝްރޫއެއް

މި ދައުރުގެ ތެރޭގައި ގާތްގަނޑަކަށް 15,000 ފްލެޓުގެ މަސައްކަތް މާލޭގައި ފަށައި އޭގެތެރެއިން ބޮޑު ބައެއް ނިންމުމަކީ މި ސަރުކާރުގެ އަމާޒެވެ. ކުރިން ޕްލޭންކޮށްފައި އޮތީ، މާލޭގެ ރައްޔިތުންނަށް ހާއްސަ ކޮށްގެން 3،000 ފްލެޓުގެ މަޝްރޫއެއް މި އަހަރުގެ ކުރީކޮޅު ފަށާށެވެ. އެކަމަކު އަދި އެ މަޝްރޫއެއް ނުފެށެ އެވެ.

މާލެ އާއި ރަށްރަށުގެ ބޯހިޔާވަހިކަމަށް މި ސަރުކާރުން ގިނަ ވައުދުތަކެއް ވި ނަމަވެސް އެ މަޝްރޫއުތައް ތަންފީޒުކުރުމުގައި ލަސްކަމުގެ ޝަކުވާ ބޮޑެވެ. އެންމެ ބޮޑު ކަންބޮޑުވުމަކީ މި ވެރިކަމުގައި މިހާތަނަށް ގިނަ ފްލެޓްތަކުގެ އަމަލީ މަސައްކަތް ފެށިފައި ނުވުމެވެ.

އެކަމަކު ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް އެކަން ދިފާއުކުރައްވައި "އަދަދު"އަށް ވިދާޅުވެފައި ވަނީ، މި ދައުރުގެ ތެރޭގައި 13،000-15،000 ހައުސިން ޔުނިޓް ފަށައި ބޮޑު މިންވަރެއް ނިންމޭނެ ކަމަށެވެ. މިހާތަނަށް މާލެ ސަރަހައްދުގައި އަޅަން ފަށާފައި ވަނީ 5،000 ފްލެޓެވެ.

މި ސަރުކާރުގެ ވިސްނުމަކީ ކައުންސިލް ހައުސިން އާއި އެފޯޑަބަލް ހައުސިންގެ އިތުރުން މިޑްލް އިންކަމްގެ ކެޓަގަރީއެއް ކުރިއަށް ގެންދިއުމެވެ. މި ތިން ކެޓަގަރީއަށް ކޮންމެ ވަޒީފާއެއް އަދާކުރިއަސް ކުރިމަތިލެވޭނެ ގޮތަށް ހުޅުވާލަން އޮތީ ނިންމައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2027 ދެބައިވުމުގެ ކުރިން ރަސްމާލެއިން ގޯތި ދޫކުރުމުގެ އުންމީދެއް

މި މަޝްރޫއުގެ މާސްޓާ ޕްލޭން އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، ގޯއްޗަށް އެދި ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ އެންމެންނަށް ގޯތި ދިނުމަކީ ސަރުކާރުގެ އަމާޒެކެވެ.

ހޫތީން ކުށްވެރިކޮށް ރާއްޖެއިން އަނެއްކާ ވެސް ބަޔާނެއް ނެރެފި

ސައުދީ އަރަބިއްޔާގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށާއި އިގްތިސާދީ މަރުކަޒުތަކަށް އަމާޒުކޮށް ހޫތީން ދެމުންގެންދާ ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.

އިމާރާތެއްގައި ޖަހައިފައި ހުރި ސޭފްޓީ ބިތްގަނޑެއް ވެއްޓިއްޖެ

މި ހާދިސާގައި ބައެއް އުޅަނދުތަކަށް ގެއްލުންވެ، ބައެއް މީހުންނަށް ކުދި އަނިޔާ ލިބުނު ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ފުލުހުން ދަނީ ކަމާގުޅޭ އިދާރާތަކާ ގުޅިގެން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އިންޖީނުގެތަކަށް ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދެނީ

މާލެ އާއި އައްޑޫގެ އިންޖީނުގެތައް އަޕްގްރޭޑް ކުރުމަށް ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދިނުމަށް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފަ. މީގެ އިތުރުން ފެނަކަ ސްޓެލްކޯގެ ދަށަށް ބަދަލުކުރާތީ، ކަރަންޓު ސަބްސިޑީގެ ގޮތުގައި އަންނަ އަހަރު 743.2 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދިނުމަށް ވެސް ވަނީ ހިމަނާފަ.

ތިލަފުށީ ބަނދަރަށް ލޯނު ދެނީ ސަރުކާރުން

މި މަޝްރޫއުގެ ބޮޑު ބައެއް ފައިނޭންސް ކުރަނީ ދައުލަތުގެ ބަޖެޓުން އެމްޕީއެލްއަށް ދޫކުރާ 2.3 ބިލިއަން ރުފިޔާގެ ލޯނަކުން. މި ލޯނު ދޫކުރުމަށް ބަޖެޓުގައި ހިމަނާފައިވަނީ 2028 އަދި 2029 ވަނަ އަހަރަށް ކަމަށްވާތީ، އަންނަ އަހަރު ބަނދަރުގެ ހިދުމަތް ފަށާނެ ކަމަށް ސަރުކާރުން ބުނާ މުއްދަތަށް ބޭނުންވާ ފައިސާ ހަމަޖައްސަނީ ކިހިނެއް ކަމެއް ސާފެއް ނުވޭ.

ލޯ ޑިގްރީ ހަދާ ކުދިންނަށް އޮންލައިން ޓެސްޓެ ނެގޭނެ ގޮތެއް ހަދަނީ

ގާނޫނީ ދާއިރާއިން މިހާރު ޑިގްރީއަށް ކިޔަވަމުންދާ ދަރިވަރުންނަށް އޮންލައިންކޮށް އިމްތިހާނު ހެދޭނެ އިންތިޒާމު ހަމަޖެއްސުމަށް ބާ ކައުންސިލަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.

ނަފުސާނީ ފަރުވާ ދިނުމާބެހޭ ގާނޫނެއް ހަދަނީ

މި ބިލުގެ ދަށުން ނަފުސާނީ ސިއްހަތުގެ ގައުމީ ސިޔާސަތެއް ކަނޑައަޅައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަރުވާދޭ މަރުކަޒުތަކާއި 24 ގަޑިއިރު ހިދުމަތްދޭ ހެލްޕްލައިނެއް ގާއިމުކުރުމަށް ވަނީ ހިމަނާފައެވެ.

Newsletter

Get the latest news delivered straight to your inbox