ވެން ޑަ ބީކަށް ޔޫރޯގައި ނުކުޅެވޭނެ

Jun 8, 2021, 2:37 PM
ވެން ޑަ ބީކަށް ޔޫރޯގައި ނުކުޅެވޭނެ

އަމްސްޓެޑަމް (ޖޫން 8) - މެންޗެސްޓާ ޔުނައިޓެޑްގެ ނެދަލެންޑްސް މިޑްފީލްޑަރު ޑޯނީ ވެން ޑަ ބީކަށް މި ފަހަރު ޔޫރޯގައި އަނިޔާގެ ސަބަބުން ނުކުޅެވޭނެ ކަމަށް އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން ބުނެފި އެވެ.

ނެދަލެންޑްސް ފުޓްބޯޅަ ފެޑެރޭޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އުމުރުން 24 އަހަރުގެ ވެން ޑަ ބީކް އަށް ދިމާވެފައިވާ އަނިޔާގެ މައްސަލަތަކުން ޔޫރޯ ފެށެންވާއިރަށް އެއްކޮށް ރަނގަޅުވާނެ ކަމަށް ނުފެންނާތީ އޭނާ މު ފަހަރުގެ ޔޫރޯ ސްކޮޑުން ބާކީކޮށްފައިވާ ކަމަށެވެ. ވެން ޑަ ބީކަށް ދިމާވެފައިވަނީ ކުޑަ ހުޅާއި މަސްގަނޑުގެ އަނިޔާގެ މައްސަލަތަކެއް ކަމަށް ނެދަލެންޑްސްގެ ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.

ނެދަލެންޑްސްގެ ކޯޗު ފްރޭންކް ޑި ބޮއާ ވަނީ ވެން ޑަ ބީކް ބާކީކުރި ނަމަވެސް އެ ތަނަށް އިތުރު ކުޅުންތެރިއަކު ނުނަގަން ނިންމައިފަ އެވެ.

ވެން ޑަ ބީކް އެންމެ ފަހުން ގައުމީ ޓީމަށް މެޗެއް ކުޅުނީ މިދިޔަ މާޗް މަހު އެވެ. މި ފަހަރުގެ ޔޫރޯ އަށް ތައްޔާރުވާން ނެދަލެންޑްސް އިން ސްކޮޓްލެންޑާއި ޖިއޯޖިއާއާ ދެކޮޅަށް ކުޅުނު ދެ މެޗުގައި ވެން ޑަ ބީކް ނުކުޅެ އެވެ.

ގައުމީ ޓީމަށް މިހާތަނަށް ވެން ޑަ ބީކް ވަނީ 19 މެޗު ކުޅެފަ އެވެ. މި ސީޒަނުގައި އަޔަކްސް ދޫކޮށް 35 މިލިއަން ޕައުންޑަށް ޔުނައިޓެޑަށް ބަދަލުވި ނަމަވެސް އިނގިރޭސި ޕްރިމިއާ ލީގުގައި އޭނާ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުނީ އެންމެ ހަތަރު މެޗެވެ.

ވެން ޑަ ބީކަށް އަނިޔާވުމަކީ ނެދަލެންޑްސް އަށް ކުރިމަތިވާނެ އިތުރު އުނިކަމެކެވެ. ކަކުލުގެ ސީރިއަސް އަނިޔާއަކުން ފަރުވާ ހޯދަމުން އަންނަ ނެދަލެންޑްސްގެ ކެޕްޓަން ވާޖިލް ވެން ޑައިކް ވެސް މި ފަހަރު ޔޫރޯގައި ނުކުޅޭނެ އެވެ. އެކަމަކު ނެދަލެންޑްސްގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ޓީމު އޮފިޝަލެއްގެ ގޮތުގައި ޔޫރޯގައި ބައިވެރިވުމުގެ ފުރުސަތު ވެން ޑައިކަސް ދީފަ އެވެ.

މި ފަހަރުގެ ޔޫރޯގައި ނެދަލެންޑްސް ކުޅޭ ފުރަތަމަ މެޗުގައި ހޮނިހިރު ދުވަހުގެރޭ ކުޅޭނީ ޔޫކްރެއިނާ އެވެ. ދެން އެ ގްރޫޕްގައި އޮތީ އޮސްޓްރިއާ އާއި ނޯތު މެސެޑޯނިއާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox