ސްރީލަންކާގެ ރެފިއުޖީ އާއިލާއެއް މިނިވަން ކުރަން އޮސްޓްރޭލިއާއަށް ޕްރެޝަރު ބޮޑުވަނީ

ޕްރިޔާ އާއި އޭނާގެ ދަރިފުޅު ތަރްނިކާ.-- ފޮޓޯ: ހޯމް ޓު ބިލޯ

ޕްރިޔާ އާއި އޭނާގެ ދަރިފުޅު ތަރްނިކާ.-- ފޮޓޯ: ހޯމް ޓު ބިލޯ

ކްރިސްމަސް އައިލެންޑުގައި ރެފިއުޖީން ބަންދު ކުރާ މަރުކަޒެއްގައި ދިރިއުޅޭ ސްރީލަންކާގެ އާއިލާއެއް މިނިވަން ކުރަން އޮސްޓްރޭލިއާއަށް ޕްރެޝަރު ބޮޑުވެއްޖެ އެވެ.

އޮސްޓްރޭލިއާއަށް ޕްރެޝަރު ބޮޑުވާން ފެށީ އެ އާއިލާގެ ތިން އަހަރުގެ ކުއްޖެއްގެ ހާލު ސީރިއަސްވެ، ފަރުވާއަށް އޮސްޓްރޭލިއާއަށް ގެންދަން ޖެހުމުންނެވެ.

ތިން އަހަރުގެ ތަރްނިކާ މުރުގައްޕަން ޕާތު ހޮސްޕިޓަލަށް ހެލިކޮޕްޓަރުގައި ގެންދަން ޖެހުނީ ހުން އައިސް، ހޮނޑުލައި، ބޯ އެނބުރުން ފަދަ ކަންކަން ދިމާވާތީ އެވެ.

ރިޕޯޓުތައް ބުނާ ގޮތުން އެ ކުއްޖާއަށް ސެޕްސިސް އަދި ނިއުމޯނިއާ ޖެހިފައިވާ ކަމަށް ޑޮކްޓަރުން ވަނީ ކަނޑައަޅާފަ އެވެ. ނަމަވެސް ހާލު މިހާރު ރަނގަޅެވެ.

ކުއްޖާއަށް ފަރުވާ ދޭން ގެންދަން ޖެހުނު ހަބަރާ ގުޅިގެން އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ ފަރާތްތަކުން އަންނަނީ އޮސްޓްރޭލިއާ ސަރުކާރަށް ފާޑުކިޔަމުންނެވެ.

އެގޮތުން ފަރުވާއަށް ފޮނުވުން ލަސްވި ކަމަށް އެ މީހުން ބުނެ އެވެ. ރިޕޯޓުތައް ބުނާ ގޮތުން ފަރުވާއަށް ގެންގޮސްފައި ވަނީ އެ ކުއްޖާ ބަލިވެ އުޅޭ 10 ދުވަސް ފަހުންނެވެ.

ކުއްޖާގެ މަންމަ، ޕްރިޔާ ނަޑޭސަލިންގްދްރަމް ބުނީ އެންޓިބަޔޮޓިކް ފަރުވާ ދިނުމަށް ނުވަތަ ހޮސްޕިޓަލަކަށް ގެންގޮސް ދިނުމަށް އެތައް ފަހަރެއް މަތިން އެދުނު ކަމަށެވެ. ނަމަވެސް ރެފިއުޖީން ތިބޭ ސެންޓަރުގެ ޑޮކްޓަރުން ދިނީ ޕެރެސެޓަމޯލް ފަދަ ބޭސްތަކެވެ.

ނަމަވެސް އޮސްޓްރޭލިއާގެ ކަމާ ބެހޭ ފަރާތްތަކުން ބުނެފައި ވަނީ ކުއްޖާއަށް ދީފައި ވަނީ އެންމެ އެކަށީގެންވާ ފަރުވާ ކަމަށެވެ. އަދި އެ އާއިލާއާ މެދު ގޯސްކޮށް އަމަލު ނުކުރާ ކަމަށް އޮސްޓްރޭލިއަން ބޯޑާ ފޯސްގެ ބަޔާނެއްގައި ބުނެފައި ވެ އެވެ.

ހިޖުރަ ކުރީ ރައްކާތެރިކަން ހޯދަން

ތަރްނިކާއަށް ފަރުވާ ދޭން ޕާތު ހޮސްޕިޓަލަށް ގެންދަން ޖެހުމުން، އެ އާއިލާއަށް އޮސްޓްރޭލިއާގެ ރައްކާތެރިކަން ދިނުމަށް އާއްމުން އަޑު އުފުލުން ވަނީ އިތުރުވެފަ އެވެ.

ލަންކާގެ ތަމަޅަ ރެފިއުޖީންގެ ގޮތުގައި ތަރްނިކާގެ މަންމަ އާއި ބައްޕަ އޮސްޓްރޭލިއާއަށް ދަތުރު ކުރީ ގާތްގަނޑަކަށް މީގެ 10 އަހަރު ކުރިން ކަނޑު މަގުންނެވެ.

އެ މީހުން ވަޒަންވެރިވީ ކުއީންސްލޭންޑްގެ ބިލޮއެލާ އަވަށުގަ އެވެ. އެ މީހުންގެ ދެ ދަރިން، ތަރްނިކާ އާއި އުމުރުން ހަ އަހަރުގެ ކޮޕީކާ ވެސް އުފަންވީ އޮސްޓްރޭލިއާ އަށެވެ.

ތަރްނިކާ (ކ) އަދި ކޮޕީކާ.-- ފޮޓޯ: ހޯމް ޓު ބިލޯ ކެމްޕެއިން
ތަރްނިކާ (ކ) އަދި ކޮޕީކާ.-- ފޮޓޯ: ހޯމް ޓު ބިލޯ ކެމްޕެއިން

ތަރްނިކާ (ކ) އަދި ކޮޕީކާ.-- ފޮޓޯ: ހޯމް ޓު ބިލޯ ކެމްޕެއިން

ނަމަވެސް އެ މީހުންނަކީ ގަވާއިދާ ހިލާފަށް އައި ރެފިއުޖީން ކަމަށް ބަލައި، އޮސްޓްރޭލިއާ ސަރުކާރުން ބޭނުންވީ ގައުމުން ބޭރު ކުރުމަށެވެ.

އެކަމަކު 2019 ގައި ކޯޓުން އެންގީ އެ މީހުން ގައުމުން ބޭރު ނުކުރެވޭނެ ކަމަށެވެ. އެއާއެކު އޮސްޓްރޭލިއާގެ ކްރިސްމަސް އައިލެންޑުގައި ރެފިއުޖީން ބަންދު ކުރާ މަރުކަޒަށް އާއިލާ އެއްކޮށް ބަދަލު ކުރީ އެވެ.

ބިލޮއެލާ އަވަށުގެ ރައްޔިތުން އަންނަނީ އެ މީހުންނަށް އެ ތަނުގައި ދިރިއުޅުމުގެ ހައްގު ދިނުމަށް އަޑު އުފުލަމުންނެވެ. އެ މައްސަލަ މިހާރު އޮތީ ކޯޓުގަ އެވެ.

ތަރްނިކާ ބަލިވެ ފަރުވާ ދޭން ޖެހުމުން އަނެއްކާވެސް ވަނީ އަޑު އުފުލާ ވަރު އިތުރުވެ، އެ މީހުން މިނިވަން ކުރަން ސަރުކާރަށް ޕްރެޝަރު ބޮޑުވެފަ އެވެ.

އެ އާއިލާއަށް ގަވާއިދާ އެއް ގޮތަށް އޮސްޓްރޭލިއާގައި އުޅުމުގެ ފުރުސަތު ދޭން ވިސާ ދޫކުރުމުގެ ބާރު ހޯމް މިނިސްޓަރު ކެރެން އެންޑްރޫޒްއަށް ލިބިގެންވެ އެވެ.

އޮސްޓްރޭލިއާ ސަރުކާރުން އިއްޔެ ބުނީ އެ އާއިލާއަށް އެމެރިކާ ނުވަތަ ނިއުޒީލެންޑުގައި ވަޒަންވެރިވުމުގެ ފުރުސަތު ހޯދައި ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ބޯޓުގައި އަންނަ ރެފިއުޖީންނަށް ރައްކާތެރިކަމެއް ނުދޭނެ

ރެފިއުޖީންނާ މެދު އޮސްޓްރޭލިއާއިން ގެންގުޅެނީ ހަރުކަށި ސިޔާސަތެކެވެ. އެގޮތުން ކަނޑުމަގުން ބޯޓުގައި އަންނަ ރެފިއުީންނަށް ރައްކާތެރިން ދިނުމަކީ އޮންނަ އުސޫލެއް ނޫނެވެ.

ސަރުކާރުން ބުނަނީ އޭގެ ބޭނުމަކީ އިންސާނުން ޓްރެފިކް ކުރުން ހުއްޓުވުން ކަމަށެވެ. ނަމަވެސް ހައްގުތަކަށް މަސައްކަތް ކުރާ ގްރޫޕުތަކުން ދެކޭ ގޮތުގައި އެއީ ގާނޫނާ ހިލާފު އަދި ރެފިއުޖީންގެ ހައްގުތަކާ ހިލާފު އުސޫލެކެވެ.

އޭގެ އިތުރުން ގަވާއިދާ ހިލާފަށް އެތެރެވާ ފަރާތްތައް ހައްޔަރު ކުރުމުގެ ބާރު އިމިގްރޭޝަނުން ގާނޫނުން އޮވެ އެވެ. އޭގެ ސަބަބުން މި އާއިލާ ފަދަ ގިނަ ބަޔަކު ތިބީ ރެފިއުޖީން ބަންދު ކުރާ މަރުކަޒުތަކުގަ އެވެ.

ވަކި މުއްދަތެއް ނެތް ގޮތަށް އަހަރުތަކެއް ވަންދެން މީހުން ބަންދު ކުރާ ތަންތަނުގައި ރެފިއުޖީން ބައިތިއްބާތީ އދ. އާއި އެހެން ފަރާތްތަކުން ފާޑުކިޔާފައި ވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox