މާލޭގެ ޑެޕިއުޓީ މޭޔާ ހޮވުން މިމަހު 21 ގައި

މާލޭގެ ޑެޕިއުޓީ މޭޔަރު ކަމަށް ވާދަ ކުރާ އަހުމަދު ނަރީޝާއި އައިޝަތު ނަހުލާގެ އިތުރުން އިބްރާހިމް ސުޖާއު--

މާލޭގެ ޑެޕިއުޓީ މޭޔަރު ކަމަށް ވާދަ ކުރާ އަހުމަދު ނަރީޝާއި އައިޝަތު ނަހުލާގެ އިތުރުން އިބްރާހިމް ސުޖާއު--

މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރަކު ހޮވުމަށް ބާއްވަންޖެހޭ ޖަލްސާ މިމަހުގެ 21 ވަނަ ދުވަހު ބޭއްވުމަށް ކައުންސިލަރުންނަށް 14 ދުވަހުގެ ނޯޓިސް ދީފި އެވެ.

ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ކައުންސިލްތަކަށް އަންގާފައިވަނީ މި މަހުގެ 20 ގެ ކުރިން މާލޭގެ ޑެޕިއުޓީ މޭޔަރާއި ރަށްރަށުގެ ކައުންސިލްގެ ނައިބު ރައީސުންގެ އިތުރުން އަންހެނުންގެ ކޮމެޓީގެ ރައީސުންނާއި ނައިބުން އިންތިހާބު ކުރުމަށެވެ.

ހުރިހާ ކައުންސިލަރުން ރަށުގައި ނެތް ނަމަ ކޮވިޑްގެ ހާލަތުގެ ސަބަބުން އިންތިހާބު ބޭއްވުމުގެ ކުރިން 14 ދުވަހުގެ ނޯޓިސްއެއް ދިނުމަށް އެލްޖީއޭން ވަނީ އަންގައިފަ އެވެ.

Advertisement

މާލޭ ސިޓީ ކައުންސިލުން މިދިޔަ އާދިއްތަ ދުވަހު 14 ދުވަހުގެ ނޯޓިސްދީ ކައުންސިލަރުންނަށް ފޮނުއްވި ސިޓީގައި ބުނެފައިވަނީ މިމަހުގެ 21 ވަނަ ދުވަހު ޖަލްސާއެއް ބާއްވައި ޑެޕިއުޓީ މޭޔަރު ކަނޑައަޅާނެ ކަމަށެވެ.

ޑެޕިއުޓީ މޭޔަރު އިންތިހާބު ކުރަނީ ކައުންސިލްގެ މެމްބަރުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ.

މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ހިމެނޭ ގޮތަށް 19 މެމްބަރުން އިންތިހާބު ކޮށްފައިވާއިރު އޭގެ ތެރެއިން 12 ގޮނޑި ކާމިޔާބު ކޮށްފައިވަނީ އިދިކޮޅު ކޯލިޝަން ޕީޕީއެމް/ޕީއެންސީ އިންނެވެ. އެ ކޯލިޝަނަށް ސިޓީ ކައުންސިލްގެ މެޖޯރިޓީ ލިބިފައިވާއިރު މިހާރު އެންމެ ބޮޑު ވާދަވެރިކަމެއް އޮތީ ޑެޕިއުޓީ މޭޔަރުގެ މަގާމަށެވެ.

ޑެޕިއުޓީ މޭޔަރު ކަމަށް މިހާތަނަށް ޝައުގުވެރިކަން ފާޅުކުރައްވާފައިވަނީ ވިލިމާލެ ދާއިރާގެ މެމްބަރު ނަހުލާ އަލީ އާއި މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ނާސިރު (ހެރިންސް އައްލޮ) އާއި ހުޅުމާލެ ދާއިރާގެ މެމްބަރު ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ޝުޖާއުގެ އިތުރުން މާފަންނު މެދު ދާއިރާގެ މެމްބަރު އަހުމަދު ނަރީޝް އެވެ.

އޭގެ ތެރެއިން ލީޑާޝިޕްގެ ބައެއް ބޭފުޅުން ޝުޖާ ހޮވަން މަސައްކަތް ކުރާއިރު އަނެއް ބައި ބޭފުޅުން ބޭނުންވަނީ ޑެޕިއުޓީ މޭޔަރަކަށް ނަރީޝް ހަމަޖެއްސުމަށެވެ. އެކަމަކު ޑެޕިއުޓީ މޭޔަރުގެ މަގާމަށް ގެންނާނެ ވަކި މީހަކު ޕާޓީން އަދި ކަނޑައެއް ނާޅަ އެވެ.

މާލެ ފިޔަވާ އެހެން ސިޓީ ކައުންސިލްތަކުގެ ޑެޕިއުޓީ މޭޔަރު ވަނީ އިންތިހާބު ކޮށްފަ އެވެ.

އާއްމުގޮތެއްގައި ކައުންސިލަރުން ހުވާ ކޮށްފައި ފުރަތަމަ ބާއްވާ ބައްދަލުވުމުގައި ޑެޕިއުޓީ މޭޔަރުންނާއި ރަށު ކައުންސިލްގެ ނައިބުން އިންތިހާބު ކުރެ އެވެ.

ނަމަވެސް ކޮވިޑުގެ ހާލަތުގެ ސަބަބުން ހުރިހާ ކައުންސިލަރުން ހަމަނުވާތީ މާލޭގެ ޑެޕިއުޓީ މޭޔަރު ކަމާއި ބައެއް ރަށްރަށުގެ ކައުންސިލްގެ ނައިބު ރައީސުން ވަނީ އިންތިހާބު ނުކޮށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox