ރާއްޖެ އަށް އޭޝިއަން ކަޕްގެ ފުރުސަތު އޮތީ ކިހިނެއް؟

Jun 9, 2021, 5:24 AM
ކޮލިފައިންގައި ފިލިޕީންސް ކުުޅުންތެރިއަކު ކައިރިން ދަގަނޑޭ (ވ) ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް

ކޮލިފައިންގައި ފިލިޕީންސް ކުުޅުންތެރިއަކު ކައިރިން ދަގަނޑޭ (ވ) ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް

މީގެ އަހަރުތަކެއް ކުރިން އޭއެފްސީން ވޯލްޑް ކަޕާއި އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިނެއްގެ ގޮތަށް ކުރިއަށް ގެންދަން ނިންމީ މެޗުތައް މަދުކޮށް ފަސޭހަ ގޮތްތަކެއް ހޯދުމުގެ ގޮތުންނެވެ. އެ ގޮތުން ފުރަތަމަ ވޯލްޑް ކަޕް ކޮލިފައިންގެ ތެރެއިން އޭޝިއަން ކަޕަށް ކޮލިފައިވާން ފުރުސަތު ދޭން ނިންމީ އެވެ. އެ އަށް ފަހު ޖެހޭނީ ސީދާ އޭޝިއަން ކަޕްގެ ކޮލިފައިން ކުޅެގެން އެ މުބާރާތަށް ކޮލިފައިވާށެވެ.

މި ފަހަރުގެ ވޯލްޑް ކަޕް ކޮލިފައިން އަށް ނުކުތްއިރު ރާއްޖޭގެ އަމާޒަކީ 2023 ވަނަ އަހަރު ޗައިނާގައި ބާއްވަން ޝެޑިއުލް ކޮށްފައިވާ އޭޝިއަން ކަޕަށް ކޮލިފައިވުމެވެ. މިހާރު ވޯލްޑް ކަޕް ކޮލިފައިންގެ މެޗުތައް ނިމެން ރާއްޖެ އަށް ބާކީ އޮތީ ދެ މެޗެވެ. އެއީ ހުކުރު ދުވަހުގެރޭ ޗައިނާއާ ދެކޮޅަށް ކުޅޭ މެޗާއި އަންނަ ހަފްތާގެ އަންގާރަ ދުވަހު ފިިލިޕީންސާ ދެކޮޅަށް ކުޅޭ މެޗެވެ. އެ ދެ މެޗުން މޮޅުވެގެން ވެސް ރާއްޖެ އަށް އޭޝިއަން ކަޕްގެ ގްރޫޕް ސްޓޭޖުގެ "ސީދާ ޖާގައެއް" ލިބުމުގެ ހުރިހާ ދޮރެއް ބަންދުވީ އެންމެ ފަހުން ކުޅުނު މެޗުން ޗައިނާ އިން ފިލިޕީންސް ބަލިކުރުމުންނެވެ. އެއީ ރާއްޖެ އަށް ދެން މި ގްރޫޕްގެ ގަދަ ދެ ޓީމުގެ ތެރޭގައި ހިމެނުމުގެ ފުރުސަތެއް ނެތުމުންނެވެ.

ގްރޫޕް އޭގެ އެއް ވަަނައިގައި ސީރިއާ އޮތީ ކުޅުނު ހަތް މެޗުން ވެސް މޮޅުވެގެން 21 ޕޮއިންޓާ އެކު އެވެ. އެ ޓީމަށް ވަނީ އޭޝިއަން ކަޕްގެ ގްރޫޕް ސްޓޭޖުން ފުރުސަތު ލިބިފަ އެވެ.

ގްރޫޕްގެ ދެ ވަނައިގައި އޮތް ޗައިނާ އަށް ހަ މެޗުން 13 ޕޮއިންޓް ލިބިފައިވާއިރު، ބާކީ އޮތް ދެ މެޗުން މޮޅުވެގެން ވެސް ޗައިނާ އަށް ސީރިއާއާ ހަމަނުކުރެވޭނެ އެވެ. ތިން ވަނައިގައި ފިލިޕީންސް އޮތީ ހަ މެޗުން ހަތް ޕޮއިންޓާ އެކު އެވެ. ހަތަރެއްގައި ރާއްޖެ އޮތީ ހަ މެޗުން ހަ ޕޮއިންޓާ އެކު އެވެ. އެންމެ ފުލުގައި އޮތް ގުއާމަށް ހަތް މެޗުން ކުޅުނުއިރު، ޕޮއިންޓެއް ނުލިބެ އެވެ.

މި ގްރޫޕްގެ ރޭންކިން ކޮންމެ ގޮތަކަށް ނިމުނު ކަމުގައި ވިޔަސް ހުރިހާ ޓީމަކަށް އަދިވެސް އޭޝިއަން ކަޕުން ޖާގަ ހޯދުމުގެ ފުރުސަތު އޮންނާނެ އެވެ.

މި ގްރޫޕްގެ ޓީމުތަކަށް ދެން އޭޝިއަން ކަޕްގެ ފުރުސަތު ލިބޭނީ ކިހިނެއް؟

ސީރިއާ އަށް އޭޝިއަން ކަޕްގެ ފުރުސަތު ޔަގީންވެފައިވާއިރު، ޗައިނާ އަކީ 2023 ވަނަ އަހަރުގެ ހޯސްޓް ކަމަށްވާތީ އެ ޓީމަށް ވެސް އޮތީ އޭޝިއަން ކަޕްގެ ޖާގަ ކަށަވަރުވެފަ އެވެ. ދެން މި ގްރޫޕްގައި އޮތް ފިލިޕީންސާއި ރާއްޖެ އަދި ގުއާމަށް ވެސް އަދި އޭޝިއަން ކަޕުން ފުރުސަތު ހޯދޭނެ އެވެ. އެކަަމަކު މި ގްރޫޕްގައި ނިންމާ މަގާމުގެ ގޮތުން ފަސޭހަ ގޮތްތަކެއް ހޯދިދާނެ އެވެ.

ގްރޫޕް އޭގެ ތާވަލު މި ވަގުތު އޮތްގޮތް.

މި ގްރޫޕްގެ ތިން ވަނައިގައި ނިންމާ ޓީމަކަށް އޭޝިއަން ކަޕުން ޖާގަ ލިބޭނީ ކޮލިފައިން ތިން ވަނަ ބުރު (އޭޝިއަން ކަޕް ކޮލިފައިން ގްރޫޕް ސްޓޭޖް) އިންނެވެ. ހަތަރެއްގައި ނިންމާ ޓީމެއް ޖެހޭނީ އޭޝިއަން ކަޕްގެ ކޮލިފައިން ގްރޫޕް ސްޓޭޖުގައި ކުޅެން ނޫނީ ގްރޫޕް ސްޓޭޖަށް ވަންނަން ކޮލިފައިން ޕްލޭއޮފެއް ކުޅޭށެވެ. މި ގްރޫޕްގެ އެންމެ ފުލުގައި އޮތް ގުއާމަށް ދެން އޭޝިއަން ކަޕްގެ ފުރުސަތު ހޯދަން އޮތީ ކޮލިފައިން ޕްލޭއޮފެއް ކުޅެން ޖެހިފަ އެވެ.

ރާއްޖޭން ބާކީ އޮތް ދެ މެޗުން ޗައިނާ އާއި ފިލިޕީންސާ ދެކޮޅަށް ކުޅޭ މެޗުތަކުން ރަނގަޅު ނަތީޖާތަކެއް ނެރެ، ފިލިޕީންސް އަށް ހުކުރު ދުވަހުގެރޭ ގުއާމް އަތުން މޮޅުނުވެވިއްޖެނަމަ ރާއްޖެ އަށް ގްރޫޕް ތިން ވަނަ ލިބޭނެ އެވެ. އޭރުން ރާއްޖެ އަށް އޭޝިއަން ކަޕްގެ ކޮލިފައިން ގްރޫޕް ސްޓޭޖުން ފުރުސަތު ލިބޭނެ އެވެ. އެހެން ނޫނީ ޖެހޭނީ އެންމެ ރަނގަޅު ނަތީޖާ ހޯދާ ހަތަރު ޓީމުގެ ތެރެއިން ކޮލިފައިން ގްރޫޕް ސްޓޭޖަށް ހޮވޭށެެވެ.

އޭޝިއަން ކަޕްގެ ކޮލިފައިން ގްރޫޕް ސްޓޭޖުގައި ހަ ގްރޫޕް ހިމެނޭއިރު، ކޮންމެ ގްރޫޕެއްގައި ހަތަރު ޓީމު ވާދަކުރާނެ އެވެ. އެ ގޮތަށް ފޯމެޓް ހަދާފައިވާ އެ ކޮލިފައިންގެ ތެރެއިން ކޮންމެ ގްރޫޕަކުން ދެ ޓީމެއް އޭޝިއަން ކަޕަށް ކޮލިފައިވާނެ އެވެ.

ރާއްޖެ، މި ވަގުތު ގްރޫޕްގެ ހަތަރު ވަނައިގައި އޮތްއިރު، އެ މަގާމުގައި ނިންމައިފިނަަމަ މި ވަގުތު އެންމެ ފުރުސަތު ބޮޑީ ކޮލިފައިން ޕްލޭއޮފެއް ކުޅެން ޖެހުމުގެ އެވެ. އެއީ ހަތަރު ވަނަ އަށް ދާ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމުތަކުގެ ރޭންކިންގެ ކުރިން ރާއްޖެ އަށް ފުރުސަތު ނުލިބޭތީ އެވެ. ހަތަރު ވަނަ އަށް ދާ ޓީމުތަކުގެ ތެެރެއިން ގަދަ ހަތަރެއްގައި ހިމެނިގެން ރާއްޖެ އަށް އޭޝިއަން ކަޕް ކޮލިފައިން ގްރޫޕް ސްޓޭޖަށް ދެވިދާނެ އެވެ.

ޕްލޭއޮފްގައި ރާއްޖެ ކުޅެން ޖެހިއްޖެނަމަ ބައްދަލުކުރަން ޖެހޭނީ ދަށް ރޭންކްގެ ޓީމަކާ ދެކޮޅަށް ދެ ލެގަށެވެ.

އެންމެ ފަހުން ކޮލިފައިންއާ އެއްގޮތް ކަންތައްތަކެއް

ރާއްޖޭން 2018 ވަނަ އަހަރުގެ ވޯލްޑް ކަޕާއި 2019 ވަނަ އަހަރުގެ އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފައިންގައި ކުޅުނުއިރު ވެސް ދިމާވި ގޮތާ އެއްގޮތް ގިނަ ކަންތައްތަކެއް މި ފަހަރު ވެސް އެބަހުއްޓެވެ.

އެ ފަހަރު ވޯލްޑް ކަޕް ކޮލިފައިން ގްރޫޕް ސީގައި ރާއްޖެ ހިމެނުނީ ގަތަރާއި ޗައިނާ އާއި ހޮންކޮން އަދި ބޫޓާނާ އެއްކޮށެވެ. އެ ފަހަރު ކޮލިފައިންގެ އަށް މެޗުން ރާއްޖެ މޮޅުވީ ހަމައެކަނި ބޫޓާން ދެ މެޗުންނެވެ. ރާއްޖެ ދިޔައީ އެ ގްރޫޕްގެ ހަތަރު ވަނަ އެވެ. (މި ފަހަރުގެ ގްރޫޕް ސްޓޭޖުގައި ވެސް އޮތީ ހަތަރު ވަނައިގައި)

އެ ފަހަރު އޭޝިއަން ކަޕް ކޮލިފައިން ގްރޫޕް ސްޓޭޖަށް ވަންނަން ރާއްޖެ އަށް ޖެހުނީ ޕްލޭއޮފްގައި ލާއޯސްއާ ދެކޮޅަށް ކުޅޭށެވެ. މާލޭގައި ލާއޯސް އަތުން 5-1 އިން މޮޅުވެ، ރަށުންބޭރުގައި ލާއޯސްއާ 1-1 އިން އެއްވަރުކޮށް އޭޝިއަން ކަޕްގެ ކޮލިފައިން ގްރޫޕް ސްޓޭޖުން ފުރުސަތު ހޯދި އެވެ.

އޭޝިއަން ކަޕްގެ ކޮލިފައިންގައި ރާއްޖެ ހިމެނުނީ އޮމާނާއި ފަލަސްތީން އަދި ބޫޓާނާ އެކު ގްރޫޕް ޑީގަ އެވެ. އެ ކޮލިފައިންގައި ރާއްޖެ ކުޅުނު ހަ މެޗުގެ ތެރެއިން މޮޅުވީ ބޫޓާނާ ދެކޮޅަށް ކުޅުނު ދެ މެޗުންނެވެ. އަނެއް ހަތަރު މެޗުން ވަނީ ބަލިވެފަ އެވެ. އެހެންވެ ރާއްޖެ އަށް 2019 ވަަނަ އަހަރުގެ އޭޝިއަން ކަޕުން ފުރުސަތެއް ނުލިބުނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox