ކޮލިފައިން: ފަހު ވަގުތު އާޖެންޓީނާ އެއްވަރު، ބްރެޒިލުން ރެކޯޑް ދަމަހައްޓައިފި

Jun 9, 2021, 2:38 AM
ލަނޑު ޖެހުމަށް ފަހު ބްރެޒިލްގެ ނޭމާ އާއި ރިޗާލިސަން އުފާފާޅުކުރަނީ

ލަނޑު ޖެހުމަށް ފަހު ބްރެޒިލްގެ ނޭމާ އާއި ރިޗާލިސަން އުފާފާޅުކުރަނީ

ބަރަންކީލާ، ކޮލަމްބިއާ (ޖޫން 9) - ދެކުނު އެމެރިކާގެ ވޯލްޑް ކަޕް ކޮލިފައިންގައި ރޭ ފަހު ވަގުތު ކޮލަމްބިއާ އިން 2-2 އިން އާޖެންޓީނާއާ އެއްވަރުކުރިއިިރު، ޕެރަގުއޭ އަތުން 2-0 އިން މޮޅުވެ ބްރެޒިލުން ކޮލިފައިންގައި ސައްތަ އިން ސައްތަ ރެކޯޑް ދަމަހައްޓައިފި އެވެ.

ބްރެޒިލް އެއް ވަނައިގައި އޮތީ ކޮލިފައިންގައި މިހާތަނަށް ކުޅުނު ހަ މެޗުން ވެސް މޮޅުވެ 18 ޕޮއިންޓާ އެކު އެވެ. ކޮލިފައިން ރަނގަޅު ރޫހެއްގައި ފެށި އާޖެންޓީނާ އެންމެ ފަހުން ދެ މެޗުން ވެސް އެއްވަރުވިއިރު، އެ ޓީމު ދެ ވަނައިގައި އޮތީ 12 ޕޮއިންޓާ އެކު އެެވެ. ތިން ވަނައިގައި އޮތް އެކުއެޑޯ ވަނީ ރޭ ޕެރޫ އަތުން ބަލިވެފަ އެވެ. އެކުއެޑޯ އަށް ހަ މެޗުން ލިބިފައިވަނީ ނުވަ ޕޮއިންޓެވެ.

އާޖެންޓީނާ އިން ވަނީ ރޭގެ މެޗުގެ ފުރަތަމަ އަށް މިނިޓް ތެރޭ ދެ ގޯލު ޖަހައިފަ އެވެ. އެ ޓީމަށް ދެ ވަނަ މިނިޓްގައި ރޮޑްރީގޯ ޑެ ޕޯލް ދިން ބޯޅައަކުން ލީޑުނަގައިދިނީ ކްރިސްޓިއަން ރޮމޭރޯ އެވެ. އަދި އަށް ވަަނަ މިނިޓްގައި ނިކޮލަސް ގޮންޒާލޭޒް ތަނަވަސް ކޮށްދިން ފުރުސަތެއްގައި ލެއަންޑްރޯ ޕަރޭޑޭސް ވަނީ އާޖެންޓީނާގެ ލީޑުފުޅާކޮށްދީފަ އެވެ.

ކޮލަމްބިއާއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން މެސީ ބޯޅަ ފޮނުވާލަނީ.

ދެ ވަނަ ހާފްގައި އާޖެންޓީނާ އަށް ތިން ވަނަ ގޯލެއް ޖަހައިދޭން ލިއޮނަލް މެސީ ފޮނުވާލި ހިލޭ ޖެހުން ކޮލަމްބިއާ ކީޕަރު ޑޭވިޑް އޮސްޕީނާ ވަނީ މަތަކޮށްފަ އެވެ. އަދި ފަހުން ވެސް މެސީ އަށް ހުސްކޮށް ލިބުނު ބޯޅައެއް އޮސްޕީނާ ވަނީ ސަލާމަތްކޮށްފަ އެވެ.

ފުރަތަމަ ހާފަށް ވުރެ ރަނގަޅަށް ދެ ވަނަ ހާފްގައި ކުޅުނު ކޮލަމްބިއާ އިން ފުރަތަމަ ގޯލު ޖެހީ މެޗުގެ 51 ވަނަ މިނިޓްގަ އެވެ. މި ގޯލު ޖެހީ ޕެނަލްޓީ އަކުން ލުއިސް މުރިއެލް އެވެ. އަދި އިތުރު ވަގުތުގެ ހަަތަރު ވަނަ މިނިޓްގައި ކޮލަމްބިއާ އަށް އެއްވަރު ކޮށްދިނީ ހުއާން ކުއަޑްރާޑޯ ނަގައިިދިން ބޯޅައަކުން މިހޭލް ބޯހާ އެވެ. އޭނާ މި ގޯލު ޖެހީ ބޮލުންނެވެ.

ޕެރަގުއޭ ދަނޑުގައި ބްރެޒިލުން ވަނީ މިރޭގެ މެޗުގައި ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. ބްރެޒިލަށް މެޗުގެ ކުރީކޮޅުގައި ލީޑުނަގައިދިނީ ނޭމާ އެވެ. އޭނާ ލަނޑު ޖެހީ ހަތަރު ވަނަ މިނިޓްގައި ގަބްރިއެލް ޖީސޫސް ދިން ބޯޅައަކުންނެވެ.

ބްރެޒިލުން ދެ ވަަނަ ގޯލު ޖެހީ މެޗުގެ އިތުރު ވަގުތުގަ އެވެ. މި ގޯލުގައި ވެސް ނޭމާ އިސް ދައުރެއް އަދާކުރި އެވެ. ލޫކަސް ޕަކޭޓާ މި ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ ނޭމާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox