ޒަމީލްގެ މައްސަލަ ބޭރުކުރި ނިންމުން ލީކުވުމުން ކޮމިޓީ ހޫނުވެ، މައްސަލަ ބަލަނީ

މަޖިލީހުގެ އިމްތިޔާޒް އަދި ސުލޫކް ކޮމިޓީގެ ބައްދަލުވުމެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. -ފޮޓޯ: މަޖިލިސް

މަޖިލީހުގެ އިމްތިޔާޒް އަދި ސުލޫކް ކޮމިޓީގެ ބައްދަލުވުމެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. -ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތުމުގެ ތުހުމަތުކުރެވިފައިވާ ޑިފެންސް މިނިސްޓްރީގެ ނައިބު ހަސަން ޒަމީލްގެ މައްސަލަ މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީން ބޭރުކޮށްލަން ނިންމި ނިންމުން ލީކުވި މައްސަލައިގައި މެމްބަރުން ކަންބޮޑުވުންފާޅުކޮށްފި އެވެ.

މަޖިލީހުގެ އިމްތިޔާޒަށް ޒަމީލް އަރައިގަތް ކަމަށް ތުހުމަތުކުރީ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް ހާޒިރުވާން އަންގާފައިވާ ސިފައިންގެ ފަރާތުން ކޮމިޓީގައި ޖަވާބުދާރީ ވާނީ ވަކިވަކި ސިފައިންގެ ބަދަލުގައި މުއައްސަސާގެ ފަރާތުންކަން ބަޔާންކޮށް ފޮނުވި ސިޓީގައި ސޮއިކުރައްވާފައިވަނީ ޒަމީލް ކަމަށް ވާތީ އެވެ.

ނަމަވެސް، މިދިޔަ އާދީއްތަ ދުވަހު ސިއްރުކޮށްގެން ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި ޒަމީލްގެ މައްސަލަ ވަނީ ބޭރުކޮށްލައިފަ އެވެ.

Advertisement

އެ ރޭ ސްލޫކީ ކޮމެޓީން ޒަމީލްގެ މައްސަލަ ނުބަލަން ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ހުށަހެޅުއްވިއިރު، އެ ހުށަހެޅުން ފާސް ކުރީ އެމްޑީޕީގެ ހަތަރު މެމްބަރުންގެ ވޯޓާއެކު އެވެ.

އެއީ، ގަމުދާއިރާގެ މެމްބަރު މުހައްމަދު ވިޝާމާއި ކޮމަންޑޫ ދާއިރާގެ މެމްބަރު ހުސައިން ވަހީދާއި މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާ އާއި ތިނަދޫ ދެކުނު ދާއިރާގެ މެމްބަތު އަބްދުﷲ ސަނީފެވެ.

ދެން ވޯޓް ދެއްވީ ނޮޅިވަރަމް ދާއިރާގެ އަމިއްލަ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ އެވެ.

އެ މައްސަލަ އެމްޑީޕީގެ ތެރޭގައި ވަރަށް ބޮޑަށް ހޫނުވެ، ކޮމިޓީގައި ހިމެނޭ އެ ޕާޓީގެ މެމްބަރުންނަށް ބޮޑެތި ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ.

ތުޅާދޫ ދާއިރާގެ މެމްބަރު "ދަންޖައްސަން ޖެހޭ ކަމަށް" މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް ވިދާޅުވި މައްސަލައިގައި މިއަދު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި ސަނީފް ވިދާޅުވީ ކުރިން ބޭއްވި ކޮމިޓީ ބައްދަލުވުމުގެ ނިންމި ނިންމުން ލީކުވި މައްސަލަ ބަލައިދިނުމަށް އެދިފައިވަނިކޮށް، އާ މައްސަލައެއް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.

އެކަމަށް ކޮމިޓީގެ މުގައްރިރު އަދި ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފް ވިދާޅުވީ އެ މައްސަލަ އޮންނަ އުސޫލުގެ ތެރެއިން އެއްވެސް މެމްބަރަކު ރަސްމީކޮށް ހުށަހަޅުއްވައިނުވާ ކަމަށެވެ.

ޔާސިރަށް ރައްދު ދެއްވަމުން ސަނީފް ވިދާޅުވީ، ކޮމިޓީގެ ގުރޫޕުގައި އެ މައްސަލަ ބެލުމަށް ތަކުރާރުކޮށް އެދިފައިވާނެ ކަމަށާއި، މިއަދުގެ ކޮމިޓީއަށް މެމްބަރަކު ހުށަހެޅުމުން އެޖެންޑާ ކުރެވެންޖެހޭނެ ކަމަށެވެ.

އެއާއެކު މެމްބަރުންގެ އިއްތިފާގުން ވަނީ ސަނީފްގެ ހުށަހެޅުން އެޖެންޑާގެ ކުރިއަށް ލާން ނިންމައިފަ އެވެ.

އެކަމާ ގުޅޭގޮތުން ސަނީފް އިތުރަށް ވިދާޅުވީ ގައުމީ ސަލާމަތާ ގުޅޭ ކަމަކަށްވާތީ ކޮމިޓީ ސިއްރު ކުރުމަށްފަހު، ކޮމިޓީގެ މެމްބަރުން ވޯޓު ދިން ގޮތް ލީކުވުމަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ.

އަދި، އެކަމުގެ ސަބަބުން އެ ނިންމުމުގެ މާނަ އޮޅުވާލައި، މެމްބަރުންނަށާއި މެމްބަރުންގެ އާއިލާއަށް އިންޒާރުތައް ވެސް ލިބެމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ސަނީފްގެ ވާހަކަތަކަށް ތާއީދުކުރައްވަމުން މަޑުއްވަރީ ދާއިރާގެ އިދިކޮޅު މެމްބަރު އާދަމް ޝަރީފް ވިދާޅުވީ މަޖިލީހުގެ އިމްތިޔާޒްގެ މައްސަލަތައް ބަލާ ކޮމީޓީގެ ސިއްރު ބައްދަލުވުމެއްގެ މައުލޫމާތު ލީކުވުމަކީ ޖިނާއީ ތަހުގީގެއް ހިންގަންޖެހޭ ކަމެއް ކަމަށެވެ.

އަދި މަސްލަހަތު ފުށުއަރާތީ، މި މައްސަލަ ބަލަން މަޖިލީހުގެ އާއްމު ކޮމިޓީއަށް ފޮނުވުމަށް އޭނާ ހުށަހެޅުއްވި އެވެ.

ނަމަވެސް، އެކަމާ ދެކޮޅު ހައްދަވައި މުހައްމަދު ނަޝީދު އަބްދުﷲ ވިދާޅުވީ އެ މައުލޫމާތު ލީކުވި ގޮތް ސާފުކޮށް ފެންނަން އޮތް އިރު، ޖިނާއީ ތަހުގީގެއް ހިންގަން ވަގުތުތަކެއް ނަގާލަންޖެހޭ ކަމަށް ގަބޫލުނުކުރެެއްވޭ ކަމަށެވެ.

އަދި މި މައްސަލައަކީ މެމްބަރުންގެ ސުލޫކާ ގުޅޭ މައްސަލައެއް ކަމަށްވާތީ، އެހެން ކޮމިޓީއަކުން މި މައްސަލަ ނުބެލޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންކަމުން އޭނާ ހުށަހެޅުއްވީ، ސުލޫކު ކޮމިޓީގެ ތެރެއިން ސަބް ކޮމިޓީއެއް ނަގައިގެން މައްސަލަ ބެލުމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ކަންކަން ސާފުކޮށްދިނުން

އެ ހުށަހެޅުމަށް ތާއީދުކުރައްވައި، ސަނީފް އިތުރަށް ހުށަހެޅުއްވީ ކަން ހިނގައިދިޔަ ސާފުކޮށް ދިނުމަށް ކޮމިޓީގެ މުގައްރިރު ނޫސްވެރިންގެ ބައްދަލުވުމެއް ވީއެންމެ އަވަހަކަށް ބާއްވައި ދިނުމަށެވެ.

އެކަމަށް ހުސެއިން ވަހީދުގެ އިތުރުން ވިސާމް ވެސް ތާއީދުކުރެއްވި އެވެ.

ނަމަވެސް، އެ ހުށަހެޅުމަށް އިޝާރާތް ކުރައްވައި ޔާސިރު ވިދާޅުވީ ސިއްރު ބައްދަލުވުމެއްގެ މައުލޫމާތު ހިއްސާކުރުމަކީ ކުރެއްވޭނެ ކަމެއް ނޫން ކަމަށެވެ.

ކޮމިޓީގެ މުގައްރިރު ޔާސިރު: އޭނާ ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމަށް ފާސްކުރި
ކޮމިޓީގެ މުގައްރިރު ޔާސިރު: އޭނާ ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމަށް ފާސްކުރި

ކޮމިޓީގެ މުގައްރިރު ޔާސިރު: އޭނާ ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމަށް ފާސްކުރި

ޔާސިރު އެހެން ވިދާޅުވުމުން ބައްދަލުވުން އަނެއްކާވެސް ހޫނުވި އެވެ. އެކަމަށް ރައްދު ދެއްވައި، ސަނީފް ވިދާޅުވީ، ޒަމީލްގެ މައްސަލާގައި ނެގުނު ވޯޓަކީ ޕާލިމަންޓަރީ އިންކުޔަރީއަށް ހުރަސްއެޅޭނެ ކަމެއް ނޫން ކަން ސާފުކޮށްދެވެންޖެހޭނެ ކަމަށެވެ.

އެއާއެކު ކޮމިޓީގެ މެމްބަރުންގެ އިއްތިފާގުން މިއަދު ފާސްކުރީ، މުގައްރިރު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައިގެން ކަން ހިނގާދިޔަ ގޮތް ސާފުކޮށް ދިނުމުގެ އިތުރުން، ކުރީ ދުވަހުގެ ކޮމިޓީ ބައްދަލުވުމުގެ މައުލޫމާތު ލީކުވި މައްސަލަ ކޮމިޓީގެ ސަބް ކޮމިޓީއަކުން ބެލުމަށެވެ.

އެގޮތަށް ފާސްވުމުން، ސަބް ކޮމިޓީއަށް ހުށަހެޅި ފާސްވީ، ރާއި، ނާޒިމް، މުހައްމަދު ނަޝީދު އަބްދުﷲ، ހާރޫނުގެ އިތުރުން ޔާސިރުގެ ނަމެވެ.

ޒަމީރުގެ މައްސަލަ ސުލޫކީ ކޮމިޓީން ބޭރުކޮށްލީ، އަލިފުށީ ދާއިރާ މެމްބަރު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ޅިޔަނު، މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އިސްކޮށް ހުންނަވައިގެން ކަމަށް އެމްޑީޕީގެ ބައެއް މެންބަރުން ވަނީ ތުހުމަތު ކުރައްވާފަ އެވެ.

އެ މައްސަލަ ހޫނުވެފައިވަނިކޮށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއަޕް ގުރޫޕުގައި މަޖިލީހުގެ ނައިބު ރައީސް އީވާ ވަނީ ބިގޭއަށް ރައްދު ދެއްވައިފަ އެވެ. ބިގޭ ޓެގް ކުރައްވައި އީވާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގެ އިންކުއަރީ ފެއިލްކޮށްލުމަށް މަސައްކަތް ނުކުރެއްވުމަށް އެދިވަޑައިގެންފަ އެވެ.

"ހަމަ ނުޖެހޭ ކޮމިޓީ އެހެން މެމްބަރުންނަށް ގުޅައިން ތިހެން މިކަން ފަނި ކުރާކަށް. ނުކުރިޔަސް ބިގޭގެ ސަރުކާރު ދެމި އޮންނާނެ،" އީވާ ވިދާޅުވި އެވެ.

ރައީސް ނަޝީދު އެދިވަޑައިގެން ކޮމެޓީންކުރާ ކަންކަން ކޮންމެ ފަހަރަކު ވެސް ގޯސް ކުރަން ބިގޭ އުޅުއްވަނީ ކީއްވެގެންތޯ އީވާ ސުވާލު ކުރެއްވި އެވެ. ރައީސް ނަޝީދުގެ ހާލަތާމެދުވީ ހަމްދަރުދީގެ މުއްދަތު ހަމަވީތޯ ވެސް އީވާ ސުވާލު ކުރެއްވި އެވެ.

ޒަމީލްގެ މައްސަލައިގައި އޭނާގެ މައްޗަށް ދައުވާކޮށްދޭން އެދި ޕްރޮސެކިޔުޓާ ޖެނެރަލްގެ އޮފީހަށް ވެސް މަޖިލީހުން ފޮނުވި އެވެ.

ނަމަވެސް، ތަހުގީގު ނުކުރާ މައްސަލައެއްގައި ޖިނާއީ ދައުވާ ކުރެވެން ނެތް ކަމަށް ޕީޖީން ވަނީ އެ މައްސަލަ ފުލުހުންނަށް ހުށަހެޅުމަށް މަޖިލީހަށް ލަފާ ދީފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox