ގުންޑޮގާންގެ ލީގު ބޯނަސް ހަދިޔާކުރީ ކުރީގެ ޓީމުން ދަނޑެއް އަޅަން

Jun 8, 2021, 8:01 PM
ލަނޑު ޖެހުމަށް ފަހު ގުންޑޮގާން އުފާފާޅުކުރަނީ.

ލަނޑު ޖެހުމަށް ފަހު ގުންޑޮގާން އުފާފާޅުކުރަނީ.

ގެލްސެންކާޗެން، ޖާމަނީ (ޖޫން 9) - މެންޗެސްޓާ ސިޓީ އަށް ކުޅޭ ޖަރުމަނުގެ މިޑްފީލްޑަރު އިލްކާއި ގުންޑޮގާން އެ ޓީމުން މި ފަހަރުގެ އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބުކުރުމުން ލިބުނު ބޯނަސް ފައިސާ އެއްކޮށް ކުރީގެ ކްލަބް ކަމަށްވާ ހެސްލާ 06 އިން ދަނޑެއް އަޅަން ހަދިޔާކޮށްފި އެެވެ.

ޕްރިމިއާ ލީގު ކާމިޔާބުކުރުމުންނާއި މި ފަހަރުގެ ސީޒަނުގެ ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން ސިޓީ ކޮންމެ ކުޅުންތެރިއަކަށް ބޯނަހުގެ ގޮތުގައި ފައިސާ ދިނެވެ. އުމުރުން 30 އަހަރުގެ ގުންޑޮގާން އަށް ލިބުނު 365،260 ޑޮލަރު ހަދިޔާކޮށްފައިވަނީ އޭނާ އެންމެ ފުރަތަމަ ކުޅުނު ހެސްލާ 06 އަށެވެ.

ޖަރުމަނުގެ ދަށް ޑިވިޝަނުގައި ވާދަކުރަމުން އަންނަ ހެސްލާ 06 އިން އާޓިފިޝަލް ދަނޑެއް އަޅަން ކުރާ މަސައްކަތަށް އެހީވާން ގުންޑޮގާން ދިން އެހީގެ އިތުރުން ދެން ބާކީ ބޭނުންވާ ފައިސާ ހަމަޖައްސައިދޭނީ އެ ކްލަބް ނިސްބަތްވާ ޖަރުމަނުގެ ގެލްސެންކާޗެންގެ ލޯކަލް އޮތޯރިޓީންނެވެ.

"އަހަރެމެންގެ ކުޑައިރުގެ ހަނދާންތައް ވަނީ އެ ޓީމާ ގުޅިފައި. އެ ޓީމުން އެހީއަށް ބޭނުންވާއިރު އެކަން ނުކޮށްދީ ނުހުރެވޭނެ،" ގުންޑޮގާންގެ މެނޭޖަރު އިލާން ބުންޏެވެ.

ގުންޑޮގާން ޕްރިމިއާ ލީގުގެ ތަށި ހިފައިގެން.

ހެސްލާގެ ޗެއާމަން ރެއިނެއޭ ކޮނިއެޓްޒްކާ ވިދާޅުވީ ގުންޑޮގާންގެ މި އެހީތެރިކަމާނުލައި އެ ޓީމަށް މި ދަނޑުގެ ޕްރޮޖެކްޓް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. އަދި ގުންޑޮގާން އެ ކްލަބަށް އެންމެ ފުރަތަމަ ކުޅުމަކީ ލިބޭ ފަހުރެއްގެ ގޮތުގައި ރެއިނެއޭ ސިފަކުރެއްވި އެވެ.

"ގުންޑޮގާން އަކީ ދުނިޔޭގައި ވެސް ފާހަގަކޮށްލެވޭ ކުޅުންތެރިއެއް. އެ ފަދަ ކުޅުންތެރިއަކު އަޅުގަނޑުމެން ޓީމުން ކެރިއަރު ފެށުމަކީ ވެސް ފަހުރުވެރިވާ ކަމެއް،" ރެއިނެއޭ ވިދާޅުވި އެވެ.

އެންމެ ކުޑައިރު ހެސްލާ 06 އަށް ކުޅުމަށް ފަހު ގުންޑޮގާން ބޯކުމް އަށް ބަދަލުވީ 2005 ވަނަ އަހަރު އެވެ. އޭގެ ފަހުން ނިއުރެންބާގަށް ވެސް ކުޅުނު ގުންޑޮގާން ބޮޑަށް ފާހަގަވާން ފެށީ 2011 ވަނަ އަހަރު ޔާގެން ކްލޮޕް ކޯޗުކޮށްދިން ބޮރޫޝިއާ ޑޯޓްމަންޑަށް ބަދަލުވި ފަހުންނެވެ.

މެންޗެސްޓާ ސިޓީ ކޯޗުކަމާ 2016 ވަަނަ އަހަރު ޕެޕް ގާޑިއޯލާ ހަވާލުވުމަށް ފަހު އެންމެ ފުރަތަމަ ސޮއިކުރި ކުޅުންތެރިއަކީ ގުންޑޮގާން އެވެ. ތުރުކީ ދަރިކޮޅަށް އުފަން ގުންޑޮގާނަށް ކެރިއަރުގައި މިހާތަނަށް ސީރިއަސް އަނިޔާގެ މައްސަަލަތަކެއް ކުރިމަތިވި ނަމަވެސް ކޮންމެ ފަހަރަކު ރަނގަޅަށް ރިކަވާވެގެން އައިސް މޮޅަށް ކުޅެ އެވެ.

ސިޓީއާ އެކު އަށް ތަށި އުފުލާލާފައިވާ ގުންޑޮގާނަށް މިއީ ހާއްސަ ސީޒަނެކެވެ. އޭނާ ވަނީ ޕްރިމިއާ ލީގާއި ޗެމްޕިއަންސް ލީގުގެ މި ފަހަރުގެ ޓީމުގައި ހިމެނިފަ އެވެ. އޭނާ އަކީ މި މަހު ފަށާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ޖަރުމަނު ޓީމުގެ ކުޅުންތެރިއެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox